ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ކުއްލި ގޮތަކަށް ރޭ އައިޖީއެމްއެޗަށް ގެނެސް އައިސީޔޫގައި އޭނާ އަށް ފަރުވާ ދީފައިވާ ކަމަށާއި އޭނާ އަށް ފަރުވާ ދިނީ ކިޑްނީގެ މައްސަލައެއްގައި ކަމަށް "ރާއްޖެއެމްވީ" އިން ބުނެފިއެވެ.

އެނޫހުގައި ބުނެފައިވާ ގޮތުގައި އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު މިހާރު އަދީބު ވަނީ ޕްރައިވެޓް ރޫމަކަށް ބަދަލު ކޮށްފައެވެ. މިހާރު އަދީބުގެ ހާލު ރަނގަޅު ކަމަށް މައުލޫމާތު ލިބެއެވެ.

ދައުލަތުގެ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ އަށް ޚިޔާނާތްތެރިވެފައިވާ އަދި ރައީސް ޔާމީން އަވަހާރަކޮށްލަން މަސައްކަތް ކުރިކަން ސާބިތުވެފައިވާ އަދީބަށް ވަނީ ތިން މައްސަލައެއްގައި 33 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައެވެ. މިހާރު ވެސް އޭނާގެ މައްޗަށް ދައުވާ ކުރާ ތިރީހަކަށް މައްސަލަ ކްރިމިނަލް ކޯޓުގައި އެބައޮތެވެ.

އަދީބަށް ނުރައްކާތެރި ސިއްހީ މައްސަލަތަކެއް ދިމާވެ ރާއްޖެ އިން ބޭރުން ފަރުވާ ހޯދަން ލަފާދެއްވަމުން ގެންދަވާތާ ދެއަހަރެއްހާ ދުވަސް ވެއްޖެއެވެ. ނަމަވެސް އަދީބު ރާއްޖެ އިން ބޭރަށް ދިއުމުގެ ހުއްދަ ސަރުކާރުން ދެއްވާފައެއް ނުވެއެވެ.

އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ސަރުކާރުން އަދީބު ރާއްޖެ އިން ބޭރަށް ފޮނުވާފާނެތީ މިހާރުއްސުރެ ބައެއް ފަރާތްތަކުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އާދިލް

    ފޭކު ފޭކު. ތިއީ އެކްޓައް. އަހަރެން އިބޫއަށް ވޯޓުލީ މި ވަގު ސަލާމަތް ކުރާކަށެއް ނޫން! 100 އަހަރަށް ޖަލަށް ލައިގެންވެސް މިވަގަށް އެކަށޭޭނެ އަދަބެއް ނުދެވޭނެ!

  2. ބުއްޅަބޭޭޭޭޭ

    ބުރުމާ ކޮޕީކޮށްގެން ދެން ތިހުރިހާ ކުއްވެރިން ފިލާނީ!

  3. ހުސޭނުބޭ

    ތިވަރުގެ މައްސަލައެއް ކިޑްނީޔަށް ޖެހިޖިއްޔާ އަދީބު ޖަލުގައި ބާއްވާފައި ފަރުވާކުރަން ކިޑުނީ ރާއްޖޭން ބޭރަށް ފޮނުވާ!

  4. ހެލޯ

    އެއީ އެކްޓެއް ނޫން ހެން ހީވަނީ. އޭނަގެ ޢާއިލާ އެތައް ބަޔަކު ކެންސަރު ޖެހުނޯ. އަދި އޭނަ އަސްލުވެސް އުޅެނީ ހަމަ ވަރަށް ބަލިކޮށޯ ވަރަށް އިތުބާރު ހިފޭ ފަރާތަކުން ބުނި. ހަކުރު ބަލި ކޮންމެވެސް އެއްޗެކޭ ކީ ހަނދާނެއްވެސް ވޭ..