ޚަރަދު ކުޑަކުރުމުގެ ވައުދާއި އެކު ވެރިކަމަށް ވަޑައިގަންނަވާ އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ސަރުކާރުގައި 23 މިނިސްޓްރީ އުފައްދަން ނިންމައިފިއެވެ. އިބޫގެ ސަރުކާރުގައި 23 މިނިސްޓަރުން ތިއްބަވާނީ ދައުލަތުގެ ބަންޑާރަ ނައިބު ވެސް ހިމަނައިގެންނެވެ.

އިބޫގެ ސަރުކާރުގެ ކެބިނެޓް ވެގެން ދާނީ ރައީސް މައުމޫންގެ ސަރުކާރަށް ފަހު އަންނަ އެންމެ ވަޒީރުން ގިނަ ސަރުކާރަށެވެ. ރައީސް ޔާމީންގެ ސަރުކާރުގައި ބަންޑާރަނައިބުގެ އޮފީސް ހިމަނައިގެން ޖުމްލަ އޮތީ 15 މިނިސްޓްރީ އެވެ.

އިބޫ އެކުލަވާލާ ކެބިނެޓްގެ 40 ޕަސެންޓް ދޭނީ އެމްޑީޕީއަށެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް 20 ޕަސެންޓް ދޭއިރު ޖުމްހޫރީ ޕާޓީއަށް ދެނީ 25 ޕަސެންޓެވެ. އަދާލަތު ޕާޓީއަށް ދޭނީ 15 ޕަސެންޓެވެ.

މިހާރު ބައެއް މިނިސްޓްރީތަކުގެ ދަށުގައި ހުރި ޑިޕާޓްމެންޓްތައް ވަކި މިނިސްޓްރީތަކެއްގެ ގޮތުގައި ކަނޑައަޅާނެ އެވެ. ޒުވާނުންގެ ވަކި މިނިސްޓަރެއް ހުންނާނެއިރު ކުޅިވަރު މިނިސްޓަރެއް ވެސް ހުންނާނެ އެވެ. ތާރީޚީ ކަންތައްތަކަކަށް ހާއްސަ މިނިސްޓްރީ އަކާއި ސައިންސް އެންޑް ޓެކްނޮލޮޖީ ވެސް ވަކި މިނިސްޓްރީއެއް އިބޫގެ ސަރުކަރުގައި އުފައްދާނެއެވެ.

ސިވިލް އޭވިއޭޝަން ފަދަ ޑިޕާޓްމެންޓްތައް ވެސް ވަކިވަކި މިނިސްޓްރީތަކުގެ ގޮތުގައި ކަނޑައަޅަން ވަނީ ނިންމާފައެވެ.

ކެބިނެޓް އެކުލަވާލާނެ ގޮތަކާއި މެދު ކޯލިޝަންގެ ވެރިން މިހާރު އެއްބަސްވުމަަކަށް އައިސްފައި ވާއިރު ވަޒީރު ކަމަށް އައްޔަން ކުރާނެ ގިނަ ބޭފުޅުންނާއި މެދު ވެސް ވަނީ އެއްބަސްވުމަކަށް އައިސްފައި ކަމަށް ވެއެވެ. ނަމަވެސް ބައެއް ބޭފުޅުންނަށް ވާޒީރުކަން ދިނުމާއި މެދު ކޮންމެވެސް ވަރެއްގެ ޚިޔާލު ތަފާތުވުންތައް އުޅޭތީ އަދިވެސް މަޝްވަރާތައް ކުރިއަށް އެބަދެއެވެ.

މިނިސްޓްރީތަކުގެ އަދަދު ގިނަ ވުމަކީ ދައުލަތުގެ ޚަރަދު އެތައް ގުނައެއް ބޮޑުވެގެން ދާނެ ކަމެކެވެ. ވަޒީރުންގެ މުސާރައިގެ އިތުރުން އޮފީސް ހިންގުމުގެ ޚަރަދާއި ސިޔާސީ މަގާމުތަކަށް ކުރަން ޖެހޭ ޚަރަދުތައް ވެސް މިނިސްޓްރީތައް އިތުރު ވުމުން ގިނަ ވެގެން ދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

40 ކޮމެންޓް

  1. އަސަރޭ

    ޚަރަދުބޮޑެއްނުވާނެއޭ މުސާރައެއްނުނަގާނެއޭ. ނަގާނީ ޗަންދާ ކޮންމެ މިނިސްޓަރީއަކުން ހިންގާ ޕްރޮޖެކްޓް އަކުން. ކެކެކެކެ

  2. ޙާލިދު

    ކޮކްޓެއިލް ގައި ވާނީ ތިޔަވަރު. ބައިއަޅަން ޖެހޭ ބައި ބޮޑުވުން.

  3. ޙނ

    ރަނގަޅު. ނަމަވެސް ނައިބު މަދުކޮށްފަ ކޯޑިނޭޓަރ ނުބަހައްޓާ ގޮތަށް.

  4. ފަލަކް

    ކަލޯ މިއޮތީ ވާ ސަރުކާރެއް ޤާއިމްކޮއްފަ ދިވެހިރައްޔިތުންގެ ތެރެއިން މި ބައި

    މީހުންނަށް ވޯޓް ދިންމީހުން އަޅެފަހެކީކޭ ބުނާނީ 23 މިނިސްޓްރީގައި ސިޔާސީ

    މަޤާމްތަކަށް 600 މީހުން ކުންފުނިތަކުގެ ސިޔާސީ މަޤާމް ތަކަށް 450 މީހުން

    ހާދަހާވާ ޚަރަދުކުޑަ ސަރުކާރެކޭ ދޯ ސުބުޙާނައްﷲ

    • ނޮކްސް

      ދިވެހިންގެ ލާރިން ވައްކަންކުރުމަށް ވުރެ ރަނގަޅު މީތިވެސް. ގަވައިދެއްގެ ދަށުން ކޮންމެވެސް ބަޔަކަށް ދޭނީ މުސާރަތާ.

  5. Miadhu

    ޢއިންތިޚާބީ ކޮންމެ ދާއިރާއަކަށް މިނިސްޓރީއެއް ހަމަޖައްސާ ދާއިރާ ކަމިޔާބުރާ މެމްބަރަކީ އެމިނިސްޓްރީގެ މިނިސްޓަރ ކަމަށް ނުވަތަ އެމިނިސްޓްރީއަށް އައްޔަންކުރާ މިނިސްޓަރަކީ އިންތިޚާބަކާ ނުލާ އެދާއިގެ މެމްބަރުކަމަށް ހަމަޖައްސަންވީނު ޕޮލިސީ ކަޑައެޅުމަށް ރައީސް އޮފީހުގައި އުފައްދާނީ ބޯޑުތަކެއް

  6. އީސީ ސަރީފޫ

    މިނިސްޓްރީތައް އުފައްދައިގެން ނޫނީ ހައްލުކުރެވެން ނެތް އެތައްކަމެއް ވުޖޫދަށް ގެންނަވާފަ ނޫންތޯ އަބްދޯ ބަޗަންއެއުޅެނީ..ސަރުކާރެއްގެ ބޭނުމަކީ ރައްޔިތުންނަށް ކަންތައްތައްފަހި ކޮށްދިނުން.ކިތައްމެ މިނިސްޓްރީ އެއް ހެއްދެވިޔަކަސް ވަރިހަމަ..އޯކޭ ނޫނީ ވައްކަން.

  7. ޢަލީ އިބްރާހިމް

    ތިކަމުގައި ވިސްނަންވީ މިނިސްޓްރީ ތަކުގެ ޢަދަދެއް ނޫން ސިޔާސީ މަޤާމްތަކުގެ ޢަދަދު

    ޔާމީން ސަރުކާރުގަ މިނިސްޓްރީތައް މަދުނަމަވެސް އެތައް ބައިވަރު ކޯޑިނޭޓަރުންނެއް ތިބި ބޮޑެތި ބޮޑެތި މުސާރަދީފަ ޒިންމާއެއް ނެތި!!!!!

    • ދޮންނޭ

      އުފައްދާ ކޮންމެ މިނިސްޓްރީއެއްގެ ހުރިހާ ކަމެއް ކުރާނީ މިނިސްޓަރު އެކަނި ހޮޅުއަށީގަ އިނދެ. އިތުރު އެއްވެސް މުވައްޒަފެއް ވެސް ތަނެއްވެސް ބޭނުމެއް ނުވާނެ. ކަރަންޓެއް ވެސް އެހެން ފެސިލިޓީތައްވެސް ބޭނުމެއް ނުކުރާނެ. ކަލޯ ތި ވިސްނަނީ ހަމަ ބޮލުން. ތިހާ ވިސްނުން ތޫނީ އެހެންވެ. އެންމެ ލެޕްޓޮޕެއް ބޭނުން ވެދާނެތަ؟ އަހާލީ ހަމަ.
      .

  8. ރުޒާނާ ޗޮއްޕަޓު

    މިހާރަށްވުރެ ދެގުނަ އިތުރު. ވަރަށް ފައްކާ. އަދިވެސް ވާހަކަ ދައްކާތި ތިބެގެން.

  9. ކެކެކެކެކެ

    ޚަރަދު ކުޑަކުރަން 23 މިނިސްޓްރީ!! ދެންވެސް މީހަކު ހީނގަނެފިއްޔާ ބުނާނީ މަލާމާތް ކުރަނީއޭ.

  10. އެލެކްސް

    ހަރަދު ކުޑަކުރުމަކީ ވާނޭ ކަމެއްނޫން. ކުރިއެކޭ އެއްގޮތައް ޖީބުތައް ތަނަވަސް ވުން ފުރަތަމަ އަމާޒަކީ

  11. ޔަނާ

    ސަރުކާރުގެ ހަާޒާނަ ގަޑު ރަގަޅަށް ދޮވެލާނޭ. ކެނެރީގޭ ނަސީދު ސަރުކާރު ހިންގަން އުޅުނުގޮތް ހިތަށް އަރަނީ. ޤާބިލް ކަމެއް ނެތް. ރާއްޖެއަށް ރައީސް ޔާމީން ގެނެސް ދެއްވި ތަރައްގީ އެކި އެކި ދިމާލުން ފެންނަން އބަހުރި. އެންމެ 5 އަހަރުތެރޭ ހާދަ ބޮޑެތި މަސައްކަތްތަކެއް ރައީސް ޔާމީން ކޮށްދެއްވައިފިއޭ. ސާބަހޭ ރައީސް ޔާމީން

    • ޙަސަން

      24 މިނިސްޓްރީވެސް މަދުވާނެ. 23 ގެ 4 ގުނަ އުފައްދާ ހަމަހަމައަށް ބައިއަޅާ ބައިތުލްމާލު ދޮވެލާ. އެނޫންގޮތެެއް ނުވާނެ.

  12. Anonymous

    ދެން އޯކޭވާނެ 29.6 ބިލިއަން ކާލައިގެން ދިޔަޔަސް.

  13. ޒާ

    ބަލަން ތިބޭ ހާވާހަޑި

  14. ޝާނާ

    ?????

  15. އެއްގަމު ކިޔޮޅު

    އެމީހުން ތިބީ ރޯދައަށް 17ގެ ފަހުން ރޯދަ ވިށްލާނެ ގޮޑި މޭޒުތަށްވެސް ކާލާނެ

  16. ސޯޕް ލައިޓް ބްރަދަރ

    ކޮންމެދެމަފިރިއަކަށް މިނިސްޓްރީއެއް ކޮންމެ ދެގެދޭތެރެއަކަށް މިނިސްޓްރީއެއް ހަދަމުން ގެންދާށެވެ.!!

  17. ވަހީދު

    މިގޮލާގެ ވެރިކަން ހަފުސްވާނެ.

  18. އިބޫ

    މި ސަރުހާރުގަ 24 މިނިސްޓަރުންނާ 148 ސްޓޭޓު/ޑެޕިއިޓީ މިނިސަޓަރުން ތިބޭ. މިނިސްޓްރީގެ އަދަދު 23 ހަށް ވިޔަސް މިއަށް ވުރެ ޚަރަދު ކުޑަވާނެ ދޯ؟

  19. ހަރަދު ކުޑަކުރަމާ

    ދައުލަތުގެ ޚަރަދުތައް ކުޑަކުރާ މިނިސްޓްރީގެ ނުމުގަ ވެސް ވަކި މިނިސްޓްރީއެއް އުފައްދަން ފެނޭ

  20. ައަންހެންމަންޖެ

    ހަގީގީ ޔަހޫދީންގެ ގޮތްގަނޑު ބަހާ އަމަލާ ދިމާނުވުމާ ކުރާހުރިހާ ނުބައިކަންތައް އެހެންމީހުންގެ ބޮލުގައި އެޅުވުންއެއީ ޔަހޫދީން އާންމްކޮށްކުރާކަމެއް އެއުސޫލަކީ މޮޔައިންތެރޭ ވަރަށްހިނގާ އުސޫލެއް ވާލާ ވާލާ ވާނީ

  21. ޢަބްދުﷲ

    އެޑްވައިޒްދެއްވާ ބޭފުޅުންނާއި، މެނޭޖްކުރައްވާ ބޭފުޅުންނާއި، ސުޕަވައިޒްކޮށްދޭ ބޭފުޅުންނާއި ނުލައި ބަރާބަރަށް، ތުނޑުން ތުނޑަށް، ފުރިހަމަ ނުކުރެވޭ ޒާތުގެ ކަންކަން ހުންނައިރު، މުޖުތަމަޢުގައި މީގެކުރިން މިބާވަތުގެ ކަންކަމުގައި އެޑްވައިޒް ދެއްވުމާއި، މެނޭޖް ކުރެއްވުމާއި، ސުޕަވައިޒް ކޮށްދެއްވުމުގައި ބުރައުފުލާފައި ވީނަމަވެސް އެ ބޭފުޅަކަށް ރައްޔިތުންގެ ފަރާތުން އެއްވެސް ތާއީދެއް، ލިބިފައިނުވާ .ބޭފުޅެއްގެ މައްޗަށް ރައްޔިތުންގެ އިޢުތިބާރު ހޯދޭނެ ކަމަށް ބަލައި އަނބި ވަންތަކަމުގެ ގުޅުމާ، ތިމާގެ ކަމުގެ ގުޅުމާ، ވިޔަފާރީ ގުޅުން އޮންނަ ފަރާތްތަކަށް އިސްކަން ދެއްވުމަކީ، މިރާއްޖޭގައި އަބަދުވެސް އޮންނަކަމެކެވެ.

  22. ޢަލީ

    ޚަރަދު ކުޑަކުރުމުގެ މާނައަކީ ކެބިނެޓް ކުޑަކުރުމެއް ނޫން. ރައީސް ޔާމީންގެ ކެބިނެޓްގައި 15 ވުޒާރާ އޮވެ 16 ނައިބުންނާއި 9 ސްޓޭޓުން ކޮންމެ ވުޒާރާއެއްގައި ތިބީމަ ވަނީ ވަކި ތަފާތު އެއްޗެއްބާ ؟ 15 ވަޒިރުން ލާފަ ހުރިހާ ކުންފުނިތައް އެމިނިސްޓްރީގެ ދަށުން ހިންގަން ހަދާފަ އެތަންތަން ބަނގުރޫޓު ކޮށްލީމަ 15 ވަޒީރުން ލައިގެން ޚަރަދު ކުޑަކުރެނުބާ ؟ އެއްވެސް ދިރާސާއެއް ނޫނީ ބިނާކުރަނިވި ވިސްނުމެއް ނެތި ލިޔުނީމަ އަދި ނުނިމޭ !

    • ހުސޭނުބޭ

      އާނ! 23 މިނިސްޓްރީގައި ތަން ހިންގަންތިބޭނީ މިނިސްޓަރެއްގެ އިތުރުން ކުނިކަހާ މީހާޔާ ޕިޔޯނަކާ ދޯ!

  23. ސަރޭ

    ގިނަވިޔަސް އެ ވާހަކައެއް ނުދެއްކޭނެ ދައްކައިގެންވެސް ނުވާނެ. އެންމެން އެކަމާ ރުހިގެން ކުރިކަމަކަށް ވާތީ އެންމެ ރަގަޅު ގޮތަކަށްވާނީ ވާހަކަ ގިނަ ނުކުރުން.

  24. މުހައްމަދު

    ކޮބާކުނިކަހާ މިނިސްޓަރ

  25. ޖަޒީރާ ބޮޑުގުޅަ

    ތި އޮތީ ލާމަރުކަޒީ ވެފައެެވެ.

  26. މަ ހީނ ހީނ

    ތިއޮތީ ޚަރަދު ކުޑަ ކުރެވިފަ ފިސާރި. 30 ވެސް ހަމަނުވޭ ވިއްޔަ. ކިހާ މަދު. ހަހަހަ

  27. ރާއްޖެ

    މާކުރިންވެސް އެނގޭ ތިކަންކަން ތިހެންވާނެކަން
    ދެން މާގިނަ ދުވަހެއްނުވެ ބޭންޑެއްގެ ތެރެއަށް
    ޑޮލަރުވަދެ 25، 30 ޑޮލަރެއް ވާތަން މިހާރުވެސް ފެންނަ ކަހަލައެވެ ކެމޕޭނަށް ބޭރު
    ތަންތަނުން ހޯދި އެތައްމިލިއަންޑޮލަރަށް އަގު
    ދައްކަންޖެހޭނީ ރައްޔިތިންގެ ލެއިންނެވެ މިހިރީ
    ޔަގީންވާ ކަންކަމެވެ.

  28. ނުރަބޯ

    އަވަހަށް ފަސްގަނޑު ތައްޔާރުކުރޭ..! ފިސާރި އަވަހަށް ހިފައިގަންނާނެ. ދެން އެ ގުޖަޑުގަނޑު ތެރޭގައި ރައްޔިތުންނަށް އެއްވެސް ކަމެއް ނުކޮށްދީ ދެއަތަށް ދެލަކި ޖަހަޖަހާ ތިއްބާ ފަސް އަހަރު ހަމަވާނީ އޭރު ބުއިބިޑިއާ ބިގަރުތެލަށް ކަނޑާފަ ދައުލަތުގެ މާލިއްޔާގައި ޒައްރެއްގެ މިންވަރުވެސް ނޯންނާނެ ސަހަރޯ ހުރިހިތާމައެއްގެ ބޮޑުކަމާއެވެ.

  29. ރައްޔިތުން

    މީރު ގެރި ކިރު ގެރީގެ ފަރާތުން ލިބެނީ އެ ގެރިތަކަށް މީރުކާނާ ރަނގަޅު ހެޔޮތުގައި ގަނޑީން ގަނޑިއަށް ކާންދީ ހަދައިގެންނެވެ. އަދި ހުށިޔާރު ހާލު ބަލައި ހަދާއި ބެލުންތެރިއެއްގެ ބެލުމުގެ ދަށުންނެވެ.

  30. އަލީ

    މިފަހަރުވެސް ގާތްމީހުންނާއި ޕާޓީގެ ވެރިންގެ ޖީބުތައް ވަގުފައިސާއިން ފުރާލާނެ ތިޔަހުރިހާ ވަޒީރުންނަށް މުސާރަދީ ސިޔާސީމަގާތަކުގައި ތިބޭ މީހުންނަށް މުސާރަދީފައި ރައްޔިތުންނަށްޓަކައި ބާކީ ފައިސާއެއް ނުހުންނާނެ! ފުރަމަތމައިންވެސް ޚަރަދު ކުޑަކުރުމުގެ ވަޢުދާއި ޚިލާފުވީ މިއީ ހިޔަޅުންގެގޮތް!

  31. ގާސިމް

    ކޮންމެ ރަށަކައްވެސް މިނިސްޓަރެއް ވަކީލެއް ގާޒީއެއްވެސް މުދިމެއް

  32. ޙަސަން

    ތި ހުރިހަާ މިނިސްޓްރީ ހުރެގެން ވައްކަން ނުކޮށް ރައްޔަތުންނަށް ޚިދުމަތް ދެވެންޏާ ޔާމީން ސަރުކާރަށް ވުރެން ޚަރަދު ކުޑަވެފައި ފުރިހަމަ ވާނެ.

  33. އާދައިގެ މީހާ

    ހަޖަމް ކުރަން ދަސްކުރޭ، ދެން މިފަހަރު ކެއްކުރޭ.

  34. އަހްމަދު

    ޚަރަދު ކުޑަކުރާކަށް ނުފެނެ.

  35. އެދުރުބެ

    ޔަހުޔާ ކާޅު ހިފިހެން ތިޔޮތީ ވެރިކަމެއް ލިބިފައި. ދެންނޭގޭނޭ އުޅިފަ ނޫޅޭނެގޮތެއް! މަވާސަލާމް

  36. ސަމަންތަރު

    މަށަކަށްނޭގެ ދެން މިޤައުދާނެ މިސްރާބެއް މީހުން ކިޔާ އަޑު އެހިން މިޤައުމުގައި ބުދުދީން ފަތުރައޭ! ކިހާދެރަ