"ހިޔާ 2018" ގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ 7000 ހައުސިންގ ޔުނިޓުގެ އެޗް-18 (ގުޅިފަޅުން ފްލެޓް ގަނެފައިވާ ފަރާތްތަކާއި ވެށިފަހިމާލެ ޕްރޮގްރާމްގެ ދަށުން، ގާކޮށި އަދި ޢަރަބިއްޔާއިން ފްލެޓް ލިބޭ ފަރާތްތަކުގެ ތެރެއިން ފްލެޓަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގެ މާލީ ތަނަވަސްކަންނެތް ފަރާތްތަކަށް ދޫކުރާ 300 ފްލެޓް) ކެޓަގަރީގެ ދާއިމީ ލިސްޓް އާންމު ކޮށްފިއެވެ.

ގުޅިފަޅުން ފްލެޓް ގަނެފައިވާ ފަރާތްތަކާއި ވެށިފަހިމާލެ ޕްރޮގްރާމްގެ ދަށުން، ގާކޮށި އަދި ޢަރަބިއްޔާއިން ފްލެޓް ލިބޭ ފަރާތްތަކުގެ ތެރެއިން ފްލެޓަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގެ މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް "ހިޔާ" މަޝްރޫޢުގެ ދަށުން ދޫކުރާ ފްލެޓް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް އިޢުލާންކޮށް ވަނީ ގެޒެޓްކޮށްފައެވެ. އަދި މި ލިސްޓް މި މިނިސްޓްރީގެ ވެބްސައިޓް www.housing.gov.mv ގައި ޝާއިޢުކުރެވިފައިވާނެ ކަމަށް ހައުސިން މިނިސްޓްރީ އިން ވިދާޅުވެއެެވެ.

ގުޅިފަޅުން ފްލެޓް ގަނެފައިވާ ފަރާތްތަކާއި ވެށިފަހިމާލެ ޕްރޮގްރާމްގެ ދަށުން، ގާކޮށި އަދި ޢަރަބިއްޔާއިން ފްލެޓް ލިބޭ ފަރާތްތަކުގެ ތެރެއިން ފްލެޓަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގެ މާލީ ތަނަވަސްކަންނެތް ފަރާތްތަކަށް ދޫކުރާ 300 ފްލެޓް ލިބުނު މީހުންގެ ލިސްޓް ތިރީގައި އެވަނީއެވެ.

- H18 ގާކޮށި ޢަރަބިއްޔާ ފްލެޓް ދާއިމީ ލިސްޓް
- H18 ގާކޮށި ޢަރަބިއްޔާ ފްލެޓް ދާއިމީ ލިސްޓް
- H18 ގާކޮށި ޢަރަބިއްޔާ ފްލެޓް ދާއިމީ ލިސްޓް
- H18 ގުޅިފަޅު ފްލެޓް ދާއިމީ ލިސްޓް
- H18 ގުޅިފަޅު ފްލެޓް ދާއިމީ ލިސްޓް
- H18 ގުޅިފަޅު ފްލެޓް ދާއިމީ ލިސްޓް
- H18 ގުޅިފަޅު ފްލެޓް ދާއިމީ ލިސްޓް

މަތީގައިވާ ލިސްޓަކީ ސަރުކާރުގެ ގެޒެޓްގައި ޝާޢިއު ކުރައްވާފައިވާ ލިސްޓެއްގެ ކޮޕީއެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ސީލައިފުގެ މައްސަލައަށް ސަރުކާރުން ހައްލެއް ހޯދައިދޭކަށް ނުވޭތޯ؟

  2. ޢަލީދީދީ

    ގުޅިފަޅުން ފުލެޓުގަތް ފަރާތްތަށް ވަނީ ލައްކައިން ލާރިދައްކާފަ! ލާރި ދެއްކިތާ 9 އަހަރު ވާިއިރު ފުލެޓުނުދީ 2 ކޮޓަރީގެ ވުޖޫދުގަިވެސް ނެތް ކުޑަތަންކޮޅެއް ބޭނުމެއްނެތް! ބަދަލު ދޭންޖެހޭނެ! އެންމެ މަދުން ދެއްކިފަރާތްތަކުނެ 250،000 ދެއްކިއިރު އަނެއްބައިފަރާތްތަކުން 680،000 އަށް ވުރެ ގިނަ ރުފިޔާ ދިންއިރު މީގެ ބަދަލު ސަރުކާރުން ދޭންޖެހޭ! މިއީ ސަރުކަާރުގެ ވަރަށް ބޮޑު އިހުމާލެއް! ބަދަލު ދޭންޖެހޭނެ! ކޮންމެ ތިން އަހަރަކުން ފުލެޓު ލިބޭނެ ކަމުގެ ލިޔުންދީފަ، މީގެން ޕީޕީއެމް 18 މީހަކަށް ވަނީ މިދިޔަ އަހަރު މުޢިއްއުޒު ފުލެޓުދީފަ! ކޮބައިތޯ އިންސާފު.. ވިސްނަވާ 9 އަހަރު ވެ ދިހަވަނަ އަހަރު އަންނަނީ!! ދެން އިތުކަށް ސަރުކާރުން ދައްކާނެ ވާހަކައެއްނެތް!! ކޮންމެ މީހަކަށް މިލިއަނުން ބަދުލު ބޭނުން!! ޔާމީނަށް ބަދަލު ދޭންވީމަ ވަރަށް އަވަހެއްނު ކުރިންވެސް!! ޔާ ﷲ އަޅަމެންގެ ވެރިން ގެ ކިބައިން އަޅަމެންނަށް ބަދަލު ދެއްވާންދޭ! މަޢާފެއް ދުވަަކުވެސް ނެތް!