އެއްވުންތައް ރޫޅާލުމުގައި ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކޮށްފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފި އެވެ.

ފެބުރުއަރީ މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރިފައިވާ އަމުރު ތަންފީޒްކުރުމަށް ގޮވާލާ، މާލެ އާއި އެކި އަތޮޅުތަކުގައި ކުރިއަށްގެންދިޔަ އެއްވުންތައް މޮނީޓާ ކުރުމަށް ފަހު އެ ކޮމިޝަނުން ނެރުނު ރިޕޯޓުގައި ބުނެފައިވަނީ އެއްވުންތައް ރޫޅާލުމުގައި ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އަދި ފުލުހުންގެ އަމަލުތައް ހުންނަ ގޮތުގެ ސަބަބުން އާންމުގެ ތެރެއިން ބައެއް މީހުންނަށާއި އެއްވުން ކަވަރުކުރުމަށް ހަރަކާތްތެރިވާ ނޫސްވެރިންނަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.

އެޗްއާރުސީއެމްގެ ރިޕޯޓްގައި ބުނެފައިވަނީ ލެސްލީތަލް ހަތިޔާރު ބޭނުންކުރެވިދާނެ ކަމަށް ބަޔާންކޮށްފައިވާ "ހަތިޔާރުު ގެންގުޅުމާއި ބޭނުންކުރުމާއިބެހޭ ގަވައިދު" ގައި ބަޔާންކޮށްފައިވާ ގޮތާއި ހިލާފަށް ބައެއް ހާލަތްތަކުގައި ފުލުހުން ޕޭޕަރ ސްޕްރެ ބޭނުންކޮށްފައިވާ ކަމަށެވެ.

މުޒާހަރާ ކުރާ މީހުންނާއި މުއާމަލާތްކުރުމުގައި ފުލުހުން ވެސް އެންމެ އެކަށީގެންނުވާ ބަސްމަގު ބޭނުން ކޮށްފައިވާކަން ފާހަގަކުރެވިފައިވާކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

އެޗްއާރުސީއެމްގެ ރިޕޯޓްގައި ބުނެފައިވަނީ މުޒާހަރާތައް ރޫޅާލުމުގެ ތެރޭގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފަހު އަނިޔާކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ 6 މައްސަލައެއް އެންޓި ޓޯޗަރ ޤާނޫނުގެ ދަށުން ބަލަމުން އަންނަ ކަމަށެވެ. އަދި އޭގެތެރެއިން 3 މައްސަލައެއް ބަލަނީ އެޗްއާރުސީއެމްގެ އަމިއްލަ އިސްނެގުމަށް ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ޒާ

  ތި އެޗް އާރު ސީ އެމް ގައި ނުތިބޭނެ ހާލަތަކީ ކޯއްޗެއްކަން އަދި ބާރުގެ ބޭނުން ކުރަންޖެހޭ ވަގުތާއި ހާލަތު އެނގޭ އެކަކުވެސް. ދެން ކޮން ވާހަކައެއް.

 2. ހީވަނީ

  ތާހިރު ވެއްޖެ. ހެހެހެ.... ވެއްޓެނީ ވެއްޓެނީ

 3. މާބުރު

  އެއްވުން އެއްވުމުގައި ޢަމަލު ކުރަނީ ކިހިނެއްކަން ބުނެދީފާނަންތަ؟

  މަގުމަތީ ޣައިރުޤާނޫނީ ހިންގަން ތިބެންވީތަ؟

  ތިމީހުން ތިއެއްވަނީ ކޮންތަނަކަށް ކަމާއި، އެއްވީމަ ޢާންމުންގެ ގިނަބަޔަކު އުފުލަންޖެހޭ ތަކުލީފެއް ނުބަލަންދޯ؟

  ވަކިއަތަކަށް ބުރަވެތިބެ ނެރުނު ބަޔާނެއްކަމަށް ޤަބޫލުކުރެވޭ

 4. ދިވެއްސެއް

  މިސްރާބުބަދަލުވަނީ ،ހީކުރާހާކަމެއްހީކުރާހާގޮތަކައް ނުވެވެސްދާނެ. ކޮންމެގޮތެއްވިޔަސް ގެރިތަޅަންޏާކަށްގަލައްބާރުކުރާނެ

 5. ޙަފްޞާ / މާލެ

  ސަސްބެންޑްކޮށްފައޮތް ޤާނޫނެއް! މަގުމަތި ހަލަބޮލި ނުކުރެވޭނެ! މުޒާހަރާ ނުކުރެވޭނެ! މިކަން މިމީހުންނަކަށް ނޭގުނު ދޯ؟

 6. ނަސީދު

  އިންސާނީ ހައްޤް އަބަދުވެސް އޮންނާނީ ކުއްވެރިންނަށް

 7. މާރިޔާ

  އެޗް އާރު ސީ އައް ކީއް ހަމަރަގަޅު