ރާއްޖޭގެ ތާރީހުގައި އުފެދުނު އެންމެ މަގުބޫލު ނެށުންތެރިޔާ ސުނީތާ އަލީ (ސުނީ) އޭނާގެ މަންމައަށް ކޮށްދޭ ކަމެއްގެ ގޮތުގައި ފެށި "ކާށި ތެލުގެ" ވިޔަފާރި ދިވެހިން ބަލައިގެންފިއެވެ.

ދިވެހި ފިލްމީ ދާއިރާގައި 23 އަހަރަށް ވުރެ ގިނަ އަހަރު ވަންދެން މުނިފޫހި ފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ ނެށުންތެރިޔާ ސުނީތާ އަލީ (ސުނީ) ވަނީ ދިވެހިންނަށް ހާއްސަ ކޮށްގެން ދިވެހި ވަންތަ ޕްރޮޑަކްޓެއް ކަމަށްވާ ކާށި ތެޔޮ އުފައްދާ އޭގެ ވިޔަފާރިކުރަން ފަށާފައެވެ. އުފަން ރަށް އއ.އުކުޅަހުގައި ތައްޔާރުކުރާ އެ ތެލަށް މިހާރު އަންނަނީ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ސުނީ ބުނެއެވެ.

މިކަމާއި ގުޅިގެން "ވަގުތު" އަށް ދިން އިންޓަވިއުއެއްގައި ސުނީ ބުނީ، އެ ތެލަކީ ރަށުގައި އޭނާގެ މަންމަ ހަދާފައި ފޮނުވާ ސަތޭކަ ޕަސެންޓް ސާފު ތެލެއް ކަމަށާއި އޭގައި އެއްވެސް ކެމިކަލް އެއް ބޭނުން ކޮށްފައި ނުވާ ކަމަށެވެ. އަދި "ސުނީ ސްޕެޝަލް" ނަމުން ނަން ދީފައިވާ ކާށި ތެލަށް ޑިމާންޑް ބޮޑުވެ ރިސޯޓް ތަކުން ވެސް އޯޑަރު އަންނަން ފަށާފައިވާ ކަމުގައި ސުނީ ބުނެއެވެ.

"ސުނީ ސްޕެޝަލް" ކާށި ތެޔޮ ފުޅިތަކެއް ވަގުތީ ލޯގޯ އަކާއެކު.

"މަންމަ ކުރާ މަސައްކަތެއް އެއީ، މަންމަ އަށް އާމްދަނީ އެއް ހޯދައިދިނުމުގެ ގޮތުން އަހަރެން މާލެ ގެނެސްގެން މި ވިއްކަނީ، މިހާރު ވެސް ވަރަށް ގިނައިން ވިކިއްޖެ، ރިސޯޓް ތަކުން ވެސް އޯޑަރު ތައް އެބަ އާދޭ" ސުނީ ބުންޏެވެ.

"ސުނީ ސްޕެޝެލް" ކާށި ތެޔޮ ފުޅިއެއް 100 ރުފިޔާ އަށް ވިއްކަމުން އަންނަ އިރު ވަރަށް އަވަހަށް ލޭބަލް ތައްޔާރުވެ އެ ތެލަށް ހާއްސަ ފުޅި ތަކެއްގައި ވިއްކަން ފަށާނެ ކަމަށް ސުނީ ބުނެފައިވެއެވެ. ސުނީގެ މިހާރުގެ އުންމީދަކީ އެ ވިޔަފާރި ފުޅާކޮށް އޭގެން ރަނގަޅު މަންފާއެއް ހޯދުމެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ހޫމް

    ދެން ދުވަސްކޮޅަކުން ޕްރިޔަންކާ ވެސް ކާށިތެޔޮ ވިއްކަން ފަށާނެ.

    • ދޮހޮއްކޮ

      ހަޖަމް ނުވާތީ ދެރައީ.. ހަސަދަވެރިކަމާ ވާދަވެރިކަން ނޫންކަމެއް އެބަ އޮތްބާ

    • Anonymous

      ޕުރިޔަންކާ އުޅެނީ ސުނީ އުޅޭ ގޮތަކަށް ނޫން ހަޖަމް ކޮއްބަ ދޯ

  2. ޑުތިިިިޖޖ

    ސަތޭކަ ޕަސެންޓް ސާފު ތެލެއް؟؟؟

  3. ބ އަތޮޅު

    މިރަޝުގަ 30 ރުފިޔަަ

  4. އަލީ

    ދޮންކަބުލޯ ނިކަން ރީތި ފުޅިއަކަށް އެޅިނަމަ... ރީސައިކަލް ކުރަނީ ދޯ؟

  5. ގުޑް ޖޮބް

    ތެންކިޔޫ ދައްތާ

  6. ދޮންތަކުރު

    ވަރަށް ރަގަޅު މަސައްކަތެއް. ސާބަހޭ ސުނީ

  7. އަފީ

    ކޮލަސްޓްޜޯލް ފްރީ މޮޅު ކާށިތެޔޮ. ދިވެހީންގެ ދިވެހި ވަންތަ ދިވެހި ކާށިތެޔޮ. ކަނބަލުން ވިޔަފާރިތަކަށް ވަނުން ގިނަ ކުަރްނަވީ

  8. މޮޔަ ދިވެހިމީހާ

    ސުނީ ކުރިޔަސް ރަނގަޅު ކަމެއް ވާނީ ރަނގަޅު ކަމަކަށް. ގަމާރު ދިވެހިންނަކަށް ނޭނގޭނެ މީހުންނަށް އިޚްތިރާމް ކުރާކަށް. ހަލާލު ގޮތުގައި ރިޒްޤް ހޯދުމަކީ މާތް މަތިވެރި ކަމެއް. ފުދިގެން އުޅޭ މީހުންނަށް މިވެސް މިވީ ޖޯކަކަށް. ގަމާރު ނަންބަރު ވަން. ވަސްލަނޑާ ދިވެހިން.

  9. ޏ

    މިރަސެނަސް 100 ރ

  10. މި

    މާޝާﷲ

  11. ސނ

    މަންމަ އެހާ ބުރަ މަސައްކަތް ކޮށްގެން ތިޔަ ހަދާ ސާފު ކާށިތެލުގެ ފައިދާ ސުނީ ތިނަގަނީ. މަންމަ މަސައްކަތް ކުރީމަ ސުނީ ތި އަމިއްލަ ނަން ޖަހައިގެން ކްރެޑިޓް ނަގަނީ. އޭގެ ބަދަލުގަ "ސުނީސް މަދަރސް ޕިޔޯރ ކޮކޮނަޓް އޮއިލް" ކިޔަންވީ އެއްނު.

  12. ހަސަން

    ސުނީގެ ކާށިތެޔޮ ބޯހިތުން މިހާރު ހަމަ ނިދިވެސް ނާދޭ..

  13. ނަހުލާ

    ތީގެ ތެޔޮ ފުޅިއެއް މަ ގަތިން އެއްމަސް ކުރިން. އެކަމް ލޭބަލެއް ނެއް. ވަރައް ސަޅި އެކަމް.

  14. އއއަ

    ކާށި ތެޔޮވީމަ މަންމަ ކުރާ ކަަމަކަށް މިވީ، އެކަމަކު ސުނީގެ ނަމުން ނަންދީފައި. ކުރާ މަސައްކަތް ގޯހަކީ ނޫން އެކަން މަންމަ އަށް ކްރެޑިޓް ލިބޭގޮތަށް މި ވިޔަފާރިކުރަންވީ. އޯލް ދަ ބެސްޓް.

  15. ޕީސީ

    ބަލަ ބުނެފީމެންނު މަންމައެއް ނޫނެކޭ ތެޔޮހާނަނީ ކީއްވެތަ ދޮގުހަދަނީ ސުނީތާގެ ބޮޑުދައިތަ ހަދާ އެއްޗެކޭ