ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެންނަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭނުންފުޅުވި ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު ނަސީރު ވިދާޅުވީ ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ފުރޮޅާލަން ނަޝީދު ކިތަންމެ މަސައްކަތެއް ކުރެއްވި ނަމަވެސް ރައްޔިތުން ބޭނުންވަނީ ރާއްޖޭގައި އެމީހުންގެ އަމިއްލަ ބަސް ބުނާ ވެރިކަމެއް ބާއްވަން ކަމަށެވެ.

ބަރުލަމާނީއަށް ކުރިންވެސް ދިވެހިން ނޫނެކޭ ބުނެފައިވާ ކަމަށް އުމަރު ވިދާޅުވިއެވެ. އަދި އެ ނިޒާމަކީ ރާއްޖޭގައި ވިއްކޭނެ ނިޒާމެއް ނޫން ކަމަށްވެސް އުމަރު ވިދާޅުވިއެވެ.

އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ކުރިމަތިވާނެ އެންމެ ބޮޑު ޗަލެންޖަކީ ރައީސް ނަޝީދު ކަމަށްވެސް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވި ގޮތުގައި މިހާރުވެސް އެ މަންޒަރުތައް ދަނީ ފެންނަމުންނެވެ.

ތިން އަހަރު ރާއްޖެއިން ބޭރުގައި ދިރިއުޅުއްވުމަށް ފަހު ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ދިވެހިންނަށް އެންމެ ރަނގަޅު ވާނީ ބަރުލަމާނީ ނިޒާމެކެވެ.

"އަޅުގަނޑަކީ އަބަދުވެސް ބަރުލަމާނީ ނިޒާމަށް ތާއީދު ކުރާ މީހެއް، އެކަމަކީ ވަކި އިރެއްގައި އަޅުގަނޑު ގަބޫލު ކުރާ ކަމެއް ނޫން، އަޅުގަނޑު އަބަދުވެސް ދެކޭ ގޮތުގައި ސާފު ގޮތުގައި ވެރިކަން ހިންގުމަށް ހަމަޖެހޭ ނިޒަމަކީ ބަރުލަމާނީ ނިޒާމެއް، އެއީ އަޅުގަނޑުގެ ހިޔާލާއި ފިކުރު" ނަޝީދު ވިދާޅުވިއެވެ.

މިހާރު ރާއްޖޭގައި އަމަލު ކުރަމުން އަންނަ ޤާނޫނު އަސާސީ އެކުލަވާލުމުގެ މަސައްކަތް ކުރިއިރު ރާއްޖޭގައި އޮންނަން ފެންނަނީ ކޮން ކަހަލަ ނިޒާމެއްތޯ ބަލަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގިއެވެ. އެވޯޓްގައި ވަރަށް ބޮޑު އަޣުލަބިއްޔަތަކުން ރައްޔިތުން ނިންމީ ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއް ކަމަށެވެ. ނަމަވެސް އޭރު ވެސް އެމްޑީޕީ އިން ކެމްޕޭން ކުރީ ބަރުލަމާނީ ނިޒާމަކަށް ރައްޔިތުންގެ ތާއީދު ހޯދުމަށެވެ.

ނަޝީދު ބަރުލަމާނީ ނިޒާމަކަށް ތާއިދުކޮށް ވާހަކަދައްކަމުން ދާއިރު އެމްޑީޕީގެ ވަރަށް ސީނިއާ ބޭފުޅުން ގެންދަވަނީ ފާޅުގައި އެކަމާއި ދެކޮޅު ހައްދަވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

31 ކޮމެންޓް

  1. ވިސްނާލާ

    އުމަރާ ވާހަކަނުދައްކާ ރަޖާލައިގެން ގޭގައޮވޭ ޝިގައްލާއޭ ކޮލެރާއޭ ކިޔާ. މިއަދު ކޮލެރާތަ ޝިގައްލާތަ ނުރައްކަލީ. ރޔާމީންއާ މައުމޫނާ ގުޅުންކަޑުވާފަ ޕޕމއަށް ބިންހެލުންގެނުވާފަ ކާލާމަންނަ ހިފައިގެންދިޔަގޮސް ކާލާމަންނަ ފެނަށްދުއްވާލީ.. މިސަރުކާރު ބަލިކަށިކުރިއެކެތިއީ. ދެންވަރިހަމަތާ ބަރުލަމާނީއަޔަސް އައްނިއަށް ސަޖިދަޖަހާމީހުންވިއްޔާ މިރާއްޖޭގަ މިތިބީ. އިބޫ އެބައުޅޭތަ މިގައުމުގަ ވެރިކަންކުރަން. ވެރިކަންކުރަން ބޭނުންމީހާ އެދުވަނީ އައްޑުއަތޮޅާ ތިލަދުންމަތި ސޭލްއަޅުވައިގެން. އިބޫއަކީ ފޮޓޯގަޑޭކޭ އޭރުވެސް އެެއްމެންބުނި. އެގޮތްވަރިހަމަވީ އަދާލަތާ މައުމޫނާ ގާސިމާ އުމަރާ މިކަހަލަމީހުންނަ. ދެންވެސް ފޮނިކަޑަން ނުހަދާ މިގައުމު ސަލާމަތްކުރަން ރޔާމީނާ ބައިވެރިވާވީނުން.. ދެންތިބިއެއްމެން އެތިބީ ހައްޕުވެސް ނުކިޔޭވަރަށް ެއިންޑިއަންޓޭޕު އަޅާފަ.. މިކަމުންސަލަތް ވުމަށް ތިޔަޒާތީ ހަސަދަ އެއްފަރާތްކޮއްފަ ރޔާމީންގެއަތުގަހިފާ. މަޖުލިހަށްވެސް އުމަރު ކުރިމަތިލާންވެއްޖެނުން.

  2. Anonymous

    އުމަރު، ހީރޯއެއް. ވެރިކަމަށްޓަކައި އެމްޑީޕީއާ ނުގުޅު. އެކަމު އަދާލަތާ މައުމޫނާ ގާސިމް އެމްޑީޕީ އާ ބައިޢަތު ހިފީ.

    1
    1
  3. ޖުމުހޫރީ މައިދާނުން

    ޢުމަރަކީ ހީރޯއެއް. ވެރިކަމަށްޓަކައި އެމްޑީޕީ އާ ނުގުޅުނު. ޢެކަމަކު އަދާލަތާ ގާސިމާ މައމޫން އެމްޑިީޕީ އާ ބައިޢަތު ހިފީ.

    1
    1
  4. ދަރި

    މީދެން ކާކުތަ؟

    1
    1
  5. ޔާމިނު

    ހަރުގަނޑަށް އަރާނެ ޗާންސެއް ދެން އުމަރާ އަކަށް ނޮއޮންނާނެ

    1
    1
  6. މަސްވެރިޔާ

    ރިޔާސީ ނިޒާމަކުން ރާއްޖޭގެ ވެރިކަމެއް ދުވަހަކުވެސް ސާފްނުވާނެ. 2008 ގެ ކުރިއާއި މިހާރުގެ ވެރިކަމުގެ ތަފާތަކީ ގިނަ މުއައްސސާތަކެއް އުފަދައްއިގެން ރައްޔިތުން ދަރަނިވެރިކުރުވުން. ބަރުލަމާނީ ރަގަޅު ނިޒާމެއްގައި ބޮޑްވަޒީރު މަޖުލިސްގަ ރައްޔިތުންގެ ކުރިމަތީގައި އޭނާ ސަރުކާރު ހިންގާގޮތާއި ހިންގާ ޚަރަދުގެ ވާހަކަ ރައްޔިތުންނަށް ސާފްކޮށްދެންޖެހޭނެ. ރާއްޖޭގައި މިހާރު މިއޮތީ ރިޔާސީ ކޮރަޕްޝަން ނިޒާމެއް. ރައީސަކަށް ހުންނަ މީހެއްގެ މުއްދަށުގަ ހުރިހާބާރެއް ނަމަކަށް 3 ބާރު ވަކިވެފަމިއޮތީ... 5 އަހަރުވުމުގެ ކުރިން ރައީސަކަށް ހުންނަ މީހަކު ގަދާނެ 4 އެއްޗެއް ހަދަންވީ. ރާއްޖެއަށް ރިޔާސީ ފެޑެރަލް ނިޒާމެއް ފަހަރުގަ ރަގަޅުވެދާނެ. އެކަމަކު އެންމެރަގަޅީ ރަގަޅު ބަރުލަމާނީ ނިޒާމެއް. ސިލޯނުގަ އޮންނަވައްތަރުގެ
    ބަރުލަމާނީއެއްނޫން. އުމަރު ޗެލެންޖްނުކޮށް ކުޑަކޮށް ރިސާޗް ހައްދަވާ ލައްވާ.

    1
    1
    • ނުރަބޯ

      އެއްމެ ރަގަޅުވާނީ އިސްލާމީ ނިޒާމު. ބަރުލަމާނީ އެއް ލުއިލަމާނީ އެއްނޫން.

  7. ކަލޯ

    އާން ތިޔަނީޒާމް އައްބަދަލްވީމަ އަނެއް ވޯލްޑް ރިކޯޑް މިޤައުމައް ލިބިގެންދާނެ. އެއްދުވަހު ބޭނުންވީމަ މޮހަންމާކަލޯ އަނެއްދުވަހު ތިމަރަ ތަފާ އަނެއްދުވަހު ދިއްދޫލަތީ އައް ބޮޑުވަޒީރުކަން. މިހެންގޮސް އަހަރު ނިމޭއިރު ހުރިހާމެމަރުން ބޮޑު ވަޒީރައްވެ ރެކޯޑް ފޮތުން ޖާގަލިބުނީ!

  8. އިއްޔާރު

    ޢުމަރުވެސް ޤައުމަށް މިވަރުގެ ނުރައްކާތެރި ބަދަލެއްއައިރު ހަނުހުންނެވިކަން ދެރަދޯ؟

  9. ޗިއްލޫ

    ބަލަ ނަޝީދު ގެންގުޅެނީ އޭނަޔަށް މިރާޖޭގެ ހުރިހާރައްޔިތުންގެ މައްޗައް ދާއިމަށް ބަސްހިންގޭ ނީޒާމެއް ޕްރޮމޯޓްކުރަން، ސަބަބު ވަރަށް ސާފް، މިގައުމަށް އެހެންދީންތައް ގެންނަން ރާވާހާ ރޭވުންތައްމިއީ!!! ކުރުގޮތަކަށް ބުނާކަމަށް ވަންޏާ ނަޝީދަކީ މިގައުމަށް ޔަހޫދިން ފޮނުވާފަވާ އެމީހުންގެ ޕަޕެޓެއް!!!!!!!!!!

    • ފައްޑެ

      ދީންތައް ގެންނާނަން. ޙަމަ ފެލިފެލި ތިބެން ޖެހޭނީ.

  10. ބޭކާރު ވާހަކަ ދެއްކުމުގެ މާނައެއް ނެތް. އުމަރުގެ ސަޕޯރޓަރުންނަށް މަގު ދައްކައިދިނުމުގަ އުމަރު ފެއިލް ވެއްޖެ. ލީޑަރެއްނަމަ އެއްވެސް ހާލަތެއް ނާންނާނެ ތިމާގެ ފޮލޯވަރުން ދޫކޮލަންޖެހޭ. އެކަމު އެ ކޮލިޓީ އުމަރުގެ ކިބައިގައެއް ނެތް. ދިވެހިންގެ އަތްމަތީ ބަހެއް ފަރުވާ ހޯދުމަށް ކިތަންމެ ހިތި ވިޔަސް ބޭސް ބޯންޖެހެޔޭ. އުމަރަށް ބަލި ދެނެއެއް ނުގަނެވުނު، ކުރެއްވި ހާވެސް ކަމަކީ ދާނެ ގޮތަކަށްދާން ދޫކޮށްލީ އަމިއްލަ ސަޕޯޓަރުންގެ ހާލަކީ ކޮބައިތޯވެސް ބަލައެއް ނުލެވުނު، މިއަދު ތިވާހަކަ ދެއްކުމުގެ މާނައެއް އޮތްކަމަކަށް ނުފެނޭ. ވާހަކަ ދައްކާ ކަމަށްވާނަމަ ކޮޅި ގަޑާ ކުރިމަތި ލުމުގެ ހިތްވަރު ހުންނަންވާނެ. ތިމާއަށް ކިތަންމެ ކުޑަކަމެއް ކޮށްދެވެން އޮތް ނަމަވެސް އެކަމެއް ކުރުމުގައި ފަސްނުޖެހި ހުންނަންވާނެ. ވިސްނާލުން ބުއްދިވެރި ރ. ނަޝީދަށް ހިންދޫ ދީނުގެ އަޅުކަމުގެ ދުވަހެއް ފާހަގަ ކޮށް އެކަމަށް ތަހުނިޔާ ކިއިއްޖެ، އެކަމު 3 ނޮވެމްބަރ ގެ އުދުވާނުގަ މި ޤައުމުގެ ހައްޤުގަ ޝަޙީދު ވީ އަބުތޯލުންގެ ޒިކުރާ އެއް އާނުކުރެވުނު. މިފަދަ ކަންކަން ލޯމަތިން ހިނގަމުންދާއިރު މިކަންކަމަށް ފާޅުގަ ބަސް ނުބުނެވޭ ކަމަށްވާނަމަ އިތުރު ވާހަކަ ނުދައްކާ ރަޖާލައިގެން އޮންނެވުމަކީ އެންމެ ރަގަޅުގޮތް.

  11. ރައްދު

    ރާއްޖޭގެ ސިޔާސީ ދާއިރާގައި ބަސް ބުނަންޖެހޭ
    ބޭފުޅަކަށް އުމަރު ނަސީރު ވެފައިވާއިރު މިހާ
    ދުވަސް ވަންދެން އަދި މުހިއްމު އެތައްކަމެއް
    ހިގާދިއައިރު ބަސްފުޅެއްވިދާޅުވެ އުމަރު ހަނު
    ހުރުން ކުށްވެރިކުރަމެވެ

  12. ޝަމާއިލް

    ގެނެވޭނެ އެއްޗަކާ ނުގެނެވޭނެ އެއްޗެއް އުމަރަކައް ނޭނގޭނެ.. ގޮސް ބިމުގަ ވަޅެއް ކޮނެގެން ފިލާ އޮވެބަލަ ރިޔާސީ އިންތިޚާބުގަ އުޅުނު ވައްތަރައް..

  13. އުތުރު

    ނަޝީދަކީ ހިޔޮވެރިކަމެއް ރާއްޖޭގައި ގާއިމުވެފައި
    އޮތުމަށް އެޅިފައިވާ އެންމެބޮޑު އަދި އެންމެ
    ނުރައްކާތެރި ވަބާއެވެ އޭނާގެ ބާރު ގަދަވެފައި
    ވަނީ ނަސޯރާފިކުރު ރާއްޖޭގައި ފަތުރާނެކަމުގެ
    ގެރެންޓީ ހުޅަނގުގެ ގައުމުތަކަށް ދެމުންދާތީ
    އެމީހުންގެ މަދަދު އޭނާއަށް އޮހެމުން ދާތީއެވެ

  14. ސޯދް

    ނަސީދުދެކެ މީނަ މިއަންނަ ރުޅިއެއްދޯ. ލޮލް! ނަސީދު އެވެނި ކަމެއް މިވެނި ކަމެއް .އޭނަވިެއްޔާ މަދެކޮޅު. ޕިސްޕިސް!

  15. ނާޒިމް

    ކޮންބަރުލަމާނީއެއްގެންނަންތަ މީނަހިފާ ހައްޔަރޮށްބަލަ މިކހާ ބޮޑު ވަބާއެއްތަ ގައުމައްޖެހިފައޮތް

  16. މަނިކު

    ސާބަހޭ އުމަރަށް އަޅެފަހެ ކޮންތާކުއެޅެފަތަ ތިޔަ އައީ

  17. ޞަރު

    ކެލޭ އަންނި އާއި ގެޅިގަންނަން ނޫޅެއްޗޭ ލުއްޗާ. ތިހިރީ ސައިޒު ކޮއްފަ ރަގަޅަށްވެސް.

    • ގެޅިގަތުން

      (ޟަރު) މީހާދަ ގަދަ މީހެކޯ މީ، މިތާ އެބަ އުޅޭ އެ ހެން މީހުން ވެސް. ވަކި މީހަކަށް މިތާ ވަކި މޮޅެއް ނުވެ ވޭނެ.

  18. ބުމަރު

    ނަޝީދު ބޭނުން ކޮންމެކަމެއް ކުރަމުން އެހެރަގެންދަވަނީ. ކުރިންވެސްކުރި. މިހާރުވެސް އެ ކުރަނީ. ކުރިޔަށް އޮތްތަނުގަވެސް ކުރާނެ. 136 ހާސް ގަމާރުން ރާއްޖޭގައި އެބަތިބި. ދެން ކީއްވެ ނަޝީދަށް ކަމެއް ނުވާންވީ؟

  19. މޯޑު

    ޢުމަރުގެ ވާހަކައަށް ތާއީދު... ހިތާމައަކީ އެމް.ޑީ.ޕީ ގެ އާންމުނަށް ނުވިސްނޭނެތީ

  20. ފިކުރު.

    ނަޝީދު ބޭނުމިއްޔާ ކޮންމެ ކަމެއްވެސް ކޮށްފާނެ. ބިރުވެރިމީހެއް ނަޝީދަކީ!

  21. ދުރުމި

    ސާބޭ އުމަރު ތިގޮޔަށް ހައްވުބަސް ބުނުމުގަ ދެމިހުންނައް ވާނެ މިރާއްޖެއެހެން މީހުން ހަދާހެން ބޮޑުފަޅިއަށް އަރާ ވިސްނުމުގެ މީހެއްނޫނަ އުމަރު ނަސީރަކީ ވެރިކަން ބަދަލުވުމާއިއެކު ހުރިހާ އެންމެން ހުދުފޮތިކޮޅަށް ވެއްޖެ އެންމެން ކުރިމަތީ ކޯޓް އަމުރަކާއިނުލާ އިސްފަޑިއާރު ރޭގަނޑު ދަންވަރު ދަމާކޫއްތާ ގެންގޮސް ހައްރުކުރީ މުޅިގައުމުގައި ހުޅު ޖެހީވެސް އަދި އޭރުގެ އޮޑިޓަޖެނެރަލް ނެރުނު ރިޕޯޓްތަކުގައި ހުރި ވައްކަން ކޮއްފަ ހުރި މައްސަލަތަށްވެސް. މިކަންތައްތަކާއި މިހާރު ވާހަކަ ދައްކާ ހާދާމީހެއްވެސް ނެތް.

  22. ރުޒާނާ ޗޮއްޕަޓު

    ސިޔާސީ ހުރިހާ މީހުންނަކީ އުމަރު ފަދައިން ގައުމަށް ހެޔޮ އެދޭ އަމިއްލަ އެދުމުން ސަލާމަތް ވެފައިވާ ބަޔަކަށް ވާނެނމަ. އިސްލާމީ ގައުމުތައް ފަނާ ވަމުން ދަނީ މަތިފަޑީގެ ދަހިވެތިކަމުގެ ސަބަބުން. އުމަރު ނޫނީ ކޮންމެ ހާލަތެއްގަ ވިޔަސް ދިވެހިން ތެރޭ އެތިިބަ އުޅޭ ގައުމާ ދީނުގެ އަދުއްވުންގެ ދަލުގަ ނުޖެހި ސަލާމަތުން ހުރި މީހަކު ނެތް. ކާކު ހީކުރާނީ މައުމޫނު އެހާ ނުބައި ނުލަފާ ވެދާނެ ކަމަށް. ފަހު ޒަމާނުގެ އަލާމާތް.

  23. އަބުދުﷲޖަމީލް

    ދުވަހަކުވެސް އުމަރުމެން ބުނާގޮތެއްނުވެއެއްނު. އަންނި އެކަން ކުރަން އުޅެފިއްޔާ އެކަން ވުން ވަރައްގާތް

  24. ނައުރާ

    މިނަހާދަްނިއައްޖެހިގަނެގެނޭދޯމިއުޅެނީމީދެންކާކުrަ ރައްޔިތަކުދަންނަމީހެއްވެސްނޫން

  25. ލަކީ

    ޢުމަރު ނަސީރު އެއްވެސް ހައިސިޔަތެއް ނެއް ބޭފުލެއް ދެން ކޮން ވަހަކައެއް

  26. ދިސްއިޒްއިޓް

    ދެން ރާއްޖޭގެ ސިޔާސީ ލޭންޑްސްކޭޕް ބަދަލުވާނެ ގޮތަކީ އެއީ އިބޫގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހު ކެނެރީގެ ނަޝީދުގެ ބަލާ ބޮޑު ވުމުގެ ސަބަބުން އެމެންގެ ކޯލިޝަން ފަޅަ ފަޅައިގެން ދާނެއޭ އުވަވަޅެއް ފަޅައިގެން ދާ އުސޫލުން ދެން އެއަށް ފަހު ޕީޕީއެމް ލިބޭނެއޭ އަނބުރާ ރައީސް މައުމޫނަށް އޭގެ ފަހުގައި އުމަރު ނަސީރު ޕީޕީއެމްގެ ބާރުގަދަ މަގާމަކަށް އަންނާނެއޭ އެއަށް ފަހު އިބޫގެ ސަރުކާރު ދިފާއުކުރަން އެންމެ ބޮޑަށް މަސައްކަތް ކުރާނީ ޕީޕީއެމް އާއި ޖޭޕީ އަދި އަދާލަތޭ އެމްޑީޕީ ވަކިން އޮވެގެން އިބޫގެ ސަރުކާރާއި ދެކޮޅަށް ވަރަށް ގިނަ ސްޓަންޓް ޖައްސާނެއޭ އެކަމަކު އިބޫގެ ވެރިކަން ދިފާއު ކޮށް ދޭނެއޭ ޕީޕީއެމް އިސްވެ އޮވެ އުމަރު ނަސީރު މެންގެ އެހީގައި ދިސް އިޒް އިޓް...

  27. އަލްޖިބްރާ

    އަނެއްފަހަރު ކަލޭގެ އަގަފެޅީ ! ކިހިނެއްވީ ؟ އަދިވެސް ހުދުވަލުގެ މައްސަލަ އެބައޮތް !

  28. ބަރުގޮނު

    ނަޝީދު ތާއީދު ކުރައްވާ ކަންތައްތައް ދިވެހިންނަށް ނޭގެނިއްޔެެއްނޫން. ދީނީ މިނިވަންކަން އޮތުން ، އެއްޖިންސު ކާވެނި ، އިސްލާމްދީނު ގެ ޙައްދުތައް (އިންސާނީ ޙައްޤުތައް ޙިމާޔަތް ކުރުމުގެ ނަމުގައި) ނެއްތާލުން ، މިކަހަލަ ކަންތައްތަކަށް ނަޝީދު ތާއީދު ކުރައްވާ. އެމް.ޑީ.ޕީ ގެ ހަލާކަކީ ވެސް ހަމަ ނަޝީދު..