ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޙާބުގައި ވެސް ވާދަކުރައްވާނީ އެމްޑީޕީ އިން ކަމަށާއި މުސްތަފާ އުފަންވީ ވެސް އެމްޑީޕީ އަށް ކަމަށް އޭނާ ވިދާޅުވުމުން އެމްޑީޕީ ސަޕޯޓަރުން ރުޅިގަދަވެ، މުސްތަފާއަށް ފާޑުކިޔަމުން އެބަދެއެވެ.

މުސްތަފާ އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ނިކުންނާނީ އެމްޑީޕީ އިން، އުފަންވީ ވެސް އެމްޑީޕީއަށް" ކަމަށެވެ.

މުސްތަފާ މިހެން ވިދާޅުވީ ޕްރައިމަރީ އަކާއި ނުލާ 12 މެންބަރުންނަށް ޓިކެޓް ދޭން އިދިކޮޅު ލީޑަރުން ނިންމަވާފައިވާކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވުމުން ގިނަ ބައެއްގެ ފާޑުކިޔުން އިދިކޮޅު އިއްތިހާދަށް އަމާޒުވެފައި ވަނިކޮށެވެ.

މުސްތަފާއަށް ބައެއް ފަރާތްތަކުން ފާޑުކިޔަން ފެށުމުން އިއްޔެ އޭނާ ވިދާޅުވީ ޕްރައިމަރީ އެއްގައި ވާދަކުރައްވަން ބިރުން ނޫޅުއްވާ ކަމަށާއި 2009 ވަނަ އަހަރުން ފެށިގެން އެންމެ ގިނަ މަޖިލިސް އިންތިޚާބު ގައި ވާދަކުރި ފަރާތަކީ އޭނާ ކަމަށް ވިދާޅުވެފައެވެ.

12 މެމްބަރުންނަށް ޕްރައިމަރީއާ ނުލާ ޓިކެޓު ރައީސް ނަޝީދު ކަށަވަރުކޮށްދެއްވައިފި ކަމަށާއި 12 މެމްބަރުންނަށް ދާއިރާ ލިބެން ޖެހޭ ކަމަށް ވިދާޅުވެ މުސްތަފާ ކުރެއްވި ޓްވީޓަށް ވެސް ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ.

އެންމެ ފަހުން ބޭއްވި ރައްޔިތުން މަޖިލީހުގެ އިންތިޙާބުގައި ވެސް މުސްތަފާ ވާދަކުރެއްވީ އެމްޑީޕީގެ ޓިކެޓްގައެވެ. ނަމަވެސް މަޖިލިސް މެންބަރުން ހުވާ ކުރެއްވުމުގެ ކުރިން މުސްތަފާ ވަނީ ޕީޕީއެމް އާއި ގުޅިވަޑައިގެންފައެވެ. މުސްތަފާ ވިދާޅުވީ ޕީޕީއެމް އާއި ގުޅެން ނިންމީ ދާއިރާ އަށް ޚިދުމަތް ކުރެވޭނީ ވެރިކަން ކުރާ ޕާޓީގައި ހުރެގެން ކަމަށް ވާތީ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ސަޒާ

    ތީނަތީ ދުނިޔޭގައި މަރުވެސް ނުވެ އެމްޑީޕީއަށް ހުންނާނެ މީހެއް

  2. ސިދުގީ

    މީރައިލާޖެހި މުނާފިގެއް1 އިނގިއްޖެނުންދޯ

  3. އެމް ޑީޕީ

    މަނިކުފާނު އުފަންވީއިރު އެމްޑީޕީ އުފަންނުވޭ! ތިބުނީ ކަލޭގެ ބަފައަކީ އެމްޑީޕީ ކިޔާމީހެކޭތަ؟

  4. ޖެޖޭ

    މުސްތަފާ ކައިރީގަބުނެބަ މީސްމީހުންނަށް ދޭންޖެހޭ ފައިސާ ފުރަތަމަ ދީ ނިންމަން އޭގެފަހުން އެހެންކަންކަމާވިސްނާ

  5. އިންސާނާ

    ?ކޯޅޭށަން ?????????

  6. އަލީ

    ރާއްޖެތެރޭގެ ނިކަމެތި ރައްޔިތުން ވިއްކަން މާލެގެންދާ މިޔަރު އުރަހައިން ވަށްކަންކުރާ ބޮޑުވަގު މުސްތަފާ މިޔޯވެސްމީ ލުތުފީކަހަލަ ހަމައާ އުސޫލު ގަބޫލުނުކުރާ ވަގެއްގެ އިތުރުން ގައުމުގެ ޚާއިނެއް!

  7. ރައްްޔިތުން

    ކޮންފާޑެއް ކިޔާކަށް، ހަމަ މުސްތަފާ އެބުނީ އެހެން އޭގެ މާނައަކީ މުސްޠަފާ އުފަން އުފާވެރި މިނިވަން އިންސާފުވެރި އަދުލުވެރި ޚުލްޤު ހެޔޮ ބަފަޔަކާއި މަޔެއްގެ ކުލުނާއެކު މި އުފާރި ރައްޔިތުން ޖަޒީރާ ރާއްޖެއަށް އުފަންވި ވާހަކަ އެބުނީ

  8. ތިމަރަ

    މުސްތަފާ އުފަންވީ ޖަޕާނު މީހުން ލައިގެން އިންސާނީ ވަގުފާރި ކުރާ ކޮންޓެއޮނަރަކަށް ނޫންތަ؟