އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފުގެ 23 މިނިޓްގެ އޯޑިއޯ އެއް ލީކު ކޮށްލައިފިއެވެ.

އެ އޯޑިއޯގައި ވާހަކަދައްކާ އަޑު އިވެނީ ޝަރީފް އާއި ކޮމްޕްލެއިންސް ބިއުރޯގެ މުވައްޒަފުން ކަމަށް ބެލެވެއެވެ. އޯޑިއޯއިން އިވޭ އަޑުތަކަށް ބަލާއިރު، ބެލެވޭ ގޮތުގައި އެ އޯޑިއޯއަކީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯއާއި އެކު އިލެކްޝަންސް ކޮމިޝަނުގެ ރައީސް ބައްދަލު ކުރައްވާފައިވާ ބައްދަލުވުމެއްގެ އޯޑިއޯއެކެވެ. އެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ލީގަލް ސެކްޝަނުގެ ވެރިންނާއި، އެކްޓިންގ ސެކްރެޓަރީ ޖެނެރަލްވެސް ބައިވެފައިވާކަމަށް ބެލެވެއެވެ.

ބައްދަލުވުން ފައްޓަވަމުން ޝަރީފް ކަމަށް ބެލެވޭ ފަރާތުން ވިދާޅުވެފައިވަނީ އެ ބައްދަލުވުމަކީ ވަރަށް ސީރިއަސް ކަންތައްތަކެއް ހުރުމާއި ގުޅިގެން ބާއްވާ ބައްދަލުވުމެއް ކަމަށާއި، އެކަންކަމުގެ ސަބަބުން ކޮމްޕްލެއިންޓްސް ބިއުރޯގެ ޗެއަރގައި ހުންނެވި ފަރާތް ވަކިކޮށްފައިވާ ކަމަށެވެ. އަދި އެފަރާތް ވަކިކޮށްފައިވަނީ ޕީޕީއެމްގެ އެއްވުންތަކުގައި އެވާހަކަ ދައްކާ ގޮތާއި ޚިލާފަށް އެ ކޮމިޝަނުގެ ލީގަލް ޓީމާ މެދުގައި ސުލޫކީ މިންގަނޑުން ބޭރުން މުއާމަލާތް ކޮށްފައިވާތީ ކަމަށް ޝަރީފް ކަމަށް ބެލެވޭ ފަރާތުން ވިދާޅުވެއެވެ.

ލީކުވި އޯޑިއޯގައި ޝަރީފް ކަމަށް ތުހުމަތު ކުރެވޭ ފަރާތުން ވިދާޅުވެފައިވަނީ، ރިޔާސީ އިންތީޚާބާއި ގުޅިގެން މުޅި ޖުމްލަ ހުށަހެޅުނީ 423 މައްސަލަ ކަމަށާއި، އޭގެ ތެރެއިން 129 މައްސަލައަކީ ރިޔާސީ އިންތިޚާބުގެ ވޯޓު ލީ 23 ސެޕްޓެމްބަރ ގެ ކުރިން ހުށަހެޅިފައި ހުރި މައްސަލަތައް ކަމަށް އަދި 194 މައްސަލައަކީ ވޯޓުގެ ފަހުން ހުށަހެޅިފައިހުރި މައްސަލަތައް ކަމަށެވެ. ރިޔާސީ އިންތިޚާބަށްފަހު ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން ޖަވާބު ދެވިފައިވަނީ 88 މައްސަލައަށް ކަމަށާއި، 106 މައްސަލައަކަށް ޖަވާބު ތައްޔާރު ކުރެވި ޖަވާބު ނުދީ ވާކަމަށްވެސް އެ އޯޑިއޯގައި ވާހަކަ ދައްކާ ފަރާތުން ވިދާޅުވެއެވެ.

އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރޭގައި ސީރިއަސް މައްސަލަތައް ހުރިކަމަށް އެ އޯޑިއޯގައި ވާހަކަ ދައްކާ ޝަރީފް ކަމަށް ބެލެވޭ ފަރާތުން ވިދާޅުވެއެވެ.

"ސީރިއަލް އިޝޫތަކެއް، ކްރިޓިކަލް އެއްޗެއްގެ ގޮތުގައި މިއުޅެނީ 23 ސެޕްޓެމްބަރ އަށްފަހު ވެއްދި އެއްޗެއް. ކޮމިޝަނުން އެ އެއްޗެހި ބަލާލައިފިން، މިދިޔަ ތާރސްޑޭގައިވެސް އެ އެއްޗެހި ބަލާލައިފިން. އަޅުގަނޑުމެން ބޭނުމެއް ނޫން އެ އެއްޗެހި ބަދަލުކުރާކަށެއް. ރިކުއެސްޓް ކުރާކަށްވެސް ބޭނުމެއް ނޫން. ސަބަބަކީ މިހާރު އޭގައި ސޮއިކޮށްފައި ތިބި މީހުންވެސް އެކަކު ނެތީތާ ދެއްތޯ." ޝަރީފް ކަމަށް ބެލެވޭ ފަރާތުން ވިދާޅުވެއެވެ.

ލީކުވި އޯޑިއޯގައި ޝަރީފް ކަމަށް ބެލެވޭ ފަރާތުން ވިދާޅުވަނީ އެ ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ކޮމްޕްލެއިންޓްސް ބިއުރޯގެ "ލެޖިޓިމަސީ" އާއި ގުޅިގެން އެއްޗެއް ވިދާޅުވުން ކަމަށެވެ. އަދި ކޮމްޕްލެއިންސް ބިއުރޯގެ ނިންމުންތައް ނިންމުމުގެ ކުރިން އިލެކްޝަންސްއާ މަޝްވަރާ ކުރަން ކުރިން އެންގީ އެއްވެސް ހާލަތެއްގައި ނުފޫޒު ފޯރުވަން ނޫންކަމަށް ޝަރީފް ކަމަށް ބެލެވޭ މީހާ ވިދާޅުވެއެވެ.

ކޮމްޕްލެއިންޓްސް ބިއުރޯގެ މަސައްކަތްތަކާ ގުޅިގެން ޝަރީފް ކަމަށް ބެލެވޭ ފަރާތުން ވިދާޅުވެފައިވަނީ ކޮމްޕްލެއިންޓްސް ބިއުރޯއަށް ހުށަހެޅޭ ކޮންމެ މައްސަލައަކީ އެއީ ހިނގާފައިވާ ކަމެއް ކަމަށް ބަލައިގެން ނުވާނެ ކަމަށާއި، ބިއުރޯއިން މައްސަލަތައް ބެލިއިރު އެ ޝަކުވާއަކީ ވޯޓުލީ މަރުކަމުގެ ކަން ހިނގާދިޔަ ގޮތުގެ ރިޕޯޓުގައި ހިމެނިފައިވާ ކަމެއްތޯ ނުވަތަ ނޫންތޯވެސް ބަލާފައި ނުވާކަން ކޮމިޝަނަށް ފާހަގަވެފައިވާ ކަމަށެވެ.

އަދި ވަރަށް ގިނަ މައްސަލަތަކުގައި ޔޫވީ ލައިޓުން ވޯޓު ކަރުދާހުގެ ޞައްޚަކަން ކަށަވަރު ނުކުރި މައްސަލަ ފާހަގަކޮށްފައިވަނީ ސީރިއަސްކޮށް، ސްޕްރީމް ކޯޓުގެ ގައިޑްލައިނާ ހަވާލާދީ ކަމަށާއި، ނަމަވެސް އެ ގައިޑު ލައިނުގައި ޔޫވީ ލައިޓުން ޗެކު ކުރަން މަޖުބޫރު ކޮށްފައި ނުވާ ކަމަށް ޝަރީފް ކަމަށް ބެލެވޭ ފަރާތުން ވިދާޅުވެއެވެ. އިތުރަށް ވިދާޅުވެފައިވަނީ ގައިޑްލައިނުން މަޖުބޫރު ވަނީ ސެކިއުރިޓީ ފީޗާރސް ހިމެނުން ކަމަށާއި، ޗެކް ކުރަން ދީފައިވަނީ "އިންސްޓްރަކްޝަނެއް" ކަމަށެވެ.

"އަޅުގަނޑުމެން އޭގެ ޞައްޚަކަން ކަށަވަރު ކުރުމަށް، ޔަޤީން ކުރުމަށް އަޅުގަނޑުމެން އަމިއްލައަށް ކްރިއޭޓްކޮށްފައި އިންނަ އެއްޗެއް (ޔޫވީ ލައިޓަކީ). އެއީ އެއްވެސް ހާލެއްގައި ގައިޑްލައިންގައި އިންނަ އެއްޗެއް ނޫން. ގައިޑްލައިނުގައި އީސީގެ މައްޗަށް ލާޒިމުކުރަނީ ވޯޓު ކަރުދާހުގައި ސެކިއުރިޓީ ފީޗާރ ހިމަނަން. ޤާނޫނޫ ނުވަތަ ކޯޓު ކަރުޚަލާއަކަށް އައީމަ ދެން ބަލާނީ އޭގައި ސެކިއުރިޓީ ފީޗަރސް ހުރިތޯ ނޫންތޯ" ޝަރީފް ކަމަށް ބެލެވޭ ފަރާތުން ވިދާޅުވެއެވެ.

މި އޯޑިއޯގައި ދެން ވާހަކަ ދެކެވިފައިވަނީ، ނަތީޖާއަށް އަސަރު ކުރާފަދަ މައްސަލަތެއް ހުރިކަމާ މެދުގައެވެ. އެ މަޢުލޫއަށް ވާހަކަ ދައްކަމުން އެންމެންވެސް ބުނެފައިވަނީ ގިނަ ޝަކުވާތައް ހުށަހެޅިފައިވަނީ ދިހަވަރަކަށް ފޮށްޓާ މެދުގައި ކަމަށެވެ. އަދި ނަތީޖާއަށް އަސަރު ކުރާވަރުގެ ކަންތައްތަކެއް ހުއްޓަސް ދާއިމީ ނަތީޖާ އިއުލާނު ކުރެވޭނެ ކަމަށް ޝަރީފް ކަމަށް ބެލެވޭ ފަރާތުން ވިދާޅުވެއެވެ.

"އަޅުގަނޑު ބުނެފިން ނަތީޖާ އިއުލާން ކުރުމުގެ ކުރިން އަޅުގަނޑު ބޭނުމޭ ފުރަތަމަ ކޮމްޕްލެއިންޓްސް ބިއުރޯގައި ހުރި މައްސަލަތަކުގައި ނަތީޖާއަށް އަސަރު ކުރާފަދަ މައްސަލައެއް އިންތޯ ޔަޤީންކުރަން، އެއަށްފަހުގައޭ ދާއިމީ ނަތީޖާ އިއުލާން ކުރާނީ. އަނެއްހެން ބަލާއިރުގައި ދާއިމީ ނަތީޖާ އިއުލާނު ކުރެވޭނެ ހުއްޓަސް، ސަބަބަކީ އޭގެ ފަހުން 14 ދުވަސް އެބައޮވޭ ޝަކުވާ ހުށަހަޅަން." ޝަރީފް ކަމަށް ބެލެވޭ ފަރާތުން ވިދާޅުވެފައިވެއެވެ.

ޝަރީފް ކަމަށް ބެލެވޭ ފަރާތުން އޯޑިއޯގައި ވިދާޅުވެފައިވަނީ އުއްމީދު ކުރެއްވީ މައްސަލަ ދިމާވެފައިވަނީ ކިތައް ވޯޓު ފޮށީގައިތޯއާއި، އެއިން ނަތީޖާއަށް އަސަރު ކުރޭތީވެސް ކޮމްޕްލެއިންޓްސް ބިއުރޯއިން ބައްލަވާނެ ކަމަށް ކަމަށެވެ. ނަމަވެސް އެގޮތަށް ބަލާފައި ނުވާކަން އެ ބިއުރޯއިން ފޮނުވި ސިޓީއަކުން ފަހުން ހާމަވި ކަމަށް އެފަރާތުން ވިދާޅުވެއެވެ.

"އަޅުގަނޑަށް ހީވަނީ ރަޝާ އަތުގައި އެބައިންހެން މީން އެއްވެސް ކަމަކީ ނަތީޖާއަށް އެއްވެސް ކަހަލަ އަސަރެއް ނުކުރާނެ ކަމަށް ފޮނުވާފައިވާ މެސެޖު ދެއްތޯ! ދެން އޭގެ ފަހުން އަޅުގަނޑަށް ފޮނުވި ލިޔުމުގައި އޮންނަނީ އެހެނެއް ނޫން. އަޅުގަނޑުމެނަށް ފޮނުވި ލިޔުމުގައި އޮންނަނީ ތިމަންނަމެނަށް އެ ދެވޭކަށެއް ނެތޭ. ވިޗް އިސް ޓްރޫ، އަޅުގަނޑު މައްސަލައެއް ނޫން އެއީކީ، އަޅުގަނޑު މަޖުބޫރުވެސް ކުރާކަށް ބޭނުމެއް ނޫން." ޝަރީފް ކަމަށް ބެލެވޭ ފަރާތުން ވިދާޅުވެފައިވެއެވެ.

ލީކުވެފައިވާ އޯޑިއޯގައި ޝަރީފް ކަމަށް ބެލެވޭ ފަރާތުން ވިދާޅުވެފައިވަނީ ހާލަތަށް ވަލާއިރު މައްސަލަތަކަށް ޖަވާބުދޭއިރު މައްސަލަ ހުށަހެޅި ފަރާތަށް މައްސަލަ ހުށަހަޅާއިރު ދޭ ސްލިޕްކޮޅު އަތުލަންޖެހޭނެ ކަމަށެވެ. އެއީ ނުރަނގަޅު ދޮގު ވާހަކަތައް ފެތުރުން ހުއްޓުވުމަށްޓަކައި ކަމަށެވެ.

"ޑިސްޕެޗް ކުރާއިރުގައި މައްސަލަ ހުށަހެޅި ފަރާތްތަކުން އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް މައްސަލަ ހުށަހެޅިކަމުގެ ސްލިޕް އަތުލަން ޖެހޭނެ. ސްލިޕެއް ދެއްވަމެއްނު ހުށަހެޅީމަ، އެ ސްލިޕް އަތުލަން ޖެހޭނެ. އެހެންނޫނީ އަނެއްކާ އެ ސްލިޕް ހިފައިގެން ތިމަންނަމެނަށް ޖަވާބު ނުދެޔޭ ކިޔާފާނެ." ޝަރީފް ކަމަށް ބެލެވޭ ފަރާތުން ވިދާޅުވެފައިވެއެވެ.

ކޮމްޕްލެއިންޓްސް ބިއުރޯއާއެކު އިލެކްޝަންސް ކޮމިޝަނުގެ ރައީސް ހޮނިހިރު ދުވަހެއްގައި ބާއްވާފައިވާ ބައްދަލުވުމެއްގެ އޯޑިއޯ ރެކޯޑިންގ ކަމަށް ބެލެވޭ އޯޑިއޯގައި އިތުރަށް ޝަރީފް ކަމަށް ބެލެވޭ މީހާ ވިދާޅުވެފައިވަނީ، އެއްވެސް ބަޔަކަށް އިންތިޚާބާއި ބެހޭ މައްސަލަތައް ހުށަހެޅުމަށް ހުރަސް އަޅަން ބޭނުން ނުވާ ކަމަށާއި، މައްސަލަތަކަށް އެދުވަހު ޖަވާބުދީ ނިމޭނެ ކަމަށެވެ.

"މި މައްސަތައް ހިފައިގެން ޕީޕީއެމް އިން ސްޕްރީމް ކޯޓަށް ވަންނަ ކަމަށްވަންޏާމުން ވަނުމުގެ ފުރުޞަތުވެސް އެއޮތީތާ މިހާރު. ވާހަކައަކީ އެއްވެސް ބައެއްގެ މައްސަލަތައް ހުށަހެޅުމަށް ހުރަސް އަޅާކަށް އަޅުގަނޑު ބޭނުމެއް ނޫން." ޝަރީފް ކަމަށް ބެލެވޭ ފަރާތުން ވިދާޅުވެފައިވެއެވެ.

މި އޯޑިއޯއާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ މީޑިއާއަށް ޚާއްޞަކޮށްފައިވާ މެންބަރު، އަޙްމަދު އަކްރަމް ވިދާޅުވީ އޯޑިއޯ ދިރާސާ ކުރެއްވުމަށްފަހު ކޮމިޝަނުގެ ރަސްމީ ބަހެއް ވިދާޅުވެލައްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޕޮރެޕެގެންޑާ ވަގުތު

    ކޮބާ އޯޑިއޯ

  2. ކޮތަރޭ

    ކަތިލާނަން ތިމަރަ ސަރީ

  3. ކިއުންތެރިޔާ

    ކޮބާ އޯޑިއޯ

  4. ވަގުކަލޭގެ

    އޯހް.. ދެން ރޔާމީންދޯ ހުވާކުރާނީ..

  5. Miadhu

    ޔޫވީ ލައިޓަކީ އިހިްތިޔާތެއް ކަމަށްވެފައި ބޭނުން ކުރަން ނޫންގޮތުގައި ދައުލަތުގެ ބަޖެޓުން ބޮޑު ޚަރަދު ކޮށްގެން އެތަކެތި ގެނައީ ކިހާވަރެއްގެ ކަޓެއް ޖައްސައިގެންތަ؟

  6. ނޫރާ

    ޕުއަރ ޝަރީފް ސޯޓުބޭލިތިއޮއްނިމެނީނު. މަކަރުވެރިވެރި ޚާއިނެއް

  7. ނަފީސް

    ވޯޓު ވަގު! ޔާމީންގެ 30000 ވޯޓު އިބޫއަށް ދީފަ! ރައީސް ޔާމީނަށް 1260000 ވޯޓު ލިބުނުއިރު އިބޫއަށް ލިބުނީ 108000 ވޯޓު!

  8. ލާމު

    ތިޔަކުނެތް މައްސަލައެއް

  9. ނަޒީމް

    މީ ގަ ދެން މިއޮތީ ވަރަށް ރަސްމީ ވާހަކަ ތަކެއްނު؟ މިދެން ލީކް ނުކުރިއަސް އެކޮމިޝަންގެ ރެކޯޑިންގ ވެސް އޮންނާނެ އެއްނު ވަގުތު މީހުންވެސް ދޯ ބޯގަމާރު ކަމުންވެސް

  10. ޢައިންތު

    ވޯޓް ލިދުވަހު އަހަރުމެނަށް ދޭންހަމަޖައްސާފަ އޮތް 1000 ރުފިޔާ ޢީސީ އިންއަދިވެސް އަހަރުމެނަށް ނުދެ މިކޮމެންޓް ލިޔެލަ ދެއްޗޭ

  11. ކޭޓީ

    ކޮބާ ޚޮދުމުޚުތާރުވި ޢައްދާރުން ފެނޭތޯ.ނަތީޖާ އައް ބަދަލު އައްނަ10 ފޮއްޓަކީ ކޮބާތޯ.

  12. ޢަބްދުﷲ

    ވޯޓު ވަގު ރަނގަޅަށް ބޭޒާރު ވެއްޖެ. އޭނައާމެދު ޝަރީޢަތް ހިންގައިގެން ފިޔަވަޅު އަޅަންޖެހޭ.