ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ އިއްޒަތްތެރި މެންބަރު ނިހާން ހުސެއިން މަނިކަކީ ރޯނުއެދުރެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޭ ސަންގު ޓީވީގެ ޚަބަރަށްފަހު ޕޮރިގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރޮޒައިނާ ވިދާޅުވީ ނިހާންއަކީ ރޯނު އެދުރެއްކަމާއި ނިހާން އަށް އިނގޭ އެކައްޗެއްވެސް ނޯންނާނެކަމަށެވެ

"ޕީޖީ ލީޑަރ ނިހާންއަކީ ރޯނު އެދުރެއް އެގޭތޯ! އެގޭކަމެއްވެސް ހަޤީގަތަކު ނޯންނާނެ. އެކަމަކު ނޭންގޭ ކަމެއްވެސް ނޯންނާނެ. " ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާވަނީ ކުރިންވެފަ ހުންނަ ކަންތައްތަކަށް ޤާނޫން ހައްދަވަނީ ކޮންޤައުމެއްގަތޯ ސުވާލު ކުރައްވާފައެވެ. ނުވަތަ ޤާނޫނަކުން ކުރިން ވެފަ ހުރި ކަންތައް ބަދަލު ކުރަނީ ކޮންޤައުމެއްގަތޯވެސް ވަނީ ސުވާލު ކުރައްވާފައެވެ. ރޮޒައިނާ ވިދާޅުވީ ޤާނޫނަކީ ޤާނޫން ތަޝްދީގު ކުރާ ހިސާބުންފެށިގެން ދެންހިގާ ކަންތައްތަކަށް ތަކުގެ މައްޗަށް ހިގާ އެއްޗެއްކަމަށެވެ. އަދި ވިދާޅުވީ އެވަރު ނޭންގޭ މީހުން ރައްޔިތުންގެ މަޖިލީހަށް ވަދެތިބޭތީ ކަންބޮޑުލައްވާކަމަށެވެ.

ނިހާންއަށް ފާޑު ވިދާޅުވަމުން ރޮޒައިނާ ވިދާޅުވީ މީހުން ރިޝްވަތު ނަގާވާހަކައާއި ފައިސާނަގާވާހަކަ ދައްކަވާއިރު އެމަނިކުފާނުގެ މުއްސަދިކަން އައިސްފައިވަނީ ކޮންތާކުންތޯވަނީ ސުވާާލުކުރައްވާފައެވެ. އަދި އިސްޓަގްރާމްގެ ފޮޓޯތަކުން ފެންނަ ތަކެތި ގަނެފައިވަނީ ކޮންތާކުންތޯ ރޮޒައިނާވަނީ ފާޑުވިދާޅުވެފައެވެ.

ރޮޒައިނާ މިމޭރުމުން ވާހަކަފުޅު ދައްކަވާފައިވާއިރު، ނިހާންގެ ގަޑި ބައްލަވާގަތީ ކިހިނެތް ލިބިވަޑައިގަތް ފައިސާއަކުންތޯ ޓުވިޓާރގައި މީހެއް ސުވާލު ކުރުމުން އެމައްސަލަ އެންޓިކޮރޮޕްޝަންއަށް ހުށައަޅާފިނަމަ ގަޑި ބައްލަވާގޮތުގެ ތަފްސީލް ހާމަކުރައްވާނެކަމަށް ނިހާންވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. ގ

  ރޮޒައިނާއަކީ ރޯނު އެދުރެއް

 2. ބެނޭ

  ރޮޒޭ ދެރަވީތަ ނިހާން އަށް މުއްސަދިކަން ލިބިފަހުރީމަ. ބަލަގަ މުއްސަދިކަމަކީވެސް އެމީހަކު ކުރާ ބުރަ މަސަކަތުން ލިބޭ އެއްޗެކޭ. ރޮޒޭވެސް އިހުލާސްތެރިކަމާއެކު މަސައްކަތްކުރަށްވާ އޭރުން މުއްސަދިކަން ލިބޭނެ.

  • ޔާގުންޑާ

   އަހަހަ، ބުރަމަސައްކަތަކީ ބައިތުލަމާލު ދަވައިލުން ދޯ، ބުރޯއާއި ގުޅިގެން...

 3. ދޮންބެ

  ކާކުބަ މަރުމޯލަކީ

 4. އައްލާ ފްރޮމް މެލޭޝިޔާ

  ރޮޒޭއަކީ ބަޑިއެދުރެއް؟ މިއީ ވަރަށް ވާހަކަ. ކޮބާ ރޮޒޭގެ އައްޑޫ ފޭދޫ ބިޓު (އައްލާ)؟

 5. ޣާދިރު މަނަދޫ

  ކާކު ތިހެން ރޮޒޭނާ ކައިރި ބުނީ..

 6. ޢައިޝަތު

  މީނަމީ އެންމެބޮޑު ރޯނު އެދުރު... ލަދުންބޯހަލާކު

 7. ބަޢާވާތާދެކޮޅު

  ދެންތިހެންވީއިރު ބުނެދީބަލަ ކޮންގައުމެއްގަތޯ ކުރިން ހުކުމްކޮށް ތަންފީޒުކުރަންދާ ކުއްރިން ދޫކޮއްލަންހުކުމްކުރީ.. ދަށުހުރިހާ ކޯޓުމަރުހަލާ ނިމި ސްޕްރީމްކޯޓު މަރުހަލާނިމި އެއްފަޑިޔާރުންތަކެއްތިބެ ހަމަ އެފަޑިޔާރުން ނިޔާކަޑައެޅި ހުކުމްތަކަކީ ނުބައިކޮށް ކުރިހުކުމްކަމަށް ނިންމީ.... ހުކުމް ތަންފީޒުކުރާތާވެސް އަހަރު ދެއަހަރުވެފަހުރި މައްސަލަތަކެ އަލުންބަލަން ހަމަޖެއްސި ގައުމުގެ ނަންބުނެބަލަ.. ދެން އެހުކުމް ތަންފީޒުކުރަން މުޅިގައުމުގެ ހުރިހާ ރައްޔިތުންގެނިދި ހަރާބުކޮށް ތިބައިގަޑު މަގުމަތީގަ ތެޅިބާލަނީ ކަންކަން އެގޭވަރު ރަގަޅުކަމުންބާ.. ދެންކާކު ރޯނުއެދުރީ... ތިޔައީ އަސްލު ހަމަރަގަޅު ރޯނުއެދުރުން.. ތިޔަށް ކިޔަންވީ ސުތުލިއެދުރުން...

 8. މުޙައްމަދު

  ރޮޒައިނާ މިކޮންކަހަލަ އެދުރެއްތޯ

 9. ޜެޓޭ

  ރޮޒޭނާ ހާދަމޮޅޭ! މިދައްތަ އަށް އެނގޭ އުޑުގައި ހުރި ތަރީގެ ޢަދަދުވެސް. ޙެހެހެ. ދެފުއްކެހެރި.

 10. ޒޯރު

  ތީ ޑޮނާޑުގެ ދަންނަ ނުދަންނަ ދެންރިސްވަތު ދީގެން މެންބަރުން ގެންދިއުން ހުއްޓުނީ ދެން ލަލަލަ

 11. ދިވެއްސެއް

  ކަލޭތީ ވަކި ކޯޗެއް؟

 12. މައިނާ

  ތާރީޚާއި ޢިލްމީ އެތައް ވާހަކަތަކެއް ދިވެހި ދަރިންނަށް ތިލަކޮށްދީފައިވާ އަޙުމަދު ނިހާނު ޙުސައިން މަނިކަކީ އަދީބެއް. ދޫހެލޭ ކުޅަދާނަ ވާހަކަދެއްކުން ތެރިއެއް. އެކަމަކު ޑޮނާޑް ކަމަނާފާނަކީ ބަޑިއެދުރެއް. ހަމަ މާބަޑި އެދުރެއް. އަބަދުވެސް ދައްކާނީ މީހުންގެ ނެތިނުބައިވާހަކަ. ހިލޭ ފިރިހެނުން ގެންގުޅޭ މީހުންނަށް ދުވަހަކުވެސް ކުރިއެރުމެއް ނުދެއްވާށީ އާމީން. ނިހާނަކީ ސިޔާސީ ލީޑަރެއް. މީހުން ކުރިއަރާ ދާންފެށީމަ ހަސަދަވަނީ ރޮޒޭނާމެންކަހަލަ ލޯބޯ ކޮށި. ދޫނުފަރިތަ ކަޑަ ބަޑިން. ދިހަ ބާރަ މީހުން ފިރިންގެގޮތުގަ ގެންގުޅޭ. މީފިސާރިވާހަކަ؟