ދިވެހި ބަހުން އިސްލާމްދީނަށާއި ﷲ سُبْحَانَهُ وَتَعَالَى އަށް ދިވެހި ބަހުން ޖޯކް ޖަހަމުންދާ ފޭސްބުކް ޕޭޖެއް ހިންގަމުން އެބަގެންދެއެވެ.

މި ޕޭޖް ހިންގަން ފެށީ ކޮން އިރަކު ކަމެއް ނޭނގެއެވެ. ނަމަވެސް ޕޭޖަށް ލައިކް ކޮށްފައިވާ މީހުންގެ އަދަދު މިހާރު އަށްހާހަށް ވުރެ ގިނައެވެ. އޭގެތެރޭގައި ގިނައިން ހިމެނެނީ ދިވެހިންނެވެ. ބައެއް މީހުން ޕޭޖްގެ ޕޯސްޓްތަކަށް ފާޑުކިޔަމުން ދިއުމުގެ ސަބަބުން ޕޭޖް ދަނީ އިތުރަށް ޕްރޮމޯޓް ވަމުންނެވެ.

ފޭސްބުކް ޕޭޖްތަކުގައި ކޮށްފައި ހުންނަ ޕޯސްޓްތަކަށް ރިއެކްޓްކޮށް ކޮމެންޓް ކުރުމަކީ ޕޭޖްތައް އިތުރަށް ޕްރޮމޯޓްވާ ކަމެކެވެ. އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ މިފަދަ ޕޭޖްތައް އޮންނަ އުސޫލުގެ ދަށުން ފޭސްބުކަށް ރިޕޯޓް ކުރުމެވެ. އަދި ލައިކް ކުރެވިފައި ވާނަމަ ޑިސްލައިކް ކުރުމެވެ. އެއީ ޕޭޖް އިތުރަށް ޕްރޮމޯޓް ވުމަށް ނުވަތަ އިސްތިހާރު ވުމަށް އެޅޭ ހުރަހަކަށް ވާނެއެވެ.

އިސްލާމްދީނަށް ޖޯކް ޖަހާ ފޭސްބުކް ޕޭޖް ހިންގަމުންދާ މައްސަލަ އެއްވެސް އިދާރާ އަކުން ތަޙްޤީޤު ކުރަމުންދާކަމެއް ނޭނގެއެވެ. މިމައްސަލައިގައި އިއްޔެ އިން ފެށިގެން އިސްލާމިކް މިނިސްޓްރީގެ ބަހެއް ހޯދަން ކުރި މަސައްކަތް ކާމިޔާބެއް ނުވިއެވެ. އަދި ފުލުހުންގެ މީޑިއާ އޮފިޝަލުން ވެސް ފޯނަށް ޖަވާބު ނުދެއްވާތީ ފުލުހުންގެ ބަހެއް ވެސް ނުލިބުނެވެ.

ނަމަވެސް އިސްލާމިކް މިނިސްޓްރީ އިން މިދިޔަ އޮކްޓޯބަރ މަހުގެ 18 ވަނަ ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ހުޅަނގާއި އިރުމަތީގެ ފިލްމް އިންޑަސްޓްރީތަކުންނާއި ޓީވީ ސްޓޭޝަންތަކުން ތަފާތު މަޤްޞަދުތަކުގައި ރަސޫލުބޭކަލުންގެ ޝަޚްޞު ޖިސްމާނީކޮށްނާއި ތަޞްވީރުކޮށް ވީޑިޔޯތަކާއި އޯޑިޔޯތަކާއި ކާޓޫނު ފިލްމްތަކާއި ޑްރާމާތައް ހަދައިގެން ފަތުރަމުން އަދި ދުރަށްދައްކަމުން ދިޔަނަމަވެސް އަޅުގަނޑުމެން މުސްލިމުން އެ ފަދަ ކަންކަމަށް ހިތްވަރުދީގެން ނުވާނެއެވެ.

"ކީރިތި ޤުރްއާނުން އެނގޭގޮތުގައި ރަސޫލުބޭކަލުންނަށް ގޯނާ ކުރުމާއި ފުރައްސާރަ ކުރުމާއި މަލާމާތް ކުރުމަކީ ބޮޑުވެގެންވާ ނުބައި ޢަމަލެކެވެ. އެފަދަ ޢަމަލުތައް ކުރާ މީހުންނަކީ ހިދާޔަތުގެ ނޫރު ކެނޑިފައިވާ، ހިތް ކަޅު، ވިސްނުން ކަނު ބަޔެކެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. (( وَكَمْ أَرْسَلْنَا مِن نَّبِىٍّۢ فِى ٱلْأَوَّلِينَ وَمَا يَأْتِيهِم مِّن نَّبِىٍّ إِلَّا كَانُوا۟ بِهِۦ يَسْتَهْزِءُونَ ))– މާނައީ: ” އަދި އިސްވެދިޔަ މީސްތަކުންގެގާތަށް ތިމަންރަސްކަލާނގެ ކިތައްކިތައް ނަބިއްޔުން ފޮނުއްވިން ހެއްޔެވެ؟އަދި އެއުރެން އެބޭކަލަކަށް ފުރައްސާރަކުރާ ކަމުގައިނުވާ އެއްވެސް ނަބިއްޔަކު އެއުރެންގެ ގާތަކަށް ވަޑައެއްނުގަންނަވަތެވެ.” ކުރީގެ ރަސޫލު ބޭކަލުންނަށް ފުރައްސާރަކޮށްފައިވާ ކަން އަންގަވައި މާތް ﷲ ވަޙީ ކުރެއްވިއެވެ. (( وَلَقَدِ اسْتُهْزِئَ بِرُسُلٍ مِّن قَبْلِكَ فَحَاقَ بِالَّذِينَ سَخِرُوا مِنْهُم مَّا كَانُوا بِهِ يَسْتَهْزِئُونَ ))– މާނައީ: ”އަދި ހަމަކަށަވަރުން، ކަލޭގެފާނުގެ ކުރީގެ رسول ންނަށްވެސް ފުރައްސާރަކުރިއެވެ. ފަހެ، އެ رسول ންނަށް ފުރައްސާރަކޮށް އުޅުނު މީހުން ކުރަމުންގެންދިޔަ ފުރައްސާރައިގެ ކަންތައް (އެބަހީ: އެކަމުގެ ކޯފާއާއި عذاب) އެއުރެން ވަށައިލިއެވެ.” ކީރިތި ރަސޫލާއަށް ގޯނަކުރާ މީހުން ކުށްވެރި ކުރައްވާ މަތް ﷲ ވަޙީ ކުރެއްވިއެވެ. (( وَمِنْهُمُ الَّذِينَ يُؤْذُونَ النَّبِيَّ وَيَقُولُونَ هُوَ أُذُنٌ قُلْ أُذُنُ خَيْرٍ لَّكُمْ يُؤْمِنُ بِاللَّـهِ وَيُؤْمِنُ لِلْمُؤْمِنِينَ وَرَحْمَةٌ لِّلَّذِينَ آمَنُوا مِنكُمْ وَالَّذِينَ يُؤْذُونَ رَسُولَ اللَّـهِ لَهُمْ عَذَابٌ أَلِيمٌ – މާނައީ: "ނަބިއްޔާއަށް އުނދަގޫކުރާ މީހުން، އެއުރެންގެ ތެރެއިންވެއެވެ. އަދި އެއުރެން ބުނެތެވެ. އެކަލޭގެފާނީ، ހަމައެކަނި އައްސަވާ ބޭކަލެކެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެއީ ތިޔަބައިމީހުންނަށްޓަކައި، ހެޔޮބަސް އައްސަވާ ނަބިއްޔެކެވެ. އެ ނަބިއްޔާ، اللَّه އަށް إيمان ވެ ވަޑައިގަނެތެވެ. އަދި مؤمن ންގެ ބަސް ތެދުކުރައްވަތެވެ. އަދި އެ ނަބިއްޔާއީ، ތިޔަބައިމީހުންގެ ތެރެއިން إيمان ވި މީހުންނަށްވާ رحمة އެކެވެ. އަދި اللَّه ގެ رسول އާއަށް އުނގަދޫކުރާ މީހުންނަށް، ވޭންދެނިވި عذاب ހުށްޓެވެ.” މި އާޔަތުގައި މާތް ﷲ މިވަނީ ރަސޫލާއަށް ގޯނާ ކުރުން މަނާ ކުރައްވައިފައެވެ.އެ ފަދަ ޢަމަލެއް ކުރާ މީހާއަށް ގަދަވެގެންވާ ޢަޛާބު ދެއްވާނެކަމުގެ އިންޒާރު މި ވަނީ ދެއްވައިފައެވެ." އިސްލާމިކް މިނިސްޓްރީ އިން ވިދާޅުވިއެވެ.

އިސްލާމްދީނަށް ޖޯކް ޖަހާ ދިވެހި ބަހުން ހިންގާ ފޭސްބުކް ޕޭޖްތަކާއި ގްރޫޕްތައް ދޭތެރެ ދޭތެރެއިން އާންމު ވެއެވެ. ނަމަވެސް ފޭސްބުކްގެ ސިޔާސަތުތައް އޮންނަ ގޮތުން ޕޭޖްތައް ހިންގާ މީހުންގެ މައުލޫމާތު ސަރުކާރުތަކާއި ހިއްސާ ނުކުރާތީ މިކަންކަމުގެ އަޑީގައި ތިބޭ މީހުން ހޯދުން އޮންނަނީ ވަރަށް ދަތި ކަމަކަށް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. އަނގަބެ

    ވަރަށް ރަނގަޅު ވާހަކައެއް.. ކޮންމެ މީހަކުވެސް ބަލަނީ ހެސްކިޔާފަ އެމީހަކާ ދިމާލަށް ބަވާލެވޭތޯ.. އެކުމުން އެމީހުނަށް ލިބެނީ ހިއްވަރު... މީ ވަރަށް ދެރަކަމެއް.. އުއްމީދު ކުރަން މި އާރޓިކަލް ކިޔާ އެންމެން ވެސް މީގެއިން ފިލާވަޅެއް ލިބިގަންނާނެ ކަމަށް..

  2. Anonymous

    ފޭސްބުކް ތީ މީހުންގެ ހަލާކު

  3. ތޯމަރާ

    އިއްނާ ލިއްލާހި ވައިންނާ އިލައިހިރާޖިޢޫން

  4. ޙައްގުބަސް

    ތިހުރިހާކަމެއްވެސް ފާޅުގައި މިރާއްޖޭގައި ދެންކުރާނެ!! ތިކަހަލަ ކަންކަމަށް ހިތާއި ރުހުމުން މަރުދޭ މީހަކު އެވަނީ 13 އަހަރުގެ ޖަލުޙުކުމުންވެސް ސަލާމަތްކޮށްދީފަ!! މިހާރު ރާއްޖޭގެ ދެކުނުން އުތުރުން އެދަތުރުކުރަމުންދަނީ!! އޭނާގެ ވަށައިގެން އެނބުރޭ ގިނަ މީހުންނަކީ ތުންދިގު ފުޅު ބުއިމާ ދީނާ ދުރު މީހުން!! ނޭނެގި ބިންމައްޗަށް ވެއްޓުނަސް ސަޖިދައަށް އެއިން މީހަކު ވެއްޓުނު ކަމެއް ނޭނގޭ މިއިން ޒަމާނަކު!! މިމީސް މީހުންނަކީ ބޭރުގައުމުތަކުގައި ތިބެގެން ދީނަށް ފުރައްސާރަކޮށް ވާހަކަދައްކާ އަދި މިރާއްޖޭގައިވެސް ދީނީ މިނިވަންކަން އޮންނަންޖެހޭނެކަމަށްބުނެ ވަކާލާތުކުރާ މީހުން!! މިހާރު ދެކުނުން އުތުރުން އެދަތުރުކުރާ ލޯންޗުގައިވެސް ދޮން ބޭރުގެ ދެފަރަންޖީން ކެމެރާ ހިފައިގެން އުޅޭތަން ފެނޭ!! ދެން މިހާރު ވެރިަކަމުގެތެރެއިން ބާރުލިބުނީމާ އައިސް މިތަން ސުންނާފަތިކޮށް މީހުންގެ އަޚްލާގު ހަލާކުކޮށް ގައުމުގެ ޒުވާނުން ހަލާކުގެ މަގަށް ގެންދެވޭތޯ ހޭބޯނާރާ މަސައްކަތްކުރާނެ!! މިއީ ދިވެހިން ބޭނުންވިގޮތް!! ރަގަނޅު ގައުމަށް ހެޔޮއެދޭ މިފަދަ ކަންކަމަށް ޖާގަނުދޭ ސަރުކާރެއް ރާއްޖޭގައި އޮތީތީ ބޭރުކުރީ!! މިއީ ދެރަކަމެއް!!

  5. އަޙްމަދު

    އެފަދަ ލިޔުންތައް ލިޔާމީހުންގެ އިނގިލިތައް ފިއްސަވާފާދޭވެ. އަދި އެއިގިލިތަކުގެ ނިޔަފަތި އިގިއްޔާ ވަކިކޮށްފާނދޭވެ. އާމީން.

    • ޟުއާ

      ޢެފަދަ މީހުންނަށް ތެދުމަގު ދައްކަވާން ދެވެ. ޢަނިޔާއަކަށް ނޭދެން.

  6. ކިޔާ

    ހިތުން ވަރަށް މޮޅުކަމެއް އެކުރަނީ!!!ތިމާމެންގެ ނަފްސުތައް އަމިއްލަޔަށް ހަލާކުގެތެރެއަށް ވައްޓާލެވޭ އިރުވެސް މިކުރެވެނީ ކިހާވަރެއްގެ ކަމެއްކަން ނޭނގޭ މޮޔަމީހުން މިއުޅެނީ..އަސްލު އަމިއްލަޔަށް އަމިއްލަ ނަފްސަށް ޖޯކުޖަހަނީ....

  7. އަބޯ

    ގައުމުގެއްގެ ވަެރިކަމަށް އައިސް ކުރުސި ނޫންއެއްޗެއް ފެނޭތޯ ބަލަން މީހަކު ވިދާޅުވީމަވެސް އެކަން ބެލީކީއެއްނޫން އެމީހާ ރަސޫލާ އާ ގުރްއާނަށް އިންކާރު ކުރީމަވެސް އެހުރީ އުހުގަ ބަހައްޓާފަ . ވީމާ ދިވެހިބަހުން ރަސޫލާ އަށް ފުރައްސާރަ ކުރާދިވެހިން އިތުރު ނުވެދާނެތަ ؟

  8. Anonymous

    އަންނަން އޮތް ސަރުކާރަށް ނިސްބަތްވާ ބަޔަކު އެމީހުންގެ ވާގިވެރިކަމާއެކު ކުރާ ކަމަކަށް
    ނޫނީ ނުވާނެ. ރައްޔިިތުންގެ ޝުއޫރު ހުރި ގޮތޭ ކިޔާފަ އެމީހުންގެ އެޖެންޑާއަށް މަގު ފަހި ކުރަން ކުރާ ކަންތައް. ކުރިއާ ޚިލާފަށް ވަރަށް ހިޔަޅު ގޮތަކަށް މިފަހަރު ކަންކަން ކުރާނީ.

  9. ދދދދދ

    އަންނަން އޮތް ސަރުކާރަށް ނިސްބަތްވާ ބަޔަކު އެމީހުންގެ ވާގިވެރިކަމާއެކު ކުރާ ކަމަކަށް
    ނޫނީ ނުވާނެ. ރައްޔިިތުންގެ ޝުއޫރު ހުރި ގޮތޭ ކިޔާފަ އެމީހުންގެ އެޖެންޑާއަށް މަގު ފަހި ކުރަން ކުރާ ކަންތައް. ކުރިއާ ޚިލާފަށް ވަރަށް ހިޔަޅު ގޮތަކަށް މިފަހަރު ކަންކަން ކުރާނީ.

  10. ހެލް

    ތިޔަ ކަހަލަ ކިތަންމެ ޕޭޖެއް އެބައުޅޭ... ހުރިހާއެއްޗެއް ބުލޮކްކުރަން ގޮވާލަން މިހާރުން މިހާރަށް

  11. Anonymous

    ކީރިތި ﷲ ހުރިހާ ކަމަކުން ހުސްތާހިރު ވަންތަ އެވެ. އަދި ﷲ އާއި އެކަލާނގެ ރަސޫލާއަށް ޖޯކު ޖެހޭވަރުގެ މީހެއްވެސް އަދި އެހެން އެއްޗެއްވެސް ނުވެއެވެ. ހަމަ އެކަނި އެމީހެއްގެ އަމިއްލަ ނަފްސް ނިކަމެތި ވުމުގައި ޝަައިޠާނާ އާ ބައިވެރިވެގެން އިތުރު ހަރުފަތްތަކަކަށް ދެވިދާނެއެވެ.

  12. ޝަޒްރު

    ފޭސް ބުކް ޕޭޖެއްގަ ދީނައް ހަޖޫޖަހާފަވާ ޕޭޖެއް އޮތިއްޔާ އެޕޭޖު ބުލޮކު ކުރަންޖެހޭ.. އަދި ހަމަ އެކު އެއީ އެއްވެސް ހިފެހެއްޓުމެއް ނެތް ރާއްޖޭގެ އިންޓަނެޓު ޚިދުމަތްދޭ ފަރާތްތަކުން ރޯ އޮރިޔާ ބަދުއަޚުލާގީ އެންމެހާ ޕޯން އެއް ފެންނަގޮތައް އޮންނަ އޮތުމައް ނިމުމެއްގެނެސް އެ ކުންފުނިތައް ޖޫރިމަނާކޮއް އެކަމައް ޒިންމާދާރު ކުރުވަންޖެހޭ.. މިކަންކަން ކުރާނެ ސަރުކާރެއް އަދިޔެއް ނާދޭ.. އެކަމަކުން އެންމެންވެސް ދައުވާކުރާނެ ދީން ހިމާޔައްކުރާކަމައް.

  13. ޙުސްނާ

    ދުނިޔެ ބަވަނަ ވަމުން ނިއުޅެމުން ދާވަރަކަށް މިވަބާ އިތުރު ވެގެން ދާނެތީ ރައްބުލް ކާއިނާތު ކީރިތި ގުުރުއާނުގައި އެތަކެއް ފަހަރު އިންޒާރު ކުރއްވާފައިވޭ. ޢެފަދަ ބަޔަކު އުޅޭނެ އެއީ ކަނު ފިކުރަކާއި ހިތެއްގެ ވެރި ބައެއް. ޙުސްތޯހިރުވަންތަ ރަސްކަލާނގެ ފުދިވޮޑިގެން އިސްތަވާ ވޮޑިގެންވޭ އެހެންކަމުން އެބައި މީހުންނަށް ފުރއްސާރަ ކުރުމުގެ ބަދަލުގައި ތެދުމަގަށް ގޮވާށެވެ. ޢަދި އެފަދައިން އިސްލާހުނުވިނަމަ އެމީހުންގެ ހަވާނަފްސަށް އެމީހުން ދޫކޮށްލާށެވެ. މައި މީހާ ދަންނާށެވެ. ތިބާގެ މަސައްކަތް ހުއްޓާނުލާށެވެ. ކިރިޔާވެސް މިހާލަތުގައި އޭނަ އާ އެންމެ ގާތް މީހަކީ ތިޔަ މައިމީހާއެވެ. ޥާހަކަ ދައްކާށެވެ. ދުއާ ކުރާށެވެ. ކެތްތެރި ވާށެވެ.

  14. ޢަހަންމާ

    ދެން ތިވާހަކަ ނުދައްކާ. ތިކަން އަޑީގަ ތިބެގެން ޒަމާނުއްސުރެއް ކުރުވަމުނދާ މީހުނަށް މިއޮތީ ވެރިކަން ލިބިފަ. ހަމަ މިގައުމު މީހުންދޯ ވޯޓުދިނީ. މައުމޫނާ ގާސިމް ކަހަލަ އަމިއްލަ އެދުމުން ފޯވެފަ ތިބޭ ބަޔެއްގެ ބަހައް ހިކްމަތްތެރި ވެރިޔަކު ބަދަލު ކޮއްލީ. ދެންތިބޭ ރާކަނިމަސް ކެވިފަ. ވޯޓުލީ ކޮންމެ މީހަކު މިކަމުގައި ޒިންމާވަނީ އެއްވަރަކަށް.

  15. އަފްލާ

    ޢިސްލާމް ދީނާ ބީރައްޓެހި މީހުނާއި ގައުމު ހަވާލު ކުރުމުން ލިބޭ ގެއްލުމާއި ހިތާމަ ވ ބޮޑު ޒިންމާ ނަގަންޖެހެނީ ސްޕްރީމް ކޯޓުން