އދ.މާމިގިލީގައި ބަޔަކު އެރަށު ކައުންސިލްގެ ނައިބު ރައީސް ޝިހާމް މުހައްމަދަށް ހަމަލާދީ މާރާމާރީ ހިންގާ މަރުގެ އިންޒާރު ދީފިއެވެ.

ކައުންސިލް ނައިބު ރައީް ޝިޔާމަށް ހަމަލާ ދިނުމަށް ފަހު މަރުގެ އިންޒާރު ދީފައި ވަނީ މީގެ ދެ ރޭ ކުރިން މާމިގިލީ ވަށްތުނޑި ބީޗް ސަރަހައްދުންނެވެ.

މަންޒަރުދުއް މީހަކު ބުނީ ޝިޔާމަށް ހަމަލާ ދިނީ މާމިގިލީ ޕޯޓްގައި މަސައްކަތް ކުރާ މީހަކާއި އެއާޕޯޓުގައި މަސައްކަތް ކުރާ މީހެކެވެ. އެދެމީހުންނަކީ ވެސް ޕީޕީއެމްގެ ހަރަކާތްތަކުގައި އިސްކޮށް އުޅޭ ދެމީހުން ކަމަށާއި ނަމަވެސް މިއީ ސިޔާސީ ކަމެއްގެ ސަބަބުން ދިން ހަމަލާއެއް ނޫން ކަމަށް އޭނާ ބުންޏެވެ.

"ޝިޔާމަށް ހަމަލާ ދިނީ އެތަނުން އެކެއްގެ އާއިލާ މީހަކު ވަޒީފާ އިން ވަކިކުރި ކަމަށް ބުނެ. ޝިޔާމްގެ ބުރަކަށީފައި ފައިން ޖަހާ ވަނީ މަރާމާރީ ހިންގާފައި." މަންޒަރުދުއް މީހާ ބުންޏެވެ.

މާރާމާރީ ހިންގުމަށް ފަހު ދަމުން އެދެމީހުން ވަނީ ޝިޔާމަށް މަރުގެ އިންޒާރު ދީފައެވެ. އަދި އޭނާ "ފޮހެލާނަން" ކަމަށް ވެސް ބުނި ކަމަށް މަންޒަރުދުއް މީހަކު ބުންޏެވެ.

މިމައްސަލަ މިހާރު ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޓްރުތް

    އެއީ ހަމަ ތެދެއް.. ޝިހާމް އަކީ ބީރައްޓެއްސެއް ވީމަ އެޓޭކް ކުރީ.. ފިނޑި ބއެއް..ކައުންސިލަރަކާ އެއާރޕޯރޓް ވަޒީފާ ގަ އުޅޭ މުވައްޒަފަކާ ހުރި ގުޅުމެއް ނުވިސްނުނު..

  2. މާމިގިލީ މީހާ

    ކާކު އެކަހަލަ ހަޑި އަމަލު ތައް އެހިންގީ؟ ކޮބާތަ ސިފައިން.. ސިޔާމާ ނުކުޅޭތި އެކަކުވެސް...

  3. ޟަަމާ

    ގާސިމް ކައިރީގައި ޕެޓިސަން ހަދައިގެން މީހުން ވަޒީފާއިން ކަންޑަން އެންމެ އިސްކޮއް ހުރީ ތިބުނާ ކައުންސިލްގެ ނައިބު

  4. މަޑޭ

    ސިޔާމު ގައިގަ ނުޖަހާ، ޒުވާބު ކުރީމަ ބިރު ގަތީ... ބިރުގަންނާނީ ކުރެވުނު ކަންތަކުން ދޯ