މިހާރު ޖަލުގައި ހުންނެވި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބުގެ ބޭސްފަރުވާގެ ކަންކަން ރަނގަޅަށް ނުގެންދާތީ އޭނާގެ ވަކީލުންގެ ފަރާތުން އެކަމުގެ ކަންބޮޑުވުންތައް އަނެއްކާވެސް ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހަޅައިފި އެވެ.

އެޗްއާރްސީއެމްގެ ރައީސް އާމިނަތު އީނާޒް އަށް އަދީބުގެ ގަނޫނީ ވަކީލް މޫސާ ސިރާޖް ފޮނުވި ސިޓީގައި ވިދާޅުވެފައި ވަނީ އަދީބުގެ ލޮލަށް ގޮލޮކޮމާ ޖެހިފައިވާތީވެ އޭނާ އަކީ ލޮލަށް ބޭސްކުރަން ޖެހޭ ފަރާތެއް ކަމަށެވެ. ނަމަވެސް މިދިޔަ މަހު 20 ވަނަ ދުވަހު މާފުށި ޖަލަށް ބަދަލު ކުރިފަހުން ލޮލަށް އަޅަން ޖެހޭ ބޭސް އަޅަމުން ނުގެންދާ ކަމަށް ސިޓީގައި ވެއެވެ.

އަދީބުގެ ބޭސްފަރުވާއާއި ގުޅޭގޮތުން މީގެ ކުރިންވެސް ވަނީ އަދީބުގެ އާއިލާ އާއި އޭނާގެ ވަކީލުން އެޗްއާރްސީއެމްގެ މެންބަރުންނާ ބައްދަލުކޮށް ވާހަކަތަކެއް ދެކެވިފައެވެ. އަދި އެ ބައްދަލުވުމުގައި އަދީބުގެ ބޭސްފަރުވާގެ ކަންކަން ގާތުން ބަލާނެ ކަަމަށްވެސް އެޗްއާރްސީއެމުން ބުނެފައި ވެއެވެ.

ސިޓީގައިވާ ގޮތުގައި މިދިޔަ މަހުގެ އެއްވަނަ ދުވަހު އައި ކެއާއަށް އަށް އަދީބު ދެއްކުމުން އަދީބު ލޮލުގެ ސާޖަރީއެއް ހަދަން ވީއެންމެ އަވަހަކަށް ރާއްޖެއިން ބޭރަށް ފުރަން ޖެހޭ ކަމަށް ޑޮކްޓަރު ލަފާދީފައިވާ ކަމަށެވެ. އެގޮތުން ސިޓީއާއެކު އަދީބު ރާއްޖެއިން ބޭރަށް ފޮނުވާ ދިނުމަށްއެދި ޑޮކްޓަރު ދީފައިވާ ލިއުންވެސް ހިމަނާފައިވީ ނަމަވެސް މިއަދާ ހަމައަށްވެސް މެޑިކަލް ބޯޑަށް ހުށަހަޅައިގެން ރާއްޖެއިން ބޭރަށް ފޮނުވާ ދިނުމަށް ދައުލަތުގެ އެއްވެސް މުއައްސަސާ އަކުން މަސައްކަތް ކުރަމުން ނުދާ ކަމަށްވެސް ވެއެވެ.

އޭގެ އިތުރުން ރާއްޖެއިން ބޭރަށް ގެންގޮސް ފަރުވާ ދިނުމަށް އަންގާފައިވާ ލިޔުމެއް ކަރެކްޝަނަލް ސާވިސްއިން އޭނާގެ އާއިލާއާ ވަނީ ހަވާލުކޮށްފައި ކަމަށާއި އެ ލިޔުމަކީ ޑރ. ސްރިނިވާސް ޝެޓީ ކަލްޕަޑީ ދީފައިވާ ލިޔުމެއް ކަމަށްވާއިރު ލިޔުމުގައިވާ ގޮތުން ރާއްޖެއިން ބޭރަށް ގޮސް ގުލަކޯމާ ސްޕެޝަލިސްޓަކަށް ދެއްކުމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ޕޮގުބާ

  ބޮޑުވަގުގެ ދެލޯ ކަނު ކޮއްލަންވީ

 2. ނުރަބޯ

  އެޗްއާރުސީއެމަށް އޮންނަނީ މުޖުރިމެއްގެ ސަބަބުން އަނިޔާލިބުނު މީހުންގެ ޙައްގުތައް ފައިދަށުލާފަ މުޖުރިމުގެ ޙައްގުތައް ކޮނޑުއަޅައިގެން އުޅުންބާ؟

 3. ޖޮއްބެ

  ބުރޯގެ ބެލެނިވެރިއަކީ އެހްއާރުސީއެމް ތޯ.....؟

 4. ހުސޭނުބޭ

  އެޗް އާރި ސީ އެމް އިން އެބަޖެހޭ ޖަލުގައި ހުއްޓާ އަދީބަށް އެބޯލާ ޖެހޭ މައްސަލަވެސް ބަލަން.

 5. އަމިއްލަ މީހާ

  ތިމާކުރަމުންދާ ބައެއް އަމަލުތަކުގެ ޖަޒާ މިދުނިޔޭގައިވެސް ފެންނާނެކަމަށްވަނީ ވީމާ ތީ މާބޯދު މައްސަލައެއްނޫން އަދީބުނޫނަސް ތިޔަޖަލުތަކުގައި ފަރުވާއަށް ބޭނުންވާ ބައިވަރު އިންސާނުން އެބައުޅޭ އެވެރިންގެ ހާލު ތިޔަތަނުން ނުބަލަނީ ކީއްވެބާ

 6. Glinda

  Woгking as a frеelance paralegal has elements in its favor, and components which
  might be detrimental too some people. If a way of adventure andd plеasure in your work ⅼife iѕ what would suit you the most effеctive,
  freelancing may vеry well be an excellent optionn for you!

  Also visit my blog ... http://www.linux.org

 7. Sidney

  Once that contest ends, they could get prepared for the subsequent contest.
  Basically whenever a coin is tossed the potential for head being turned is 50% however, you will quickly realize in a few systems the probability is 70%.
  Whenever I think of playing some casino games online, I try
  to find sites which have good casino jackpots and fair chances of winning.

  Here is my weblog ... 온라인카지노

 8. Alisia

  Hello, I read your new stuff like every week.
  Your writing style is awesome, keep it up!

  Stop by my homepage: que es la ortiga verde

 9. Orval

  It's difficult to find knowledgeable people about this subject, but you seem like you know what you're talking
  about! Thanks

  Also visit my blog post; en que alimentos podemos encontrar el zinc

 10. 슈퍼카지노

  If you need you may also start your own Private Playing Table which could offer you a surge of confidence,
  in particular when you have been playing tables for some time and also have met
  some contacts. Ranging from online roulette, blackjack and
  poker to baccarat and craps, more unusual games including
  Pai Gow Poker and Casino War may also be located one of the Real Time Gaming treasures.
  You will have better likelihood of actually walking away having a
  profit from the casino. https://7elm5.com/supercasino