ސަރުކާރުން ކުރިއަށް ގެންދާ ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓް ލިބުނު 7000 މީހުންނަށް ލިޔުން ހަވާލުކުރަން ފަށައިފިއެވެ.

ފްލެޓް ލިބުނު މީހުންނަށް ލިޔުން ހަވާލުކުރަން ފަށާފައިވަނީ މިއަދުއެވެ. އެ ލިޔުމުގައިވާ ގޮތުން ފްލެޓްގެ އެއްބަސްވުމާއި ފައިސާ ދެއްކުން ކުރިއަށް ގެންދާނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިންނެވެ.

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓްތަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 12 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އޭގެ ތެރޭގައި ހިމެނެނީ ސިވިލް ސާރވިސް މުވައްޒަފުންނަށް 1000 ފްލެޓް، އުމުރުން 18- 40 ދެމުދު ކައިވެނިކޮށްގެން އުޅޭ މީހުންނަށް 1000 ފްލެޓް، ދަފްތަރުގައި ނުހިމެނޭ މާލޭ ރަށްވެހިންނަށް 1000 ފްލެޓް، މާލޭ މުނިސިޕަލްޓީގެ ހާއްސަ ދަފްތަރުގައި ހިމެނޭ މީހުންނަށް 1044 ފްލެޓް، ޑޮކްޓަރުންނާއި ނަރުހުންނަށް 475 ފްލެޓް، ޓީޗަރުންނަށް 625 ފްލެޓް، އެކަނިވެރި މައިންނާއި ބަފައިންނަށް 500 ފްލެޓް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އައިލާތަކަށް 200 ފްލެޓް، ގުޅިފަޅާއި ޓާޓާ ފްލެޓްތަކަށް ފައިސާ ނުދެއްކުނު ފަރާތަކަށް 300 ފްލެޓް، ސިފައިންނާއި ފުލުހުންނަށް 600 ފްލެޓް އަދި މާފަންނު ހުޅަނގު ދާއިރާ އަށް ނިސްބަތްވާ ވަރަށް ދަތިހާލުގައި އުޅޭ ގޭބިސީތަކަށް ދޫކުރާ 256 ފްލެޓެވެ.

ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ އިތުރުން ބައެއް ރަށްރަށުން ދޫކުރި ފްލެޓްތައް ލިބުނު މީހުންގެ ވަގުތީ ލިސްޓް ވެސް ވަނީ އާންމުކޮށްފައެވެ،

ހިޔާ މަޝްރޫއުގެ ފްލެޓުތައް ދޫކުރަން ފަށާފައިވާއިރު، އަލަށް އެކުލަވާލާ ސަރުކާރުން ފްލެޓް ލިސްޓް ބާތިލްކޮށް، ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލައްވާނެކަމަށް އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހްގެ ތަރުޖަމާނު، މައްޗަންގޯޅީ އުތުރު ދާއިރާގެ މެންބަރު މާރިޔާ އަޙްމަދު ދީދީ ދާދިފަހުން ވަނީ ވިދާޅުވެފައެވެ.

މި ވާހަކަތަކަށް ރައްދު ދެއްވަމުން ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ވަނީ "ހިޔާ" މަޝްރޫއުގެ ދަށުން ފްލެޓް ލިބޭ ފަރާތްތަކަށް، އައު ސަރުކާރުން ފްލެޓް ނުދީފިނަމަ ދިވެހިރާއްޖޭގެ ކޯޓުތަކުގައި ދައުވާ ކުރުމުގެ ފުރުޞަތު އޮންނާނެކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. މާރިޔާ

    ސާބަހޭ ޔާމިންސަރުކާރައް

  2. އަލީ

    ކޮބަ ފްލެޓް ގެ ބޮޑު ކުޑަ މިން

  3. ދަވޭ

    ރާއްޖޭގެ ތާރީޚް ގައި ވެސް އެންމެ ގިނަ އަދަދަކަށް ފްލެޓްސް ތައް މިދިނީ އެއީ މަމެން ޕިންކީންގެ ވެރިކަމުގައި އެކަނިއޭ މަމެން ޕިންކީން ވެރިކަމުގައި ތިބި ނަމަ ފްލެޓްސް ތަަކަށް އެދި ފޯރމް ލާފައިވާ ހުރިހާ ފަރާތް ތަކަށް ފްލެޓްސް ތައް މާލެ ސަރަހައްދުން ދޭނަމޭ މަމެން ޕިންކީން ނަށް ވެރިކަން ނުލިބުނީ އެއް ނޫންތޭ ހުރި ހިތާމައެއްގެ ބޮޑު ކަމާއޭ ދެން ތަމެންގެ ވެރިކަމުގައި އަންނަން އޮތް ހަނަފަސް ކަމާއި ތަދު މަޑު ކަމުގެ ބޮޑު ކަމާއޭ ޑޮލަރުގެ އަގު މިހާރު ބޮޑުވަނީ

  4. ރީމަ

    ކޮބާތަ ސިވިލް ސަރވިސްގެ ފްލެޓްތައް

  5. ޭއިންތިޒާރު

    އަދިވެސް ސިވިލްސާވިސްގެ ދާއިމީލިސްޓު ނުނެރޭ. ވަރަށް ބޭއިންސާފު.

  6. މުއިއްޒު

    ޤާނޫނާއި ގަވާއިދު ތަކާއި ޚިލާފަށް ކޮށްފައިވާ ހުރިހާ ކަމެއްބަލާ ނިންމާނީ ހަމަކޯޓު މެދުވެރިކޮށް. މިނިސްޓަރ ގުޅީ ފަޅުން ގޯތި ލިބުނު މީހުންނަށް ކަންތައް ކުރިގޮތް ހަދާންނެތުނީތޯ.

  7. މރޔމ

    އެއްވެސް އިންސާފަކުން ނޫން ފުލެޓް ދީފާ ހުރީ.

  8. Anonymous

    Bduvegenvaa fthunayakun migamu salaamath kri R NASHEED
    SIKUNDEE GE AHULUVERIN NAKEE THEE.

  9. Anonymous

    ރައީށޤ ޔާމީން އުފަންކުރި ފިތުނަވެރި ލަމުން ސަލާމަތް ކޮށް ދިނީތީ ސުކުރިއްޔާ ރ ނަސީދު ބުއްދީގެ އަހުލުވެރިންނަކީ ތީ.......