އެމްޑީޕީއަށް ނުހަނު ގިނަ މަސައްކަތްތަކެއް ކޮށްދީފައި ހުންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީން ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުން މުބީން ވިދާޅުވީ 2013 ވަނަ އަހަރު އެމްޑީޕީގެ ޓިކެޓްގައި މަޖިލިސް އިންތިޚާބުގެ ޕްރައިމަރީގައި ވާދަކުރަން މަސައްކަތް ކުރައްވާފައިވާނެ ކަމަށެވެ.

"އޭރު އަޅުގަނޑު އެމްޑީޕީގައި ނުހަނު ގިނަ މަސައްކަތްތަކެއް ކޮށްދީފައި ހުންނާނީ. އެކަމަކު އަޅުގަނޑު ވާދަކުރަން ނުކުތް ހިސާބުން ކޮންމެވެސް ވަރެއްގެ ނުފޫޒުތަކެއް އެކި ދިމާތަކުން އައިސް އަޅުގަނޑުމެން އަލަށް ނުކުންނަ މީހުންނަށް ވަރަށް ބޮޑު ގޮންޖެހުންތަކެއް އޭރު އައި،" މުބީން ވިދާޅުވިއެވެ.

މުބީން ވިދާޅުވީ ބިލެއްދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރަން ދެ މީހަކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ކޯލިޝަންގެ ތެރެއިން އެމްޑީޕީއަށް އެ ދާއިރާ ލިބިދާނެތޯ އަދި ޔަގީންނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މުބީން ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ވާދަކުރައްވަން މަސައްކަތް ކުރައްވާނީ އެމްޑީޕީގެ ޓިކެޓްގައި ކަމެއް ނުވަތަ ނޫން ކަމެއް އޭނާ ވިދާޅެއް ނުވެއެވެ.

މުބީން ބިލެއްދޫ ދާއިރާއަށް ހޮވިވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައެވެ. ނަމަވެސް ފަހުން ވަނީ ޕީޕީއެމް އަށް ބަދަލު ވެފައެވެ.

މުބީން ނިސްބަތްވާ ފ.އަތޮޅަކީ މިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމިނަށް އަޣުލަބިއްޔަތު ލިބުނު ދެއަތޮޅުގެ ތެރެއިން އެއް އަތޮޅެވެ. ނަމަވެސް ފަހަކަށް އައިސް މުބީން އާއި ޕީޕީއެމްގެ ގުޅުން ވަނީ ގޯސްވެފައި ކަމަށް މީސް މީޑިއާގައި ވާހަކަ ދެކެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކަޅުސޮރު

    އެއިރަކު ވައި ޖެހޭ ކޮޅަކަށް ހުންނާނީ. ޖުމްހޫރީ ޕާޓީން ހަރަދުކޮށްގެ ހޮވާދިނީމަ، ގޮސް ޕީޕީއެމް އަށް ވަނުން އެއީ ހަމަ ގައްދާރުވުން. އޭނަ ހޮވަން ވޯޓު ދިން ރައްޔުތުންނަށްވެސް ގައްދާރުވުން، ގާސިމަށްވެސް ގައްދާރުވުން. މިފަހަރު ގައްދާރުންގެ އެކަކަށްވެސް ފުރުސަތު ނުދެމާ!

    • ހާމާނު

      ތި ވާހަކަ މުޅިއަކުން ގޯހެއް ނޫން. އެކަމަކު ކްރިސްޓިއަންދީނަށް ތަބާވާ ދެމަފިރިއަކަށް ލިބޭ ދަރިފުޅު ފަހުން އިސްލާމްވުމަކީ ގައްދާރުވުމެއް ނޫން. ހެޔޮ ވިސްނުން ލިބުން.

  2. ޙައްވަ

    އެނބުރޭ ވަހުތާނުން ފެނޭބާ؟ ލާރި ލާރި ޔޭސް ސަރ.?

    • ޙައްގުބަސް

      ކަލޯ ކަލެއަށްވެސް ހަމަ ސާބަސް!! ގޮނޑި ކަށަވަރުކުރާތި!! ކަލޭގެ އަންހެނުންވެސް އެއީ ހަމަ އެމްޑީޕީގެ ރީނދޫ ހުން އަބަދު ޖެހިފައި ހުރި އަންހެނެއް!! އޭނާވެސް ވަނީ ދަށުންނާއި މަތިން ގިނަ ކަންތައްތައް އެމްޑީއަށް ކޮށްދީފަ!! މިވަރުގެ ހަޔާތްކުޑަ ބަޔަކު މިރާއްޖޭގެ މުއައްސަސާއެއްގައި ނުތިބޭނެ!! އަމިއްލަ އެދުމާހެދި ބީތާވެފަ މިތިބެނީ!!

  3. Miadhu

    މަޖިލިސް މެމްބަރުންނަކީ ޖެހޭވަޔަށް އޮޑިދުއްވުމުގެ ބަދަލުގައި އޮޔާއި ވަޔާ ދެކޮޅަށް ދަތުރުކުރުމުގެ ހިއްވަރު ހުރި ބަޔަކަށް ވާންވާން. އިދިކޮޅުގައި މަސައްކަތް ކުރުމުގެ ހިއްވަރު ހުރިބަޔަކަށްނުވާނަމަ އެވާނީ ރިސްވަތަށް ހެއްލޭ މީހުންނަށް

  4. Anonymous

    ބިލެއްދޫ ދާއިރާއި ހަމްޒާއަކައް ޖާގައެއްނޯންނާނެ. ޢެއީ އިއްތިހާދުގެ ގޮނޑިއެއް ދެން އެމްޑީޕީއޭ އަނެކައްޗެކޭ ކިޔާނެކަމެއްނެތް.

  5. ޔަމީން

    ޙުސް ގައްދާރުން. ރިޝްވަތަށް ގޮސް ހުސްވެފަ