މިހާރު ރައްޔިތުން މަޖިލީހަށް ހުށައަޅާފައިވާ އެންޓި ޑިފެކްޝަން ބިލް ޤާނޫނަކަށް ވެއްޖެނަމަ ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ބާރެއްދާނީ ރައީސުލްޖުމްހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ އަތްޕުޅަށް ކަމަށް އައްޑޫ މީދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޭ ސަންގު ޓީވީގެ ޚަބަރަށް ފަހު ޕޮރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރޮޒައިނާ ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތީއްސުރެ ވަށައިގެން އޮތް ހުރިހާ ބާރެއް އަތް މައްޗަށް ލަވަމުން ގެންދާ މަންޒަރު ފެނިގެންދާކަމަށާއި މިކަން ކުރަނީ ޤާނޫނަށް އިސްލާޙް ގެންނަވައިގެން ކަމަށެވެ،

މިގޮތުން ރޮޒައިނާ އެންޓި ޑިފެކްޝަން ބިލްއަށް އިޝާރާތް ކުރައްވަވާ ވިދާޅުވީ، އިއްޔެ ރައްޔިތުންގެ ފެނިގެން ދިޔަ އިސްލާޙީކީ ވެރިކަން ހިންގުމުގެ އިތުރުން ދިވެހި ރާއްޖޭގައި އޮންނަ ތިންބާރުގެ ތެރެއިން، ދެބާރުކަމަށްވާ ރައްޔިތުންގެ މަޖިލީހާއި ޖުޑީޝަރީގެ ބާރު ރައީސުލްޖުމްހުރިއްޔާގެ އަތްޕުޅަށް ނެންގެވުމަށް މަސައްކަތް ކުރައްވަމުންދާ މަންޒަރުކަމަށެވެ. މީގެ އިތުރުން ރޮޒައިނާ ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ކައުންސިލަރުންގެ ބާރުވެސް ސަރުކާރުން ނަގާފައިވާކަމަށެވެ. އަދި ވިދާޅުވީ މާލޭ ސިޓީ ކައުންސިލްގެ ހުރިހާ ބާރެއްވެސް މިހާރު އޮތީ ރައީސްގެ އަތްޕުޅުގައި ކަމަށެވެ.

ޕާޓީގެ ޓިކެޓްގައި ވާދަކޮށް ދައުރު ހަމަނުވަނީސް އެހެން ޕާޓީއަކާ ގުޅިއްޖެނަމަ ނުވަތަ އެއްވެސް ސަބަބަކާ ހުރެ ޕާޓީން ވަކިކޮށްފައިވަނަ އެމެންބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް ވެރިކަން ކުރާ ޕީޕީއެމްއިން ނިންމީ ބޮޑު އަގުދީ ރައްޔަތުން އިންތިޚާބުކޮށްފައި ތިބޭ މެންބަރުން ގަންނަމުންދާތީ އެކަން ނިމުމަކަށް ގެނައުމުގެ ގޮތުންނެވެ. މިގޮތުން މިހާރުވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދެއްވިކަމުގެ ތުހުމަތުގައި ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ހައްޔަރުކޮށް ތަޙްޤީޤް ކުރިޔަށް ދާކަން ފާހަގަކޮށްލެވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ހުސޭނުބޭ

    އެހެންވިއްޔާ ކީއްކުރަންވީ! މަޖިލީހަކީ ރިޝްވަތުދީފައި ގަންނައެއްޗެއްކަމަށްވަނީވިއްޔާ މުޅި ދިވެހި ރާއްޖެ އޮންނާނީ އެންމެ ލާރިގިނަ މީހާގެ މުށުތެރޭގައި.

  2. އެންމެން

    އިއްޒައްތެރި ރޮޒައިނާ ވެރިކަމަށް އަރުވާފަ ހުރިހާ ބާރެއް ރޮޒައިނާ އަތުން ނަގާފަ ވެރިކަން ކުރާށޭ ބުނީމަ ރޮޒައިނާގެ ޖޮބް ޑިސްކްރިޕްޝަނަކަށް ވާނީ ރައީސް އޮފީހާ ރިޔާސީ ގަނޑުވަރުގައި އަރާމު ކުރުމާއި ތިމަންނަ އަށް ބާރެއް ދީފަ ނެތުމުގެ ސަބަބުން ތިމަންނައަށް ކުރެވޭނެ ކަމެއް ނެތޭ ކިޔާލަ ކިޔާލާ ހުރުން. ސަބަބަކީ ރޮޒައިނާއަކަށް ނެއެނގޭނެ ވިއްޔާ ތިމަންނަ ވެރިކަމަށް އަރުވާފަހުރީ، ޝަރުިތަކާ ނުލާ ދިވެހިންގެ ގައުމާއި އަދި ދިވެހީންގެ ރައްކާތިރިކަމަށްޓަކާ މަސައްކަށް ކުރުމަށް ކަމަށް. އަދި އެންމެ ބޮޑުރައްކާތެރި ކަމަކީ ދިވެހީން ނަރަކައަށް ވަންނަން ހުރި ދޮރުތަށް ވީވަރަކުން ބަންދުކުރުން ކަމެއް.

  3. ދޭންވީއޭ

    ސިޔާސީ ޕާރޓީ ތަކުގެ މަޝްވަރާ ތައް ބޮޑު އަރަތަކަށް ވެގެން އުޅެނީ އެއީ ކެނެރީގެ ނަޝީދު މަކަރާއި ހީލަތުން އެމްޑީޕީ ހިސޯރު ކޮށް ގެން ސަރުކާރުން އެމްޑީޕީ އަށް ދޭ ހުރިހާ ފައިސާ އެެއް އޭނާ އާއި އޭނާގެ އާއިލާ އާއި އޭނާގެ ސެކްރެޓޭރިއެޓް ބަނޑުއަޅާލާތީއޭ އެމެން އެފައިސާ ގަނޑު އެހެން ބަޔަަކަށް ދޭން ބޭނުން ނުވާތީއޭ ސިޔާސީ ޕާރޓީ ތަކުގެ މަޝްވަރާ ތައް ނާކާމިޔާބު ވެގެން މިއުޅެނީ. މިރާއްޖޭގެ ސިޔާސީ މައިދާނުގައި ހަދާ ހުރިހާ ނުބަޔެއް ހެދުމުގެ އަސްލަކީ އެއީ ކެނެރީގެ ނަޝީދު އާއި އޭނާ ގެ އާއިލާ އޭ ކެނެރީގެ ނަޝީދަކީ އެއީ އުމުރުގައި ވެސް ދުވަހަކު ވެސް ތެދަށް ވާހަކަ ވެސް ދެއްކި މީހެއް ނޫނޭ ތެދުވެރި ކަމުގެ ޒައްރެއްގެ މިންވަރު ވެސް ހުރި މީހެއް ނޫނޭ. އެކަން އެގުނެއް ނޫންތޭ އޭނާ ގެ ވެރިކަމުގައި ރައީސް އޮފީހުން ބްލެކް މާރކެޓަށް ޑޮލަރު ނެރެ އޭނާ ޑޮލަރު އަގު ބޮޑު ކުރީ ރައްޔިތުން ފެލައިގެން އޭނާ މުއްސަނދި ވާންއޭ. ކެނެރީގެ ނަޝީދު އިސްތިއުފާ ދޭންވީ ހަމަ މިހާރު އަދި އޭނާގެ އާއިލާ މީހުން ވެސް އެމްޑީޕީން އިސްތިއުފާ ދޭންވީއޭ.

  4. ޚުެހޮޕް

    މިކަހަލަ އިށްގީ މީހުން ލައިގެން ގާނޫނު ހަދާ މަޖްލިހެއް ދުވަހަކު ވެސް ކުރިއަކަށް ނުދާނެ. ރައްޔިތުން ވިސްނަން އެބަޖެހޭ ކިޔަވައިގެން ތިބި އިހްލާސްތެރި ، ހިކްމަތް ތެރި މީހުން ލައިގެން ގާނޫނު ހަދަން...

  5. ހުސޭނުބޭ

    ފާރިސް ރިސްވަތުދިނޭ ކީމީހާ ސަރީއަތުގައި ބުނީ ކީކޭކަން ވަގުތު މީހުންކަންފަތްތައް ސާފުކޮށްލައިގެން ދެލޯ ފުހެލަގެން ބަލާބަލަ.... ދެން ރިސްވަތޭކިޔާ ތީ ދަށުވެފަތިބޭބައެއް ޕީޕީ ކެމްޕޭނުޖަގަހަ

  6. ޙަފްޞާ / މާލެ

    އެހެންވެއްޖެއްޔާ ބިލް ފާސްވިޔަ ނުދިނުމަށް ކަލޭމެންގެ ރިޝްވަތު ބަޣާވާތްފޯސް އެއްކޮށް މަޖުލިހުގެ ޖަލްސާގަ ބައިވެރިވެ ބިލަށް ބަޙުޘުކޮށް މެޖޯރިޓީގެ ބޭނުންހިފާ އެ ބިލް ފެއިލްކޮށްލާ! ބޭރުގަ ތިބެގެން އަނގަ އަރުވައިގެން ކެއްކޭނެ ރިހައެއް ނޯންނާނެ! މީންދުވަހަކު ދާއިރާއަށް ޒިޔާރަތްކޮށްލިނަމަ ފެންނާނެ ދާއިރާއަށް އައިސްފައޮތް ތަރައްޤިއާއި ކުރިއެރުން! ލަދު ކޮބައިބާއޭ ހިތަށް އަރާ

  7. ތީ ގޯސް ކަމެއް

    އެހެން ހަދާށޭ މި އުޅެނީ..

  8. ބެޓަރއޮފް

    ރާއްޖޭގެ ސިޔާސީ މައިދާން ކްލިއަރ ވާނީ ކެނެރީގެ ނަޝީދު އާއި އޭނާގެ ސެކްރެޓޭރިއެޓް އާއި އަދި އޭނާގެ އާއިލާ އެމްޑީޕީން ބޭރު ކޮށްގެން އެމްޑީޕީ އަކީ އެއީ ކެނެރީގެ ނަޝީދުގެ މައިންބަފައިންގެ އަމިއްލަ ތަރިކަ މުދަލެއް ނޫނޭ ކެނެރީގެ ނަޝީދުގެ މައިން ބަފައިން ނޫނޭ އެމްޑީޕީ އަށް ޚަރަދު ކުރަނީ ތަމެން ކެނެރީގެ ނަޝީދު އޭނާގެ ސެކްރެޓޭރިއެޓް ގައި ހުރި ކްރޭޒީ ރަންރީނދޫ ޓްވިޓަރޭ އަދި ކެނެރީގެ ނަޝީދުގެ އާއިލާ އެންމެން އިސްތިއުފާ ދޭންވީއޭ އެމްޑީޕީން ހަމަ މިހާރުން މިހާރަށް. ކެނެރީގެ ނަޝީދު އަކީ ޖަލަށް ތޭރަ އަހަރަށް ހުކުމް ކޮށްފައިވާ ބޮޑު ކުށްވެރިއެކޭ ނުޖެހޭނެއޭ ރާއްޖޭގެ ވެރިކަމަށް އެވަރުގެ ބޮޑު ކުށްވެރިއަކު ގެންނަން އަލިފުދާލު ނޫން ފީލުގުދާން ބުނި ނަމަވެސް. މިކަން ކަން ކުރަންވީއޭ އެމްޑީޕީގެ ގައުމީ މަޖްލީހުން ގަރާރު ތައް ފުލު ފުލުގައި ފާސް ކޮށްގެން ޕީޕީއެމް އިން މިކަމަށް ފަންޑް ކުރަންވީ ޗައިނާ އާއި ގުޅިގެން އެމްޑީޕީ ގައުމީ މަޖްލީސް ގަންނަން. މިނޫން އެއްވެސް ޗޮއިސް އެއް ނެތޭ. ކެނެރީގެ ނަޝީދު ޔޫ ބެޓަރ އޮފް ނައު.

  9. ނަސީދު

    ތިބިލު ފާސްކުރަން ލަސްވެސް ވެއްޖެ.

  10. ޜަސީދު

    އެއްގޮތަކައް ވެސް މެންބަރުން ހޮވަނީ އެމީހުން ގެ އަމިއްލަފައިދާޔައް މަސައްކަތް ކުރާކައްނުން މީމެންބަރުން ގަބޫލު ނުކުރިޔަސް އާއްމު ދިވެހި ރައްޔިތުން ހިތުގެ އަޓިން ގަބޫލު ކުރާނެ އިސްލާހެއް ކަމައް ދިވެހި ރައްޔިތެއްގެ ހައިސިއއޔަތުން ގަބޫލު ކުރަން

  11. ހޮނޑާފުށީބޮޑުހުސޭނު

    ގޯހެއްނޫން ، 2019ގަ މިޖިލީސް އިންތިހާބުގަ ޕީޕީއެމްއިން ޗޮކުހުން ގޮއްސިއްސާ ތިޔަ ބިލައްކިހިނެތްބާވާނީ ، ދުނިޔޭގަ ތިބިބަޔަކަށް ފެންނާނެތާދޯ ،

  12. އައިސް

    ހިއްވަރު ހުރިއްޔާ ދޭބަޅަ

  13. ާަފުތުބެ

    މަޖްލީސް މެމްބަރުން ނަކީ ރައްޔިތުން ޔާމީނަށް ހޮވާދޭ ބައެއް ކަމެއް ތަކަށް ނޭގޭތޭ.

  14. Anonymous

    މަންޖެ.މަޖިލީހައް ނުވަދެ ކޮން އަނގައެްް އަރުވާކައް

  15. ނަސީ

    މަޖިލިސް ނުތާރިކު ރުފިޔާއިން ނަޖިސްކުރި މީހުން މިވާހަކަ މިދައްކަނީ ،ތާހިރެއް ނޫނޭ ތިވާހަކަ ދައްކަން.ބަލަ ރައިސް ޔާމިން ބޭނުންފުޅު ވަނީ މިގައުމު ހަމަ މަގަށް އަޅުވަން. ކޮރަޕްޝަން ހުއްޓުވަން. ކިޔަވައިގެނ

  16. ނަސީ

    ކިޔަވައިގެން ކަމަށް ހެދިގެން ވަގު ސަޓިފިކެޓް ނަގައިގެން ތިބޭ މީހުން. މިގައުމު ހަމަ މަގަން ރައީސް ޔާމިން އެކުރައްވަނީ ގައުމީ މަސައްކަތެއް. ނަގިސްފައިސާއިން މަޖިލިސްވަނީ ނުތާހިރު ވެފައި . ސާފުކުރައްވާނެ

  17. ރުޒާނާ ޗޮއްޕަޓު

    ތި ބިލް މިއަދު ހުށަހެޅުނެއް ކަމަކު އަހަރުމެން ރައްޔިތުން ހާދަހާ ކުރިއަކުން އެދެމުންދޭ އެދުމެކޭ ތީ. ކަލޭމެން މެންބަރުން އަހަރުމެން ބޮލަށް ގުއި ރީފަ ފަލަ އަގުތަކުން ގޮނޑި ނީލަން ކިޔަމުން ހިނގުން ހުއްޓެން ޖެހޭ. ކަލޭ ދޭ ކާފަ ކޮބައިތޯ ހޯދައި ބަލަން.

  18. ނުރަބޯ

    ނާނާ ކަލޭމެން ކުރިންވެސް 10 ބާޣީން އެތަނުން ގަތްހެން އަލުން އަނެއްކާވެސް ގަންނަންވީނު....؟؟؟

  19. ޢަފްލާ

    ޜޮޒެއިނާ މިއަދު މެންދުރު ކާނީ ރާކަނި ގަރުދިޔަ 12 މެމްބަރުންނާއެކު ލަލަލާ