ފާއިތުވި ހައެއްކަ މަސް ދުވަހު ބަންދުގައި ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ރައީސް ޔާމީންގެ ވެރިކަމަށް އިޝާރާތް ކުރައްވާ "ނިމެނީ، މިނިމެނީ" ކަމަށް ވިދާޅުވެ އިދިކޮޅު ފަރާތްތަކަށް ހިތްވަރު ދެއްވައިފިއެވެ.
ފެބްރުއަރީ 01 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އާދަޔާއި ހިލާފު އަމުރާއި ގުޅިގެން ނެރުނު ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ފާރިސް ރައީސް ޔާމީންގެ ވެރިކަން ނިމެނީ ކަމަށް ވިދާޅުވީ އޭނާގެ މައްޗަށް އުފުލާފައިވާ ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދިނުމުގެ ޝަރީޢަތައް ހާޒިރު ކުރުމަށް ފަހު އަނބުރާ ދޫނިދޫ އަށް ގެންދަން ލޯންޗަށް އެރުވި ވަގުތުއެވެ.
ފާރިސް ދޫނިދޫ އަށް ގެންދަން މިރޭ ލޯންޗަށް އެރުވި ވަގުތު ރައީސް މައުމޫންގެ އިސް ސަޕޯޓަރެއް ކަމަށްވާ އާމިނަތު ނާދިރާ، ފާރިސްއާ އެކު ލޯންޗާ ހަމައަށް ވަޑައިގަތުމަށް ފަހު ރައްޔިތުންނަށް ދެއްވާނީ ކޮން މެސެޖެއްތޯ އެއްސެވުމަށް ފާރިސް އަތްޕުޅުގެ އިޝާރާތް ކުރައްވަމުން ވިދާޅުވީ (ރައީސް ޔާމީންގެ ސަރުކާރު) "ނިމެނީ، ނިމެނީ" ކަމަށެވެ.
@afarismaumoon ge message Dhivehi Lobuvethi Rayyithunnah “Mi Nimenee Mi Nimeee Hiyvaru kohllahvva” #MaldivesInCrisis #YameenMustFall pic.twitter.com/KLQigRuK14
— Nadira (@a_nadraa) March 12, 2018
ފާރިސް މިހެން ވިދާޅުވިއިރު އިދިކޮޅު ފަރާތްތަކުން މިހާރު ކޮންމެ ރެޔަކު ވެސް މީސް މީޑިއާގައި ބުނަމުން ދަނީ "މިރޭ މިވެރިކަން ނިމެނޭ" ކަމަށެވެ. އިދިކޮޅު ބައެއް އެކްޓިވިސްޓުން މިހާރު ވަނީ ރައީސް ޔާމީންގެ ވެރިކަން ނިމުމުން ދެން މަގާމުތަކާއި ހަވާލުވާނެ އިދިކޮޅު ފަރާތްތަކުގެ ނަންތައް ވެސް އިއުލާން ކޮށްފައެވެ.
އަދި އިދިކޮޅު ފަރާތްތަކަށް ސަރުކާރުގެ އިސް ފަރާތްތަކުން ބައިއަތު ހިފަމުންދާ ކަމަށް ބުނެ ވެސް ކޮންމެ ރެޔަކު ވާހަކަތައް ފަތުރަމުން ގެންދެއެވެ.
މީހުން ކޮޅު ހުސްވާތީ ދެން ކޮއްމެވެސް އެއްޗެއް ބުނަން ވާނެތާ
ޗީޗީ ނިމިއްޖެ އަވަހައްހަވާލުވާން އާދޭ
މަށަށް ދެއްޗޭ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމު.
ހަމަނިމެނީ، މިރޭވެސް 16ގަވެސް. ނިމޭއިރު ސަރުކާރުންޑީލުހަދައިފި. ނިމުނުގޮތް މާލަސްތަކެއްނުވެ އެންގޭނެ. އޭޜުން ފާރިސްމެންކިޔާނީ އެހެންލަވަޔެއް. ބަލަންތިބޭ.
03 ބާރު ގޮއްމުށުތެރޭ އޮވެގެން ވެރިކަން ކުރި ހުދުމުޚުތާރު 30 އަހަރުގެ ވެރިކަން ވަނީ ނިމިފަ، އިތުރަށް ނިމޭކަށްނެތް، އެފޮނި ހަނދާންތައް އައިމަ ރަންތަށި ހުވަފެންނުން ފެންނާތީ އެބުރި ރުޖޫއަވާން ޤައުމު ފުނޑާލީމަ ދެން ކަލޭމެން ވެރިކަން ކުރަންދާނީ ލަންޑަނަށްތަ
މަށައް ފޮރިން މިނިސްޓަރުކަން ދެއްޗޭ.
ކޮންމެ ކަމަކަށް ވެސް ނިމުން އަންނާނެ
އަވަހައް ބައިއަޅާ ބަހަންތައްޔާރުވޭ. އެކަމަކު ލިބުނުގޮތައް ބީވެގެންވެސްދާނެ