ދިވެހިރާއްޖޭގެ 50 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ނޭޝާނަލް ޑިފެންސް ފޯސް އިން ބާއްވާ ޝަރަފުގެ ހިނގާލުން މާދަމާ މާލެ ސިޓީގައި ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ.

މި ޝަރަފުގެ ހިނގާލުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 16:00 ގައި ސިފައިންގެ މައި މަރުކަޒު ބަންޑާރަކޮށިން ނިކުމެ، ބޮޑުތަކުރުފާނު މަގުން އިރަށްގޮސް ބޮޑުތަރުފާނު މަގުން ކަޅުތުއްކަލާކޮށްޓަށެވެ.

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ މި ޝަރަފުގެ ހިނގާލުން ތިން ސަރަހައްދެއްގައި ހުއްޓުމަށް ވަނީ ހަމަޖެހިފައެވެ.

ޝަރަފުގެ ހިނގާލުން ހުއްޓުމަށް ހަމަޖެހިފައިވަނީ ކާނިވާ ކުރިމަތީ ހުންނަ ޕެޓްރޯލް ޝެޑް ކައިރި، ދަރުބާރުގެ ކައިރި އަދި ވިލާ ކޮލެޖް ކައިރީގައެވެ.

ކިޔުންތެރިންގެ ހިޔާލު