މީގެ 30 އަހަރު ކުރިން 03 ނޮވެމްބަރ 1988 ވަނަ އަހަރު ދިވެހިރާއްޖެ އާއި ކުރިމަތިވި އުދުވާނީ ހަމަލާގެ ލައްކަ ވާހަކަ ނޫސްތަކާއި ފޮތްތަކުގައި ލިޔެވިފައި އެބަހުއްޓެވެ. އަދި ދަނީ ލިޔެވެމުންނެވެ. މީގެ ދެދުވަސް ކުރިން އަނެއްކާވެސް 1988 ވަނަ އަހަރު ދިވެހިންނަށް ލިބުނު ނަޞްރުގެ ދުވަހުގެ ހަނދާން ދިވެހިން އާކޮށްފިއެވެ. ފާއިތުވި ފަސް ވަރަކަށް އަހަރެކޭ އެއްފަދައިން މިފަހަރު ވެސް ބައެއް މީހުން މީސް މީޑިއާގައި ބުނީ އެހަމަލާ ރޭވި މީހުން ކުރި ކަންތަކަށް އެމީހުންނަށް އަދަބު ލިބިއްޖެއެވެ. ދެން މިހާރު އެމީހުންގެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތެވެ.

ނޫނެކެވެ. ގައުމުގެ ޚާއިނުން، ގައުމުގެ އަދުއްވުންގެ ހަނދާން އަބަދަށް ދަމަހައްޓަން ޖެހެއެވެ. އަދަބެއް ލިބުމަކުން، ނުވަތަ އެއިން މީހަކު މަރުވުމަކުން އެމީހުންގެ ހަނދާން ނައްތާލާކަށް ނުޖެހޭނެއެވެ. ދުނިޔެ ދައްކާ މިސާލަކީ މިއީ އެވެ.

އެޑޮލްފް ހިޓްލަރު މަރުވެގެން ދިޔަތާ 70 އަހަރު ވެއްޖެއެވެ. ނަމަވެސް މިއަދުވެސް މުޅި ދުނިޔެ، ހާއްސަކޮށް އޭނާގެ އަނިޔާވެރިކަން ތަހައްމަލް ކުރި މީހުންގެ އާއިލާތަކާއި ގައުމުތަކުން އެއީ ޚާއިނެއްކަން ގަބޫލުކޮށް އޭނާ އާއި ދެކޮޅަށް އަޑުއުފުލައެވެ.

ބްރެޒިލްގެ އަސްކަރިއްޔާގެ ކެޕްޓަނެއްގެ ގޮތުގައި ހުރުމަށް ފަހު ފަހުން ގޮރިއްލާ ހަނގުރާމަވެރިންނާއި ގުޅިގެން ހަނގުރާމަ ކުރި ޗާލްސް ލަމާސާ މަރުވިތާ 50 އަހަރު ވާން ކައިރިވެފައި ވާއިރު އަދިވެސް ބްރެޒިލްގެ ރައްޔިތުންނަށް އެއީ ޚާއިނެކެވެ. ގައުމުގެ އަދުއްވެކެވެ. ގައުމުގެ ދުޝްމަނެކެވެ.

ވަރަށް ފަހަށް ޖެހިލާއިރު އެމެރިކާގެ އަސްކަރިއްޔާގައި ސިފައިންގެ މީހެއްގެ ގޮތުގައި ހުރެ، ސިއްރު މައުލޫމާތުތަކެއް އަލްގައިދާއަށް ފޯރުކޮށްދިން ޗެލްސީ މެނިން އާއި އެމެރިކާގެ ގިނަ އަދަދެއްގެ ސިއްރުތައް ބޭޒާރުކޮށްލި އެޑްވަޑް ސްނޯޑަން އަކީ ގައުމުގެ އަދުއްވުން ކަަން އެމެރިކާ ރައްޔިތުން ގަބޫލު ކުރެއެވެ. އެމީހުން ކުރީ ގައުމަށް ޚިޔާނާތްތެރިވުމުގެ ކުށްކަމާއި އެއީ ގައުމުގެ ދުޝްމަނުންކަން އެމެރިކާ ރައްޔިތުން ގަބޫލު ކުރެއެވެ.

1988 ވަނަ އަހަރު ހަނގުރާމަވެރިންތަކެއް ރާއްޖެ ގެނެސް، ދިވެހި ރައްޔިތުން ހޮވާފައި އޮތް ސަރުކާރެއް ވައްޓާލުމަށް ދިވެހިންގެ ބަޔަކު އަޑީގައި ތިބެ ކުރި މަސައްކަތައް އެއްވެސް ކާމިޔާބެއް ލިބުނު ނަމަ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ މިސުވާލުގެ ޖަވާބު ހޯދަން މާގިނަ ދިރާސާތަކެއް ކުރާކަށް ނުޖެހެއެވެ. ލޮލުގެ ކުރިމަތިން ޖަވާބު އޮތީ ފެންނާށެވެ.

އެމީހުން ބޭނުންވި ކަންތައް އެއްވެސް ވަރަކަށް ކާމިޔާބުވި ނަމަ، އަވައްޓެރި ސްރީލަންކާގައި 26 އަހަރު ވަންދެން ކުރި ދާހިލީ ހަނގުރާމައިން ފެނުނު މަންޒަރުތައް މިގައުމުން ވެސް ފެނުނީހެވެ. އަވައްޓެރި ޕާކިސްތާނާއި އަފްޣާނިސްތާނުގައި މިއަދު ވެސް ހިނގަމުން އެގެންދާ ކަންތައްތައް މި ދިވެހިރާއްޖޭގައި ވެސް ތަކުރާރުވީހެވެ.

އެދުވަހު ޝަހީދު ވެގެން އެދިޔަ 19 ދިވެހިންގެ ޚިދުމަތްތެރި ޚަޔާތައް ނިމުން ގެނެސް، އެތައް އަނބިންނެއް ހުވަފަތްކޮށް، އެތައް ދަރިންނެއް ޔަތީމުކޮށް، އެތައް މައިންބަފައިންނެއް ހިތުގައި ޖެއްސުމުގެ އަގަކީ އެކަން ކުރި މީހުންނަށް ވަޒީރުކަން، ސްޓޭޓް މިނިސްޓަރުކަން، ގައުމުގެ ވެރިޔާގެ އެޑްވައިޒަރުކަން ދިނުން ހެއްޔެވެ؟ ދައުލަތުގެ ހަޒާނާ އިން މުސާރަދޭ މުސާރަވެރިންގެ ގޮތުގައި އެމީހުން ބޭތިއްބުން ހެއްޔެވެ؟ ނޫނެކެވެ.

ދިވެހިރާއްޖެ އަށް ފަހުގެ ތާރީޚްގައި ދިން އެންމެ ވަރުގަދަ އުދުވާނީ ހަމަލާ ދިނުމުގައި ބައިވެރިވި ބަޔަކު ޤާނޫނީ ނިޒާމްގައި ހުރި އުނިކަންތައްތަކެއްގެ ސަބަބުން މިނިވަންވެ، މުޖުތަމަޢުގެ ތެރެއަށް ނިކުތް ނަމަވެސް އެމީހުން ދިވެހި ގައުމާއި ދިވެހި ރައްޔިތުންނަށް ދިން ގެއްލުމުގެ ބަދަލެއް ނުލިބެއެވެ. އަދި ނުވެސް ލިބޭނެއެވެ.

ދިވެހިރާއްޖެ އަށް ހަމަލާދީ ދިވެހި ސިފައިންނާއި، އާންމުންނާއި ކުޑަކުދިން ހިމެނޭ ގޮތައް 19 ދިވެއްސަކު ޝަހީދުކުރުމުގައި އަޑީގައި ތިބި ދިވެހިންނަކީ އަބަދަށް ވެސް ގައުމުގެ އަދުއްވުންނެވެ. ގައުމުގެ ޚިޔާނާތްތެރިންނެވެ. ގައުމުގެ ދުޝްމަނުންނެވެ. އެމީހުންގެ ނަން އަބަދުވެސް ލިޔެވޭނީ އަދި ލިޔެވެން ޖެހޭނީ ވެސް ގައުމުގެ އަދުއްވުންގެ ގޮތުގައެވެ. ގައުމުގެ ޚިޔާނާތްތެރިންގެ ގޮތުގައެވެ. ގައުމުގެ ދުޝްމަނުންގެ ގޮތުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނޯޓް ފޮތުގައި އެއީ ގައުމުގެ ޚިދުމަތްތެރިންގެ ގޮތުގައި ލިސްޓްކޮށްފައި އޮތް ނަމަވެސް ދިވެހި ތާރީޚާއި ދިވެހި ރައްޔިތުންގެ ހިތްތަކުގައި އެމީހުންގެ ނަން ނޯޓްކޮށްފައި އޮތީ ގައުމުގެ އެންމެ ބޮޑެތި ޚިޔާނާތްތެރި ޚާއިނުންގެ ގޮތުގައެވެ. އެނިންމުމަށް ބަދަލެއް ނާންނާނެއެވެ. ނުވެސް ގެންވޭނެއެވެ. ގެންނާކަށް ނުވެސް ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. ގާސިމް

    ވަގުތު ހާދަ ގަދައޭ

    • ބޭބެ

      ވަގުތު ރަގަނޅު ދޯ؟ މާރިޔާ ދީދީ ޕްރެސް ކޮންފްރެންސް އެއްގައި އިހައްދުވަހު އެބުނީ 03 ނޮވެމްބަރ 1988 ގެ ޢުދުވާނީ ހަމަލާގައި ދިވެހި ސިފައިން އެދުވަހު ބިރުން ފިލީއޭ!! މާރިޔާމެން މިގޮތަށް ވާހަކަތައް ދައްކަން ލަދު ގަންނަންޖެހޭނެ!! ދިވެހި ސިފައިންނާއި ދިވެހި ރައްޔިތުން އެދުވަހުވީ ގުރުބާނީގެ މަތިން ހަނދާން ނައްތާލާ ފަސްއަޅާ ފޮރުވަން މާރިޔާ ދީދީމެން މަސައްކަތްކުރިޔަސް ޙަގީގަތް ނޯޅޭނެ!! މީގެ 30 އަހަރުގެ ކުރީގެ ނޫސްތަކުގައި އާއި އެކިއެކި ފޮތްތަކުގައި އެހެރީ މިވާހަކަތައް ޙަގީގަތަށް ފެންނަން!! ދެން ދިވެހި ސިފައިން ބިރުން އެދުވަހު ފިލީއޭ ބުނާއިރު މާރިޔާއަކަށް އެނގިފައިނެތޭ އެދުވަހު މޫސާ ޢަލީ ޖަލީލު އިސްކޮށް ހުރެ 10 މީހުންގެ ޓީމެއް ގޮވައިގެން ބާޢީންނާ ނުވަތަ ކުލީ ސިފައިންނާ ކުރިމަތިލުމަށްޓަކައި ބަނޑޭރިކޮށީގެ މައިގޭޓުން ނިކުމެން ދިޔަކަމެއް!! އަދި މިޓީމުގައި ހިމެނުނު ތިނެއް ނުވަތަ ހަތަރު ސިފައިންވެސް ޝަހީދު ވިކަމެއް!! އެހެންވީމަ މާރިޔާއަށް މިކަންކަން ނޭނގޭނަމަ މިކަންކަން އޮޅުން ފިލުވައިގެން ނިކުމެ މިކަހަލަ ގައުމީ އަދި އެހާމެ ހިތާމަވެރި ޙާދިސާތަކާއި ގުޅޭގޮތުން ވާހަކަ ދައްކަންޖެހޭނީ!! ތިމާއަށްވެސް މިއަދު ހުރެވުނީ މިކަންކަން ދިވެހިންގެ ތެރެއިން ރާވާ ހިންގި މީހުންވެސް ނިސްބަތްވާ ފަޅީގައި ކަމަށްވީތީ ޙަގީގަތް އޮޅޭގޮތަށް ވާހަކަތައް ދައްކާ އަދި ދިވެހި ސިފައިނާއި ދިވެހި ރައްޔިތުން މިގައުމަށްޓަކައި އެދުވަހު އެވީ ބޮޑު ގުރުބާނީއަށް މަލާމާތްކޮށް ފުރައްސާރަކުރުމުގެ އެއްވެސް ޙައްގެއް މާރީޔާއަކަށްވެސް އަދި ދިވެހި އެހެން އެއްވެސް ރައްޔިތަކަށްވެސް އޮންނާނެކަމަކަށް އަޅުގަނޑު ނުދެކެން!!

    • އައިޝާ

      ސާބަހޭ ދަރިޔާ ވަރައް ރަނގަޅު ވާހަކައެއް އެއީހަމަ ޤައުމުގެ ޚާއިނުން ކިތަންމެ ބޮޑު މަޤާމެއް ދިނަސް

  2. Anonymous

    އަކަން ކުރި ކާކަށް ތަ ވަޒީރުކަމާ އެއްޗެހި މި ދެނީ؟

  3. 2018 ކާފަބޭ

    ސާބަސް ސާބަސްސާބަސް.އާދަމްނަވާޒަށްސާބަސް. އަޅުގަނޑުގޭގެދޮރުމަތިންފަތްޖެހިއެނދެއްގަ ބާއްވައިގެން ގެންދިޔަކީޕަރުގައިން އޮހެމުންދިޔަ ލޭތައް މިހާރުވެސް ލޯމަތިންފެންނަކަހަލަ
    މިލިއުންކޮޅުކިޔާލުމުން އެމަންޒަރުއިތުރަށް ތާޒާވެއްޖެ. ހަމަޔަޤީނުންވެސް މިގޭގެއެންމެން އެދުވަސްފާހަގަކުރާނެ. ނަމަވެސް އެޝަހީދުންގެ ތެރެއަކު ގާތްތިމާގެމީހަކުނެތް. ސާބަސް.އާދަމް.

  4. މީމްބޯއީ

    **ސްލޯ ކްލެޕް**

  5. ޖަހާންގީރު

    އެމް ޑީ ޕީ މީހުން ގެ ޢާއިލާ މީހުންގެ ރައްޓެހިންގެ ޚާއިނުންގެ ވާހަކަ ނުދައްކާތި

  6. ގާސިމް

    މާރިޔާ ގަބޫލެއްނުކުޜާނެ ތިކަމެއް

  7. މޫސާ

    3 ނޮވެމްބަރު 1988ގެ އެންމެ ބޮޑު ޚާއިނު ، ހ.ހާޖަރާގޭ ލުތުފީ ޖަލުގައި ހުއްޓަ ދިވެހިންނަށް ވަގަށް އެޚާއިނު ބޭރަށް ފޮނުވާލީ އެމްޑީޕީގެ ވެރިކަމުގައި އަމީން ފައިސަލް އާއި ޢުމަރު ޖަމާލް އާ ދެ ބާޣީން ނަށް ސަރުކާރުގެ ވަޒީފާ ގެ ބާރުލިބިގެން. އިއްތިފާގުން މިހުރިހައި ބާޣީން ނާ ގުޅިފައި އޮން ަނީ އެމްޑީޕީ އާ، އަދި ބަޣާވާތާ ގުޅުންހުރި ވާހަކަތައް ނުދެއްކުމަށް ގޮވާލާ ފަރާތްތައްވެސް ތިބީ ހަމައެކަނި އެމްޑީޕީ ގައި. މީހަމަ ޙަގީގަތުގައި ވެސް ހަމަ އިއްތިފާގު ހެއްޔެވެ.

  8. މައުމޫން

    އެއީ ޤައުމުގެ ޚާއިނުން! ޣައްދާރުން!

  9. އީސަ ދަރި

    ތި ބަޣާވާތް ހިންގި ބާޣީންނާއި ގުޅުންހުރި ޕާޓީ އަކީ ހަމައެކަނި އެމްޑީޕީ. ރައީސް ނަޝީދުގެ ބޮޑުބޭބެ ، ސިއްކަ އަހުމަދު އިސްމާއިލް އާއި އެމްޑީޕީގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރު ، އަމީން ފައިސަލް އާއި ޢުމަރު ޖަމާލް މެންނަކީީ 3 ނޮވެމްބަރު 1988ގެ ބަޣާވާތުގެ ބާޣީން ކަމުގައި ރާއްޖޭގެ ކޯޓުން ޙުކުމް ކޮށްފައި ބާޣީން ގެ ޙުކުމުގައި ތިބި މީހުން. އެމީހުންގެ ކިބައިން ބާޣީ ބޯޑު ނައްޓާލެވޭނެ ހަމަ އެއްގޮތެއްވެސް ނޯންނާނެ.

  10. Anonymous

    އައްސަރިބަހާ ސާބަސް އަޒުމާއިއެކު ކެރިގެންކުރިމަތިލާތި

  11. Anonymous

    އެއީ ހަމަ ހާއިނުން

  12. ސިއްކަ

    ސިއްކަވެސްތަ؟

  13. Kަލޯ

    މަށަކަށް ނޭންގެ އެހެން މީހެއްގެ ގޮތެއް. ޙަމަ ޔަގީނުންވެސް މަށަށް އެމީހުން އެއީ ޙާއިނުން، ގައްދާރުން، ޤައުމުގެ ދުސްމަނުން.. މަށެއް އެމީހުންނަކަށް މާފެނުކުރާނަން..

  14. ދަހާން

    ވަރަށްވެސް ބޮޑު ތެދެއް. ދުވަހަކުވެސް އެމީހުންގެ ނަމެއް ސާފެއް ނުވާނެ.

  15. ދިވެހި ދަރިއެއް

    އަޅުގަނޑަކީ ތިހާދިސާ ހިނގި އިރު ދުނިޔެއަށް އުފަންވެސް ނުވާ މީހެއް. އެދުވަހުގެ ބިރުވެރި ހާދިސާ ހިނގައި ދިޔަގޮތް އެނގިފައިވަނީ ކިޔެވި ފޮތްތަކުން، ޓީވީ، ރޭޑިއޯ އަދި ނޫސްތަކުން. އެހެން ނަމަވެސް އެދުވަހުގެ އެހާދިސާގެ ވާހަކަ މިހާރުވެސް ކޮންމެ ދިމާލަކުން އިވުނު ކަމުގައިވީނަމަވެސް ގައިން ހީބިހި ނަގާ އެކުރެވޭ އިޙްސާސްތަށް ބުނެދޭކަށް ނޭންގެ. އެދުވަހު ދިވެހިންގެ ބަޔަކު ދިވެހި ޤަޢުމައް ޚިޔާނާތްތެރިވިގޮތާއި، ދިވެހި ދަރިން މި ދިވެހި ޤަޢުމު ހިމާޔަށް ކުރިގޮތް ދިރިހުރިހާ ހިނދު ހަނދާނުން ފުހެވިގެނެއް ނުދާނެ. އަދި މީހަކު ބުނާ ބަހަކުން ހަނދާން ނައްތައެއްވެސް ނުލެވޭނެ.
    މިއީ ހަމަ އެކަނި އަޅުގަނޑުގެ އިހްސާސްތަކެއް ނޫން!! ތެދުވެރި ދިވެހި ލޭ ހިނގާ ކޮންމެ ދަރިއެއްގެވެސް ހިތުގެ އަޑުކަން ޔަޤީން!!
    އެހެން ނަމަވެސް އަޅުގަނޑުމެނަށް މިއަދު ފެންނަމުން މިދަނީ އެދުވަހުގެ ބިރުވެރިކަމުން ޤަޢުމު ސަލާމަތްކޮށްދިން ބަޠަލުން އެދުވަހު ވި ޤުރްބާނީގެ އަގުވަޒަން ކުރުމެއްނެތި ޚާއިނުންގެ ހަނދާން ނައްތައިލަން އަޑު އުފުލިގެންދާތަން..
    އެހެން އެގޮތަށް ކަންތައް ވަމުންދާނަމަ އެދުވަހުގެ ބަޠަލުންނަށް އަޅުގަނޑުމެން މިވަނީ ޚިޔާނަތް.. އެދުވަހުގެ އެ އޮހޮރުނު ދިވެހި ލެޔާއި ކަރުނައިގެ އެއްވެސް އަގެއްނެތް...

  16. ާަަެއަހުމަދު

    ވަގުތުގެ ހުރިހަައި ކުދިންނައް ތެންކްސް ސަބަބަކ1223456788

  17. ޕީޖޭ

    ވަރަށް ބޮޑު ތެދެއް

  18. ާަަެއަހުމަދު

    މީ ޙަގީގަތެއް އަންނިގެ އެމްޑީޕީ އައް ހަޖަމުނުވާނެ

  19. 3 އ

    ވވވ ވަރަށް ރަގަޅު ލިޔުމެއް. އެފަދަ ޚާއިނުންނަށް ދައުލަތުގެ މަތީމަޤާމްތައް ލިބޭތަން ފެނިގެން ދާނަމަ، މި ޤައުމުގެ ޚައްޤުގައި އިންސާނަކަށް ލިބިފަވާ އެންމެ މަތީ ނިއުމަތްކަމުގައިވާ ފުރާނަ ޤުރުބާންކޮށްލި ބަތަލުންނަށް ޤައުމު އެކުރީ މަލާމާތް ކަމަށްނޫނީ ނުވާނެ، އެހެނީ ޤައުމުގެ ދުލުން ބުނާކަހަލަ، ތިބާގެ ތިމަތިވެރި ނިއުމަތް އަހަރެނަށްޓަކާ ޤުރުބާންކުރީ ކީއްކުރަން ހެއްޔެވެ. އަހަންނަކީ ތިބާ ތިވީ ޤުރުބާނީ ބަލައިގަންނާނެ މީހަކީމެްްނޫނެވެ. މިގޮތަށް މިކަން ހިނގާނަމަ އެހާ ބޭވަފާތެެރި މީހަކަށްޓަކާ އެފަދަ މަތިވެރި ޤުރުބާނީއެއްވާނީ ފަހެކާކު ހެއްޔެވެ. ވިސްނާލަ ބަލާށެވެ. ނުހަނު ލޯބިން އެކީގަ އުޅެއުޅެ ތިއްބާ އެހާ ލޯބިވީ އަނބިމީހާ ބޭވަފާތެރިވުމުން އަހަރަމެން އެ އަނބިމީހާ ދޫކޮށް ނުލަމުހެއްޔެވެ. ޤައުމު އެފަދަ މަތިވެރި ޤުރުބާނީ ވީ އަބްތޯލުން މަތިން ހަނދާން ނައްތާލުމުން ދިރިތިބި އަހަރަމެނަށް ޤައުމުގެ ރުއިން އަޑު އެހޭނީ ކިހިނެއްތޯއެވެ. މިއީ މިއަދު އަޅުގަނޑުމެން ވިސްނާލަންޖެހޭ ކަމެއް ނޫންތޯއެވެ.

  20. Miadhu

    ރައީސުލް ޖުމުހޫރިއްޔާގެ ނޯޓްފޮތުގައެއްނޫން މާރިޔާގެ ފަސްބައިގައި އެގޮތަށް ލިއުނަސް އަދި ސްޕްރިންކޯޓުން ހުކުމްކުރިއަސް ދިވެހި ރަޢިއްޔަތުން ޤަބޫލުލުރާނީ އެއީ ގައުމުގެ ގައްދާރުން ހާއިިނުން އަދުއްވުން ކަމަށް އެކަން ބަދަލެެއް ނުބާނެ

  21. ވަސަންތީ

    ވ. ރަނގަޅު ވާހަކައެއް! ނޮވެމްބަރު 3ގެ ޚާއިނުން ސަގަރު ލުތުފީ އަދި މިސަރުކާރުން ޤަޢުމު ވިއްކާލަން އުޅުނު ޚާއިނު ނިހާނާ، ޚާއިނު އަދީބު އާއި ޚާއިނު ޔާމީނު މަތިން ހަނދާން ނައްތައިލައިގެންނުވާނެ! މި މީހުން އުމުރު ދުވަހު ޖަލުގަ ބައިތިއްބަންވާނެ!

  22. އެޔާމީނު

    ފޮޓޯއިން ތި ފެނިވަޑައިގަންނަވާ މޮނިއުމެންޓަކީ ސިފައިންގެ ތެރޭގައި ވަކަރުން ހަދާފައިވާ މޮނިއުމެންޓް ރައީސް ނަޝީދުގެ ވެރިކަމުގައި ނަގައި އެއްލާލީމަ ރައްޔިތުންނަށް ފެންނަހެން ހަދާފައިވާ މޮނިއުމެންޓެއް. އެހެންވީމަ 3 ނޮވެމްބަރުގެ ހަނދާން ފޮހެލެވެންޏާ ފޮހެލާނެ މީހުން އެބަތިބި.

  23. ކޭޓީ

    ތަންދޮރުނުފިލާ ގަމާރުންނަށް ޚާއިނުންނެއް ނޭގޭނެ.

  24. އަހަންމަދޭ

    ވަރަށް ސަޅި އާޓިކަލެއް ތިވެސް.

  25. ބޮޑު ދެލޯ

    ޚާއިނުމްގެ މަތީން ހަދާން ނެއްތިޔަސް ނުނެއްތިޔަސް ތިޔާ ސިފައިންގެ ފާރުގައި ތިޔަ ހަދައިގެން އުޅޭ "ބާގަނޑު" މި 5 އަހަރު ނިމުމުގެ މާކުރިން ވުޖޫދުން ނެތިގޮސް އެފާރު ހުންނާނީ އޮމާންކޮށް ދަވާދު ލެވިފައި! މުޖައްރިބު!