2011 ވަނަ އަހަރުން ފެށިގެން ހައިކޯޓުގެ އެސިސްޓެންޓް ލީގަލް އޮފިސަރ ކަމުގައި ހުންނެވި އަލްއުސްތާޒާ މަރްޔަމް ހޫރުޝީދާ ހައިކޯޓުގެ ރަޖިސްޓްރާ ކަމުގެ މަގާމަށް ހަމަޖައްސަވައިފި އެވެ.

އެންމެފަހުން ހައިކޯޓުގެ ރަޖިސްޓްރާގެ މަގާމުގައި ހުންނެވި ހަސަން އަލީ މިދިޔަ އަހަރުގެ އޭޕްރީލް މަހު މަގާމުން ދުރު ކޮށްފައިވަނީ ކުއްލި ގޮތަކަށެވެ. ހައިކޯޓުގެ ރަޖިސްޓްރާގެ މަގާމަށްފަހު އާސަންދަ ކުންފުނީގެ އެމްޑީކަން އޭނާ ކުރައްވާފައިވާއިރު ހައިކޯޓުގެ ރަޖިސްޓްރާގެ މަގާމުން ހަސަން އަލީ ކުއްލި ގޮތަކަށް ވަކިވި ސަބަބެއް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

އޭނާ އެ މަގާމުން ވަކިކުރި ފަހުން ރަޖިސްޓްރާގެ މަގާމުތަކުގައި ވަގުތީ ގޮތުން ހަވާލުވެ ހުންނެވީ ހޫރުޝީދާ އެވެ.

އޭޕްރީލް މަހުން ފެށިގެން ރަޖިސްޓްރާއެއް ހޯދުމަށް ހައިކޯޓުން މަސައްކަތް ނުކޮށް އޮތް ސަބަބު ހައިކޯޓުން ހާމަކޮށްފައި ނުވާއިރު ރަޖިސްޓްރާއަކު ހޯދަން ހައިކޯޓުން އިއުލާންކުރީ މިދިޔަ މަހުގެ އަށްވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެކަނބުލޯ

    ތިޔައީ ފޮނި ބޮޑު ގޮލައެއް.. އިދިކޮޅު މީހުން އުފާވާނެތާ.. އެމްޑީޕީގެ ފޭނެއްވީމަ..ޑީޖީއާ ގުޅިގެން ވަރަށް ނުބައިހަދާލާ ގޮލައެއް

  2. އަލިމާ

    ރަގަޅޭ