ނޮވެމްބަރ 3 ވަނަ ދުވަހަކީ ނަސްރުގެ ދުވަހެވެ. ހަމައެގޮތަށް ނޮވެމްބަރ 3 ވަނަ ދުވަހަކީ އިހުމާލުގެ ދުވަހޭ ނުބުނެވޭނެ ހެއްޔެވެ؟

ނޮވެމްބަރ 3، ނަސްރުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ރައީސް މައުމޫންގެ ވެރިކަން ނިމުމަކަށް ގެންނަން ބަޔަކު ކުރިމަސައްކަތް އެދުވަހު ފަނުފުލުން ދިއުމުންނެވެ.

ނޮވެމްބަރ 3، އިހުމާލުގެ ދުވަހެއްގެ ގޮތުގައި ފާހަގަ ކުރަން ޖެހެނީ "ކަނޑިބަޑި" ހިފައިގެން ރާއްޖޭގެ ވެރިކަން ބަދަލު ކުރުމަށް ދިވެހީންގެ ބަޔަކާއި ލަންކާ ބަޔަކު އަންނަކަމުގެ މައުލޫމާތު ލިބިފައި ވަނިކޮށް، އެކަމާ ޣާފިލުވެ ނިދާފައި ތިއްބާ، ދިވެހީންގެ ދެ މީހަކާއި ތަމަޅައިންގެ ބަޔަކު ރާއްޖޭގެ ވެރިރަށް ފުރަމާލެއަށް އަރައި ގައުމު ތަޅައި ސުންނާފަތިކޮށްލީތީއެވެ.

ރައީސް މައުމޫންގެ ވެރިކަން 30 އަހަރަށް ދިގުދެމިގެންދިޔައިރު އެއީ އަނިޔާވެރި ވެރިކަމެއްކަމަށް ބުނެ އެ ވެރިކަން ނިމުމަކަށް ގެންނަން އެތައް ފަހަރަކު އެތައް ބަޔަކު މަސައްކަތް ކޮށްފައިވެއެވެ. ހަތިޔާރު ބޭނުންކޮށްގެންނެވެ. ރައްޔިތުންގެ މަޖިލީހުގެތެރެއިން ވެސް މެއެވެ.

ޢަބްދުﷲ ލުޠުފީ ސިލޯނުގެ ތަމަޅަ ކުދިންކޮޅަކާއި ޢަސްކަރީ ތަމްރީނު ލިބިއި ނެތް ސަގަރު ނާސިރު ގޮވައިގެން ހަތިޔާރާއެކު މާލެ އެރީ ދިވެހި ރައްޔިތުން ކުޑަކަކޫ ޖައްސާކަށް ނޫނެވެ. ރައީސް މައުމޫނުންގެ ސަރުކާރުން ހަދާ ގާނޫނުތަކާއި ގަވައިދުތަކާ ހެދި ޢަބްދުﷲ ލުތުފީއަށް ނުހޮރުއްޕާނަކަށްވެގެން މައުމޫންގެ ދުވަސްވީ ވެރިކަން މުލުން ލުހެ އުފުރައި އެއްލައިލާށެވެ.

ހަތިޔާރާއެކު ޢަބްދުﷲ ލުތުފީ އައުމަކީ ވަރަށް ބޮޑު ގޯހެކެވެ. ނިރުބަވެރި ޢަމަލެކެވެ. ހަމައެގޮތަށް ބަޔަކު ޓެރަރިސްޓު ހަމަލާއެއް ދޭން އުޅޭކަން ރައީސް މައުމޫނަށް އެނގިވަޑައިގެން ހުންނަވައި އެކަމާމެދު ހަރުދަނާ ފިޔަވަޅެއް ނާޅުއްވައި ހުންނެވި ނަމަ އެއީ ވެސް ހަމަ އެހައި ބޮޑު ގޯހެކެވެ.

އަސްކަރީ ތަމްރީނު ލިބިފައި ތިބި މަދު ބަޔަކާއި އަސްކަރީ ތަމްރީނެއް ނެތް ވަނދު ގޮބޮޅިތަކެއް ގޮވައިގެން ޢަބްދުﷲ ލުޠުފީއާއި އޭނާގެ ބައިވެރިން ރާއްޖެއަށް ދަތުރުފެށީ ސިލޯނުގެ މަސްވެރި ސަރަހައްދަކުންނެވެ. އެމީހުން ދަތުރުކުރި އުޅަނދުފަހަރު ކަނޑިންމައިން ވަދެ، ބަނދަރުކޮށް މާލެ ފައިބައިގެން އެމީހުން ބޭނުންތާކަށް ގޮސް ބަޑިތަޅަން ފެށިއިރު "ގައުމު" އޮތީ ނިދާފައެވެ. ބަޔަކު ހަތިޔާރާއެކު ވެރިރަށް މާލެ އަރައި ރާއްޖޭގެ ޢަސްކަރީ މަރުކަޒާއި ރިޔާސީ ގަނޑުވަރާއި ވަޒީރުންގެ "މަރުކަޒު" ތަކަށާއި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނެޝެނަލް ސިކިއުރިޓީގެ ނާއިބު އަދި ރައީސް މައުމޫންގެ ޅިޔަނު އިލްޔާސް އިބްރާހީމް ހުންނެވި ކިނބިގަސްދޮށުގެޔަށް ހަމާލާ ދިން އިރުވެސް މީހުން ހީކޮށްގެން ތިބީ ނޮވެމްބަރ 11 އަށް، ޖުމްހޫރީދުވަހަށް ސިފައިން ރިހާސަލް ހަދަނީ ކަމަށެވެ. މިއީ ކޮންފަދަ ބޮޑު އިހުމާލެއް ހެއްޔެވެ؟ ގައުމީ ސަލާމަތަށް ދެން މިއަށްވުރެ ބޮޑު އިހުމާލެއް ވެވޭނެހެއްޔެވެ؟ އެ ހާދިސާއާ ގުޅިގެން ގައުމަށް އެތައް މިލިއަން ރުފިޔާއެއްގެ ގެއްލުން ލިބުނެވެ. ކުށެއް ނެތް 19 ދިވެހީން ޝަހީދުވެގެންދިޔައެވެ.

އާނއެކެވެ! ހަމަ އާނއެކެވެ! ހަމަ ހައްގުތެދެކެވެ. ނޮވެމްބަރ 3 ގެ ހާދިސާ ހިނގުމުގެ ދުވަސްކޮޅެއް ކުރީން ރާއްޖެއަށް ބޮޑު މުސީބާތެއް އަންނަން އުޅޭކަމުގެ މައުލޫމާތު ރަނގަޅަށް ދެނެހުރި މީހަކު އެވާހަކަ ދިވެހި ސަރުކާރަށް ރިޕޯޓުކުރިއެވެ. އަދި އެކަމާ ގުޅިގެން ދިފާއީ ފިޔަވަޅުތަކެއްގެ ގޮތުގައި ބަނޑޭރިގޭ ކުރިމަތީގައި ވެލިބަސްތާތަކެއް ޖަހައިގެން ވެސް އުޅުނެވެ. އެކަމަކު ނޮވެމްބަރ 3 އައީ އެކަމާމެދު ހޭލާ ތިބެންޖެހޭ މީހުން ޣާފިލުވެ ނިދާފައި ތިއްބައެވެ. އޭރު "އިންޓެލިޖެންސުން" ކުރާ އެންމެ މުހިއްމު މަސައްކަތަކީ ހޮޓާތަކާއި ގޯޅިކަންމަތީގައި ރައީސް މައުމޫނަށް ފާޑުކިޔާ މީހުންގެ ނަންހޯދައި ފުލުސް އޮފީހަށް ދެމުމެވެ.

ނޮވެމްބަރ 3 ގައި އިންޑިއާ ސިފައިން ރާއްޖެއަށް މާބޮޑު އެހީތެރިކަމެއް ވެދިންކަމަށް ބުނެ، ރަޖީވް ގާނދީއަށާއި އިންޑިއާގެ ސިފައިންނަށް ސަނާ ކިޔާއިރު، ތަމަޅަ ބާޣީން އަތް ދަށުން ރައީސް މައުމޫނާއި ޅިއަނު އިލްޔާސް އިބްރާހީމާއި ދިވެހި ގައުމު ސަލާމަތް ކުރަން އިންޑިއާ ސިފައިންގެ މީހަކު، ދިވެހި ފަސްގަނޑުގައި އެންމެ އުންޑައެއްގެ ބޭނުން ވެސް ނުކުރެއެވެ.

މާތް ﷲ، ވެރިންގެ އިހުމާލުން މި ގައުމު ސަލާމަތް ކުރައްވާށިއެވެ!

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ަސދ

    އާނއެކެވެ! ހަމަ އާނއެކެވެ! ހަމަ އާނއެކެވެ! ހަމަ އާނއެކެވެ!
    ޕަކާސސސސސސް.
    ހަސަދައެއް ފިލުވާލާފައި މިއޮތީ.
    މައުމޫނަށް ކުރާ އިހްތިރާމާއި ލޯބި މިކަހަލަ ލިއުމަކުން ފަނޑުކޮށެއްނުލެވޭނެ. ސަބަބަކީ މިލިއުންތެރިޔާއަށް އާދެވިފައި ހުރި ހިސާބަށް އާދެވުނީވެސް އެތައް ނޮވެމްބަރެއްގެ ތައުލީމީ ބުރަ މަސައްކަތެއް އެމަނިކުފާނު ކުރެއްވި ކަމުން. އެފަދަ ބޮޑުކަމަކަށް ވިސްނައި ރިސްކުނަގައިގެން ތައުލީމަށް އެހާ ބޮޑު ހޭދައެއް ކުރެއްވި ބޭފުޅަކު އިހްމާލްވެ ރައްޔިތުން ނުރަށްކަލަކަށް ހުށަހަޅާނެއޭ ބުނާނީ ހަމަ ތިކަހލަ ކޮހެއް.

  2. Anonymous

    އާމީން

  3. މިއަދު

    ސިފައިންނަކީ އަބަދުވެސް ހިހޫ ތަނުންކާން ބޭނުންވާބައެއް ރައިސްނަޝީދުގެ ވެރިކަމާ ދެކޮޅުސިފައިން ނުމެތީވެސް އަދި ރައިސް ނަޝީދުގެ ވެރިކަމާ ނުރުހިފަތިބީވެސް އެބައިމީހުން ގޭގައި އަނބިދަރިން ކައިރީގައި ތިބެން ލިބެންވަގުތު މަދުވާތީޔޯ އެމީހުންނަށް ޤާނޫނުން ލާޒިމްކުރާ ޒިންމާ އަދާ ކުރުމަށް އަބަދު އެލާޓުގައި ތިބެންވަތިއްޔޯ އެހންވީމަ އަދި ތިޔަށްވުރެ ބޮޑުކަމެއް އައިނަމަވެސް ނުދެނަހުރިކަމަށް ހަދައިގެން މަސްއޫލިއްޔަތުން ރެކިގަނެގެން ގޭގައި އަނބިދަރިން ކާތު ތިބެވުނީމަ ނިމުނީނު

  4. ޝިޢުބު

    ނުސީދާކޮށް މީހުނަށް ވަށްބަހުން ޖަހާ އަމިއްލަ ޤައުމަށް މަލާމާތްކޮ ނިންމާލަމުން ކުރި

    ދުޢާ އަކީ ހެދުޢާއަކަށް ވެދާނެބާ

    ތިއޮތީ އެތިކޮޅެއް ނެގިފަދޯ؟

  5. ފަޤީރު ކަލޯ!

    އެކަމަކު ހެވެންނު! އިންޑިޔާގެ ރަޖީވްގާންދީއަށް ދިނުމަށް ވަޢުދުވި ފައިސާ ދިނުމަށް، އޭނާ ދުނިޔޭގައި ނެތަސް އެވަޢުދު ފުރިހަމަ ކުރުމަށްޓަކައި އޭނާގެ ދަރި ރާހުލްގާންދީއާއި އެފައިސާ ޙަވާލު ކުރުމަށް މައުމޫނު އަންނި މެދުވެރިކޮށް ޖީއެމްއާރާއި ރާއްޖޭގެ ހަމައެކަނިއޮތް ބައިނަލްއަޤްވާމީ އެއާރޕޯޓް ހަވާލުކުރިއެވެ. އެއާޕޯޓާއި އެއާޕޯޓުން ލިބޭއާމްދަނީގެ 85 ޕަސަންޓް ޖީއެމްއާރު މެދުވެރިކޮށް ރާހުލްގާންދީއަށް އެދިނީ އެއްވެސް އަސަރެއް ނެތިއެވެ. ރާއްޖޭގެ ޤާނޫނުއަސާސީއާ ޚިލާފަށް އެގްރީމަންޓުހަދައި ދިން އެއާޕޯޓު އެއްވެސް އަގަކާ ނުލައި އަތުލެވެން އޮތްނަމަވެސް އެންމެފަހުން 270 މިލިޔަން ޑޮލަރު ރައްޔަތުން ދަރުވާފައި ޖީއެމްއާރަށް ވަނީދީފައެވެ. އަހްދާއި ވަޢުދުއަކީ މުސްލިމުން އެއަށް ހުރްމަތްތެރިކޮށް ހިތާ ދެވާޖިބެއްކަމުގައި ވިއަސް ނަންމުސްލިމުންގެ މެދުގައި އެއަކީ މާއަގެއްހުރި އެއްޗެއްނޫނެވެ. ޝައިޚް އިމްރާން ޤާސިމް އިބްރާހީމް މިމީސްމީހުން އެތިބީ ޤައުމީމަސްލަހަތުގެ ނަމުގައި އަމިއްލަ މަސްލަހަތު އިސްކޮށްގެންނެވެ. އެދުވަހުގެ މަތިން މިއަދު އެމީހުން ހަނދާނެއް ނެތެވެ. މިއަދު އެމީހުން ހަނދާންހުރީ އެމީހުން ޖަލަށް ލެވުނު ހަނދާނެވެ. ޖަލަށް ލާންޖެހުނު ސަބަބެއްވެސް ހަނދާނެއްނެތެވެ.

  6. ބާނިޔޫސޭ

    ލިޔުންތެރިޔާ ޢަބްދުﷲ ލުޠުފީ ބަޔަކުގޮވައިގެން އައިކަމަށް ބުނެފައި ނިންމާލީ ސިއްކަ އަޙްމަދު އިސްމާޢީލް މަނިކު ރާވާ ޚަރަދުކޮށްގެން ހިންގި ޢުދްވާނެކޭ ބުނަން ލަދުންތަ. ނޫނީ ބިރުންތަ؟ ނޫނީ ކެނެރީގޭ މުގާބޭގެ ބޮޑުބޭބެ އަށާއި އިބޫގެ ބަފާކަލޭގެއަށް ވާތީ އެޖައްބާރު ކުރިކަމެއްކަން ތާރީޚުން ފުހެލަން މަސައްކަތް ފެށީތަ؟ ކަލޭމެން ކިތައްމެ މަސައްކަތެއް ކުރިއަސް ކެރަފާޢާއިލާ އާއި ސިއްކަ ޢާއިލާއިން ދިވެހިންގެ މިނިވަންކަން ނަގާލަން ކެނޑިނޭޅި ކުރަމުންދާ މަސައްކަތް ދުވަހަކުވެސް ދިވެހިން ހަނދާން ނައްތައެއް ނުލާނެ.