ރޭގެ ވަގުތެއްގައި ގއ.ވިލިނގިލީގައި މަސައްކަތް ކުރަމުންދާ ފުލުހެއްގެ ސައިކަލެއްގައި ރޯކޮށްލައިފިއެވެ.

ފުލުހުން ވިދާޅުވީ މިކަމުގެ މައުލޫމާތު ލިބިފައިވަނީ ރޭ 3:07 ހާއިރު ކަމަށާއި މި ހާދިސާގައި އެ ސައިކަލު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި ކަމަށެވެ.

އެ ސައިކަލުގައި ރޯކޮށްލުމުން އެ ގޭގެ ދޮރަށާއި ދޮންނަ މެޝިނަށާއި އޭސީ އައުޓްޑޯ ޔުނިޓަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މިކަމާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައި ނުވާއިރު، މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަޒާ

    ބިސްމީގެ ބަރަކާތުން ފެށުނީ...

  2. ޢަބްދުﷲ

    އެއްވެސް މީހަކަށް އެއްވެސް ތަނަކަށް އަދި އެއްވެސް އެއްޗަކަށް ގެއްލުމެއް ދިނުމަކީ، ރަނގަޅު ކަމެއްނޫނެވެ. އެއީ ބަލައި ގަނެވޭނެ ކަންކަމެއް ނޫނެވެ. ނަމަވެސް ހިތާމައަކީ، މިބާވަތުގެ ކަންކަމުގެ ތުހުމަތުގައި މީހުން ހައްޔަރު ކުރުމުގެތެރޭގައި ކުރެވޭ ބައެއް ކަންކަމަކީ، ޒާތީ ޙަސަދައެއް ފިލުވައި ލުމަށްޓަކައި ލިބޭ ފުރުޞަތުގެ ބޭނުން ހިފުމަށްޓަކައި ކުށްނުކުރާ މީހުންނަށް އަނިޔާވެރިވުން ކަމަށްވާނަމަ، އެއީ ފަސާދައިގެ ޢަމަލަކަށްވާނެއެވެ. އެކަމުގެ ސަބަބުން އިޖުތިމާޢީ އެތައް މައްސަލައެއް ނުކުންނާނެއެވެ. އަނބިން ހުވަފަތްވުމާއި ދަރިންގެ ތަޢުލީމީ ޙަޔާތް ބަރުބާދުވެ، އެކުދިން ގަނަތެޅެއް މަގުމައްޗަށް ދޫކޮށްލުންފަދަ ކަންކަން މެދުވެރިވާނެއެވެ. މިރާއްޖެއަކީ، ކުށުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހުންގެ ތަޙްޤީޤު ދިގުލަމުން ބަންދުގައި ހުންނަށްޖެހޭ މުއްދަތު އިތުރުވަމުންދާ ދިޔުމުގައި ވަރަށްގިނަ ދުވަހު އެކަމުގައި އުޅެންޖެހޭ ރާއްޖެއެކެވެ.