އުމުރުން 65 އަހަރުވުމުން ރައީސްކަމުގެ ކަމުގެ މަގާމަށް ކުރިމަތި ނުލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން މަޖިލީހަށް ހުށަހަޅަން އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ނިންމަވައިފިއެވެ.

ފަލާހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި އިސްލާހު ބާތިލުކުރަން މި ހަފްތާ ތެރޭގައި މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.

https://twitter.com/IbrahimFalahR/status/1059006170952753153

ޤާނޫނު އަސާސީއަށް އޭރު ގެނައި އެ އިސްލާހުގައި ރައީސް ކަމުގެ މަޤާމަށް ކުރިމަތިލެވޭ އުމުރު 30 އަހަރަށް ދަށްކޮށް އަދި އެންމެ މަތީ އުމުރަކީ 65 އަހަރު ކަމުގައި ވަނީ ކަނޑައަޅާފައެވެ. އެ އިސްލާހާއާއެކު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ރައީސްކަމަށް އަލުން ކުރިމަތިލުމުގެ ދޮރު ވަނީ ބަންދުވެފައެވެ.

މި އިސްލާހު ބާތިލުކުރަން މަޖިލީހަށް ހުށަހަޅަން ނިންމާފައިވާއިރު، ޕީޕީއެމްގެ މެޖޯރިޓީ އޮވެ މަޖިލީހުން ފާސްކުރި ގިނަ ނިންމުންތައް ބާތިލުކުރަން މިހާރު އަންނަނީ ހުށަހަޅަމުންނެވެ. އެގޮތުން ދާދިފަހުން އެންޓި ޑިފެކްޝަން ގާނޫނު އުވާލަން ވެސް ވަނީ ފާސްކޮށްފައެވެ.

މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނު އުވައިލުމަށް މަޖިލީހަށް ހުށަހެޅުމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވަނީ ނިންމަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. Anonymous

    ހަމަ އެކަނި 65 އަހަރު ވުމުން ރައީސް ކަމަށް ކުރިމަތި ނުލެވޭ އިސްލާހުނޫން ބާތިލުކުރަން ޖެހެނީ، ރައީސުކަމަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ހުންނަންވާ ޝަރުޠުތަކާއި ރައްޔިތުންގެ މަޖިލިސް މެމްބަރުކަމަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ހުންނަންވާ ޝަރުޠުތައްވެސް އިސްލާހުކުރަންޖެހޭ، އެގޮތުން ރައީސުކަމަށް ކުރިމަތިލާމީހެއްގެ ކިބައިގައި ހުންނަޖެހޭ ތަޢުލީމީފެންވަރަކީ އެއްމެ ދަށްވެގެން މާސްޓަރސް ސެޓްފިކެޓް ހާސިލުކޮށްފައިވުން އަދި ރައްޔިތުންގެ މަޖިލިސްއަށް ކުރިމަތިލާމީހެއްގެ ތަޢުލީމީ ފެންވަރަކީ އެއްމެ ދަށްވެގެން ޑިގުރީއެއް ޙާސިލުކޮށްފައިވުން ހިމަނަންޖެހޭ، ގައުމެއްގެ އެއްމެބޮޑު އެއްބާރުގެ ހިންގުންތެރިކަން ދައްކާދެނީ އެއްވެސް ކޮލިޓީއެއްނެތްކަން، މިހެންވެފައިވާ ސަބަބު ވަރަށްވެސް ސާފު.

  2. ނަފީލާ

    ފަލާޙް އެ ހައްދަވަނީ ބޮލުގެ އެއްޗެކެވެ. ތާއީދުކުރަމެވެ.

    • ސަން ސަން

      މަ ނުކުރަން.. ބެލި ގޮތަކުން އެޅުނީ ހިތުކޫރު. ލަވްލްސް

  3. Anonymous

    ބެލެވޭގޮތުގާ މިއީވެސް އެއިރެއްގެ ވައިޖެހޭކޮޅަކަށް އޮޑި ދުއްވޭނެއޭ ބުނާ އުސޫލުން އާސަރުކާރުން އަމިއްލަފައިދާގަނޑު ނެގުމަށް އެމީހުންރުއްސަންވެގެން ހުށަހަޅި އެއްޗެއްކަމަށް. މިފަހަރު މިމީހުން މަޖިލިސް ހުޅުވިފަހުން ކުޑަދުވަސްކޮޅަކުން އެތައްކަމެއް ނިންމަމުންދައިރުވެސް ރައްޔިތުންނަށް ފައިދާކުރާނެ އެއްވެސްކމެއް ނިންމާފައި ނުވެއެވެ، ހުސް އަމިއްލަ އެދުމާއި އަމިއްލަ އަންބޮނޑި ބޮޑުކުރުންފަދަ ކަންކަމެވެ، ވަކިވެފައިވާ މެމްބަރުން ކުރިން ބުނަމުންދިޔައީ މަޖިލީހަށް އަނބުރާ ނުވެދިގެން އުޅެނީ ތިމަންނަމެންގެ ދާއިރާއަށް ފައިދާވާނެ ކަންތަށްކުރާށޯ؟؟ މިހާރު ވަދެވި ޖަލްސާތަކުގައި ބައިވެރިވަމުންދާއިރު ދާއިރާގެ ރައްޔިތުންމަތިން ހަނދާންހުރިކަމަކަށްނުވޭ!! މަމިއްލަގާތަށް ބޮޑުގޮދަ ދަމާތަނާއި އަމިއްލައެދުމުން ފޯވާތަނާއި، ހަސަދަވެރިޔާއަށް ހަސަދަ ބާލާފަ ޖަދަލުކުރާތަން ފެންނަނީ، މިކަންކަމަށް ބުނެވޭނީ ޙަރާމްކޯރުވަނީއޭ.

  4. މާމިގިލީ މީހާ

    ގާސިމު ދެންކުރާނީ ބަގާވާތް.. ބަގާވާތް ކޮއްގެން ރައީސްކަމަށް ދެން ގާސިމް އަރާނީ...

  5. އިހޫ

    ގާސިމޫ ކަލޯ ކިތަންމެ ވަރަކަށް ތެޅުނަސް އަދި ތިޔަ ގާނޫނެއް ކިތަންމެ ވަރަކަށް ބަދަލު ކުރިޔަސް ކަލޯއެއް މިގައުމުގެ ވެރިކަމަކަށް ނާންނާނެ..ކަލޯއައް ބޯ ހެދިދާނެ ކިތަންމެ ވަރަކަށް ވެސް..ވ ވާހަކަ!!!

  6. ވެރިމީހާ

    ދައުލަތުން އެމީހެއްގެ ވެރިކަމުގައި 1ބިލިއަން ރުފިޔާގެ ހިޔާނަތް ވެފައި ވާފަރަތްތަކަށްވެސް ވާދަ ނުކުރޭވޭ ގޮތަށް ހަދަން ފެނޭ

  7. ައަންހެންމަންޖެ

    ފަލާހްއަށް ސުކުރިއްޔާ ރައްޔިތުންވޯޓުލައިގެން އިންތިޚާބުކުރާ އެއްވެސް މަގާމެއް ވަކިއުމުރަކަށް ކުރިމަތިނުލެވޭގޮތައް އޮތުމަކީ ގާނޫނު އަސާސީގައިއެބުނާ ކޮންމެ ރައްޔިތަކީވެސް ހަމަހަމަ މީހެކޭއެބުނާ ބަހާ ޚިލާފު ކަމެއް މިހާރުން މިހާރަށް އުވާލަން ޖެހޭ މާއްދާއެއް ވަރަށްބޮޑަށް ތާއީދު

  8. މސ

    ތިޔަގާނޫން އުވާލުމަށް ތާއީދުކުރަމެވެ

  9. އަޙައްމަދުބެއްޔާ

    ފަލާހޫ އަދިވެސް ލިބުނުވަރު މަދުވީހެވެ ތިޔަހެން ނޫޅުއްވާށެވެ ރީތިގޮތުގައި އުޅުއްވާށެވެ

  10. ޭަބޮއިހަލާކު

    ޙެއި ހެއި ވަޓިދިސް؟ ތީ މާރަގަޅު ގޮތެއް މިފަަރުވެސް ތިގޮތަށް ތިކަން އޮތްނަމަ ގާއްޓެ ކުރިމަތިލާނެ ވޯޓް އޮޅުވާލީމަ ބާތިލްވެސް ކުރާނެ ވަޓިދިސް؟

  11. ސައިމަން

    ތި އުޅެނީ ގާސިމްބެ ވެރިކަމައް އަރަން ސަޅި ބައިއަޅާ