ކުރީގެ ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ހަސަން ސައީދު މިނިވަން ކުރަން ކްރިމިނަލް ކޯޓުން އަމުކުރީ ޝަރީއަތް ނިމެންދެން އޭނާ ބަންދުކޮށްފައިވާ މައްސަލައެއް ރިވިއު ކުރުމަށްފަހުއެވެ.

ހަސަން ސައީދު މިނިވަން ކޮށްފައިވަނީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނިކޮށެވެ. ޤާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުވެ ހަސަން ސައީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވާފައިވަނީ ޖުލައި މަހުގެ 19 ވަނަ ދުވަހުގައެވެ. އެ ހުކުމް އޭނާ މިހާރު ވަނީ އިސްތިއުނާފް ކޮށްފައެވެ.

ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ހަސަން ސައީދު ހައްޔަރުކޮށްފައި ވަނީ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން އުއްތަމަ ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ ސައީދު އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ވެސް ހައްޔަރުކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Miadhu

    2013 އިން 2018 އަށް ކުރެވިފަ ހުރި ހުރިހާހުކުމެއް އަލުން ރިވިއު ކުރުމަށް އެއްމެން ދޫކޮށްލަން ފެނޭ
    މީގެތެރޭގައި އެމުއްދަތުގައި ލައްވާފައި ހުރި ދަރިންގެ ޚަރަދުތަކުގެ މައްސަތައްވެސް ހިމެނޭގޮތުން ކޮއްފަހުރި ކައިވެނިތައްވެސް ރިވިއުކުރުމަށް އަލުން ރޫޅާލުން ހިމެނޭގޮތަށް

  2. ނުރަބޯ

    ހައްހައްހާ ހޮއްހޮއްހޯ ވަކިފަރާތަކަށް ނުޖެހި ގާނޫނު ދަމަހައްޓަނިއްޔޯ. ބަލަގަ ކުރީގެ އުއްތަމަ ފަނޑިޔާރު ދޫކޮށްލަންވީނު؟ ނުކެރޭނެ.

  3. ބާނިޔޫސޭ

    ނުރަބޯ. ދަންނަވަންތޯ! ކުރީގެ އުއްތަމަ ފަނޑިޔާރަކީ މިފަހަކަށްއައިސް ފައްޗަކަށް ޢަދުލުވެރި ޙުކުމް ބަރިއެއް ނެރެމުން އެގެންދަވާ ފަނޑިޔާރުންނަށްވުރެވެސް ޢަދުލު އިންސާފުގެ ރޮނގުގައި މާބޮޑަށްވެސް ފުންނާބު އުސް ބޭފުޅެއް. އެމަނިކުފާނުގެ ލޮލެއްގައި ދެކޮޔާ އިތުރު ސިކުނޑިފުޅެއް ފުށްކިބާގައިވެސް ހުންނަ ކަމަށްވޭ.

  4. ގާސިމް

    މިހާރު ކުށެއް ކުށަކައްވަނީ ކުރާނަމޭބުނެފަގޮސް ކުރުމުން އެވެސް 1000 ހާ ހައްވުރެ ދަށުން މުސާރައެއްލިބޭ މީހަކުނަމަ