ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު – ވަގުތު އިމޭޖްސް: އަމީން ފަހްމީ
ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު – ވަގުތު އިމޭޖްސް: އަމީން ފަހްމީ

މިހާރު ޖަލުގައި ހުންނެވި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބުގެ ބޭސްފަރުވާގެ ކަންކަން ރަނގަޅަށް ނުގެންދާތީ އޭނާގެ ވަކީލުންގެ ފަރާތުން އެކަމުގެ ކަންބޮޑުވުންތައް އަނެއްކާވެސް ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހަޅައިފި އެވެ.

އެޗްއާރްސީއެމްގެ ރައީސް އާމިނަތު އީނާޒް އަށް އަދީބުގެ ގަނޫނީ ވަކީލް މޫސާ ސިރާޖް ފޮނުވި ސިޓީގައި ވިދާޅުވެފައި ވަނީ އަދީބުގެ ލޮލަށް ގޮލޮކޮމާ ޖެހިފައިވާތީވެ އޭނާ އަކީ ލޮލަށް ބޭސްކުރަން ޖެހޭ ފަރާތެއް ކަމަށެވެ. ނަމަވެސް މިދިޔަ މަހު 20 ވަނަ ދުވަހު މާފުށި ޖަލަށް ބަދަލު ކުރިފަހުން ލޮލަށް އަޅަން ޖެހޭ ބޭސް އަޅަމުން ނުގެންދާ ކަމަށް ސިޓީގައި ވެއެވެ.

އަދީބުގެ ބޭސްފަރުވާއާއި ގުޅޭގޮތުން މީގެ ކުރިންވެސް ވަނީ އަދީބުގެ އާއިލާ އާއި އޭނާގެ ވަކީލުން އެޗްއާރްސީއެމްގެ މެންބަރުންނާ ބައްދަލުކޮށް ވާހަކަތަކެއް ދެކެވިފައެވެ. އަދި އެ ބައްދަލުވުމުގައި އަދީބުގެ ބޭސްފަރުވާގެ ކަންކަން ގާތުން ބަލާނެ ކަަމަށްވެސް އެޗްއާރްސީއެމުން ބުނެފައި ވެއެވެ.

ސިޓީގައިވާ ގޮތުގައި މިދިޔަ މަހުގެ އެއްވަނަ ދުވަހު އައި ކެއާއަށް އަށް އަދީބު ދެއްކުމުން އަދީބު ލޮލުގެ ސާޖަރީއެއް ހަދަން ވީއެންމެ އަވަހަކަށް ރާއްޖެއިން ބޭރަށް ފުރަން ޖެހޭ ކަމަށް ޑޮކްޓަރު ލަފާދީފައިވާ ކަމަށެވެ. އެގޮތުން ސިޓީއާއެކު އަދީބު ރާއްޖެއިން ބޭރަށް ފޮނުވާ ދިނުމަށްއެދި ޑޮކްޓަރު ދީފައިވާ ލިއުންވެސް ހިމަނާފައިވީ ނަމަވެސް މިއަދާ ހަމައަށްވެސް މެޑިކަލް ބޯޑަށް ހުށަހަޅައިގެން ރާއްޖެއިން ބޭރަށް ފޮނުވާ ދިނުމަށް ދައުލަތުގެ އެއްވެސް މުއައްސަސާ އަކުން މަސައްކަތް ކުރަމުން ނުދާ ކަމަށްވެސް ވެއެވެ.

އޭގެ އިތުރުން ރާއްޖެއިން ބޭރަށް ގެންގޮސް ފަރުވާ ދިނުމަށް އަންގާފައިވާ ލިޔުމެއް ކަރެކްޝަނަލް ސާވިސްއިން އޭނާގެ އާއިލާއާ ވަނީ ހަވާލުކޮށްފައި ކަމަށާއި އެ ލިޔުމަކީ ޑރ. ސްރިނިވާސް ޝެޓީ ކަލްޕަޑީ ދީފައިވާ ލިޔުމެއް ކަމަށްވާއިރު ލިޔުމުގައިވާ ގޮތުން ރާއްޖެއިން ބޭރަށް ގޮސް ގުލަކޯމާ ސްޕެޝަލިސްޓަކަށް ދެއްކުމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ބޮޑުވަގުގެ ދެލޯ ކަނު ކޮއްލަންވީ

  2. އެޗްއާރުސީއެމަށް އޮންނަނީ މުޖުރިމެއްގެ ސަބަބުން އަނިޔާލިބުނު މީހުންގެ ޙައްގުތައް ފައިދަށުލާފަ މުޖުރިމުގެ ޙައްގުތައް ކޮނޑުއަޅައިގެން އުޅުންބާ؟

  3. ބުރޯގެ ބެލެނިވެރިއަކީ އެހްއާރުސީއެމް ތޯ.....؟

  4. އެޗް އާރި ސީ އެމް އިން އެބަޖެހޭ ޖަލުގައި ހުއްޓާ އަދީބަށް އެބޯލާ ޖެހޭ މައްސަލަވެސް ބަލަން.

  5. އަމިއްލަ މީހާ

    ތިމާކުރަމުންދާ ބައެއް އަމަލުތަކުގެ ޖަޒާ މިދުނިޔޭގައިވެސް ފެންނާނެކަމަށްވަނީ ވީމާ ތީ މާބޯދު މައްސަލައެއްނޫން އަދީބުނޫނަސް ތިޔަޖަލުތަކުގައި ފަރުވާއަށް ބޭނުންވާ ބައިވަރު އިންސާނުން އެބައުޅޭ އެވެރިންގެ ހާލު ތިޔަތަނުން ނުބަލަނީ ކީއްވެބާ