ނަޝީދު މާލެ އަށް ފުރައިވަޑައިގެންނެވުމުގެ ކުރިން އައްޑޫ އެއާޕޯޓްގައި – ފޮޓޯ: އެމްޑީޕީ
ނަޝީދު މާލެ އަށް ފުރައިވަޑައިގެންނެވުމުގެ ކުރިން އައްޑޫ އެއާޕޯޓްގައި – ފޮޓޯ: އެމްޑީޕީ

ކުރީގެ ރައީސް މުހައްމަދު ނަޝީދު އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިރޭ އެނބުރި މާލެ ވަޑައިގެންފިއެވެ.

ރައީސް ނަޝީދާއި އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ އަލީ މިމަހުގެ ހަވަނަ ދުވަހު އައްޑޫ ސިޓީ އަށް ފެއްޓެވި ދަތުރުފުޅުގައި އައްޑޫގެ ހުރިހާ އަވަށަކަށް ވަޑައިގެން ސަޕޯޓަރުންނާއި ބައްދަލު ކުރައްވާ ސަޕޯޓަރުންގެ ހާލު އޮޅުން ފިލުއްވެވިއެވެ.

މިއީ ރައީސް ނަޝީދު ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ވަގަށް ނެގި މައްސަލައިގައި އެމަނިކުފާނަށް އައި ޖަލު ޙުކުމަށް ފަހު ރާއްޖޭގެ އަތޮޅަކަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. ނަޝީދު އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅު މިރޭ ނިންމަވާލެއްވި އިރު މާދަމާ އެމަނިކުފާނު ބޮޑު ތިލަދުއްމައްޗަށް ދަތުރުފުޅެއް ފައްޓަވާނެ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައި ވެއެވެ.

ރައީސް ނަޝީދު އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ކުރިއަށް އޮތް ފަސް އަހަރު އައްޑޫ ސިޓީ ތަރައްޤީ ކުރަން ސަރުކާރުން ވެފައިވާ ވައުދު ތަކުރާރު ކުރައްވާފައެވެ. އަދި އައްޑޫގައި އުޅޭ މީހުންނަކީ ރާއްޖޭގެ މަސްލަހަތާ ހަމައެކަނި ގުޅިފައިވާ ބައެއް ނޫން ކަމަށާއި އެއާ އެކު އިންޑިއާގެ މަސްލަހަތާ ވެސް މާ ބޮޑަށް ގުޅިފައިވާ ބައެއް ކަމަށް ވަނީ ވިދާޅުވެފައެވެ.

ނަޝީދުގެ ދަތުރުފުޅުގައި އެމަނިކުފާނުގެ އޮފީހެއް ވެސް ވަނީ ހިތަދޫގައި ހުޅުއްވާފައެވެ.

ހިތަދޫ އޮފީސް ހުޅުއްވައި ދެއްވުމަށް ފަހު، ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ އޮފީހުގެ މައިގަނޑު މަސައްކަތަކީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދެމެހެއްޓެނިވި ގޮތެއްގައި ގައުމު ތަރައްގީ ކުރާނެ ގޮތް ހޯދުމެވެ. އަދި އެ އޮފީހުގެ އަމާޒަކީ "އިންޑިއާގެ ކަނޑުގެ މެދުގައި އެ މަސައްކަތް ހިންގުން" ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދުގެ ދަތުރުފުޅުގައި އިންޑިއާ އާއި ގުޅޭ ގޮތުން ދެއްކެވި ވާހަކަފުޅުތަކާއި ގުޅިގެން ވަރަށް ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޢަވަހަށް ތަހުޤީޤު ކުރަންވީ. ޢފުރާޝީމުގެ ޤަތުލާ ގުޅޭ ގޮތުން ދެއްކި ވާހަކަވެސް ތަހުޤީޤު ކުރަން ޖެހޭ.

  2. ނަޝީދު ހީކޮށްގެންނުވާނެ އައްޑޫrައްޔިތުން އިންޑިޔާގެ އަޅުވެތިކަމުގެ ދަށަށް ފޮނުވައިގެން ތިމަންނަމެންގެ ވެރިކަން ދަމަހައްޓާނެކަމަށް. ޙިލާ އެކަންވިޔަކަ ނުދޭނަން. އިންޑިޔާ އަށްވެސް އައްޑޫއަށް ބޭނުން ގޮތަކަށް ނެހެދޭނެ. ކުރަންޖެހުނު ކޮންމެ ޖިހާދެއް އައްޑޫ ރައްޔިތުން ކުރާނެ.

  3. ޢައްޑޫ މީދު އައިމަ ލަދުގަންނަވާލާފަ އޮންނާނީ ޗޮއްޕަޓު ރޮޒޭނާ އަށް އެއްޗެއްވިސްނޭނެ މިދާއިރާއަށް ޓާޓާ ރޮޒޭނާ

  4. ބޮލެރޮދި ރާގުންޑާ ޢައްޑޫ އިން ފުރިކަން ނަސީބަށް މިކޯ ބަލަނީ ރައްވިކޭތޯ ލަޢިލާ މޯދީ ޔަ ވިކަލަ އެކަލަކި ތަރަގީވޭހެއް ގައުމު.........

  5. ޓީތި ނަސީދު ދެން އައްޑޫގައި ބަހައްޓަބަލަ އޭނަކަހަލަ އަމިއްލަ އއދުމުން ފޯވެފައި ހުރިމީހުން ތި އައްޑޫގައިވެސް އުޅޭނީ ކަމަކައްވާ ކަހަލަ ކަމެއް ކުރާކައް ނޭނގޭނެ

  6. ތި ބުއްޅަ ބެއަކީ ކަލޭމެން ސުވަރުގެ ބޭނުންވާތީ އަޅުކަން ކުރާ ކަލާނގެ އެއްތަ ބަލަ އެމީހަކު ދުނިޔެ މަތީގަ ލޯބިވި އުޅުނު މީހަކާ އެއްކޮށް އެމީހާ ނަރަކަޔަށް ދާނީ ﷲ ނުން އެހެންފަރާތެއް ދެކެ ލޯބިވާކަށް ނޯވޭ މަންމަ ބައްޕަ ދަރިން