ރިޔާސީ އިންތިޙާބުގައި ބޭނުންކުރި ވޯޓް ކަރުދާސްތައް އިލެކްޝަންސް ކޮމިޝަނުން ކުއްލިގޮތަކަށް ނައްތާލާފައި ވާތީ ރިޔާސީ އިންތިޙާބު އޮޅުވާލާފައިވާކަން މިހާރު އޮޅުންފިލައިފި ކަމަށް ރިޔާސީ އިންތިޙާބުގެ ނަތީޖާ އާއި މެދު ސުވާލު އުފައްދަމުންދާ ޕީޕީއެމް އިން ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ "ސިއްރިޔާތުގައި އަދި އެހައިމެ ކުއްލި ގޮތަކަށް ވޯޓް ކަރުދާސްތައް ނައްތާލާފައިވާކަމީ، ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ބޮޑެތި އޮޅުވާލުންތަކާއި މަކަރާއި ހިލާތް ހަދާފައިވާކަން، އަދި އެއަމަލުތަކަކީ ސީދާ އިލެކްޝަންސް ކޮމިޝަނުން ރާވައިގެން ހިންގާފައިވާ ޖަރީމާއެއްކަން އެނގި އޮޅުންފިލާ ކަމެއްކަމަށް" ޕީޕީއެމް އިން ދެކެމެވެ.

ޕީޕީއެމް އިން ވިދާޅުވީ ވޯޓް ކަރުދާސްތައް ނައްތާލީ ރިޔާސީ އިންތިޙާބުގެ ވޯޓް އޮޅުވާލިކަމުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވެމުން ދާތީ އެމައްސަލަ ތަޙްޤީޤު ކޮށްދިނުމަށް ޕީޕީއެމް އިން ފުލުހުންނަށް ހުށަހަޅާފައި ވަނިކޮށް، ފުލުހުންގެ ތަޙްޤީޤު ނުނިމެނީސް ކަމަށެވެ.

އިތުރަށް ޕީޕީއެމް އިން ވިދާޅުވީ ވޯޓް ކަރުދާސްތަކަކީ އިލެކްޝަންސް ކޮމިޝަނާއި ފުލުހުން ގުޅިގެން ބަލަހައްޓަން ޖެހޭ އަަމާނާތަކަށް ވާއިރު އިލެކްޝަންސް ކޮމިޝަނުން މިފަދަ ބޮޑު ޖަރީމާއެއް ހިންގާ އެކަން ނުހަނު ކިބުރުވެރިކަމާއި އެކު އިއުލާން ކުރުމާއި އިންތިޚާބާއި ގުޅޭ މައްސަލަތަކެއް ތަޙްޤީޤު ކުރަމުންދާ މިފަދަ މުހިންމު ވަގުތެއްގައި ވޯޓް ކަރުދާސްތައް ނައްތާލި ނައްތާލުން ފުލުހުން ތަޙްޤީޤުކޮށް އިލެކްޝަންސް ކޮމިޝަން ޖަވާނުދާރީ ކުރުވާ އަދި ކަންހިނގާ ދިޔަ ގޮތުގެ މައުލޫމާތު އާންމު ކުރުމަށް ފުލުހުންނަށް ގޮވާލާ ކަމަށެވެ.

"މިޕާޓީން ހުށަހެޅި މައްސަލައިގެ ފުރިހަމަ ޖިނާޢީ ތަހްޤީޤެއް ނިންމައި މައްސަލަ ހުށަހެޅި ފަރާތްތައް ޖަވާބުދާރީވެ، އިންސާފު ހޯދައިދިނުމުގެ ޤާނޫނީ ޒިންމާ މޯލްޑިވްސް ޕޮލިސް ސާވިސް އިން ފަސްނުޖެހި އަދާކުރާނެކަމަށް މިޕާޓީން ޔަގީން ކުރަމެވެ." ބަޔާނުގައި ވެއެވެ.

ޕީޕީއެމް އިން ވިދާޅުވީ އެޕާޓީ އަކީ ރައްޔިތުންގެ ޙައްޤުތައް ހިމާޔަތްކުރުމާއި ޤާނޫނު ނެގެހެއްޓުމުގައި ސާބިތުކަމާއި އެކު ދެމިއޮންނާނެ ޕާޓީއެއް ކަމަށެވެ.

ވޯޓް ކަރުދާސްތައް ނައްތާލި މައްސަލައިގެ ތަޙްޤީޤަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް މިއަދު ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައެވެ. އެކަން ފުލުހުން ކަށަވަރު ކޮށްދެއްވި ނަމަވެސް އެއްވެސް ތަފްސީލެއް ފުލުހުން ނުދެއްވައެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. ޙައްގުބަސް

    ހަމ ޙަގީގަތަކީ މިއޮތީ ވޯޓް އޮޅުވާލާފަ!! ދެރަކަމެއް!! ވަރަށްބޮޑު ޖަރީމާއެއް މިއޮތީ ގުޅިގެން ހިންގާފަ!! ޙައްގު ވޯޓަކުން ނޫންކަން މިހާރަ މިކަށަވަރުވީ މިއިންތިޚާބުގައި ގިނައިން ލިބުނު ފަރާތައް ލިބިފައި އެވަނީ!! ފަސް މީހަކު ވެގެން އޮޅުވާލި ވޯޓް 2018!! ޖަވާބުދާރީ ކުރުވޭނެ!! ސަލާމަތެއްނުވާނެ!! ކޮންމެވެސް އެއްގޮތް އޮތްނާނެ!! ވާނެ!! ކުރާނެ!! ކުރުވާނެ!!

    • ހަހަހަ

      ބަލަ ކުރީންވެސް އެނގެ އެއްނު ، އެކަމކު ދެން ކީއް ކުރާނީ ހަޅެއް ލަވަ ލަވާ ތިބުން ނޫން ކަމެއް އަހަރުމެނަށް ވާކަށް ނެތެއްނު، ބާތިލު ކޮށް ލެވޭނެ މޮޅު ރޭވުމެއް ނުރޭވުނެއްނު،

  2. މަރީ

    ކަލޭމެނަށް އަބަދުވެސް ޔަގީން ވެ އެެއްނު. އަދިވެސް ދޫނުކުރާތހި

  3. .ޏަކަސް

    .ތިހިންގީ އަނެއްޖަރީމާ ތިވާނީ އަނެއްކާ ލާރިގަނޑެއް ދިނީކަމަށް ލާރިދީފިއްޔާ ކުރާކަށް ނުކުރާކަށް ކަމެއްނޯންނާނެ.

  4. އައި

    ތި ޝަރީފު މާ ބޮޑޭވާން ވެގެން އުޅެނިކޮށް ރަގަޅު ބޮޑިއެެއް ބޯނެ. ވިލުފުށީ ގޮލައެއް ނޫން ތި

  5. ކޮންކުރީޓް ކަޅުހުއްތު

    މައިތިރިވެގެން ތިބެބަލަ ފަޅޮލޭ ނުކިޔައި.. ކުރެވޭނެކަންކަން ކޮން ނިމިފަ ތިޔަތިބޭ.. ހުއް

  6. ޢަބްދުﷲ

    ޕީޕީއެމުން ޝަރީޢަތުގެ މަރްޙަލާ ކަޑައްތު ކޮށްފައިވަނީ، ޕީޕީއެމަށް އެނގިފައިނުވާ ކަމެއްގެ މައްޗަށް، ކުށްހީއެއްގެ މައްޗަށްތޯއެވެ. އެހެނީ ޕީޕީއެމުން ތިޔަ ވިދާޅުވަނީ، މިހާރު އެކަން އެނގިއްޖެ ކަމުގައެވެ. ޔަޢުނީ މީގެކުރިން އެއްވެސް ކަމެއް އެނގިފައިނުވާ ކަމުގައެވެ.

  7. ބޮންދު

    އެވާނީ އޭގަ ޖެހި ފާހަގައަކުން ކަރުދާސްތައް ހީކަރުވައިގަނެގެން ޝްރެޑަރއަށް އެރުނީކަމަށް. ޝްރެޑަރ ޝަރީފު ދެން ކިޔާނީ.

  8. ބަގީޗާ

    އަދުރޭ.... ޝަރީފް ދޯކާ ދިނީދޯ... ހހެެހެެހހެ

  9. މަސްވެރިޔާ

    އީސީއަކީ މެންބަރުންގެ ޖަގަހައެއްނޫން. ވަރަށްފޮނިވެ ރައްޔިތުން ކުރިމަށްޗަށް އެބޭފުޅުން ނުކުމެ އިންޓރވިއު ދެއްވާއިރު ބޮޑީ ލޭންގްއެޖް ވަރަށްބޮޑަށް ބުނެދޭ މަމެން މިތިބީ ވަރަށް ހެޕީކޮށޭ. މިއަދު އީސީގެ ވަޒީފާނެތަސް ދެން އޯކޭއޭ.

  10. Abdul Latheef

    އެއްވެސްކަމެއްނުވާނެ. ބިރުނުގަނޭ. ބުނޭ ޝަރީފުއެއްވެސް އެއްޗެއްނުދޭކަމަށް. ޔޫ ހަމަ މިކަން ޑިނައިކޮށްލާ. މިހާރު އޭގެ އެއްވެސް ހެއްކެއް ފެންނާކަށް ނުހުންނާނެ. އެންމެން ބައިވެރިވެގެން ހިންގި ޖަރީމާ އެއްވީމަ ބެލޭނެ ގޮތެއްނޯންނާނެ ކަންޔަގީން. އެކަމަކު ގިޔާމަތް ދުވަހު ތިޔަކުރި ވަށްކަމުގެ ހިސާބު ބެއްލެވި ޙައްގު އަދަބު ލިބޭނެ ކަން އެންމެން ދަންނާތި.

  11. އަދުލު

    ﷲއިރާދަފުޅުން ހިޔާނާތް ތެރިން ކަންތައް ފަޅާއރަމުން ދާނެ

  12. ގާސިމް

    ބަލަ އަބަދުވެސް މި ބުނަނީ މަކަރޭ މަކަރޭ ކީއްވެހޭ ހުސްކަރުދާހުގެ %30 ނުދެއް ކުނީ

  13. ނޫރު

    ޕީ.ޕީ.އެމް އިން އެދޭގޮތަށް ނޫންގޮތަކަށް ކަންތައްތައް ކޮށްފިއްޔާ އަބަދުވެސް އެއީ މައްސަލައެއް. ބަލަ ތިހުރިހާ ބޭކާރު ވާހަކަ ނުދައްކާ ދެންވެސް ކުރެވުނު ގޯސް ކަންތައްތައް ދަނެގަނެ އެކަންކަން އިސްލާހުކުރުމަށްފަހު ޒިންމަދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރުން ކިހިނެތްވާނީ. މިހާރު މިއުޅޭ ގޮތުން ހިއެއްނުވޭ މިގޮތަށް ވާނެ ހެނެއް.

  14. ޒާ

    ޝަރީފް އިއްޔެ ދެއްކި ވާހަކައިންވެސް ޔަގީންވި ވަރަށް ބޮޑު އޮޅުވާލުމެއް އުޅޭކަން. އިއްޔެ ބުނީ ކަރުދާސްތައް ނައްތާލާނީ އަދި ލިސްޓް ތައް ނައްތާލާނީ އެމްއެންޑީއެފްގެ ފަޔަ މަނުން ލައްވައޭ. އެކަމަކު ވާހަކަ ނިންމާލަމުންބުނީ އޭގެ ކުރިން ވަނީ ހުރިހާ ވޯޓް ކަރުދާހަކާއި ލިސްޓްތައްކާއި ނަތީޖާތައް ޝްރެޑް ކޮށް ނައްތާލާފައޭ. މިކަމުން ޔަގީންވި ވޯޓު އޮޅުވާލިކަމާއި އެބުނާގޮތަށް ވޯޓް ކަރުދާހުގައި ޖަހާފާހަގަ ފުހެވޭކަން.

  15. ރަންނަމާރި

    އަދިފަޅާއަރާނެ ދާދި އަވަހަށް

    • އައިޝާ

      އިންޝާﷲ ޚިޔާނާތްތެރިން އިންސާފުގެ ކުރިމަށްޗަށް ގެނެވޭނެ

  16. އަފީ

    ހިތާމަ ހުރިކަމެއް! ގައުމުގެ އެތައް ރައްޔިތުން ތަކެއްގެ ހައްގަށް އިލެކްސަން ކޮމިސަނުގެ މެމްބަރުން މިއަދު މިވަނީ އަރާގަނެފައި.

  17. މިގޭ

    ކޮބާ މިހާރު އެބަ އެނގޭނު ވޯޓް އޮޅުވާލިކަން . މައްސަލަ ބަލަބަލާއޮއްވާ އެއަންދާލީ. ދެންކިޔާނީވެސް ވޯޓު ވޯޓުވަގު

  18. ޔާމިން

    ﷲއިރާދަފުޅުން ހިޔާނާތް ތެރިން ކަންތައް ފަޅާއރަމުން ދާނެ

  19. މާރިޔާ

    ﷲއިރާދަފުޅުން ހިޔާނާތް ތެރިން ކަންތައް ފަޅާއރަމުން ދާނެ

  20. ނިޔާޒް

    ﷲއިރާދަފުޅުން ހިޔާނާތް ތެރިން ކަންތައް ފަޅާއރަމުން ދާނެ ޔަގީންކަމެއް

  21. ލައިލާ

    ﷲއިރާދަފުޅުން ހިޔާނާތް ތެރިން ކަންތައް ފަޅާއރަމުން ދާނެ ޔަގީންކަމެއް

  22. ޔާމިން

    އިންޝާﷲ ޚިޔާނާތްތެރިން އިންސާފުގެ ކުރިމަށްޗަށް ގެނެވޭނެ

  23. ޖޮއްބެ

    އަދިމިހާތަނަށް ދުނިޔޭގައި ކުރެވުނު އެއްމެބޮޑު ވައްކަމަކީ ފައިސާ އަށް ގައުމެއް ވަގަށްނެގުން އެކަން މިއޮތީ އީސީގައި ތިބި ފަސްމާމުލުންގެ ފަސް ވަގުލައްވާ ބަޔަކުކޮށްފަ. ދެން ތިބެގެން މިކިޔައީ ރައްޔިތުންގެ ނިންމުމޭ. ކެކެކެކެކެ.

  24. ޢަބްދުﷲ.ޢ

    ޙައްޤު ފާޅުކުރައްވާނެ ދުވަހާމެދު އެއްވެސް ބިރެއްނެތި، ދީނާއި ޤައުމަށް ޚިޔާނާތްތެރިވާ، ޚާއިނުންނަށް މާތްﷲ ދުނިޔެއާއި އާޚިރަތުގައި ޙައްޤުޖަޒާ ދެއްވައި، ދުނިޔެއާއި އާޚިރަތުގައި އެބައިމީހުން ނިކަމެތި ކުރައްވާށިއެވެ. އާމީން.

  25. ޢ ޢަބްދުﷲ

    ވޯޓުވަގުންނަށް ލަދުވެތިކަމާއި ހަލާކުހުރި. މާތްﷲ އެމީހުން ދުނިޔެއާއި އާޚިރަތުގައި ނިކަމެތި ކުރައްވާށީ. އާމީން