ގދ. ވާދޫ ކައިރިއަށް ފުޅި އަޅައިގެން އެންދަމަން އުޅުނު މީހަކު ނިޔާވެއްޖެއެވެ.

ނިޔާވެފައި ވަނީ ފުވައްމުލަކު ދޯންޏެއް ކަމަށްވާ "ލޭޒާ-4" ގެ މަސްވެރިއެއް ކަމަށްވާ އުމުރުން 32 އަހަރުގެ އިބްރާހިމް ޝަރީފް އެވެ.

އޭނާ ނިޔާވީ ފުޅިން އޮކްސިޖަން ހުސްވެގެން ކަމަށް ދޯނީގެ ފަޅުވެރިންނާއި ހަވާލާދީ ބައެއް މީހުން ބުނެއެވެ. ދޯނީގެ މީހުންނަށް އޭނާ ފެނުނީ ނިޔާވެފައި އޮއްވައެވެ.

އޭނާ ފެނުމާއި އެކު ވާދޫ ސިއްހީ މަރުކަޒަށް ގެންދިޔަ ނަމަވެސް އޭރު އޭނާ އޮތީ ނިޔާވެފައި ކަމަށް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.

ބައެއް މަސްވެރިން ފުޅި އަޅައިގެން ފީނާއިރު ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައި ނުވާތީ އާއި ޑައިވް ކުރުމުގައި އަމަލު ކުރަން ޖެހޭ އުސޫލުތައް އެންމެ ރަނގަޅަށް އެނގިފައި ނޯންނާތީ މިފަދަ ހިތާމަވެރި ހާދިސާތައް ހިނގައެވެ.