އާރަށުގައި ރައީސް ޔާމީން އިމާރާތް ކޮށްފައިވާ ގަނޑުވަރެއް ކަމަށް ވިދާޅުވެ އިމާރާތެއް ފޮޓޯ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފް އާންމު ކުރެއްވުމުން ގިނަ ބަޔަކު އޭނާ އަށް ފާޑުކިޔަމުން އެބަގެންދެއެވެ.

ގިނަ މީހުން މަހްލޫފަށް ފާޑުކިޔަމުން ދަނީ އެއީ ގަދަބާރުން މުޅި އުމުރުގައި ވެރިކަމުގައި ހުރެވޭނެ ކަމަށް ހީފުޅު ކުރައްވައިގެން ރައީސް ޔާމީން ބިނާކުރެއްވި ގަނޑުވަރެއް ކަމަށް މަހްލޫފް ވިދާޅުވުމުންނެވެ.

މަހްލޫފަށް ފާޑުކިޔާފައިވާ އެކަކު ބުނީ "އެރަށަކީ އޭރަކު ރައިސްކަމުގައި ހުންނަވާ ބޭފުޅަކު ބޭނުންވީމަ އަރާމުކޮށް މޫދަށް އެރިލާ ކުޅެލަން ދާން ހަދާފައިވާ ރަށެއް. މައުމޫނު ފެއްޓެވީ. މައުމޫނު ދައުރުގައި ވަރަށް ރަނގަޅަށް ތަންތަން އެރަށުގައި ބިނާކޮށްފައިވޭ. ދެން ރައިސް ނަޝީދުގެ ވެރިކަމުގައި އެރަށް އެއްވެސް ވަރަކަށް މަރާމާތުކޮށްފައިވާކަމެއް އެނގިފައި ނެތް. އެކަމަކު ރައީސް ނަޝީދުއާ އޭނާގެ ރައްޓެހިން އެރަށަށް ވަރަށް ގިނައިންދޭ. ރޭގަނޑު ޕާޓީތައްވެސް ބޭއްވި. ދެން ރައީސް ޔާމީން ރައީސްކަމާ ޙަވާލުވެފަ ވީރާނާވާން ކައިރިވެފައި ހުރި ތަންތަން ހަދާ މަރާމަތުކޮށް އާ ޢިމާރާތެއްވެސް އާރަށުގައި ބިނާކުރި. އެއީ ގައުމުގެ އެހެން ރަތްތަކާއި ކަންކަން ކޮށް ބިނާކުރި ފަދައިން. ދެން މިރަށް ބޭނުންކުރާނީ މީހާރު ވެރިކަމާ ޙަވާލުވާ ރައިސް އިބޫ އާއި ނައިބު ރައީސް. ކޮބާ މައްސަލައަކީ އާރަށުގައި ޔާމީން ތަނެއް ބިނާކުރީމަ؟ އެތަން ހުރިހާ ރައީސުންވެސް ބޭނުންކުރާނެ." ކަމަށެވެ.

އިތުރު މީހަކު ވެސް ވަނީ އެއިމާރާތް އާރަތުގައި ބިނާ ކުރުމުން މައްސަލަ އަކީ ކޮބައިތޯ ސުވާލު ކޮށްފައެވެ. "ރައީސް ޔާމިން ގައުމަށް ކޮށްދެއްވި ކަންތައް އެނގި ފެނިދެނިވާތީ މަހުލޫފް ހަމަ ޖޭވަނީ." އޭނާ ބުންޏެވެ.

"ތީ ހަމައެކަނި ރައީސް ޔާމިން ބޭނުން ކުރައްވަން ހެދި ތަނެއް ނޫނޭ. ކޮންމެ ރައީސް އެއްވެސް ތިތަން ބޭނުންކުރާނެ. މަޢުމޫނު އިރު ހަދާފައިވާ ގަނޑުވަރަކީ ފުރަތަމަ ސާކު ސަމިޓަށް ހަދާފައިވާ ތަނެއް އެތަން ބާވެގެން ގޮސް (މަހްލޫފް) ވެސް ނުވަންނަ ވަރު ވެފައި އޮތީމަ ޔާމީން ހެއްދެވި ތަނެއް އެއީ. އެއީ ތަރައްޤީ. ޔާމިނު އަންބޮޑިއަށް ލައިގެން ގެންދަން ހަދާފައިވާ ތަނެއް ނޫން އެއީ." އެހެން މީހަކު ބުންޏެވެ.

އާރަށަކީ ރައީސުލްޖުމްހޫރިއްޔާ އަކަށް ހުންނަވާ ބޭކަލަކަށް ޚާއްޞަކުރެފައިވާ ރަށެއް ނޫން ކަމަށާއި އެރަށުގައި އެފަދަ އިމާރާތް ކުރުން އެއީ މައްސަލައެއް ނޫން ކަމަށް އެހެން މީހަކު ބުންޏެވެ.

އިތުރު މީހަކު ވަނީ މަހްލޫފަށް ފެންނަނީ ގަނޑުވަރު އެކަނިތޯ ސުވާލު ކޮށްފައެވެ. "މާލޭ ދެކުނުފަރާތުގައި ހަދާފަމިއޮތް މަގާ ބުރިޖާ ދަރުމަވަންތަ ހޮސްޕިޓަލާ ހުލުމާލޭގަ އެހެރައުފުލޭ އުސް އިމާރާތްތަކާ މަހާޖައްރާފާ އެސްޓީއޯގެ އޮއިލް ޓޭންކަރާ ފަންސާސް މެގަވޯޓުގެ ޕަވަހައުސްގެ އިތުރުން ވެމްކޯގެ މިތިބައުޅޭ ނަލަ ނަލަ މުވައްޒަފުންތަށް ކަލޭގެ ދެލޮލަށް ނުފެނޭތަ؟" އޭނާ ސުވާލު ކުރިއެވެ.

ރޭ މަހްލޫފް އާންމު ކުރި ފޮޓޯތަކާއި ގުޅިގެން ގިނަ ބަޔަކު މަހްލޫފަށް ފާޑުކިޔަމުން ދިޔަ ނަމަވެސް ފާޑުކިޔުންތަކަށް މަހްލޫފް އަދި ރައްދު ދެއްވާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. ބޭބެ

    އެއީ މޮޔަސޮރެކެވެ. އެކަމާއި އަޅާނުލާށެވެ.

    • ޙައްގުބަސް

      ޢަސްލު މޮޔައެއް ނޫން!! ހަމަ ޖޭ ވަނީ!! ރައިސް ޔާމީން ކޮށްފައި ހުރި ކަންތައްތައް ފެނިފަ!! ކީއްކުރާނީ!! މަހުލޫފު ބުނަންޖެހެނީ ހަމައެކަނި އާރަށުގައި ރައިސް ޔާމީނު ގަނޑުވަރެއް އެޅި ވާހަކައެއްނޫން!! ހުޅުމާލޭ ފަޅުން ބޮޑު ބިމެއް ހިއްކާ އެތާގައި މަގުތަކާ ބޮޑެތި ޢިމާރާތްތައް ކުރަމުންދާ ވާހަކަ!! 25 ބުރީގެ ހޮސްޕިޓަލެއްގެ ވާހަކަ!! ރަސްރަނި ބަގީޗާގެ ވާހަކަ!! މާލޭގައި ހަދާފައިވާ ހިތްގައިމު ޕާކުތަކުގެ ވާހަކަ!! ރަސްފަންނުގެ ވާހަކަ!! ދެކުނު ފަރާތު ހަދާފައި ހުރި ހިތްގައިމު ކާ ތަންތަނުގެ ވާހަކަ!! މާލޭގެ ރިންގް ރޯޑުގެ ވާހަކަ!! ސިނަމާލެ ބުރިޖްގެ ވާހަކަ!! ބުރިޖުން ގޮސް ހުޅުމާލެއަށްދާން ހަދާފައި އެވާ ހައިވޭގެ ވާހަކަ!! ހުޅުމާލޭގައި އަލަށް ހަދާ ނިމެމުންދާ 50 މެގަވޮޓްގެ އިންޖީނުގޭގެ ވާހަކަ!! ހުޅުލޭގެ އިރުމަތީފަރާތުންވެސް ބައެއް ހިއްކައިގެން އެޅި ކޯޑް އެފްގެ އާ ރަންވޭގެ ވާހަކަ!! އެތާ އަޅާ އާސީޕްލޭން ޓާމިނަލްގެ ވާހަކަ!! ދެން މިހެންގޮސް މަޙުލޫފު ވަރަށް ވަރަށް ވާހަކަ ދައްކަންޖެހޭ!! އަޅުގަނޑަކަށްވެސް މިތާ އެހުރިހާ ވާހަކަތަކެއް ނުލިޔެވޭނެ!! އެއަށްވުރެން ރައިސް ޔާމީނުގެ 5 އަހަރުގެ ދައުރުގައި ކޮށްދެއްވާފައި ހުރި ކަންތައްތައް ގިނަ!!

  2. ޤައުމު

    ޔާމީން ކޮށްދީފަ ހުރި ކަންކަން ފެނިފަ އެސޮރު މޮޔަވެފަ އެހުރީ. އެސޮރު މޮޔަގޮވަން ބަހައްޓާ އަދި ވައިވެދާނެ.

    • ހުސޭނުބެ

      އެނގިދާނެތާ މިސަރުކާރުން ކަންކަންކުރާ ސްޕީޑަ!! ރައިސް ޔާމީނުގެ ފަސްއަހަރުގެ ވެރިކަމުގެ ބަޖެޓަށްވުރެން ބޮޑު ބަޖެޓެއް އާދެ 28.3 ބިލިއަން ރުފިޔާ ހުށަހަޅައިގެން މިމީހުން މަސައްކަތް ކުރާވަރު!! ހީނުވޭ ރަގަނޅު މަސައްކަތްތަކެއް ކުރެވޭނެހެނެއް!!

  3. ޢައި

    ބޭބެ ތިބުނީ ހަމަ ތެދެއް އެއީ މޮޔަކުއްޖެއް. ޚޮމްމެމީހަކު އަމިއްލަ ފައިދާ އަށްޓަކައި ގޮވާ ގޮވެލިގަނޑު.

  4. ބަލްގީސް

    މަހުލޫފް އަކީ ރައްޔިތުންގެ މެދުގައި ފިތުނަ އުފައްދާ ބޮޑު ދޮގުވެރިޔެއް

  5. ސާހިދު އިބުރާހިމް

    މަހުލޫފު މިހާރު އެހުންނެވީ ސިޔާސީގޮތުން ހަމައިން ނައްޓާފަކަމަށް ބެލެވެނީ މިހާރު އޭނަޔަށް ޔާމީން ނަމާދުކުރިޔަސް ކަމަކުނުދާނެ އެކަމަކު އަދި މާގިނަދުވަހެއްނެތި އެގޮތް ބަދަލްވެދާނެ

  6. ލަސްވެ

    ރައްދެއް ނުވެސް ދެެެެެެެނެ ތިކަހަލަ ކޮހެއް ނނ އެއިި

  7. މާރިޔާ ބާރަށް

    ހަސަދަވެރިންނަކީ އެންމެ ނުބައިމީހުންނެވެ ހަސަދަވެރިން މާﷲ ބަލިކުރައްވާދުވަސް ވަރަށް ކައިރީވާކަން ހޮދު މަހުލޫފް ރަގަޅަށް އިގޭނެ.

  8. Anonymous

    ރީލޯޑު އިބުލީސު ރީލޯޑު ހުސްވެގެން ކޮންމެވެސް ފަރާތަކުން ރީލޯޑެއްލިބޭތޯ ކުރާމަސައްކަތެއްކަމަށް ބެލެވެނީ

  9. ޣައުޖާ

    މަޚުލޫފް ނުދާނެތަ.

  10. ރާޒީ

    މީނައަކީ ސިޔާސީ ބުޅަލެއް،

  11. ސަމާސާ

    އެޓެންޝަން ހޯދަން ޖެހި ސްޓަންޓް އަތައް ގޮވީ އުތަ؟

  12. ރައްޔިތު

    އިރާދަ ކުރެއްވިއްޔާ މާކަގިނަ ދުވަހެއް ނުވާނެ. ހަމަ ތިޓްވީޓުތަކާއި ޕޯސްޓުތައް އަނެއް ކޮޅަށް ބަދަލުވާނެ. ތިމާ ބޭނުންހާ ކަމެއް ބޭނުން ގޮތަކަށް ސަރުކާރުން ކޮށް ނުދެވެން ފެށުން ލަސްވާނީ. ބަލަން ތިބޭ.

  13. ޢަފްލާ

    އަޅެ މަހުލޫފް ކަލެއަށް މައުމޫނު ސަރުކާރުގަ ފަގީރުންނަށް ހާއްސަ ކުރި ފަންޑުން 25.000 ޑޮލަރު މައުމޫނު ދިންވާހަކަ ކަލޭ ނުބުނީ ކީއްވެ

  14. ވާނުވާ

    މައްސަލަ އަކީ މިވަރު ކަމެއް ކުރި އިރު ރައްޔިތުންނައް އެނގިފައި ނުވުން! ހަމަ ގައުމުވެސް ރައީސް ޔާމީން ގެ ރުފިޔާ އަކުން ނޫން ތިތަން އަޅާ ފައި ވާނީއެއް!

    • ސާބަސް ކަލޯ

      އެއިރެއްގެ ހުންނަ ރައީސެއްގެ ގޭގެ ފާހާނަ ހޮޅި ބަދަލު ކުރިޔަސް ޖެހޭތަ ރައްޔިތުންނަށް އަންގާ ޕްރެސް ބްރީފިންނެއް ދޭން؟؟
      މިރަށަކީ އެއިރެއްގެ ހުންނަ ރައީސެއްގެ ތަނެކޭ.

  15. ހެހެ

    މަހުލޫފުމެން ކިޔާނެއެއްޗެހި ހުސްވީކަންނޭނގެ

  16. މީ މަ

    ތިޔައީ ހަމަ އާރަށުގަ ހުރި ތަނެއްތަ

  17. ދދދދދ

    އިންތިގާލީ ރައީސް އެތަން ތަޅާލާނެތަ ދެން އެހެންވީއިރު. ހަމަ އެތަނަ ބޭނުން ކުރަން ޖެހޭނީ. ބްރިޖްވެސް ޖެހޭނީ ބޭނުން ކުރަން. އެހެންތަ އާނދޮގޭ.

  18. ޔާމިން

    ކޮންމެ ރައީސް އަކަށް ވެސް އެރަށް ބޭނުން ކުރެވޭނެ، އަދި ރައީސް އައް ވަކިން ޖެޓެއް ނޫނީ ފުލައިޓެއް އޮތުން ވ މުހިންމު. މި ގައުމުގެ ވެސް ވެރިމީހާ އަށް ސްޑޭންޑެ އެއް އޮންންވާނެ،

  19. ޔާމިން

    ކޮންމެ ރައީސް އަކަށް ވެސް އެރަށް ބޭނުން ކުރެވޭނެ، އަދި ރައީސް އައް ވަކިން ޖެޓެއް ނޫނީ ފުލައިޓެއް އޮތުން ވ މުހިންމު. މި ގައުމުގެ ވެސް ވެރިމީހާ އަށް ސްޑޭންޑެ އެއް އޮންންވާނެ

  20. މަޒީ

    މަހުލޫފަށް ޔާމީން ކޮށްފަ ހުރި ތަރައްޤީ ހަޖަމު ނުވެގެން އެއުޅެނީ. މީނައަށް ވެރިކަން ލިބޭ ދުވަހަކުން މީނަވެސް ގޮސް އޮންނާނީ އެތަނުގާ. ދޮގުހަދާ މަހުލޫފު

  21. ޑިމޮކްރަޓިސްޓް

    މިކަލޭގެ މީ ދިވެހިންގެ ތެރެއިން ބަޔަކު ފަހަތުންދުވާ މީހަކަށްވީތީ ހައިރާންވޭ.. މީ ހަމަ ފައްކާ ބޮޑުމޮޔައެއް.. މީނަ މީ ޔާމީނުއާއަޅައިގަނެ ނުނެއްޓޭމީހެއް.. ހަމަ ފައްޖާ މޮޔައެއްމީ..

  22. އަބޯ

    ވެރިކަމަށް އައިސް މުލީއާގެ އޮރިޔާން ކުރިމީހުންނަކީވެސް ނާގާބިލް ކުފޫ ހަމަނުވާ ބައެއް.

  23. ނިޔާޒް އަލީ

    ނުކިޔަވާ ޖާހިލުން ނަކަށް ނުވިސްނޭނޭނެ.