ރައްޔިތުންގެ ވޯޓަށް އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށާއި ޕްރައިމަރީ އަކަށް ބިރު ނުގަންނަ ކަމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

މުސްތަފާ މިހެން ވިދާޅުވެފައިމިވަނީ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ދާދިފަހުން ކަނޑައެޅި 12 މެމްބަރުންނަށް، އަންނަ މާޗް މަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕްރައިމަރީއަކާ ނުލައި ޓިކެޓް ދިނުމަށް އިދިކޮޅު ކޯލިޝަނުގެ ޕާޓީތަކުގެ ލީޑަރުން އެއްބަސްވެފައިވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެފައިވާތީ އެކަމަށް ބައެއް ފަރާތްތަކުން ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ.

މުސްތަފާ އަކީ ވެސް އެ 12 މެމްބަރުންގެ ތެރޭގައި ހިމެނޭ މީހަކަށްވާއިރު، އޭނާ ވިދާޅުވީ ޕްރައިމަރީ އަކަށް ބިރު ނުގަންނަ ކަމަށާއި 2009 އެއްގެ ފަހުން އެންމެ ގިނައިން މަޖިލިސް އިންތިހާބުގައި ވާދަކޮށްފައި ހުރި ފަރާތަކީ އޭނާ ކަމަށެވެ. އަދި ކޮންމެ ދައުރެއްގައި އޭނާގެ ގޮނޑި ގެއްލޭކަން ވެސް މުސްތަފާ ފާހަގަކުރެއްވިއެވެ.

ރައީސް މައުމޫން މިހެން ވިދާޅުވިއިރު އެ 12 މެމްބަރުންނާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމުގައި މިކަމާ ގުޅޭގޮތުން އެ މެމްބަރުން ރައީސް ނަޝީދާއި މަޝްވަރާ ކުރެއްވި ކަމަށް އެނގިފައިވެއެވެ.

ޕްރައިމަރީ އަކާއި ނުލައި 12 މެމްބަރުންނަށް ޓިކެޓު ދޭން ނިންމާފައިވާއިރު، މިކަމާ އިދިކޮޅު ޕާޓީތަކަށް ނިސްބަތްވެ ވަޑައިގަންނަވާ ސަޕޯޓަރުން އަންނަނީ މީސް މީޑިޔާގައި ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ. އެގޮތުން މިއީ ޑިމޮކްރެސީގެ އުސޫލާއި ހިލާފު ކަމެއް ކަމަށް އެ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުންނަކީ ދަނގެތީ ދާއިރާގެ އިލްހާމް އަހްމަދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފް މުހައްމަދާއި ހަނިމާދޫ ދާއިރާގެ ހުސައިން ޝަހުދީ އާއި އިހަވަންދޫ ދާއިރާގެ މުހައްމަދު އަބްދުﷲ (މުހައްމާ) އާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހްމަދާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތޮފާ އާއި ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހުގެ އިތުރުން ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު ( ލޯޔަރު ވައްޑެ) އާއި ވިލިނގިލީ ދާއިރާގެ ސައުދު ހުސައިންގެ އިތުރުން މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ާމިނިކާ ރާއްޖެ

    ކަލޭނުގަންނާަނެ ބިރެއް ތީކާކުތަ ހެއްދެވި ފަރާތް ވެސް ނެގޭ ބީތާއެއްތީ ލަދާބިރާ ގޮތާ މީން އެކައްޗެއްވެސް ނެތް މިފަހަރު ކަލެޔަކަށް ގޮދިއްއްވެސް ލިބޭނީކީ

  2. ޢޙ

    ތީބުނާ 12 މެމްބަރުންނަކީ މައުމޫންގެ ގޭންގު ކުދިން . ޕުރައިމަރީ އަކާއި ނުލާ ޓިކެޓް ދީފިނަމަ ތިއީ ޑިމޮކްރަސީއަށް އޮތް ވބ ހުތުރެއް.އަދި ތި ބައިގަނޑު ނަޝީދުއަށް ހަރާންކޯރުވެ ކޯލިޝަން ރޫޅާލާފަ ވެރިކަމާއި ތެޅޭނެ. އެމްޑީޕީ އަށް ތިހާ ބޮޑު ގޯހެން ހެދިޔަ ދީގެން ނުވާނެ.

  3. ބޮޑުއަނގަ

    ހަދާ ބޮޑެތި ދޮގާ މަކަރުން އިނގޭ ހެއްދެވި ފަރާތް ދެކެވެސް ބިރެއް ގަންނަ މީހެެއް ނޫންކަން.

  4. ގާސިމް

    މުސަތަފާވެސް ކެބިނެޓައް ފޫގަޅަނީ މިފަހަރު ދާއިރާ އައް ކުރިމަތިނުލާ ގޮތައް