އައްޑޫ ސިޓީއަކީ ހަމައެކަނި ރާއްޖޭގެ މަސްލަހަތާ ގުޅިފައިވާ ތަނެއް ނޫން ކަމަށާއި މުޅި އިންޑިޔާ ކަނޑުގެ މަސްލަހަތާއި ހަމަޖެހުން ގުޅިފައި ވަނީ އައްޑޫ ސިޓީއާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖެއަށް ވަޑައިގަތުމަށް ފަހު ފުރަތަމަ ފަހަރަށް އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި މިއަދު ހަވީރު ސަޕޯޓަރުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ނަޝީދު ވިދާޅުވީ، އައްޑު އަތޮޅަކީ މުއްސަނދި އަތޮޅެއް ކަމަށާއި އައްޑު އަތޮޅަކީ އިންޑިއާ ކަނޑުގެ މެދުގައި އޮތް އަތޮޅެއް ކަމަށެވެ. އެހެން ކަމުން އައްޑު އަތޮޅު މުހިންމު ވަނީ ހަމައެކަނި ރާއްޖެއަށް ނޫން ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

"އިންޑިއާ ކަނޑު މިދަނީ ބަދަލުވަމުން، އިންޑިއާ ކަނޑުގައި ފިނި ހަނގުރާމައެއް އުފެދެމުން އެބަ އާދޭ. އައްޑޫ ރައްޔިތުންނަށް މިކަން ސާފުވާނެ. އިންޑިއާއާއި ޗައިނާގެ ނުރުހުންތައް އެދެބައި މީހުންގެ އުދާސްތައް އެންމެ ފަހުން ތަހައްމަލް ކުރާނެ އަދި އެންމެ ފަހުން ހަމަޖެހުމަކަށް ގެންނާނޭ ތަނަކީވެސް އަޅުގަނޑަށް ފެންނަ ފެނުމުގައި މި އައްޑު އަތޮޅު" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، އައްޑޫ ސިޓީއާމެދު ވިސްނަނީ ހަމައެކަނި ރާއްޖޭގެ ރައްޔިތުން ނޫން ކަމަށާއި މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ފަރާތްތައް ބަލަމުންގެންދާ ކަމަށެވެ. އަދި ވިދާޅުވީ، އިންޑިއާ ކަނޑުގެ ހަމަޖެހުން ހޯދުމަށް އިއްޑޫ ސިޓީން މަސައްކަތް ކުރުމަކީ ދިވެހީންނަށް އޮތް މަސްއޫލިއްޔަތެއް އަދި ޒިންމާއެއް ކަމަށެވެ.

"ޒަމާނުއްސުރެ ފަށައިގެން ރާއްޖޭގެ އެކުވެރިންނަކީ އިންޑިއާ، އިންޑިއާގެ ހަމަޖެހުމާއި އިންޑިއާގެ ސަލާމަތާއި ރައްކާތެރިކަމަކީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅިފައިހުރި ކަމެއް، އައްޑޫ ސިޓީއާއި މި ސިޓީގެ ރައްޔިތުން އަބަދުވެސް ވިސްނަވަންވާނެ އަބަދުވެސް ބައްލަވާން ޖެހޭނެ ތިބޭފުޅުންނަކީ ހަމައެކަނި ރާއްޖޭގެ މަސްލަހަތާއި ގުޅިފައިވާ ބައެއް ނޫން، ތިބޭފުޅުންނަކީ އިންޑިއާ ކަނޑުގެ މަސްލަހަތާވެސް މާބޮޑަށް ގުޅިފައިވާ ބައެއް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، އާސަރުކާރުގެ ބޭނުމަކީ އައްޑޫ ސިޓީގެ ތަރައްގީއަށް މުޅި ދުނިޔެއިން އެހީތެރިވުން ކަމަށާއި އައްޑޫ ސިޓީ އާއި ރާއްޖޭގެ ހަމަޖެހިން ގުޅިފައި އޮތީ މުޅި ދުނިޔޭގެ ހަމަޖެހުމާއި ކަމަށެވެ. އަދި އައްޑޫ ސިޓީގެ ހަމަޖެހުން އޮތީ އިންޑިއާ ކަނޑުގެ ހަމަޖެހުމާއި މާބޮޑަށް ގުޅިފައި ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

އައްޑޫ އާއި އިންޑިއާ އަދި ޗައިނާ އާއި ގުޅޭ ގޮތުން ނަޝީދު ދެއްކެވި ވާހަކަފުޅުތަކާއި ގުޅިގެން ވަރަށް ގިނަ އާންމުން ގެންދަނީ މީސް މީޑިއާގައި ސުވާލުތައް އުފައްދަމުންނެވެ. ނަޝީދު އެފަދަ ވާހަކަފުޅެއް ދެއްކެވީ ކޮން މަޤުޞަދެއްގައިތޯ ސާފުކޮށްދިނުމަށް ވަރަށް ގިނަ ރައްޔިތުން ގެންދަނީ އެދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. ހުސޭނުބޭ

    އައްޑޫ ސިޓީގައި އިންޑިޔާގެ މިލިޓަރީ ބޭހެއް ހަދަން ތި ފޫގެޅީ! އެހެންވެ ގެރިމޯދީ އެ އަންނަނީ!

    • ބޭބެ

      އިންޑިޔާ ކަނޑުގެ ހަމަޖެހުންވަނީ އައްޑޫ ސިޓީއާއޭ ބުނެ މިއުޅެނީ އިންޑިޔާގެ ރޭވުމުގެމަތިން އައްޑޫސިޓީގައި (ގަމުގައި) އިންޑިޔާ ސިފައިން ބައިތިއްބަން!! މިއީ މިއެންމެން ރައިސް ޔާމީންގެ ވަރިކަން ވައްޓަން ހެދި ޑީލެއް ކަމަށްވަނީ!! އިންޑިޔާއިން މިދޭތެރެއިން އުޅުނު ސީޝަލްސްގެ ރަށެއްގައި އެމީހުންގެ މިލިޓަރީ ބޭހެއް ހަދަން!! އެކަން ހުއްޓުނީ ސީޝަލްސްގެ ގާނޫނު ހަދާ މަޖްލީހުން ހުއްދަ ނުދީނީމާ!! މިހާރު މިއުޅެނީ މިރާއްޖޭގައި އަސްކަރީގޮތުން އަތްގަދަކޮށް ބޭސްއެއް ހަދަން!! މިއީ ރައްޔިތުން ވަރަށް ފުންކޮށް ވިސްނަންޖެހޭކަމެއް!! މިއީ ވަރަށް ނުބައި އަދި ބޭރުބައެއްގެ ވެސް އަތެއް އޮވެގެން ކުރާކަމެއްކަމަށް ފެންނަނީ!! މިއުޅެނީ ވަރަށްބޮޑު ނުބައެއް ހަދަން!! މިއީ ގައުމަށް ހެޔޮއެދޭ އައްޑޫސިޓީގެ ރައްޔިތުންނާ ގައުމުގައި ތިބިއްޔާ ތިބި ބަޔަކު ވަރަށް ފުންކޮށްވިސްނަންޖެހޭކަމެއް!! ވިސްނާ ވަރަށް ރަގަނޅަށް ވިސްނާ!! ފާއިތުވެދާ ކޮންމެ ވަގުތަކީ އަނބުރާ އިޔާދަކުރެވޭނެ ވަގުތެއްނޫން!! ވަރަށް މުޢުތަބަރު ފަރާތަކުން މަޢުލޫމާތު ލިބޭގޮތުގައި ހެލިކޮޕްޓަރުގެ ޚިދުމަތް ފުޅާކުރުމުގެ ނަމުގައި އައްޑޫގައި އިތުރު ހެލިކޮޕްޓަރުތަކާއެކު ދިގު މުއްދަތަކަށް އިންޑިޔާ ސިފައިން ބައިތިއްބަން ޑީލްތަކެއް ހަދާފައިވާކަމަށްވަނީ!! އޭރުން ފަހުން ދެން ފެންނާނީ މުޅިން އެހެން މަންޒަރެއް!! ނަޝީދު އޮފީސް ހުޅުވުނީމަ!! އިންޑިޔާ ސިފައިން ތިބޭނެ!! މިއީ ވަރަށް ވާހަކަ!! އަދި އިންޑިޔާ ސިފައިން ރާއްޖެއަރާ ރާއްޖެ ހިފަން ގޮވި ފަރާތެއް!! ވަރަށް ސީރިޔަސްކޮށް ސިޔާސީ ލީޑަރުން ވިސްނާ!! ސިޔާސީ ހަތުރުވެރިކަމުގެތެރޭ ގައުމުގެ މިނިވަންކަން ގެއްލެން ފުރުސަތު ނުދެއްވާ!! ވަރަށް ބޮޑު ޕްލޭނެއް މިއީ!

  2. ަީސީޑީ

    އައްޑޫ އަތޮޅުގެ ދުވަސްތިދިޔައީ!

  3. އަބޯ

    އައްޑު އަތޮޅު އިންޑިޔާ އަށް ވިއްކާލަނީ . މިހާރުވެސް މާލޭގަ ސޯސަންމަގުގަ ނާސަރީ ބިން 5 މިލިއަން ޑޮލަރަށް އެމީހުންގެ ވެރިކަމުގާ އިންޑިޔާ އަށް ވަނީ ވިއްކާލާފަ.

  4. ރައްކާތެރިވެގެންވާ މީހާ

    ސުބުޙާނައްﷲ....
    ޗައިނާއާ އިންޑިއާގެ ހަނގުރާމައިގެ

    އިންޑިއާގެ ބޭހަކަށް

    އައްޑޫ ހެދީތޯ، އަދި އެކަން ކޮށްދިނުމައް

    ތަ ތިއެދެނީ އައްޑޫ ރައްޔިތުންގެ ކިބައިން

    ތިގޮތައް ހެދުމުން ހުރިހާ ބިރުވެރި

    ކަމެއްގަ ތިބެން ޖެހެނީ ނިކަމެތި ރައްޔިތުންނޭ....

    އަޅުގަނޑުމެންގެ ލޮބުވެތި ރައީސް

    ޔާމީން ވިދާޅުވީ ތެދުވާހަކަ ފުޅެއް

    މިސަރަހައްދު އެއި ވާރ ފުރީ އޭރިއާ

    އަކަށް ވުމުން ކަންބޮޑުވާ ބަޔަކު

    އެބައުޅޭ...........

  5. ޙގގ

    ދެކުނުގައި ވަކި ދައުލަތެއް އުފައްދަންވެން ދެއްކިވާހަކައެ

  6. ކާފަ

    އައްޑޫ އަނެއްކާވެސް.... ޢައްޑޫ މީހުން ހޭލާށެވެ. މާޒީގއި އައްޑުމުށުތެރެއަށް ލައިގެން ތިބި އިނގިރޭސީން ގޮތަށް ރާއްޖޭގެ އެއްކޮޅުން އައްޑު ހިސޯރުކޮށް އަތޮޅަކަށްފަހު އަތޮޅެއް ހިސޯރުޮކށް މިގައު މުށުތެރެއަށް ލާނެ ޕްލޭނެއް ޔަހޫދީންނާ ބުޑިސްޓުން އަދި ކާފރުނގެ ވިސްނުމުގއި ވާކަން މިހިރަ ހާމވަނީ އެވެ.

  7. ޢައްޑޫ މީޙާ

    ޢެ އުޅެނީ އިންޑިއާ މީހުނަށް އައްޑު އަތޮޅު ވިއްކާލަން،

  8. ތޮއްޓޭ

    އިންޑިއާ ކަނޑޭ ކިޔައިގެން މި އައްޑޫ ސިޓީ އަކީ އިންޑިއާއާ ޗައިނާ މޮށެން އޮތް ސިޓީއަކަށް ނުހަދާތި. އައްޑޫ ސިޓީގެ ދަރިންގެ ލޭ ކޯރަކަށް މި ސިޓީ ވެގެންދާނެ މާނައެއް ތި ބަސްތަކުން މާނަކުރެވޭ.

  9. ފުތާބެއްޔާ

    "އައްޑޫ ސިޓީއާއި މި ސިޓީގެ ރައްޔިތުން އަބަދުވެސް ވިސްނަވަންވާނެ އަބަދުވެސް ބައްލަވާން ޖެހޭނެ ތިބޭފުޅުންނަކީ ހަމައެކަނި ރާއްޖޭގެ މަސްލަހަތާއި ގުޅިފައިވާ ބައެއް ނޫން، ތިބޭފުޅުންނަކީ އިންޑިއާ ކަނޑުގެ މަސްލަހަތާވެސް މާބޮޑަށް ގުޅިފައިވާ ބައެއް،" ނަޝީދު ވިދާޅުވި އެވެ.

    ކުރުކޮއް އެބުނަނީ އައްޑޫއަކީ އިންޑިޔާގެ ބެކްޔާޑޭ އެހެންވީމަ އިންޑިޔާ ބުނިހާގޮތެއް ހަދައިގެންތިބޭށޭ މަލިކުމީހުން ތިބޭހެން އޭރުން ދެން އައްޑޫ ރައީތުންނަށް ތަރަށްގީގަ ހައްގުވާވަރަކީ މަލިކު މީހުންނަށް އިންޑިޔާގެ ދަށުގަ އޮވެގެން އައި ފިނިހަ ކަތަރައްގީއޭ

  10. Anonymous

    އައްޑޫސިޓީ އާއި ގުޅިފައިއޮތީ އިންޑިޔާ އާއި ؟؟؟؟؟

  11. ޖ

    އައްޑޫސިޓީއާއި ގުޅިފައިއޮތީ އިންޑިޔާ އާއި ؟؟؟؟

  12. ވީ

    ނަޝީދު ކީއްކުރަން ރާއްޖެ އައީ. އިންޑިޔާގަ އުލުނީމަ ނިމުނީ އެއްނު.

  13. ދިވެހިންގެ ޤައުމު

    އިންޑިއާއަށް އައްޑޫ! ޗައިނާ ރޯންފަށާއިރަށް ކޮންމެސް އެހެން ރަށެއް.....އެމީހުން ބޮޑުކަމުދާ ވަގުތަށް މަވެސް ހަމަ ބޮޑުކަމުދާން ޖެހޭނެތަ... އެއްޗެއް ނުފޭބިއަސް؟

  14. ބޮލި މުލައް

    އިނގިރޭސީންނަށް ދިންހެން ގަން އެއަރޕޯރޓް އިންޑިޔާއަށް ދޭނެކަމަށް ބުނެ ގިނަ ޢަދަދެއްގެ ފައިސާތަކެއް ވަނީ ނަގާފަ. މީ ޙަޤީޤަތް ވ އަވަހަށް ޙާމަވާނެ.

  15. ނުރަބޯ

    އެހެންތޯ އެހެންވިއްޔާ ދެން އަނެއްކާ ވެސް ސުވައިދީބު ހަދައިގެން އެގައުމުގެ ރައީސް ކަމާ ޙަވާލުވާންވީ ނޫންތޯ؟ އޭރުން ސުވައިދީބުގެ ވެރި ކަމުގައި އަންނި، މަޙަލްދީބުގެ ވެރި ކަމުގައި އިބްރާހިމް ސޯލިޙު ހުރީމާ އެވީނު......!!!!

  16. އައްޓަމަސް

    އާނ އެހެންތާވާނީ އައްޑޫ އެޔީ ދުނިޔޭގެސުޕަރޕަވަރ ވިއްޔަ؟! އަދި ރާއްޖޭގައިއޮތް އެންމެބޮޑުއަތޮޅުވިއްޔަ؟! އައްޑުއަކީ ކުށުގެ ބަފަޔޭ ބުނިނަމަ ދޯ! އައްޑޫމީހުންގެކަމަކީ ޓެލެންޓަކީ ކުށްކުރުން!

  17. ޖޮއްބެ

    އިންޑިއާ ކަނޑަކީ އެކަނޑަށް އިންޑިއާ ކަނޑޭ ކިޔަސް އިންޑިއާގެ މިލްކެއް ނޫނެވެ. އެކަނޑު ޙިއްސާ ކުރާ އެންމެންގެ ތަނެކެވެ. އެހެން ކަމުން އިންޑިއާ ކަނޑާ އައްޑޫ އާއި ކޮންމެހެން ގުޅުވުމުގެ ބޭނުމެއް އޮތް ކަމަކަށް ނުބެލެވެއެވެ. އައްޑޫ އަކީ އަދި ދިވެހިރާއްޖޭގެ ވެރިކަމުގެ ދަށު ގައި އޮތް ސަރަޙައްދެކެވެ.

  18. ކަރާ

    ތީ ނިމިފައޮތް ކަމެއް. އިންޑިޔާއާ އެމެރިކާއަށް ހަވާޅުކުރަންއޮތްތަނެއް. އެންމެ މުހިންމު ޗެނަލް އޮތް ހިސާބުއެއީ. ރާއްޖެއަށް ނުލިބޭނެ އެތަނުން ވެލިފުކެއްވެސް. އަވަހަށް ހޭއަރާ

  19. ޙާމިދު

    4 ލީޑަރުންނޭ ކިޔައިގެން މިއުޅެނީ ހަމަ ސީދާ އަމިއްލަ އެދުމުން ފުރިގެންވާ ބައެއް. މިމީހުން ތިބެންވީ ހަމަ ޖަލުގަ. ދިވެހި ރައްޔިތުންނަށް ދޯކާ ދީފަ، އެމީހުން މިނިވަންވީނު؟ އިންޑިޔާއަށް ރާއްޖެ ވިއްކާލަން އަންނިއާ ހަވާލުކޮށްފައެތިބީނު؟ ކޮބާ އެއްކަލަ ދީނަށްޓަކާ ވީ ގުރުބާނީ؟ ކޮބާ އަހަރެމްގެ ގައުމު؟ އެމް.އާރ.އެމް ކޮބާ؟ އަދާލަތު ކޮބާ؟ އަމިއްލަ އެދުން ޙާޞިލްވީމަ، ދީނަކާ ދީނެއް، ގައުމަކާ ގައުމެއްދޯ؟ ތީ ހަމަ ލީޑަރުން. ސާބަހޭ!

  20. އަފީ

    އިންޑިއާ އާއި ގުޅުން ބަދަހިވީ އައްޑޫ މީހުންތަ. މިހެރެ ބުރާންޗެއް

  21. ޕަކާސް

    ނަސީދޫ.. ބުނަންތަވާހަކައެއް.. ރާއްޖޭގެ ކަނޑުފަޅުތަކާއި އަތޮޅުތަކައް އިންޑިޔާ ކޮންމެހެން ބާނުވަން އުޅޭނެކަމެއް ނެތް.. ތިއުޅެނީ އެއްޗެކޭ ކިޔާފަ އިންޑިޔާއައް އަނެއްކާ އަޑޫގެ ކޮންމެވެސް ތަނެއް ދިގު މުއްދަތައް ދޫކޮއްލަންހެން އެބަހީވޭ..

  22. ށައި

    ޢިބޫ ކޮބާހޭ މީ ކާކުހޭ

  23. Miadhu

    ކޮބާ ގައުމު އެެއްބައިވަންތަ ކުރުވާ 4 ލީޑަރުން އަންނިގެ ވާހަކަ އަޑުއަހާ ހޭރައިގެން ތިބޭތި ޒިންމާއުފުލަންވާނެ އިބޫބޮލަށް ޖަހާފައި ކޯލިޝަން ރޫޅާލުމަކުން ނުފުދޭނެ

  24. ބަރުގޮނު

    ނަޝީދު އަދިވެސް އެވިދާޅުވީ ، ޙަޤީޤަތުގައި ވިދާޅުވާން ބޭނުންވާ އެތި ފަހަށް ބާއްވަވާފައި. ރާއްޖޭގެ ޒަމާންވީ ރަށްޓެހިންނަކީ އިގިރޭސީން ކަމަށް އަދި ވިދާޅުވާނެ. މިއީ ބޮޑު ރޭވުމަކުން ފަށްޓަވާގެން އުޅުއްވާ ވާހަކައެއް.

  25. އަޙްމަދު

    ކޮންމެވެސް ކަންބަޅިއެއް ކަތިލާންޖެހޭ. ޔަޤީން ގަން އެއާރޕޯޓް ވިއްކުމުގެ މަސަތަކަށް އެކުރާނީ. ނަޝީދުގެ ޔަހޫދީކަން ބަލާބަލަ ތިމަންނާގެ އެއްއޮފީސް އައްޑޫގައި ހުޅުވާނަމޭ ބުނީވެސް މިހެންވެދޯ.

    އިއްޔެގެ ކުޅުނު ޑްރާ އަކީ މީގެ އެއްބައި. މަގުމައްޗަށް ބަޔަކު މީހުންނުކުމެ އަރިއަރިއަށް ފޮޓޯނަގާވައި ތިމާބޭނުންކަމެއް ކުރަން ތާޢީދު އޮތް ވަރު އޮންނާނީ މިހާރު މޯދީއަށް ދައްކާފައި.

    ގަން އެއާރޕޯޓަކީ އިނގިރޭސި އެޅި އެއާރޕޯޓެއް!!!

  26. ވިސްނާ

    ނަޝީދުގެ ވާހަކަފުޅުން އެހެންކަމެއްވެސް ފާހަގަކުރެވޭ އިންޑިއާކަނޑުނަމުގަކީނަމަވެސް
    ކަނޑަކީ އިންޑިއާގެ މިލްކެއްނޫން ވީމާ އެކަނޑުގެ ހަމަޖެހުން ގުޅިފައިއޮތީ އައްޑޫސިޓީއާ
    ކަމުގައި ނަޝީދުބުނުއްވުމުގެބޭނުންފުޅަކީ އަނެއްކާވެސް ސުވައިދީބުނަމަކަށްކިޔާގައުމެއްހަދާ
    ދިވެހިރާއްޖެ ބައިކޮށް ސުވައިދީބުގައި ވެރިކަން ކުރެއްވުމަށް ނަޝީދު ވިސްނެވުންތޯ
    ނަޝީދު ވެރިކަން ކިތަންމެބޭނުންވެލެއްވިއަސް ސުވައިދީބުއުފައްދައިގެން މަޒީގައިކަންހިގާ
    ފައިވާގޮތަށް ބައްލަވާ ދިވެހިރާއްޖެ ބައި ބައި ކުރުމުގެ ވިސްނުންފުޅުނުގެންގުޅުއްވުމަށް
    ދިވެހިދަރިއެއްގެ ހައިސިއްޔަތުން އާދޭސް ދަންނަވަން