2017 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ނިރުބަވެރި ޖަމާއަތެއް ކަމަށް ދުނިޔެ ޤަބޫލުކޮށްފައިވާ އިސްލާމިކް ސްޓޭޓް (އައި.އެސް) އާއި ގުޅިގެން ރާއްޖޭގައި ޖާނުން ފިދާވެގެން ނިރުބަވެރިކަމުގެ ހަމަލާއެއް ދޭން ރޭވި މައްސަލައިގައި ހައްޔަރުކުރި މީހުން ދޫކޮށްލައިފިއެވެ.

މި މައްސަލައިގައި ނިރުބަވެރި ޢަމަލެއް ކުރަން އުޅުމުގެ ދައުވާ ދައުލަތުން އުފުލާފައިވަނީ ޏ.ފުވައްމުލަކު އަލުވިމާގެ، ޙުސައިން އަފީފު އާއި ރ.މަޑުއްވަރީ ވިލިދޮޅި އިސްޙާގް ޢަލީގެ މައްޗަށެވެ.

އެ ދެ މީހުން ބަންދުން ދޫކޮށްލީ އެ މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ބަންދަށް ލުޔެއް ދޭން އެދިފައިވާ އެދުމަށް ގޮތެއް ކަނޑައަޅުއްވަމުން ގާޒީ އާދަމް އާރިފްއެވެ.

އެ މީހުން ބަންދުން ދޫކޮށްލަން އަމުރުކޮށްފައިވަނީ ބަންދުގައި ބަހައްޓާފައިވާ ދުވަސްތަކުގައި ކަރެކްޝަންސްގެ ފަރާތުން އަމަލުކޮށްފައިވާ ގޮތުންނާއި، އެ ކަންކަމަށް ދައުލަތުން ޖަވާބުދާރީވެފައިވާ ގޮތަށް ރިއާޔަތް ކުރެއްވުމަށްފަހު ޝަރުތުތަކަކާ އެކުއެވެ.

ގާޒީ އާދަމް އާރިފް ވިދާޅުވީ މި މައްސަލައިގައި އެމީހުން އެކަށީގެންވާ މުއްދަތެއްގައި ބަންދުގައި ބެހެއްޓިފައިވާ ކަމަށް ޝަރީއަތަށް ގަބޫލުކުރެވޭ ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި އިސްހާގު އަލީ އަށް އެކަށީގެންވާ ބޭސްފަރުވާ ފޯރުކޮށް ނުދޭ ކަމާއި، ކޯޓުން ހަތަރު ފަހަރެއްގެ މަތިން ކަރެކްޝަންސް އަށް އަމުރުކޮށްފައިވާއިރު ވެސް އެކަންކަން ފުރިހަމަކޮށްފައިނުވާކަން ވަނީ ހާމަވެގެން ގޮސްފައެވެ.

މި ދެ މީހުން ދޫކޮށްލުމަށް ކޯޓުން ހަތަރު ޝަރުތެއް ކޮށްފައިވެއެވެ. އެ ޝަރުތުތަކަކީ ކޯޓުން އަންގާ އެންގުންތަކާ އެއްގޮތަށް ކޯޓަށް ހާޒިރުވުމާއި، މައްސަލައިގައި ހިމެނޭ އެއްވެސް ފަރާތަކަށް ނުފޫޒު ނުފޯރުވުމާއި ބިރު ނުދެއްކުމާއި ކޯޓުގެ ހުއްދަ އާއި ނުލައި ޝަރީއަތް ނުނިމެނީސް ރާއްޖެ އިން ބޭރަށް ނުދިޔުމުގެ އިތުރުން ޖިނާއީ އިތުރު އެއްވެސް ކުށެއްގައި ބައިވެރި ނުވުމެވެ.

މީގެތެރެއިން އެއްވެސް ޝަރުތަކާއި ހިލާފުވެއްޖެނަމަ އަލުން ހައްޔަރު ކުރުމުގެ އަމުރު ނެރޭނެ ކަމަށް ގާޒީ ވަނީ ވިދާޅުވެފައެވެ.

ކޯޓުގައި އަދިވެސް ކުރިއަށްދަނީ މި މައްސަލައިގެ އިބްތިދާއީ އަޑުއެހުންތައް ކަމަށްވާއިރު، ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ދައުވާ ލިބޭ ދެ ފަރާތާއި ދައުލަތުން ވެސް ވަނީ ހުށަހަޅާފައެވެ. ނަމަވެސް އެ ހުށަހެޅުންތަކާއި މެދު ކޯޓުން ގޮތެއް ނިންމާފައެއް ނުވެއެވެ.

މިއަދުގެ އަޑުއެހުމުގައި ގާޒީ އާދަމް އާރިފް ވަނީ ޝަރީއަތުގެ ކުރިން ހުށަހެޅި ހުށަހެޅުންތަކާއި މެދު ދެން އޮންނަ އަޑުއެހުމެއްގައި ގޮތެއް ނިންމަވާނެ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. މާސޭ

    މިހާރުދޫކުރާއެއްމެންއެއީދޯ

  2. ޒާ

    ހާސް ނުވޭ. ޖަލުގައި ތިބި އެންމެންވެސް އެދޭ ކުރިން ކުރި ހުކުމްތައް ބާތިލް ކޮށްދޭން. މިއަދު އެދޭ އެންމެންނަށް ކުރިން ކުރި ހުރިހާ ހުކުމެއް ބާތިލް ކޮށްދެމުން އެދަނީ. މިއޮތީ ވަޅޯވާ މޫސުން ލައިގެންފައި.

  3. މުހައިމިން

    ޖަލުތަކުގަ ތިބި އާއްމު ރައްޔިތުންވެސް މިނިވަންކޮށް ޖަލުތަށް ހުސްކުރަންވެސް ގޮވާލަން. ކޮޮންމެ މީހަކީ ޢާޒީ އަށް ލައްކައިން މިލިއަނުން ލާރި ދެވޭނެ މީހަކަށް ނުވެދާނެ.

  4. ނަޝާ

    އަދިވެސް މައުމޫނަށް ޕާރޓީ ދޭކަށްނުވޭތަ؟

  5. އާއްމު މީހާ

    ހެއްކެއް ނެތަސް ބަންދުގަ ބަހައްޓަން ވާނެ ބޭސް ފަރުވާ އެއް ނުދެވުނަސް. މީހުން ބިރުގަންނުވަން ބޮޑެތި ދައުވާތައް ކޮށްފަ ދޫކޮށްލީމަ ވާނުވާ ނޭނގިގެން މީހުން އުޅޭނެ އެވަރު ބޮޑު ކަމެއް ނުފެނިގެން. ގައިމު ސިޔާސީ މީހެއް ހައްޔަރުކޮށްފިއްޔާ ބުނާނެ ނުހައްގުންނޭ. ގައުމުގެ ހާލަތު!

  6. ގުތގ

    މާލޭ ތެރެ އަށް ނިކުމެ ބޮމަށް ފިއްތާ ބޮން ގޮއްވާ، އެތައް ރަތްޔިތުނެއް މަރުވީ މަ ކާކު ޒިންމާ ވަނީ؟؟؟

    • ކަލޭ

      ކަލޭވެސް ބޮން ގޮއްވަފާނެ ކަމުގެ ތުހުމަތުގަ ހައްޔަރު ކުރަންވީ. ކިހިނެއް އިނގެނީ މާދަން ނޫންކަމެއް މާލެތެރޭ ކައެ ބޮމެއް ނުގޮއްވާނެކަމެއް.

  7. ދާވޫދު

    އެއްވެސް ހެއްކެއް ގަރީނާއެއް ނެތި އެތަށް ދުވަހެއްވަންދެން ހުރިހާ ޙައްގުތަކުން މަޙުރޫމް ކޮށްފަ
    ހަމައެކަނި ޚަގީގަތެއް ނެތް ރިޕޯޓް އަކަށް ރިއާޔަތްކޮށްފަ.
    ޝަރީޢަތުގައި ދެންދެއްކި ވާހަކަތަށް ނުލިޔުނީ ކީއްވެ.
    ދައުލަތުން އިހުމާލު ވެފައިވާ މިންވަރު ކިޔާދީ. ކަލޭމެން ތީ ފޭކު ބައެއް.

  8. ސަފަރު

    މީ އަސްލު ކާހިނުންމީ އަސްލު ކާހިނުންމީ އަސްލު ކާހިނުން އެގޭތަ

  9. ރަސީދު

    އިރާދަކުރެއްވިއްޔާ ތިގަޒީންނަކީ ވަރައްއަނިޔާވެރި ބައެއް ތިމީހުންނައް ﷲ ސުބުހާނަހޫވަތައާލާގެ ހަލުރަތުން ހުރިއަޒާބުގެވާހަކަ އެނގޭނަމަ ކަރުނައަޅާ ރޯނެކަމައް ދައްނަބޭކަލުން ބުނަނީ އެހާވެސް ނުބައިކަމެއް ރުފ

  10. އަހްމަދު

    ދޫކުރޭ ދޫކުރޭ ހުރިހާ ކުށްވެރިން ދޫކޮށްދީ. ﷲ އަށްޓަކައި އެންމެން ދޫކޮށްދީ. ކޯޓްތައް ތިޔަވަނީ އިންސާފުންފުރިބާރުވެފާ.

  11. ރީނދޫ ގުންޑާ

    ތިއެނގުނީ ތިވެސް ކޮން ބާގައަކަށް ނިސްބަތްވާ ބައެއްކަން.

  12. ާަބޮން

    ޥާރޭކޯޓް ރާަަާއްޖޭގަތިިބީ ހުސް ވާރޭ ކޯޓު

  13. ވާނުވާ

    އަހަރެން ހިތަށް އަރާ އެކުރި ދައުވާގެ ހަގީގަތް އިނގެނީ ކިތަށްމީހުންނަށް ބާވައޭ.
    ޢެމީހުން ހައްޔަރުކުރީ ކުށުގެ ވެއްޓަކުނެއްނޫން
    ޢެއިން މީހެއްގެ ކުށުގެ ރިކޯޑެއް ނެތް . ޢެއިން މީހަކަށް ދައުވާ ކުރި އިރު އެއްވެސް ހެއްކެއްނެތް .
    މައްސަލަޔާ ގުޅިގެން އެއްވެސް އެއްޗެއް ނެތް
    އަހަރު ދުވަސްވި އިރުވެސް ހެއްކެއް ނުދެއްކުނު .
    ކިހާ އިންސާފުވެރި