އިންޑިއާގެ މަސްލަހަތާއި އައްޑޫ މާބޮޑަށް ގުޅިފައިވާކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމަކީ ގައުމީ ސަލާމަތައް އޮތް ނުރައްކަލެއްގެ ސިގްނަލް ކަމަށް ރައްޔިތުން މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ޑރ.އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

މެންބަރު ޚަލީލް މިހެން ވިދާޅުވީ އިއްޔެ ނަޝީދު އައްޑޫ ސިޓީގައި ދެއްކެވި ވާހަކަފުޅާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ. ޚަލީލް ވިދާޅުވީ ނަޝީދު ދެއްކެވި ވާހަކަފުޅަކީ ވަރަށް ނުރައްކާތެރި ނަތީޖާއެއް ނިކުމެދާނެ ވާހަކަފުޅެއް ކަމަށެވެ.

"(އެއީ) ކޮން މަޤުޞަދެއް ހާސިލް ކުރުމަށް ދެއްކި ވާހަކައެއްތޯ ދައުލަތުން ތަޙްޤީޤު ކުރަންޖެހޭ." ޚަލީލް ވިދާޅުވިއެވެ.

ޚަލީލް ވިދާޅުވީ ނަޝީދު ވިދާޅުވަމުން އެގެންދަވަނީ 17 ނޮވެމްބަރ ގައި އުފެދޭ ސަރުކާރުގެ ސިޔާސަތުތޯ ނުވަތަ ނޫންތޯ އެ ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން ދިވެހި ރައްޔިތުންނަށް ސާފުކޮށްދޭންޖެހޭނެ ކަމަށެވެ. "އަޅުގަނޑަށް ފެންނަނީ ރައީސް-އިލެކްޓްގެ މައްޗަށް ނަޝީދުގެ ނުފޫޒު އިންތިހާއަށް ބޮޑު ކަމަށް." ޚަލީލް ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، އައްޑު އަތޮޅަކީ މުއްސަނދި އަތޮޅެއް ކަމަށާއި އައްޑު އަތޮޅަކީ އިންޑިއާ ކަނޑުގެ މެދުގައި އޮތް އަތޮޅެއް ކަމަށެވެ. އެހެން ކަމުން އައްޑު އަތޮޅު މުހިންމު ވަނީ ހަމައެކަނި ރާއްޖެއަށް ނޫން ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

"އިންޑިއާ ކަނޑު މިދަނީ ބަދަލުވަމުން، އިންޑިއާ ކަނޑުގައި ފިނި ހަނގުރާމައެއް އުފެދެމުން އެބަ އާދޭ. އައްޑޫ ރައްޔިތުންނަށް މިކަން ސާފުވާނެ. އިންޑިއާއާއި ޗައިނާގެ ނުރުހުންތައް އެދެބައި މީހުންގެ އުދާސްތައް އެންމެ ފަހުން ތަހައްމަލް ކުރާނެ އަދި އެންމެ ފަހުން ހަމަޖެހުމަކަށް ގެންނާނޭ ތަނަކީވެސް އަޅުގަނޑަށް ފެންނަ ފެނުމުގައި މި އައްޑު އަތޮޅު" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، އައްޑޫ ސިޓީއާމެދު ވިސްނަނީ ހަމައެކަނި ރާއްޖޭގެ ރައްޔިތުން ނޫން ކަމަށާއި މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ފަރާތްތައް ބަލަމުންގެންދާ ކަމަށެވެ. އަދި ވިދާޅުވީ، އިންޑިއާ ކަނޑުގެ ހަމަޖެހުން ހޯދުމަށް އިއްޑޫ ސިޓީން މަސައްކަތް ކުރުމަކީ ދިވެހީންނަށް އޮތް މަސްއޫލިއްޔަތެއް އަދި ޒިންމާއެއް ކަމަށެވެ.

"ޒަމާނުއްސުރެ ފަށައިގެން ރާއްޖޭގެ އެކުވެރިންނަކީ އިންޑިއާ، އިންޑިއާގެ ހަމަޖެހުމާއި އިންޑިއާގެ ސަލާމަތާއި ރައްކާތެރިކަމަކީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅިފައިހުރި ކަމެއް، އައްޑޫ ސިޓީއާއި މި ސިޓީގެ ރައްޔިތުން އަބަދުވެސް ވިސްނަވަންވާނެ އަބަދުވެސް ބައްލަވާން ޖެހޭނެ ތިބޭފުޅުންނަކީ ހަމައެކަނި ރާއްޖޭގެ މަސްލަހަތާއި ގުޅިފައިވާ ބައެއް ނޫން، ތިބޭފުޅުންނަކީ އިންޑިއާ ކަނޑުގެ މަސްލަހަތާވެސް މާބޮޑަށް ގުޅިފައިވާ ބައެއް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، އާސަރުކާރުގެ ބޭނުމަކީ އައްޑޫ ސިޓީގެ ތަރައްގީއަށް މުޅި ދުނިޔެއިން އެހީތެރިވުން ކަމަށާއި އައްޑޫ ސިޓީ އާއި ރާއްޖޭގެ ހަމަޖެހިން ގުޅިފައި އޮތީ މުޅި ދުނިޔޭގެ ހަމަޖެހުމާއި ކަމަށެވެ. އަދި އައްޑޫ ސިޓީގެ ހަމަޖެހުން އޮތީ އިންޑިއާ ކަނޑުގެ ހަމަޖެހުމާއި މާބޮޑަށް ގުޅިފައި ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. މާސްޓަރ

    އަމާޒަކީ އައްޑޫގެ އެއަރޕޯޓާއި، ބަދަރާއި މުހިއްމު ތަންތައް އިންޑިއާއަށް ދިނުން.

  2. ަސދ

    ފުރަތަމަ ދުވަހުވެސް އަހަރުމެންނަށް އިނގޭ...
    "އަޅުގަނޑަށް ފެންނަނީ ރައީސް-އިލެކްޓްގެ މައްޗަށް ނަޝީދުގެ ނުފޫޒު އިންތިހާއަށް ބޮޑު ކަމަށް."

  3. މިއަދު

    ކަންބޮޑުނުވެ ބަލަންތިބޭ މިފިރެހެނާގެ(އަންނިގެ) ބަލާބޮޑުވެގެން އިބޫސޯލިހު ވެރިކަމުން އަމިއްލައަށް އިސްތިއުފާދޭނެ މިއީ ވަރަށްވާހަކަ ފަހަށް ރައްކާ ކޮށްލައްވާތި

  4. ސަރުވަރު

    ޢިންޑިއާ މީހުނަށް އައްޑޫ ސިޓީން ބައެއް ދޭން ބޭނުންވީ ކަންނޭގެ ދެން ވަކި ވެރި ކަމެއް ގާއިމްކޮއްފަ އެތަނުގެ ވެރިކަން އަންނިއަށް ދީފަ އިނޑިއާއަށް ވިއްކާލީމަ ހުންނާނީ ރާކަނިމަސްކެވިފަ ރާއްޖެއައުމުގެ ކުރިންވެސް އައްޑޫގަ ވަކިވެރިކަމެއް ގާއިމް ކުރާ ވާހަކަދައްކާފަ މިހާރު ހަމަ ހަގީގަތު ގަވެސް މިއުޅެނީ ގައުމު ދެބައި ކުރަން ވެގެން އަދުވެސް އތްޖަހަންތިބޭތިމޮޅުތަކެއް ވާނެކަމަށް ހީކޮއް

  5. ަަަަަައައްބުދުﷲ

    އައްޑޫރައްޔިތުން ނަޝީދުއައް ދަންނަވަންވީ އައްޑޫ ވަކިސަރުކާރެއް ހަދަން މިސަރުކާރުގެ ރައީސަކައް ނަޝީދުހޮވަން.

  6. ރުޒާނާ ޗޮއްޕަޓު

    އެމީހުންނަށް ވެރިކަން ލިބުމަށްވުރެ ބޮޑު ނުރައްކަލެއް ނެތް. ދެން ހިނގާ ހުރިހާ ކަމެއް ދާނީ ނުރައްކަލުގެ ރަނގަބީލު ޖަހަމުން. ދިވެހިން ދެން އަތްޖަހާ.

  7. ޏ

    ބާޭނުމަކީ ގަން އިންޑިއާ ދިނުން

  8. ައާދަމް

    ބާރަށް އަތްޖަހަންތިއްބަވާ ހުރިހާކަމެއް ލާމަރުކަޒީ ވެގެންދާނެ ،، އެހުރީ ކޮކަޑިކޭ މީދަލަށްވެފަ ހިތުގައޮންނާނެ ކުޅިދައްކާލާނަމޭ ،، ރަގަޅުވާނެ ފަތްކޯޅިއެއްދީފަ ނަށަންބަހައްޓަން.. ހހހހހހ

  9. ފިކުރު

    ނަޝީދަކީ ނުރައްކާތެރި މީހެއްކަން އެނގެނީ
    މަދު ބަޔަކަށެވެ އޭނާގެވިސްނުމާއި ފިކުރުން
    ރާއްޖެއަށް އޮތީ ބަރުބާދީއެވެ މިނުރައްކާތެރި
    އަނދަވަޅުން އަރައިގަނެވޭނެ ދުވަހެއް ފެންނަން
    ވެސް ނެތެވެ ކުރިއަށް އޮތީ ވޭނާއި ކެކުޅުމެވެ.

  10. މުޙައްމަދު ފިކުރީ

    މޮޔަކުއްޖާގެ ވާހަކައާ ދޭތެރޭ ނުވިސްނުންހުއްޓެވެ

  11. ޢެއްނެން

    ނަޝީދުގެ ސަރުކާރުގައި ދިވެހިރާއްޖެގެ އެއަރޕޯޓެއް އޮތިއްޔާ އޮތް ކޮންމެ ތަނެއްގަ އިންޑިއާގެ މިލިޓްރީ ބޭހެއް ހަދާގޮތަށް ރާވާފައިވާ ޕްލޭނެއް އަހަރެން ދެކުނިން އެކަން ނުވެގެން އުޅެނިކޮށް ނަޝީދު ވެރިކަމުން ވެއްޓުނީ މިހާރު އެ ޕްލޭން ކުރިޔަށް ގެންދިއުމުގެ މަސައްކަތް ތި ފެއްޓީ އައްޑޫގައި ޕޮލިސް ޓްރެއިނިންގ ސްކޫލެއްގެ ނަމުގައި އިންޑިއާއިން އަޅަމުންދަނީ އެމިހުންގެ މިލިޓްރީ ބޭހެއް ރައްޔިތުން މިކަމަށް ހޭލާތިބުން ވަރަށް މުހިންމު މިމީހުންގެ ނުބައި ރޭވުން ނިކަން ރަގަޅަށް ފާރަވެރިވެގެން ތިބުމަށް ދިވެހި ރައްޔިތުންނަށް ގޮވާލަން ނޫނީ މިގައުމު ހަގުރާމައެއްފެށި މިގައުމުގެ މިނިވަންކަން މާފަސޭހަ ގޮތަކަށް ގެއްލިދާނެ ގެއްލުނީމަ އަނބުރާ ނުލިބޭނެ އަނބުރާ ހޯދަން އުދަގުވާނެ ވަގުތު ފާއިތުވެ ނުދަނީސް މިގައުމު ސަލާމަތްކުރޭ ޕްލީޒް

  12. އަޙްމަދު

    މީގެ 10 ވަރަކަށް އަހަރު ކުރިންވެސް އިންޑިޔާމީހުން އުޅުނު ގަމުގައި އެމީހުންގެ ފައި ހިއްޕައިގެން. އެރު އެމީހުން ގަމުން ފޭބުމަށް މަޖްބޫރުކުރުވީ ޑިޔަގޯގާސިޔާއިން ޖެޓެއްގައި އައި އެއްމެ މީހެއް. އެކަން ހިނގީ ދަންވަރުގެ ވަގުތެއްގައި.

    އެއްވެސް ނޭއްގާނީ ކަމެއް ހިންގަން އުޅޭކަމަށް ވަންޏާ މިހާރުވެސް އެކަން ހުއްޓުވާނެހެން ހީވަނީ.

    ނަޝީދު މިއުޅޭނީ ގައުމު ވިއްކާކާންވެގެން. ގައުމުގެ ވެރިން ތިއްބާ. ސިޔާސީ ޕާޓީ ތަކުގެ މީހުންނަށް މިގޮތަށް ކަންތައްތައް ކުރެވޭތަ. ؟؟؟

  13. އިބްރޭ

    އެއުޅެނީ ވަކި ދައުލަތެއްގެ ގޮތުގަ އައްޑޫ ހަދައިގެން ވެރިކަމެއްކުރަން. ވަރަށް މަކަރުވާނެ. ކުރިން އޮތީ އެވަހަކަ ދައްކާފަ.