ރިޔާސީ އިންތިޙާބު ކާމިޔާބު ކުރެއްވި އިބުރާހީމް މުހައްމަދު ސޯލިހު (އިބޫ) ރައީސްކަމުގެ ހުވާކުރައްވާ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ ވަޑައިގަތުމުގެ ތައްޔާރީތައް ވުމަށް އިންޑިއާގެ އެޑްވާންސް ޓީމެއް ރާއްޖެއަށް އަތުވެއްޖެ ކަމަށް އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

"ދަ ވަޔާ" ނޫހުން ބުނީ އިންޑިއާގެ އެޑްވާންސް ޓީމް ރާއްޖެއަށް އައީ އިއްޔެ އެވެ. އެ ނޫހުން ބުނީ މިއީ މޯދީ ރާއްޖެ ވަޑައިގަންނަވާނެކަން ވަރަށް ބޮޑަށް ޔަގީންވުން ކަމަށެވެ.

ނަމަވެސް އިބޫ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތައް މޯދީ ވަޑައިގަންނަވާނެ ކަން އިންޑިއާ ސަރުކާރުން ރަސްމީކޮށް އަދިވެސް ކަށަވަރުކޮށެއް ނުދެއްވައެވެ.

ކުރިން އިންޑިއާގެ ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މޯދީ އިބޫ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތައް ވަޑައިގަންނަވާނީ ގައުމުގެއް އެންމެ އިސްވެރިއެއްގެ ގޮތުގައި އެރަސްމިއްޔާތައް ވަޑައިގަންނަވާނީ މޯދީ އެކަނިކަމަށް ވާނަމައެވެ.

އިބޫ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތައް ރަނިލް ވިކްރަމަސިންހަ އަށް ދައުވަތު ދީފައި ވީނަމަވެސް ލަންކާގެ މިހާރުގެ ހާލަތު އޮތްގޮތުން ރަނިލް އިބޫ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތައް ވަޑައިނުގަންނަވާނެ ކަން ގާތްގަނޑަކަށް މިވަނީ ކަށަވަރު ވެފައެވެ.

އެހެންކަމުން ގައުމެއްގެ އިސްވެރިއަކަށް އިބޫ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަންނަވާނީ މޯދީ އެކަންޏެވެ.

އިބޫ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ މިމަހުގެ 17 ވަނަ ދުވަހު އެވެ. އެރަސްމިއްޔާތު އާންމުކޮށް ހުޅުވާލައިގެން ބާއްވަން ކުރިން ނިންމި ނަމަވެސް ސަލާމަތީ ސަބަބުތަކަށްޓަކައި އެނިންމުން ބަދަލުކޮށް ހަމައެކަނި ދައުވަތު ދެއްވާ ފަރާތްތަކަށް ބައިވެރިވެވޭ ގޮތައް ރަސްމިއްޔާތު ކުރިއަށް ގެންދަން މިހާރު ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. އައްމި

    ތީދެން ކާކު ތީ މުސްލިމުންނާއި ދެކޮޅު މީހެއް

  2. މުދިން ބެ

    އެއަރޕޯޓް ވިއްކާލަނީ އަނެއްފަހަރު .....

  3. ރަސީދު

    މަޔަސް ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ އޯކޭ

  4. މުދިމްބެ

    ގެރިމޯދީ ގެރިމޯދީ ކަލޭމިކޮޅައް ވަޑާގަތީމަ ކަލެޔައް ގެރިއެއް ގުރުބާން ކުރާނަން....

  5. ހުސޭނުބޭ

    އެއަރޕޯޓް ދިނުމުގެ އެގްރިމެންޓް ހަދާނެގޮވެސް ތައްޔާރުކުރާނެދޯ!

  6. ޙަފްޞާ / މާލެ

    ރައީސް ޔާމީން ވަނީ ، ވީރާނާވެފައިވާ ރާއްޖޭގެ އިޤްތިޞާދު ނަގާ ކޮޅަށް ޖަހައިދީފައެވެ. ރާއްޖެއަށް ފައިސާލިބޭނޭ ދޮރުތައްވަނީ ހުޅުވައިދީފައެވެ. ބްރިޖް ، މަހާޖައްރާފް ، އެސްޓީއޯ ތެޔޮބޯޓް ، ސަރަޙައްދުގެ އެންމެބޮޑު އެޔަރޕޯޓް ، އެކި ކަންކޮޅުތަކުގައި ޑިމޮސްޓިކް އެޔަރޕޯޓްތައް ، ސީޕޯޓް ، މުޅިން އަލަށް 25 ރިސޯޓް ، އެނބޫދުފަޅުގެ ތަރައްޤިގެ މަޝްރޫޢު ، ގުޅިފަޅު ، މީގެ އިތުރުން ސަރުކާރުގެ ހުރިހާ ވިޔަފާރިތަކާއި ކުންފުނިތަކަށް ފައިދާވެ ، މި ހުރިހާ ފައިދާތައް ވަނީ ލިބެންފަށާފައެވެ. ކޮންމެހެންނަކުން މީނަ މިތަނަށް އައުމުގެ ބޭނުމެއް ނުވިސްނުނެވެ.

  7. ރުޒާނާ ޗޮއްޕަޓު

    އެހެންތާ ވާނީ އިންޑިއާގެ އަވަށަކަށްވެ ނިމުނީ ވިއްޔަ. ދެން އެމީހުންތާ މިތަނުގެ ކަންކަން ކުރާނީ؟ ސަހަނރޯ!

  8. އެމް ޑީޕީ

    ހަމަ އެމްޑީޕީ ކުލަ. ހީވަނީ ހަމަ އެޕާޓީގެ މީހެއްހެން.

  9. އަޒީ

    މި ރާއްޖޭގައި މިހާރު ކުރަން މިފަށާ ވެރިކަމަކީ އިންޑިއާގެ ވެރިކަމެއް

  10. ގެރިމޯދީ

    ގެރިކަތިލަންވާނެ

  11. ފާތި

    މޯދީ ރާއްޖެއަންނަ ގޮތަށް ދެއަތްބައް މީހަކާއިދެގެން ޖަޒީރާ ގައުމުގަ އުޅޭނީ ދާކަށް ހިޔާލެއް ނުކުރާނެ