ގަވައިދާ ހިލާފަށް ކުނި އުފުލުމުގެ ހިދުމަތްދޭ ފަރާތްތަކަށް ވޭސްޓް ޓްރާންސްފަރ ސްޓޭޝަންގެ ހިދުމަތް ހުއްޓާލާނެކަމަށް ވެމްކޯއިން ބުނެފިއެވެ.

ވެމްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ގަވައިދާ ހިލާފަށް ކުނި އުފުލުމުގެ ހިދުމަތްދޭ ފަރާތްތަކަށް ނޮވެމްބަރު 30 ވަނަ ދުވަހުގެ ފަހުން ވޭސްޓް ޓްރާންސްފަރ ސްޓޭޝަންގެ ހިދުމަތް ނުދޭނެ ކަމަށެވެ.

ސަބަބެއްކަމަށް ވެމްކޯއިން ބުނެފައި ވަނީ، ގޭބިސީތަކާއި ވިޔަފާރިތައް އަދި އެކިއެކި މުއައްސަސާތަކާއި ހޮޓާ، ރެސްޓޯރަންޓްފަދަ ތަންތަނުގައި އުފެދޭ ކުނި އުފުލާ ފަރާތްތަކާއި، ކޮންމެ ދުވަހަކު އާއްމުކޮށް ކުނިއުފުލުގެ ޚިދުމަތްދޭ ކުލީ އުޅަނދުތަކުގައި ކަމަށެވެ. އަދި އެމަސައްކަތް ކުރަނީ ކުނި މެނޭޖްކުރުމާއި ބެހޭ ޤަވާޢިދާ ޚިލާފަށް ކަމަށްވެސް ވެމްކޯއިން ބުންޏެވެ.

"އަދި މިފަދަ ފަރާތްތަކަށް 30 ނޮވެމްބަރު 2018ގެ ނިޔަލަށް ކުނި އުކުމަށް މި ކުންފުނީގެ ވޭސްޓް ޓްރާންސްފަރގެ ހިދުމަތް ދިނުން ހުއްޓާލާނެކަން އެންމެހާ ކަސްޓަމަރުންގެ މައުލޫމާތަށްޓަކައި ދަންނަވާލީމެވެ". ވެމްކޯ އިން ނެރުނު ބަޔާނުގައި ވެއެވެ.

ވެމްކޯގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ގާއިމްކޮށްފައި ވަނީ އިންޑަސްޓްރިއަލް ވިލޭޖުގައެވެ. އެތަނުން ކުނި ހިފައިގެން ގެންދަނީ ތިލަފުއްޓަށެވެ. އަދި ކުނި ނައްތާލުމުގެ މަސައްކަތް ކުރަމުން ދަނީ ތިލަފުށީގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދިވެހިމީހާ

    އެންވަޔަރމަންޓް މިނިސްއޮތީފެއިލްވެފަ ތިބުނާ އަމިއްލަ ވެހިކަލްތައް ކުނިއުކުމުގެޙިދުމަތްދެނީ ކޮންގޮތަކައްތޯބަލަނީކާކުތަ! އެންވަޔަރމަންޓް ޕޮލިސްވެސް އުޅެޔޯލަ ތިކުނިއުކާމީހުން ކުރިންވެސް ގެންދާގޮތަށް މިހާރުވެސް ތިކަންކުރަނީ ތަފާތަކީ ހަމައެކަނި ތަންކޮޅެއް އުސްކޮއް މަތިނެތް ފޮޝިގަނޑެއްހެންހުރުން ދުވާވަހުން މަގުމަތީގަ ހިނގަނވެސް ދުއްވަންވެސް ވވވވވ އުނދަގޫ ވ ސަލާމް