އެންޓި ޑިފެކްޝަން ބިލް ޤާނޫނަކަށް ވާއިރު އެޤާނޫނު މިދިޔަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހުގެ ފަހުން ހިނގި ކަންތައްތަކުގެ މައްޗަށް ހިނގާ ގޮތައް އިސްލާހް ކޮށްފިއެވެ.

މިއަދު މަޖިލީހަށް ހުށަހެޅި އެންޓި ޑިފެކްޝަން ބިލް މިރޭ މިނިވަން މުއައްސަސާތަކުގެ ކޮމެޓީ އިން ދިރާސާ ކުރުމަށް ފަހު އިސްލާހް ކުރީ ޖުލައި 13 ފަހުން ހިނގާފައިވާ ކަންކަމުގެ މައްޗަށް އެޤާނޫނުގެ ބާރު ހިނގާނެ ކަމަށެވެ.

އެހެންކަމުން މިހާރު ސުވާލު އުފެދިފައިވާ މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑި މިޤާނޫނާއި އެކު ގެއްލިގެން ދާނެ ކަން ކަށަވަރު ވާނެއެވެ.

އެންޓި ޑިފެކްޝަން ބިލަކީ ރައްޔިތުން މަޖިލީހުގެ މެންބަރަކު އިންތިހާބުވި ޕާޓީން ވަކިކޮށްފި ނަމަ ނޫނީ އަމިއްލައަށް ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅާފައިވާ ބިލެކެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހުގެ ފަހުން ހިންގި ކަންތައްތަކުގެ މައްޗަށް މިޤާނޫނުގެ ބާރު ހިނގާނެ ކަމަށް ކޮމެޓީ އިން ފާސްކޮށްފައި ވާއިރު ޤާނޫނުތައް ހެދުމުގައި އާންމުކޮށް އަމަލު ކުރާ އުސޫލަކީ ޤާނޫނު ފާސްކުރުމުގެ ކުރިން ހިނގާފައިވާ ކަމަކަށް އެޤާނޫނެއްގެ ބާރު ނުހިނގުމެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހުގެ ފަހުން ހިންގި ކަންތައްތަކުގެ މައްޗަށް އެންޓި ޑިފެކްޝަން ޤާނޫނުގެ ބާރު ހިނގާ ގޮތައް ކަނޑައެޅުމާއި ގުޅޭ ގޮތުން ސަރުކާރަށް ތާއިދު ކުރާ މެންބަރުން އަދި އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ނާޑް

    ވަރަށް ތާއީދު. ތީކުރަންވެއްޖެ ކަމެއް. މި ގައުމު ހަމަމަގަށް އެޅުވޭނީ ގައުމަށް ގައްދާރުވާ މީހުން ދުރުކޮށްގެން

  2. ބެނޭ

    ރިސްވަތު ހިފަިގެން ޕާޓީ ބަދަލުކުރާ މެންބަރިންނާ ޕާޓީއަށް ގައްދާރުވާ މެންބަރުންގެ ގޮނޑިއަކީ ގެއްލެންޖެހޭ އެއްޗެއް.

  3. ޤާ މާހިރު

    ރާއްޖޭގައި މިހާރު ކަންތައްތައް ހިނގާ ގޮތަށް ބަލާއިރު ޤާނޫނެއް ފާސްކޮށްފާނެކަންނޭގެ ދިވެހިރާއްޖޭގައި ދިރިއުޅެނީ އޭލިޔަނުންކަމަށްވެސް

  4. މަނޭސް

    ލަސްވެއްޖެ ތިކަންކުރަން

  5. މަނޭސް

    ތީކުރަންވެފަ ނުކުރެވިއޮތް ބޮޑުކަމެއް.ޖީބު ބޮޑުކުރާ މީހާ ގޭގަހުރެގެން ބޮޑުކުރަން މެންބަރުގޮޑި ދޫކޮށްލަން ޖެހޭނީ.އަހަރެމެން މެންބަރުން ހޮވަނީ ވިޔަފާރި ކުރާކަށްނޫން