އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ މަގާމަށް ހުވާ ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް 10،000 ވުރެ ގިނަ މީހުންނަށް ދައުވަތު ދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

އިންތިހާބީ ރައީސް އިބޫގެ އިންތިހާބީ ކޮމިޓީއާއި މަޖިލީހާއި ދެމެދު ކުރެވުނު މަޝްވަރަތަށް މީޑިއާތަކަށް ހިއްސާކުރެއްވުމަށް މިއަދު ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޫސާ މަނިކު ވިދާޅުވީ އިންތިހާބީ ރައީސް އިބޫ ހުވާކުރައްވާ ޖަލްސާ އޮންނާނީ 17 ނޮވެމްބަރު ވާ ހޮނިހިރު ދުވަހުގެ ހެނދުނު ގަލޮޅު ދަނޑުގައި ކަމަށެވެ.

އަދި އެ ޖަލްސާ ނުވަތަ އިބޫ ހުވާ ކުރައްވާ ރަސްމިއްޔާތު ވީހާވެސް ކުލަގަދަގޮތެއްގައި ފާހަގަކުރުމަށް ދާދި ފަހުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް އިންތިހާބު ކުރި މާމިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްވެސް އެދިލައްވާ ކަމަށް މޫސަ ވިދާޅުވިއެވެ.

އެގޮތުން ގަލޮޅު ދަނޑަށް ވީހާވެސް ގިނަ މީހުން ވެއްދުމަށްޓަކައި އިންތިހާބީ ރައީސްގެ އޮފީހުގެ ޓީމާއި އެކު ރައްޔިތުންގެ މަޖިލީހުން މަސައްކަތް ކުރާ ކަމަށާއި 10،000 ވުރެ ގިނަ މީހުންނަށް ދައުވަރު އަރުވާނެ ކަމަށް މޫސަ ވިދާޅުވިއެވެ.

"އެބޭފުޅުން ވިދާޅުވާ ގޮތުގައި 10 ވަރަކަށް ހާސް މީހުންނަށް ނުވަތަ 11 ވަރަކަށް ހާސް މީހުންނަށް ދައުވަތު ދެވޭނެ. އަދި މަޖިލީހުން ވަކިވަކިން ކޮންމެހެން ދައުވަތު ދޭން ޖެހޭ ފަރާތްތަކަށް އަޅުގަނޑުމެން ދައުވަތު ދިނުމަށް ފަހު ސިޔާސީ ޕާޓީތަކަށް އަޅުގަނޑުމެން ހަވާލުކުރަނީ އަޅުގަނޑުމެންގެ ދައުވަތު ކާޑުތަށް" މޫސާ މަނިކު ވިދާޅުވިއެވެ.

އަދި ކޮންމެ ރައީސަކު އައި ނަމަވެސް ގާނޫނީ އިމަށް ފެތޭ ގޮތަށް އެ ރައީސަކު ބޭނުންވާ ތަނެއްގައި ޖަލްސާ ބާއްވާނެ ކަމަށް މޫސަ ވިދާޅުވިއެވެ. މީގެ އިތުރުން ޖުމްހޫރިއްޔަތަށް 50 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރުމަށް މަޖިލީހުން އެއްބާރުލުން ދޭނެ ކަމަށްވެސް މޫސަ ވިދާޅުވިއެވެ.

"މަޖިލީހަށް ބަޖެޓުގެ ތަނަވަސްކަން އޮތް ވަރަކުން ވީހާވެސް ކުލަގަދަކޮށް ގެންދެވޭތޯ އަޅުގަނޑުމެން ބަލާނަން" މޫސާ މަނިކު ވިދާޅުވިއެވެ.

އިބޫ ހުވާކުރައްވާ ރަސްމިއްޔާތަށް ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ދުނިޔޭގައި ތިއްބެވި ހުރިހާ ރައީސުންނަށާއި ނައިބު ރައީސުންނަށް ދައުވަތު އަރުވާނެ ކަމަށް މޫސަ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ކުމާރު

    ބަޖެޓް އޮތަކަސް ނުޖެހޭ ތިގޮތައް ތިކަން ކުރާކައް ބޭކާރު ހަރަދުތަކެއް. ތިއައްވުރެ ހަރަދު ކުޑަކޮއް ތިކަން ކުރެވޭނެ. ދެއްކުންތެރިކަމުގައި ހައްދުން ނައްޓާފަ.

    • ޙައްގުބަސް

      ގިނައިން ފަޓާސް ޖެހި ވަރަކަށް އަނދާ ނިމިގެންދާލެއްވެސް ހަމަ އަވަސްވާނެ!! ދެން ސަރުކާރުގެ ހުރިހާ މުވައްޒަފުންނާ ސިފައިންނާ ފުލުހުން އަދި ސްކޫލު ކުދިން ޔުނިފޯމުގައި ގެންދަން މަޖުބޫރުވެސް ކުރާތި!! ފުރަތަމަ މިފަށައިގަންނަނީވެސް ދައުލަތުގައި ފައިސާ އެބަހުއްޓޭ ކިޔާފަ ބޭކާރު ބޮޑު ޚަރަދަކުން!! ބޭރު ގައުމުތަކުން އެތައްބައިވަރު ބަޔަކަށް ދައުވަތު ދީގެންވެސް އެބަގެނޭ!! އޭގެތެރޭ ހައި ލެވެލްގެ ބޭފުޅުން ހިމެނޭ!! ހަމަ އެކަނި މިބުނާ މީހުންގެ ސެކިއުރިޓީއާ ދަތުރުފަތުރާ ތިބުމަށާ އަދި ލޮޖިސްޓިކްސް ކަންތައްތަކަށް ބަލާލިޔަސް އެތައް މިލިއަން ރުފިޔާ ޚަރަދުވާނެ!! އަދި ކޮބާ އަތޮޅުތެރެއިން ގެންނަ މީހުނަށްވެސް ހަމަ މިލިއަނުން ޚަރަދު ހިނގާނެ!! ޚަރަދު ކުޑަކުރުމަށާ އިސްރާފު ކުޑަކުރުމަށާ ކޮރަޕްޝަން ހުއްޓުވަން ވަޢުދުވެ ހެޔޮ ސާފު އަދި އެހާމެ ތާހިރު ވެރިކަމެއް ކުރަން އައި ބަޔަކުގެ ފުރަތަމަ ފެށުން މިހިރީ ހުރިގޮތް!! ބޭކާރު ބޮޑު ޚަރަދަކުން މިހިރަގެން ފަށައި ގަންނަނީ!! ދެން ރައްޔިތުން ވިސްނާލާ ކުރިއަށް އޮތް ދުވަސްތަކުގައި ކަންތައްތައް ވާނެގޮތް!! ޚަރަދުކުރަން ފައިސާ ހުންނާނެ މޫސަ ބުނިގޮތަށް!! ރައިސް ޔާމީނު މިގައުމު ތަރައްގީ ކޮށްދީފަ އަދި ބަނގުރޫޓްވުމާއި ކައިރިވެފައި ހުރި ކުންފުނިތައް ނަގާ ކޮޅަށްޖަހާދީފަ އަދި ހަމަ ބޮޑެތި އެތައް ޕްރޮޖެކްޓްތައްވެސް ހިންގަވާ ނިންމަވާ ދެއްވާފަ ވެރިކަން ދޫކޮށްލާފަ ދާއިރު ރާއްޖޭގެ ފޮރިން ކަރަންސީގެ ރިޒާވު ( ޑޮލަރުގެ ޢަދަދު ) 900 މިލިއަން ޑޮލަރަށްވުރެ މަތީގައި އެހެރީ ރައްކާކުރެވިފަ!! ޔާމީން ވެރިކަމާ ޙަވާލުވިއިރު ނެތޭ ރިޒާވްގަ 300 މިލިއަން ޑޮލަރުވެސް!! ވީމަ މި ފައިސާކޮޅު ބޭކާރު ގޮތުގައި ތަޅާ ހުސްކޮށްލާ!! އަޅުގަނޑު ފިނޭންސް މިނިސްޓަރަށް ގޮވާލަން ވެރިކަން ދޫކޮށްލާފަ ދާއިރު މިހުރިހާ ހިސާބުތަކެއް ރައްޔިތުންނަށް ހާމަކޮށްފަ ދާން!! ވަރަށް ސަލާމް!!

  2. Anonymous

    ޢިބޫހުވާ ކުރަން އެންމެ ރަގަޅީ ހުޅުމާލެއިން ފެށިގެން ބުރިޖުމަތިން އައިސް ރިންގުރޯޑުން އުތުރައްގޮސް ޗާންދަނީ މަގަުން މަޖީދީމަގުން ހުޅަނގައްގޮސް ރަސްފަންނު ކައިރިން ދެކުނައްގޮސް އަމީނީ މަގުން އިއްޒައްދީނު މަގުން ރިންގުރޯޑައް ނުކުމެއިރައް ގޮސް ބުރިޖުކައިރިން ރިންގުރޯޑުން އެމްޑީޕީ ހަރުގެކައިރި މަޖީދީމަގުން ހުޅަނގައް ގޮސް ގަލޮޅުދަނޑުގަ ބޭއްވުން. އަދި ދައުވަތު ދޭ މީހުންގެ އަދަދު 10000 ން އެއްލައްކައައް ގިނަކޮއްލަން ފެނޭ

  3. Anonymous

    ކިތައްމެ ޚަރަދު ބޮޑުކޮށްފަ އަދަދުގިނަ ލައްކަލައްކަ މީހުންނަށް ހުޅުވާލައިގެން ރަސްމީއްޔާތު ބޭއްވިއަށް ޞައްޙަނޫން ވޯޓެއްގެ މައްޗަށް ކުރާ ހުވައެއްގެ ބަރަކާތެއް ނުހުބްނާނެއެވެ. އަޒާބާއި މުޞިބާތް މިދުޔެއިން ދައްކަވަނީ އަންގާފައެއްނޫނެވެ. ޥަގުތީއުފަލުގާ ދުސްކޮޅަކަށް އުޅެވިދާނެއެވެ. ރ.ނަޝީދުގެ ވެރިކަން އިބުރަތަށްބަލަމާ؟؟

  4. ގިރިރާޖާ

    ހުވާކުރުމުގެ ހަރަކާތް ތަކެއް ކަނޑުމަތީގަ ގާދޫކޮލުން ބޭރުގަޔާ އެނބޫދޫ ފަޅުގަޔާ ތިލަފަޅުގަޔާ މާލެ ވަށައިގެންނާ ކާށިދޫ ކަނޑުގަޔާ ބަރަވެލިކަނޑުގަޔާ އަލިހުރަސް ކަނޑުގަޔާ ގަލްފު ކަނޑުގަޔާ އެންޓާޓިކާގަޔާ އެޓުލާންޓިކު ކަނޑުގަޔާ ރަތްކަނޑުގަޔާ ޑެޑްސީގަޔާ ނީލަކޯރުގަޔާ ހިމާލިޔާ ފަރުބަދަމަތީގައި ބޭއްވުމަކީ ދިވެހި އެންމެހާ ރައްޔިތުން އިބޫސޯލިހުގެ އަރިހުން ވަރައް އެދޭކަމެއް އަދި މަނިކުފާނުގެ ވައުދެއް ކަމުގައިވާ ދުނިޔެއިން ބޭރައް ކިޔަން ފޮނުވާތީ އެތަނުގަވެސް ހަރަކާތްތަކެއް ކުރިއައް ގެންދަންވާނެ

  5. މަނިކު

    ތީ ސުމެއްގެކަމެއް ކަހެރުވަކެކޭވެސް ހީނުވޭ

  6. ސ

    ނުދާނަން. އެންމެން ދިޔަޔަސް

  7. ދަންޑެހެލު

    ޔާމިނު ހަރަދު ނުކޮއް ދައްރަނިވެރިވެފަ ރާއްޖެ މިއޮތީ ހޭބަލިވެފަ ތިހުރީ

  8. ޖަޒީރާ

    އަލަކައް ނޫނޭ ރައީސަކު ހުވާކުރަން މިއުޅެނީކީީ ލާރި އިސްރާފުކުރުން ނޫން ދެންކޮންކަމެއް

  9. ދަންޑަހެލުދޮންއަމާ

    ޔާމީނު ހަރަދުކޮއް ތަރައްގީކުރިއޭ

  10. ބުއްރާސްކުކުޅު

    އިބޫ ހުވާ ކުރުމުގެ ރަސްމިއްޔާތުން ބައެއް ބ. ޢަތޮޅުގަ ބާއްވަދީ. ބ. ޢަތޮޅު އާދެވެނީ ވަރައް މަދުބަޔަކައް

  11. ދޮންބެ

    މިއޮތީ އެއްވަެެދު ދަޑުތައް ފުރާލާނެ ކަމުގެ ވައުދު

  12. އަޙައްމަދު ބެއްޔާ

    މަޢުމޫންގެ ވެރިކަން ނިމުމާއި ހަމަޔަށް ސަރުކާރަށް ގިނަދުވަހު ޚިދުމަތްކޮށް ޕެންސަން ލިބިފައި ތިބި ޚިދުމަތްތެރިންނަށް ރަސްމިއްޔާތައް ދައުވަތުކާރޑް ފޮނުވައެވެ މަޢުމޫން ވެރިކަމުގެ ފަހުން މިކަހަލަ ދައުވަތެއް ނުދެއްވައެވެ މިހާރުވެސް ސަރުކާރުގައި 30 އަހަރާއި 40 އަހަރާޢި ދޭތެރޭ ޚިދުމަތް ކުރަމުންދާ ވަރަށްގިނަ ފަރާތްތައް އެބައުޅެއެވެ އޮފީސްތަކަށް ގުޅައިގެން ނަމަވެސް މިހާގިނަދުވަހު ޚިދުމަތް ކުރަމުންދާ ފަރާތް ހޯދުމަށްފަހު ތިޔަ ރަސްމިއްޔާތަށް ކިއުމުން އެފަރާތްތައް ވަރަށް އުފާވާނެއެވެ

  13. ކަނބުލޯ

    ތީދެއްކުންތެރިކަން ތިކަމުން ލިބޭނީ އަޒާބު.

  14. ަަައަހަންމަދު

    އިބޫ ހުވައިކުރުން ބާއްވަ ހިންނަވަރު ހިއްކިތަނުގަ ގަނޑިޔަ އެއިރުން މަމެން ކިހައި އުފާވާނެ މަމެންގެ އިބުރާހިމު ހުވައިކުރަންވާނި މަމެނަގެރަށުގަ ގަނޑިޔަ އެއިރުން މަޖާވާނި

  15. އަހަންމަދު

    ކިތަންމެ ގިނަބަޔަކު ވެއްދިޔަސް އަދި ކިތަންމެ ބޮޑު ޚަރަދެއް ކުރިޔަސް ހުވައިކުރާމީހާ ހިތްހަމައެއް ނުޖެހޭނެ އަދި ހަގޭގަތްއިގޭ އެކަކުވެސް ހިތްހަމައެއް ނުޖެހޭނެ ހިތަށް އަރާނެ ހިތަށްއަރާނެ މިވެރިކަމަކީ ފޭރިގަތް ވެރިކަމެއްކަން އަދި މިކުރަނީ ދޮގު ހުވައެއްކަން އީމާންކަމުގެ ކުނޑިފަށެއް އެދހުވަހު ހުވައި ކުރަން ޖެހިލުންވާނެ

  16. ޙަސަން

    އަހަރުމެންނަށް ހެޔޮ ދުނިޔެ އެއްކޮށް ޖަމާކޮށްގެން މުރުތައްދުވިޔަސް ކޮން ބލއެއް

  17. މޯޓީ

    ކަނޑުއަޑީގައި ހުވާކުރަން ފެނޭ

  18. ސަލީމު އާދަމް

    ވޯޓުވަގުން ވަގުޥޯޓުން ހޯދިވެރިކަން އަނދާހުލިވެ ނެތިދާކަށް މާގިނަދުވަހެއްނެތް! ބާރަށް ހުވައިކޮށްފަބަހައްޓާ!

  19. ޚާލިދު

    ރަގަޅަށް ފެށުނު އެއްޗެއް ރަގަޅަށްދާނީ! ދޮގުން ފެށުނުއެއްޗެއް ދޮުގުންދާނީ! ވޯޓުން ވައްކަންކޮށްގެން ފޭރިގަތް ވެރިކަމެއް ތީ! ތި ނުދާނެ ހެޔޮކޮށެއް!