ރޮހިންޖާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީއިން ކުރިޔަށް ގެންދިޔަ ފަންޑަށް ލިބުނު ފައިސާ ޙައްޤުވެރި ފަރާތްތަކަށް ފޯރުކޮށްދެވުނުކަން ކަށަވަރު ކުރާނެކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

ސަރުކާރުން މިގޮތަށް ވިދާޅުވެފައިވަނީ ދެންމެ އިސްލާމިކް މިނިސްޓްރީން ނެރުއްވި ބަޔާނެއްގައެވެ.

އިސްލާމިކް މިނިސްޓްރީން ބަޔާނެއް މިނެރުނީ އޮންލައިން ނޫސް "މިހާރު" އިން ރޮހިންޖާ ފަންޑަށް ލިބުނު ފައިސާއަށް ވީގޮތެއް ނޭންގޭ ކަމަށްބުނެ ބޮޑެތި ތުހުމަތު ތަކެއްކޮށް މިއަދު އާއްމު ކުރި ޚަބަރަކާ ގުޅިގެންނެވެ.

އިސްލާމިކް މިނިސްޓްރީން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ ރޮހިންޖާ މުސްލިމުންނަށް އެހީތެރިވުމަށް ޤާއިމްކުރި ފަންޑަށް ލިބުނު ފައިސާއާ މެދު ސުވާލު އުފެދޭގޮތަށް ބައެއް ނޫސްތަކުން ޚަބަރު ފަތުރަމުންދާކަން ފާހަގަ ކުރެވޭކަމަށާޢި އަދި ޚަބަރު ފަތުރާއިރު މިނިސްޓްރީއިން އެފަންޑްގެ ހަރަކާތްތަށް ނިންމުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަތަކަށް ރިއާޔަށް ކޮށްފައިނުވާކަން ފާހަގަ ކުރެވޭކަމަށެވެ.

އަދި ބައެއް ނޫސްތަކުން މިޚަބަރު ފޮރިންގ މިނިސްޓްރީއާ ހަވާލާދީ ގެނެސްދީފައިވި ނަމަވެސް ފޮރިންގ މިނިސްޓްރީގެ ރަސްމީބަހެއް މިކަމާމެދު އެއްވެސް ފަރާތަކާ ހިއްސާކޮށްފައި ނުވާކަމަށް ފޮރިން މިނިސްޓްރީއިން އިސްލާމިކް މިނިސްޓްރީއަށް މައުލޫމާތު ދީފައިވާކަމަށްވެސް މިބަޔާނުގައިވެއެވެ.

މިބަޔާނުުގައި އިސްލާމިކް މިނިސްޓްރީއިން ވިދާޅުވެފައިވަނީ ރޮހިންޖާ މުސްލިމުންނަށް އެހީވުމުގެ ގޮތުން ސަރުކާރުގެ ފަރާތުން ކުރިޔަށް ގެންދިޔަ ހަރަކާތަށް 18.1 މިލިޔަން ރުފިޔާ ލިބިފައިވާކަމަށާއި މީގެ ތެރޭގައި ނަޤުދުގެ ފައިސާގެ ގޮތުގައި ލިބުނު ފައިސާއާއި އެކި އެކި ވިޔަފާރިވެރިންނާއި ވިޔަފާރި ކުންފުނިތަކުން ފަންޑަށް ދެއްވާނެކަމަށް ވައުދުވެވަޑައިގެންފައިވާ ފައިސާ ވެސް ހިމެނޭކަމަށެވެ. އަދި މިބަޔާނުގައި ވަނީ އެކި ފަރާތްތަކުން ފަންޑަށް ދެއްވާނެކަމަށް ވައުދުވި ފައިސާ ހޯދާ ފައިސާ ޖަމާކުރުމަށް ދިގު މުއްދަތެއްގެ މަސައްކަތެއް ކުރެވުނުކަމަށެވެ.

އިސްލާމިކް މިނިސްޓްރީއިން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ކުރިޔަށް ގެންދިޔަ ހަރަކާތްތަކުން ލިބުނު ފަންޑްގެ ތަފްސީލް ރާއްޖޭގެ މީޑިޔާތަކާ 17 ނޮވެންބަރު 2017 ގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލު ވުމުގައި ހިއްސާކޮށްފައިވާނެކަމަށެވެ. އަދި މީގެ އިތުރުން މިފައިސާ ފޮނުވުމަށްޓަކައި ސަރުކާރުގެ ފަރާތުން ކުރަންޖެހޭ ހުރިހާ އިދާރީކަމެއް ނިމިފައިވާކަމަށާއި ވީއެންމެ އަވަސް މުއްދަތެއްގެ ތެރޭގައި މިފައިސާ ފޯރުކޮށްދެވޭތޯ މަސައްކަތް ކުރަމުންދާކަމަށްވެސް މިބަޔާނުގައިވެއެވެ.

މީގެ އިތުރުން މިބަޔާނުގައިވަނީ ރޮހިންޖާ ފަންޑަށް ލިބުނު ފައިސާ އޭގެ ހައްޤުވެރި ފަރާތްތަކަށް ފޯރުކޮށްދެވުނުކަން ސަރުކާރުގެ ފަރާތްތަކުން ކަށަވަރު ކުރާނެކަމުގެ ޔަޤީންކަން އަރުވާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޑދ

    ޢަދި ތިކަން ކުަރަން އަވަސް

  2. ދެން ކޭކޮޅާ

    އަދި ކިރިޔާ ހޭވެރިކަން ވީ، މީހުން ތި ފަންޑުގެ ވާހަކަ ދައްކާތާ ކައްކަ އިރެއްވެއްޖެ.އަނެއްކާ ތަނަކުން ލާރިކޮޅެއް ހޮވައިގެން ފޫބެއްދީބާ.

  3. ދަތްދޫނި

    އަދި ކިރިޔާތޯ ތިކަން ބަލަން އެނގުނީ! ބަޔަކު ނުކުމެ މީޑިއާ އަކުން ކުރި މަސައްކަތަކުން ތިކަން ފަލާ އެރީމާދޮތަ ތަމެން ތިކަމުގައި އުލެންޖެހެނީ. ރަގަލަށްވިއްޔާ މިހާރު ތިފައިސާ ނުވެސް ހުންނާނެ. އެހެންނަމަވެސް ތި ކަމެއްވެސް ސިއްރެއް ނުކުރެވޭނެ. ތި ފައިސާ ހަވާލު ކުރިތޯވެސް ބެލޭނެ މެކޭނިޒަމް ތައް މިހާރު ހުރީ ޤާއިމުވެފާ!

  4. ުކ

    އެއްވެސް ކަމަކަށް ބޭނުންކޮއްފައިވޭތޯ ބެލުންވެސް މުހިއްމު

  5. ޙެހެ

    ޙާލުގަ ޖެހުން މީހުން އެކަމުން ސަލާމަތްވިއިރު ލާރިކޮޅު އަދި މިހުރީ ފަހުން ފޮނުވަން.. މިފެންނަނީ ފެންވަރު

  6. Anonymous

    ޟަދަގާތުފަންޑަށް ޖަމާކުރީތޯބަލާ

  7. ޙުލެ

    ބުނަގަ މިހާރު އެމީހުން އޯކޭޔޭ ލާރި ދޭނެކަމެއްނެތޭ ދެން.

  8. ޤާރީ

    މިއޮއް ހުރިހާ ދުވަސްވީއިރިވެސް އަދިވެސް އެނިކަމެތިންގެ ފައިސާކޮޅު ނުފޮނުވަނީތަ؟ މިސަރުކާރުން ހުރިހާ ކަމެއްވެސް އިދިކީއްޔައް މިކުރަނީ...

  9. އެ މީހާ

    ކަލޯ މިހާރު އެވެސް ކާލީދޯ؟؟؟؟؟؟؟؟
    ތީ ބޮޑުވަރުދެން،،، ހާދަހާ މަސަތްކަތެއް ކުރަންޖެހުނޭ ތިފައިސާ ހޯދަން. އަހަރުންނައް.
    ހެޔޮނުވާނެ ތިދީ އެމީހުންނައް ... ހާދަ ހާލެއްގަޔޭ އެމީހުން އެއުޅެނީ......

  10. ޚުެހޮޕް

    ބާގިރު ކަލޭ އިސްތިއުފާ ދީ. ތީ ކުޑަކަމެއްނޫން...

  11. ސައުދުﷲ ޝަޒީލް

    والله المستعان

    لعنهم الله