ރާއްޖޭގެ އެކި ރަށްރަށުގައި އިމާރާތް ކޮށްފައިވާ ފްލެޓްތައް ލިބުނު މީހުންގެ ލިސްޓް ހައުސިން މިނިސްޓްރީ އިން ގެޒެޓް ކުރައްވައިފިއެވެ.

ހައުސިން މިނިސްޓްރީ އިން މިރޭ ވަނީ އައްޑޫ ސިޓީގެ ހިތަދޫ އަވަށުގައި ޢިމާރާތްކޮށްފައިވާ ފްލެޓްތަކަށް އެދިލެއްވި ފަރާތްތަކާއި ހއ.ދިއްދޫ ރައްޔިތުންނަށް ޙާއްސަކޮށް ދޫކުރުމަށް ހަމަޖެހިފައިވާ 100 ހައުސިންގ ޔުނިޓަށް އެދިލެއްވި ފަރާތްތަކާއި، ގދ.ގައްދޫގައި ޢިމާރާތްކޮށްފައިވާ 50 ހައުސިންގ ޔުނިޓުގެ ތެރެއިން 10 ހައުސިންގ ޔުނިޓަށް އެދިލެއްވި ފަރާތްތަކާއި ގދ.ތިނަދޫގައި ޢިމާރާތްކޮށްފައިވާ ގެތަކަށް އެދިލެއްވި ފަރާތްތަކާއި ފުވައްމުލަކުގައި ޢިމާރާތްކޮށްފައިވާ ގެތަކަށް އެދިލެއްވި ފަރާތްތަކާއި ގއ.ވިލިނގިލީގައި ޢިމާރާތްކޮށްފައިވާ 52 ހައުސިންގ ޔުނިޓުގެ ތެރެއިން 09 ހައުސިންގ ޔުނިޓަށް އެދިލެއްވި ފަރާތްތަކުގެ ވަގުތީ ލިސްޓް އާންމުކޮށްފައެވެ.

ލިސްޓްތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީ އިން ވަނީ ހުޅުވާލާފައެވެ.