ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެންމެ ހައްގު މީހުންނަށް ފްލެޓް ނުލިބުނު ނަމަވެސް ފްލެޓް ލިބުނު މީހުންގެ އަތުން ފްލެޓް އަލުން އަނބުރާ އަތުލުމުގެ ހިޔާލެއް ނުގެންގުޅުއްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވުމަށް ފަހު އެވާހަކަފުޅު އެމަނިކުފާނު މިރޭ އިތުރަށް ތަރުޖަމާ ކޮށްދެއްވައިފިއެވެ.

ނަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފްލެޓާއި ގުޅޭ ގޮތުން އެމަނިކުފާނު ޚާއްސަ ގޮތެއްގައި ދެންނެވީ ދިއްދޫގައި އިމާރާތް ކޮށްފައިވާ އަދި މީހުންނަށް ދެވިފައިވާ ފްލެޓްތަކުގެ ވާހަކަ ކަމަށެވެ.

"(އެއީ) ހުޅުމާލޭގައި ބޭއިންސާފުން ދިނުމަށް ލިސްޓް ހަދާފައިވާ ފްލެޓްތަކުގެ (ވާހަކައެއް) ނޫން" ނަޝީދު ވިދާޅުވިއެވެ.

 

ރައީސް ޔާމީންގެ ސަރުކާރުން ކުރިއަށް ގެންދާ "ހިޔާ މަޝްރޫޢުގެ" ދަށުން ފްލެޓް ލިބުނު 7000 މީހުންނަށް ފްލެޓް ލިބުނު ކަމުގެ ލިޔުން ސަރުކާރުން މިހާރު ހަވާލު ކުރަމުން ދާއިރު އިދިކޮޅު ފަރާތްތަކުން ގެންދަނީ އެއީ ނުފޫޒު ފޯރުވައިގެން ރައީސް ޔާމީންގެ ސަޕޯޓަރުންނަށް ދޫކުރަމުންދާ ފްލެޓްތަކެއް ކަމަށް ބުނެ ފްލެޓްތައް އަތުލާނެ ކަމުގެ އިންޒާރު ދެމުންނެވެ.

އިދިކޮޅު ފަރާތްތަކުގެ ތުހުމަތުތައް ހައުސިން މިނިސްޓްރީ އިން ދޮގު ކުރެއެވެ. ހައުސިން މިނިސްޓްރީ އިން ވިދާޅުވާ ގޮތުގައި ފްލެޓް ފޯމް ހުށަހެޅި މީހުންގެ ތެރެއިން ހޮވާފައިވާ މީހުންނަކީ އިންސާފުވެރިކަމާއި ހޮވާފައިވާ މީހުންނެވެ.

ރައީސް ޔާމީންގެ ސަރުކާރުން ދީފައިވާ ފްލެޓްތައް އަތުލާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނި ނަމަވެސް 7000 ފްލެޓް ލިބިފައިވާ ގާތްގަނޑަކަށް ސާޅިހަކަށް ހާސް މީހުންގެ ފްލެޓް އަތުލުމަކީ އިތުރު އެތައް މައްސަލަތަކެއް ކުރިމަތިވާނެ ކަމެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. އައިލް

    މި ގޮލާ މޮޔަ ގޮވަނީތަ އިންސާފާ ނާއިންސާފް ކަލެޔަށް އެގޭތަ. އަތުލަ ބަލަ ފްލެޓް ނިކަން ބަލަން ހުރެބަލަ. ކަލެޔަށް ކުޅި ދައްކާލާނަން

  2. އައިލް

    ކިޔޭ ނުކިޔޭ ނޭގިގެން މޮޔަވެގެން ދުވާ ގޮލައެއްތަަ

  3. ށހސހ

    އަތުލަން ޖެޭނެ އިންސާފޭ ބުނާއިރު ކޮންގޮތަކަށް ބަލާފަބާ ފްލެޓް ދިނީ ގެއަކަށް ނާދޭ ބަލާކަށް އުޅޭ ހާލެއް

    • ފުލެޓަށް ނުބަލާތި

      ކޮންސަރުކާރަކުން އުޅޭ ހާލުބަލަން ގޭގެއަށްދިޔައީ މޑޕއިން ފުލެޓުދީފަހުރީ ގޭގެއަށް ގޮއްސަތަ ހުޅުމާލޭގެ ބިމުން ގޯތިދީހުސްކުރީ ހާލުބަލަން ގެއަށްގޮއްސަތަ. ފުލެޓް އަތުލަން ހިތަށްނާރުވާތި ފުލެޓްދީފަހުރީ ދިވެހި ރައްޔިތުންނަ ނުލިބޭ ރައްޔިތުންނަ އަވަހަށް ކޯލިޝަން ސަރުކާރުން ފުލެޓްއަޅާ ބަހާލާ މި7000ފުލެޓާ ވައިވެސް އެޅެންހިތަށްވެސް ނާރުވާތި މިއީ އުމުރުހުސްވިފަހުން ލިބުނު ބޯހިޔާވަހިކަމެ ޝުކުރިއްޔާ ރޔާމީން...

    • ޙައިރާން

      ބަލަ އިންސާފުން ދިނުމަކީ ކޮބާ؟ އެމީހަކު ފުރި ފޯމެއްގައި ހުރި މައުލޫމާތުގެ މައްޗަށް ބިނާކޮށްފައި އެމައުލޫމާތާއި ރަސްމީ އިދާރާތަކު ހުރި މައުލޫމާތާއި ދިމާވެ ފުލެޓް ދިނުމަށް އެކަށީގެންވާ ވަރަށް ޕޮއިންޓް ލިބުމުން ދެން އިންސާފެއް ނެތިފައި ކޮބާ؟
      ކޮންމެހެން ފުލެޓަށް ހުށައެޅި ހުރިހާ އެންމެންގެ ގެޔަކަށް ދާކަށް ނުޖެހޭ. ދިޔަޔަސް ހުރިހާ މައުލޫމާތެއް ނޭނގޭނެ. ޓީޗަރސް ފުލެޓށް ކުރިމަތިލުމުން އެއީ ޓީޗަރެއްތޯ ބަލާނީ އެގެޔަށް ގޮސްގެނެއްނޫން. ދައުލަތުގެ އިދާރާތަކުން މިފަދަ އެތައްކަމެއް އެނގޭނެ.

  4. ާއަބޭޅޯ

    ޢެހެންވިއްޔާ ދިއްދޫގަ އެކަނިތާ ދިވެހި ރައްޔިތުން ތިބީ........ ކުރިޔައްގެންދޭ. ޥާގޮތް ބަލަން މިތިބީ. ދައުރު ހަމަނުވަނީސް ފައިބަން ހެން ހީވޭ ޖެހޭނީ.

  5. ޙަސަނުބެ

    ބޯގޯސް ހަމއިގައިތޯ ހުންނެވީ ޔާ ﷲ މި ބަލާވެރިކަމުން މި ގައުމު ސަލާމަތް ކުރައްވާ މި ކަލޭގެ ނެތި ކުރައްވާންދޭ އާމީމް

  6. މާރިޔާ

    މީދެން ނޭގޭނެ ދެއްކޭ ނުދެއް ކޭ ވާހަކައެއް މިކަލޭގެއަކައް ފުރަތަމަ ބަލަންވީ މިރައީސް ހުރީ ހަމައިގަތޯ. ދެފަހަރު އެކައްޗެއް ކިޔުއްވާ ބޭފުޅެއް ނޫން މީކީ. ބޮވެން ޖެހޭ ބޯންއެބަޖެހެން ޖެހޭ. މީތަ އަނެއްކާ ރައީސްއަކީ އިބޫ އެއްނޫންތަ ރައީސްސަކައްވަނީ މީނަ ކަންކަން މިނިއް މަނީ .ހަތަރެސް ކަން މިހަމަވަނީމި ބަލަން މިތިބީ ރަތްއިތު މީހުން އަތްފޯރާ ފަސުގަ.

  7. ލައިލާ

    ދޫ އޮޅެނީ ދޯ؟ ތީހަމަ ކުރިން ވެސް ވީވަރު.

  8. ާކަދުރު ފާތުމަ

    ހައްގު މީހުންނަށް ދިނުމަށްޓަކާ ވަގު މުއިއްޒު ގެ ނިންމުންތައް ބާތިލްކޮށް އަލުން ފުލެޓް ދޭންޖެހޭ...އިންސާފަކީ އެއީ..އިންސާފަކީ ވަގު ވައްކަން ކޮށް އޭނަބޭނުންހާބަޔަކަށް ބޭއިންސާފުން ފުލެޓް ދިނީމަ އެކަން ފަސްއަޅާފޮރުވާލުމެއްނޫން..އެހެންވެށްޖެނަމަ ވެރިކަން ފުށުމުގައިވެސް އިބޫ ވެސް ވީ ޚިޔާނާތްތެރި..

    • ހައިސިއްޔަތު އޮޅުވާނުލާ

      އިންސާފަކީ ހަމައެކަނި މޑޕއަށް ތާއިދުކުރާމީހުންނަ ދިނީމަތަ ނޫނީ މޑޕއަށް ސޮއިކުރީމަ ފުލެޓްދިނީމަތަ މިފުލެޓްތަލިބިހުރި މީހުންނަ ވަކިވަކިން ބަލާ ހޯދާބަލަ ގިނައީ ކޮންޕާޓީއަކަށް ނިސްބަތްވާ ބައެއްތޯ މޑޕމީހުންގިނައީ ފުލެޓްދީފަހުރީ ބަންގާޅީންނަކަށްނޫން ދިވެހިންނަ އަތުލަން ބިރުނުދައްކާ ރނަޝީދަކަށް ފުލެޓާބެހޭގޮތުން ވާހަކަނުދެއްކޭނެ އިބޫއަށް މިކަމުގަ އަހަރެމެންގެ ހައްގުއަތުނުލެވޭނެ އިބޫ މިކަމުގަ ޖަވާބުދާރީވާންޖެހޭނީ

  9. ޓީ

    ޙުޅުމާލެ މަސްރޫއުން ފްލެޓް ލިބުނީ ދިވެހިން ނަކަށް ނޫންތަ. ބޯލުރޮދި ކެނޑުނު މޮޔަސޮރު. ތީ ކާކު ދަލުބޭރުން ޖެހިގެން.

  10. އައްޑޫސިޓީ

    ނަޝީދު ތިއީހަމަހޭގައުޅޭ ބޭފުޅެއްތަ! ދެއްކޭނުދެއްކޭވާކަ ވެސްނޭންގޭ. ދުވަހަކުވެސް ދެފަހަރަކު އެއްވާހަކައެއް އެއްގޮތަކަށް ނުދައްކާނެ.

  11. މަޒީ

    ހަހަހަހަހަހަހާ! ތީ ފައްކާ ދެފުއްކެހެރިއެއްކަން ނުދަންނަ މީހަކު ނޫޅޭ މިރާއްޖެއަކު.

  12. ކިންގްފިޝަރ

    އަދިވެސް ދެބޯގެރި ދުއްވާ ފަހުލަވާނެއް ނަޝީދު އަކީ. ރައްޔިތުންނޭ. ސަލާމަތްވެ ތިބިއްޔާ ދަތުރެއް.

  13. ހައސިއްޔަތުނެތް-ދަތްނެތް-މިނިގާވަގު

    ކަލޭތީ ކާކު ފްލެޓް ދޭންވެސް އަދި އަތުލަންވެސް. ހައިސިއްޔަތެއް އެބަ އޮތްތަ؟ ހައސިއްޔަތެއް ނެތި ރައްޔިތުންނަށް ބިރު ދައްކަން ނުކުތުމަކީ ގޭންގް ސްޓައިލެއް. މިފަހަރު އަހަރެމެންގެ ހައްގަކަށް އަރައިގެންފިނަމަ ކެބެރީގެއަށް އަރައިގަންނާނަން. ލާހިކެއް ނޫން އެތާވެސް މީހަކަށް އުޅޭކަށް. އެގިދާނެތާ ގަދަވާ ބައެއް މި ފަހަރު. ކަލޭތޯ އަހަރެމެންތޯ ބަލާލާނަން. ގޭންގ ގެދިގެން ރައްޔިތުން ބިރުގަންނުވަން މި ދައްޖާލު ދައްކާ ވާހަކައަށް ޕޮލިހުން ސަމާލުވޭ.

    • ހުސެންރަހާ

      ވަރަށް ރަގަޅު ވާހަކައެއް. އާނ ތެދެއްދީ؟ މީނައަށް ފްލެޓު އަތުލުމާ ދޭ ވާހަކަ ދެއްކެންވީ ކީއްވެ؟ އެ ހައިސިއްޔަތު އޮތީ ރައީސް ސޯލިހާ އޭނާގެ ސަރުކާރަށް ނުންތޯ؟ މީ ވަރަށް ގޭންގ މީހޔން ދައްކާ ޒާތުގެ ވާހަކައެއް. ގޭންގުތަކުން އަވަށްޓެރިންނަށް ކުރާ އުދަގުލުގެ ނުރައްކާތެރި ވައްތަރެއް. މީ ރައްޔިތުންގެ ތެރޭ މަސްލަހަތު ގެއްލޭ ޒާތުގެ ވާހަކަތައް.

  14. ކުމާރު

    ވަގު އަންނި ވެރިކަމުގަވެސް ފުލެޓްދީފަ ހުރީ އިންސާފަކުންނޫން. ޕާޓީމީހުންނައްދީ ހުސްމުރީ. އެކަމަކު އެންމެ ފުލެޓެއްވެސް އަތެއްނުލާ. މިހާރު އަންނި އެދަނީނުލަފާކަންދައްކަމުން ބޮޑުވަގު

    • ބާރީ

      ވަގު ދަރިއެއް އެއީ. އަފްރާޝިމް ގާތިލު ކޮބާ

  15. ވިލުފުށި

    ތިކަލޭގރ ދައްކާވާހަކަ ގަބޫލް ކުރަން ހެޔޮވެސް ނުވާނެ
    ނުފުއްދޭވައުދު މުޅިންވާނީ

  16. ހަސަނާ

    މީނަ މީ ކާކުތަ! މިތަނުން ފެއްސިގެން ދާން އުޅޭ. އަހަރެމެން ވޯޓް ދިނީ އިބުއަށް. ބޯގޯސް އަންނިއަކަށް ނޫން.

  17. ޢަދުލު

    2008ގައިވެރިކަމައް އައަސް ރައީސް މައުމޫނު އަޅާފައިވާ ފުލެޓުތައް ރައީސް ނަސީދު އޭގެތެރެއިން ބައެއްފުލެޓު ނަންގަވައި ވެރިކަމައް ގެންނަން މަސައްކަތް ކޮއްގުރުބާންވި އެމް ޑީ ޕީގެ މީހުންނައް ބެއްސެވީ އަދުލު އިންސާފުންތޯ ދެންވެސް އިއްތިފާގުން ހަމައެގޮތައް މިދިމާވީ ރައީސް އަބުދުﷲ ޔާމިން ހުޅުމާލެއިން އިތުރުތަނެއް ހިއްކައި ދިވެހިރަތް ޔަތުންނައް ޓަކައި ފުލެޓުއަޅައި އެމަނިކު ފާނުރަތްޔަތުނައް ވެވަޑައިގެނެވި ވައުދު ފުއްދުމައްޓަކައި އެކަންކުރައް ވާތީ އެކަންވިޔަނުދިނުމައް ދިވެހިލޮބުވެތި ރައްޔަތުންނައް ދޫކުރައްވާ ބޯހިޔާވަހިކަން އެހައްގު ނިގުޅައިގަތުމުގެ ބާރުދިނީކޮން ފަރާތަކުންޓޯ އެހެންކަމަ ވާނަމަ މިހާތަނައް ދޫކޮށްފައިވާ ފުލެޓުތަކުން ދިވެހިރަތް ޔަތުން ނެރެ އެތަންތައް ދޫކުރާނީ އައްޑުއް މަނިކުފާނު ވަޑައިގެން ދައްކަވާފައިވާ ވާހަކަފުޅާ އެއްގޮތައް އިންޑިއާގެ މީހުނައްމިތަންތައް ދެވުމައް ތޯނިންމަވާފަ ވަނީކަމައް ފެނޭ

  18. ހިޔާ.

    މީނަތަ ރައީސަކީ ރައީސު އޮޅިއްޖެ.ދެފަހަރަކުއެއްގޮތަކައް ވާހަކައެއްނުދައްކާ މޮޔައެއް

  19. ނުރަބޯ

    ކިހާދެރަ ކަމެއް. މީނަމީ ސަރުކާރާ ކޮންގުޅުމެއް ހުރި މީހެއް. މީނައަކަށް ނޭންގޭނެ ފްލެޓަށް ހަދަންވީގޮތެއް

  20. ބޭބެ

    ހުޅުމާލެއިން ފުލެޓް ލިބެނީ ދިވެހިރައްޔިތުންނަަކަށް ނޫންތަ؟
    ދެން ވޯޓުހޯދަންވީމާ މިމީހުންގެކާރިޔަކަށް ނުދާނަންތަ؟
    ތިއޮތީ ރަނގަޅަށްވެސް ގުއިރޯނުގައި ޖެހިފައި!
    7000 ފުލެޓް 2 މީހުންކަމަށް ބެލުމުން 14000 ވޯޓު. މިއީ އެއްމެ މަދުމިން. މިއިން މީހެއްގެ މަންމަ ބައްޕަ ހުރިނަމަ 28000 ވޯޓު. 18 އަހަރުން މަތީގެ 1 ކުދިން ހުރިނަމަ 35000 ވޯޓު. 18 އަހަރުން މަތީގެ 2 ކުދިން ތިބިނަމަ 42000 ވޯޓު. މިހިސާބުޖައްސަވަިލެއްވުމަށްފަހު.....

  21. ޢަބްދުﷲ

    ތިޔަފަރާތާއި އެކަމާއި ހުރީ ކޮންގުޅުމެއް؟ ތިޔަފަރާތުގެ އެއްވެސް ޤާނޫނީ ޙައިސިއްޔަތެއް ނެތްކަމެއްގައި އަނގަ އިސްރާފު ކުރުމުގެ ބޭނުމަކީ، ކޮބާ؟