އިދިކޮޅު ކޯލިޝަންގެ ވެރިން ހައްދަވާފައިވާ ޑީލްތައް މިމަހުގެ 17 ވަނަ ދުވަހުގެ ކުރިން ހާމަ ނުކުރައްވައިފިނަމަ ކޯލިޝަންގެ އެއްވެސް ވެރިކަމަށް އިތުބާރު ނުކުރެވޭނެ ކަމަށް ކުރީގެ ފޮރިން މިނިސްޓަރ ޑރ.އަހްމަދު ޝަހީދު ވިދާޅުވެއްޖެއެވެ.

އދ.ގެ ދީނީ މިނިވަންކަމާއި ބެހޭ މަންދޫބުގެ މަގާމު މިހާރު ފުރުއްވަމުން ގެންދަވާ ޑރ.ޝަހީދު މިހެން ވިދާޅުވީ 12 މެންބަރުންނަށް ޕްރައިމަރީ އަކާއި ނުލާ ޓިކެޓް ދިނުމަށް އިދިކޮޅު ލީޑަރުން އެއްބަސްވެފައިވާ ކަން ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ކަށަވަރު ކޮށްދެއްވާފައި ވަނިކޮށެވެ.

އިދިކޮޅު ކޯލިޝަންގެ ވެރިން ހައްދަވާފައިވާ ޑީލްތައް މިމަހުގެ 17 ވަނަ ދުވަހުގެ ކުރިން ހާމަ ނުކުރައްވައިފިނަމަ ކޯލިޝަންގެ އެއްވެސް ވެރިއަކަށް އިތުބާރު ނުކުރެވޭނެ ކަމަށް ޑރ.ޝަހީދު ވިދާޅުވިއިރު އިދިކޮޅު ލީޑަރުންގެ މެދުގައި ގާއިމު ކޮށްފައި އޮތް އެއްބަސްވުމުގެ ތަފްސީލީ މައުލޫމާތެއް މިހާތަނަށް ހާމަކޮށްފައެއް ނެތެވެ.

ހަމައެކަނި ހާމަކޮށްފައި ވަނީ ރިޔާސީ އިންތިޚާބާއި ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ގުޅިގެން މަސައްކަތް ކުރުމަށް ލީޑަރުން އެއްބަސްވެފައިވާ ކަމެވެ.

12 މެންބަރުންނަށް ގޮނޑި ދިނުމަށް އިދިކޮޅު ލީޑަރުން އެއްބަސްވި ކަމަށް މައުމޫން ވިދާޅުވި ނަމަވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެކަމާއި ދެކޮޅަށް ވާހަކަފުޅު ދައްކަވާފައެވެ. ނަޝީދު ވިދާޅުވެފައި ވަނީ އެމްޑީޕީ އިން އިންތިޚާބަށް ނެރޭނެ ކެންޑިޑޭޓަކު ކަނޑައެޅޭނީ ޕްރައިމަރީ އަކުން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އަންނަ މާޗް މަހު ބާއްވަން ތައްޔާރުވަމުން ދާއިރު މަޖިލީހުގެ އިދާރާތައް ކޯލިޝަންގެ މެންބަރުންނަށް ބެހުމުގައި ޚިޔާލުތަފާތުވުންތައް އުފެދޭނެ ކަމަަށް މިހާރު ފެންނަމުންދާ މަންޒަރުތަކުން ވެސް ލަފާކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ކަނބާފާނު

    ޝަހީދު އެބުނީ ވަރަށް ވާހަކައެވެ. ބޭރު މީހުންނާއެކު ހެދި ހުރިހާ ޑީލެއް އެންމެ ބޮޑަށް އެނގޭނެ އެކަކީ އޭނާއެވެ. ޚާއްޞަގޮތެއްގައި ދީނީ ކަންކަމަ ގުޅޭ އެއްބަސްވުންތައްވެސް އެންމެ ބޮޑަށް އެނގޭނީވެސް ޝަހީދަށެވެ.
    އެހެންވީމާ ހާދަ ކަމެއް ހިންގާފައި ވެއްޖެތާއެވެ. ލަހެއްނުވެ ފަޅާއަރާނެއެވެ.

  2. މައުމޫން

    އަވަހަށް ރާއްޖެ އަށް ވަޑައިގަންނަވާ އެއްބަސްވުމުގައި އޮތް އެއްޗެއް ބަލަން ބޭނުން ފުޅިއްޔާ.

  3. ބޭބެ

    ރަގަނޅު ވާހަކައެއް ލީޑަރުންނާ ހަދާފައިވާ ޑީލްތައް ރައްޔިތުންނަށް އެގެންޖެހޭ!! އަދި ހަމަ އެހެންމެ އިންޑިޔާއާއެކު ހަދާފައިވާ ޑީލްތައްވެސް ވަރަށް ސާފުކޮށް ރައްޔިތުންނަށް އެގެންޖެހޭ!! ގައުމުގެ އެއްވެސް ތަނެއް ރަށެއް ބޭރުގެ އެއްވެސް އަސްކަރިއްޔާއަކަށް އެއްވެސް މުއްދަތަކަށް ދެވިގެން ނުވާނެ!! މިހެން މިބުނީ އައްޑޫސިޓީގައި އިންޑިޔާގެ އަސްކަރިއްޔާގެ 100 ވަރަކަށް ސިފައިން ހެލިކޮޕްޓަރުތައް ބޭނުންކުރުމުގެ ނަމުގައި ދިގުމުއްދަތަކަށް ތިބެން ޑީލްތަކެއް ހަދާފައިވާ އަޑުތައް ފެތުރިފައިވާތީ!! މިހާރުވެސް އެމީހުން އެތިބީ 49 ސިފައިންނާ 2 ހެލިކޮޕްޓަރާއެކު ތިބުމަށް ސަރުކާރާއެކުވެފައިވާ އެގްރިމަންޓްގެ މުއްދަތު ހަމަވެގެން ލ.ކައްދޫއިން ފައިބަން ސަރުކާރުން އެންގީމާވެސް ނޮވެމްބަރުގެ ފަހުންނޭ ބުނެ ނުފައިބާ!! އެމީހުން އެމަޑުކުރީ އާސަރުކާރެއް އަތުވެއްޖެނަމަ އެމީހުންނަށް ތިބެވޭނެކަމުގެ ގެރެންޓީއެއް ލިބިފައިވާތީ ކަމަށް ބެލެވެނީ!! މިމީހުންނަކީ ސީދާ މިގައުމު އަޅުވެތިކުރަން އުޅޭ ބައެއް!! މިއީ ވަރަށްބޮޑަށް ރައްޔިތުން ވިސްނަންޖެހޭކަމެއް!! ސިޔާސީގޮތުން ކިތަންމެ ވަރަކަށް އެއްބަޔަކު އަނެއްބަޔަކަށް ބަސްބުނެ ނުރުހުންވިޔަސް ގައުމު ހުރިހާ ކަމެއްގައި އިސްކުރަންޖެހޭނެ!! ގައުމަށް ދެރަވާގޮތެއް އަދި އަޅުވެތިވެދާނެހެން ހީވާކަހަލަ ކަމެއްވެސް ކުރެވޭނަމަ އެކަން ހުއްޓުވަން އެންމެން އެކައްޗެއް ކިޔަންޖެހޭނެ!!

  4. އަލީ މުއާޒު

    ވަރަށް ބޮޑު ތެދެއް.

  5. ޔާމިން

    ތިޔައީތެދެއް

  6. ޢަބްދުﷲ

    ހ.ވެލާނާގެ އަލްމަރްޙޫމް އިބްރާހީމް ނާސިރުގެ ވެރިކަމުން ފެށިގެން ރައީސް ޔާމީނުގެ ވެރިކަން ނިމުމަކަށް އައުމާއި ހަމައަށް ވެރިކަން ކޮށްފައިވާ ބޭފުޅުންގެ އިސްތަށިފުޅުގައި އަޅުވާފައިވާ ތުހުމަތުތަކަކީ، އެކަންކަން ބަލައި ތަޙްޤީޤު ހިންގައި އަދި ޙުކުމެއް ހޯދިފައިނުވާ ކަންކަމަށްވާއިރު، މިހާރު މިދެކެވޭ ވާހަކަތަކަކީ، ރައީސް ޔާމީނުއާއި ބެހޭގޮތުން ދެކެވޭ ވާހަކަ ތަކަކަށްވާއިރު، މީގެކުރިން ދެކެވިފައިވާ މިބާވަތުގެ ވާހަކަތަކަކީ، ރައީސް ނަޝީދާއި ބެހޭގޮތުން ދެކެވިފައިވާ ވާހަކަތަކަކަށްވާއިރު، ރައީސް ޔާމީނުގެ 5 އަހަރު ދުވަހުގެ ދައުރު ނިމިގެން ގޮސްފައިވަނީ، ރައީސް ނަޝީދުގެ ވެރިކަމުގައި ހިނގާފައިވާ ކަމަށް ބުނެފައިވާ އެއްވެސްކަމެއް ނުބެލި ނުހޯދި ވަނިކޮށް ކަމަށްވާއިރު، ރައީސް އިބޫގެ ވެރިކަން ނިމިގެންދާއިރު ރައީސް ޔާމީނުގެ ވެރިކަމުގައި ކޮށްފައިވާ ކަންކަމުގެ ތަފްޞީލު އަދި ގެއްލިފައިވާ ފައިސާގެ ޙިސާބު ކިތާބު ރަނގަޅަށް ހޯދޭނެތޯ ސުވާލުއުފެދެއެވެ. އެހެނީ، 5 އަހަރުގެ ދައުރެއްގައި ކުރެވޭ ވަރަށްވުރެ މާގިނަ ކަންތައްތައް ކޮށްދެއްވާނެ ކަމަށް ވަޢުދު ވުމަށްފަހު، ލިބޭ ވެރިކަމެއްގައި ވެރިމީހާގެ ހުރިހާ ވަގުތެއް ހޭދަކުރަންޖެހެނީ، ވަޢުދު ފުއްދުމަށެވެ. އެހެންނަމަވެސް މިފަހަރުވެސް ވެރިކަމުގެ މުއްދަތުގައި ޕެންޑިންގައި ނުފުދި ހުރި ވަޢުދުތައް މާގިނައެވެ. މިރާއްޖޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އިޖުތިމާޢީ މައްސަލަތައް ޙައްލުކޮށް ނުދެވެއެވެ.

    • ނުރަބޯ

      ޢަބްދުﷲ މޮޔަނުގޮވާ.

  7. ނުރަބޯ

    އަސްތާ ސަހަރޯއެވެ. ވެރިކަން ވަގަށް ނެގީ ޑީލްހަދައިގެންނޯ. އެހެންވީމާ އެއީ ލީޑަރުންނެއްނޫނެވެ. ޑީލަރުންނެވެ. އެކަންކަން އެންމެ ރަނގަޅަށް އެނގޭނީވެސް ލާދީނީ ކުޑަސީދީ އަށެވެ.

  8. ގާސިމް

    ކާކުތިކަން ކުރީ ކަލެޔައް ވާނަމަ އަންނަންވީނުދޯ ދުރުގަހުރެގެން ވައަވައްނުޖައްސާ ބައިވެރިވެގެން ގެއްލުމުގަވެސް ޒިންމާވާންދަސްކޮއްބަލަ

  9. ގާސިމް

    އިދިކޮޅު ކޯލިޝަންގެ ވެރިން ހައްދަވާފައިވާ ޑީލްތައް މިމަހުގެ 17 ވަނަ ދުވަހުގެ ކުރިން ހާމަ ނުކުރައްވައިފިނަމަ ކޯލިޝަންގެ އެއްވެސް ވެރިއަކަށް އިތުބާރު ނުކުރެވޭނެ ކަމަށް ޑރ.ޝަހީދު ބުނެފި ދެންކަލޭ އިތުބާރުނުކުރިއްޔާ ވާނެކަމެއް އެބައޮތްތަ