ޖަލަށްލާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭފާނު ވެސް މިނިވަންކޮށްފިއެވެ.

ތޮލްހަތު މިނިވަން ކުރަން އަމުރުކުރީ ސުޕްރީމް ކޯޓުން ކަމަށްވާއިރު، އެ އަމުރުގައި ވަނީ ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ފަސްކުރުމަށާއި އޭނާ އާއި މެދު އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަމުރުކޮށްފައެވެ.

މި އަމުރު ނެރުނުއިރު ތޮލްހަތު ހުންނެވީ ގޭ ބަންދުގައެވެ.

ތޮލްހަތުގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް 2015 ވަނަ އަހަރު އިއްވާފައިވަނީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހަންމަދު ހައްޔަރު ކުރި މައްސަލައިގައި ޓެރަރިޒަމްގެ ކުށް ސާބިތުވުމާ ގުޅިގެންނެވެ.

ސުޕްރީމް ކޯޓުން ތޮލްހަތު ދޫކޮށްލާފައިވާއިރު އެ ކޯޓުން މީގެކުރިން ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނާޒިމްއަށް ކޮށްފައިވާ ޖަލު ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް އަމުރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ނިސް

    އިންޞާފްގެ މަގަކީ މިއީތޯއްޗެއް!!!

  2. ނުރަބޯ

    ބަރާބަރު ވަކިފަރާތަކަށް ނުޖެހި ގާނޫނު ދެމެހެއްޓޭނީ ހަމަ ތިޔަގޮތައް. މިއަދުދެން އެމްޑީޕީ އިން ބުނަންވީ “އެމްޑީޕީ ފިޔަވައި އެހެން ހުރިހާ ޕާޓީ އެއް އުވާލަން އަމުރުނެރެދޭށޭ”. ހަމަ ވަގުތުން އެއަމުރު ނެރެދޭނެ. އެހާވެސް ހަމަޔާ އިންސާފުން ކުރި އަށް އެގެންދަނީ.

    • އައްޑޫސިޓީ

      މަށައް ފެންނަނީތިހުރިހާ އައްސަސާ ތަކެއްއުވާލާ ރައީސް މީހާއައްފެންނަ ގޮތަކަށް ސަލާމަތީބާރުގެ ބޭނުންކޮށްގެން ވެރިކަންކުރުން. އެއިރުންތިޔަ މުއައްސަސާތަކަށް ކުރާޚަރަދު ކުޑަވެ ރައްޔެތުންނަށް ބޭނުންވާކަންތައްކުރަން ފަސޭހަވެ ދައުލަތުގެ ޚަރަދު ކުޑަވާނެ. މިގައުމުގަތިހުރިހާ މުއައްސަސާއެއްވެސް ހިނގަމުންދަނީ އެއިރެއްގަ އޮންނަސަރުކާރަކަށް ފަހިވާގޮތައް. މިހެންމިކަން ކުރުމުގެ ނަތީޖާއަކީ އެއިރެއްގައޮންނަ ސަރުކާރަކުން ދައުލަތުގެ މުއައްސަސާތަކަށް ބާރުފޯރުވާކަމަށް ވެފަމިއޮންނަނީ. އެހެން އެމަގުމިކަން ހިނގާނަމަ މިހާރުމިހިނގަމުންދާކަންކަމަކީ އިބޫގެ ނުފޫޒުން ހިނގާކަންކަން ކަމަށްބެލެވިދާނެ.

    • މުޙައްމަދު

      ތިޔަ ގޮތަށް ކަންތައް ކޮށްދިނުން މިހާރު ވަރަށް އެކަށީގެންވޭ

    • މުޙައްމަދު

      ތެދެއް

  3. ފާތި

    ސާބަހޭ ރ.ޔާމީން މިދައުރުގަހުރިހާބާޢީންތަކާ ހުރިހާބޯމީހުނާ ވަގުންތަށް މިނިވަން ތިކޮށްދެއްވީ ޝުކްރިއްޔާ

  4. އަލީ

    ކުއްވެރިން ދޫކުރާ ޢީދެއްތަ މިގައުމަށް މިވަގުތު ކުރިމަތިވެފައި މިވަނީ