އިސްލާމްދީނާއި ޚިލާފު ވާހަކަތަކެއް ދިވެހި ބަހުން ފޭސްބުކްގައި ލިޔަމުންދާ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްލާމްދީނާއި ޚިލާފު ވާހަކަތަކެއް ލިޔެ ފޭސްބުކް ޕޭޖެއްގައި ފަތުރަމުންދާ މައްސަލަ ފުލުހުން ތަޙްޤީޤު ކުރަމުންދާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ފުލުހުން ދެއްވާފައެއް ނުވެއެވެ.

ދިވެހި ބަހުން އިސްލާމްދީނަށާއި ﷲ سُبْحَانَهُ وَتَعَالَى އަށް ދިވެހި ބަހުން ޖޯކް ޖަހަމުންދާ ފޭސްބުކް ޕޭޖެއް ވައިރަލް ވެފައި ވަނީ މީގެ ދެތިން ދުވަސް ކުރިންނެވެ.

އިސްލާމްދީނަށް ޖޯކް ޖަހާ ދިވެހި ބަހުން ހިންގާ ފޭސްބުކް ޕޭޖްތަކާއި ގްރޫޕްތައް ދޭތެރެ ދޭތެރެއިން އާންމު ވެއެވެ. ފޭސްބުކްގެ ސިޔާސަތުތައް އޮންނަ ގޮތުން ޕޭޖްތައް ހިންގާ މީހުންގެ މައުލޫމާތު ގިނަ ސަރުކާރުތަކާއި ހިއްސާ ނުކުރާތީ މިކަންކަމުގެ އަޑީގައި ތިބޭ މީހުން ހޯދުން އޮންނަނީ ވަރަށް ދަތި ކަމަކަށް ވެފައެވެ. ނަމަވެސް ފޭސްބުކްގެ އުސޫލުތަކާއި ޚިލާފު ޕޭޖްތައް ހިންގާ މީހުންގެ މައުލޫމާތުތައް ފޭސްބުކް އިން ސަރުކާރުތަކަށް ދެއެވެ. އެއްވެސް ދީނަކަށް ކުޑައިމީސްވާގޮތައް ވާހަކަ ދެއްކުން އެއީ ފޭސްބުކްގެ އުސޫލުތަކާއި ޚިލާފު ކަމެކެވެ.

މީގެ ކުރިން ވެސް ބައެއް ފޭސްބުކް ޕޭޖްތަކުގެ މައްސަލަ ފުލުހުން ތަޙްޤީޤުކޮށް، އެޕޭޖްތައް ޑިލީޓް ކުރުވާފައި ވެއެވެ.

ފޭސްބުކް ޕޭޖްތަކުގައި ކޮށްފައި ހުންނަ ޕޯސްޓްތަކަށް ރިއެކްޓްކޮށް ކޮމެންޓް ކުރުމަކީ ޕޭޖްތައް އިތުރަށް ޕްރޮމޯޓްވާ ކަމެކެވެ. އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ މިފަދަ ޕޭޖްތައް އޮންނަ އުސޫލުގެ ދަށުން ފޭސްބުކަށް ރިޕޯޓް ކުރުމެވެ. އަދި ލައިކް ކުރެވިފައި ވާނަމަ ޑިސްލައިކް ކުރުމެވެ. އެއީ ޕޭޖް އިތުރަށް ޕްރޮމޯޓް ވުމަށް ނުވަތަ އިސްތިހާރު ވުމަށް އެޅޭ ހުރަހަކަށް ވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މުޙަންމަދު

    ޝުކުރިއްޔާ ދިވެހި ފުލުހުން

  2. ޜިޒާ

    ތިކަމުގައި އިންޑިޔާގެ އަތެއް އޮތުން ވަރަށް ގާތް...
    މިހެން މިދަންނަވަނީ...މޯޑީ މީގެ ކުރިންވަނީ ދިވެހި ބަހުން މެސެޖް ކުރައްވާފަކަން އެއްވެސް ބޭފުޅެއް ހަންދާނުން އަދި ނުނެތޭނެއެވެ.
    ބުނަން މިއުޅެނީ އެމީހުންނަށް ދިވެހިބަހުން ލިޔަންކިޔަން އެނގޭނެ މީގެ އެތަށް ޒަމާނެއްގެ ކުރިން، އެހެންކަމުން ދީނާ ކުޅުމުގެ މަސައްކަތް ކުރަނީ ދިވެހިންގެ ތެރެއިން ބައެއްކަމަށް ހަމައެކަނި ދެކިގެން ނުވާނެއެވެ.

  3. އިބޫ

    ޜިޒާ ކަލޭހާދަ ޔަގީންކަމާއެކު ތިބުނަނީ މިިކަމަަކީ 100% ދިވެހިން ބައިވެރިވާކަމެއްހެން މަށައްހީވޭ

  4. ަެއެލެކްސް

    އަނެއްރާއްޖެ، މިނިކާރާއްޖެ، ޖަޒީރާ ރާއްޖޭގައި ތިޔަފަދަ ކަންކަން ވާނެ. މި ރާއްޖެއިން އިސްލާމް ދީން ފޮހެލަން އުޅޭ މީހުން މަތިފަޑިއަށް އަރާ ރައްޔިތުންނަށް ބަސްކިޔަން ފެށީމަ ކޮންމެ ފަދަ ކަމެއްވެސް ވެދާނެ ބިރު ހުރި ﷲ އަށް ވަކީލް، މަގޭ ރާއްޖެ ގާދޫކޮލުން ބޭރުވަނީ އައްޑޫގައި ސުވައިދީބް އަންނި ރާއްޖެ، މާލޭ ސަރަހައްދުގަ އިބޫގެ ޖަޒީރާ ރާއްޖެ، އުތުރުގައި މައުމޫނުގެ މިނިކާރާއްޖެ..، ދިވެހި ރާއްޖެ ކަމުނުދަނީތަ؟

    • މޮޔަބެ

      ކަލޭމެން މިރާއްޖެއިން އިސްލާމް ދީން ފޮހެލަން މިހެން ކިޔާތާ މިވަނީ ގަރުނު. އދިވެސް މިރާއްޖޭގަ އޮތީ އިސްލާމްދީން. ވެރިކަމަށް އެތައް ވެރިޔަކު އައިއްސި. ކަލޭމެން ތިބެނީ އިސްލާމް ދީން އިސްލާމް ދީން އޭ ދީނާ ގައުމަށް ޓަކާ އޭ ކިޔާ ގޮވަގޮވާ އޭ ހަެޔޮ ތިމާމެން ދުވަހަކު ނަމާދު ނުކުރިޔަސް ނުބއި ކަންތައް ކުރިޔަސް. ބަލަ ވެރިމީހާ ތަ ކަލޭމެން ސުވަރުގެ ވައްދަނީ؟ ތަންކޮޅެއް ތަހުޒީބުވެބަލަ

  5. އައިޝް

    ތިކަންތައް އަވަހަށް ބެލުން އެދެން. މިހާރު މަގުމަތީގައި ރާ ފުޅި ހިފައިގެން އުޅޭ ކުޑަކުދިންވެސް މަދެއްނޫން.

  6. ނިދާފަ

    މިއޮށް ހާ ދުވަހު ނިދާފަތަ ފުލުހުން ތިބީ