އުމުރުން 65 އަހަރުވުމުން ރައީސުލްޖުމްހޫރިއްޔާ ކަމަށް ވާދަ ނުކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހު އުވާލާ ރައީސުލްޖުމްހޫރިއްޔާ ކަމަށް ވާދަކުރެވޭނެ މީހުންގެ ޝަރުތުތައް ކުރިން އޮންނަ ގޮތައް އިއާދަ ކުރަން ޤާނޫނު އަސާސީ އަށް އިސްލާހެއް ހުށަހަޅައިފިއެވެ.

ޤާނޫނު އަސާސީ އަށް އިސްލާހު ހުށަހަޅާފައި ވަނީ ވެރިކަން ކުރާ ޕީޕީއެމް ޕީޖީގެ ޑެޕިއުޓީ ލީޑަރު އިބްރާހިމް ފަލާހެވެ.

65 އަހަރު ފުރިފައިވާ މީހުންނަށް ރައީސް ކަމަށް ކުރިމަތި ނުލެވޭނެ ގޮތައް ޤާނޫނު އަަސާސީ އިސްލާހު ކުރުމުން އިދިކޮޅު ފަރާތްތަކުން ބުނަމުން އައީ އެއީ ގާސިމް އިބްރާހިމާއި މައުމޫން އަބްދުލްޤައްޔޫމަށް ވެރިކަމަށް ކުރިމަތި ލުމުގެ ފުރުސަތު ނުދިނުމަށް ގެނައި އިސްލާހެއް ކަމަށެވެ. އެހެންކަމުން އެއިސްލާހު އުވާލުމާއި އެކު އެދެބޭފުޅުން ރައީސް ކަމަށް ކުރިމަތިލުމަށް މިހާރު އޮތް ޤާނޫނީ ހުރަސް ނެތިގެން ދާނެއެވެ.

ފަލާހު ކުރިން ވިދާޅުވެފައި ވަނީ 65 އަހަރު ފުރިފައިވާ މީހުންނަށް ރައީސް ކަމަށް ކުރިމަތި ނުލެވޭ ގޮތައް އޮތް އިސްލާހު އުވާލަން ހުށަހަޅަން ނިންމެވީ ކެރިކުޅަދާނަ ކޮންމެ މީހަކަށް އަދި ވެރިކަން ކުރުމުގެ ޝަރުތު ހަމަވާ ކޮންމެ މީހަކަށް ވެސް ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމުގެ ފުރުސަތު ދިނުމަށް ކަމަށާއި، ދުނިޔޭގެ އެހެން ޤައުމްތަކުގައި ވެސް ރަީސް ކަމަށް ކުރިމަތިލުމަށް ވަކި އުމުރެއް ނެތުމުން، އެއީ ރާއްޖޭގައި ވެސް އޮންނަންޖެހޭ ފަދަ ކަމެއް ކަމަށް ޤަބޫލު ނުކުރައްވާތީ ކަމަށެވެ.

އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ރައީސް ކަމަށް ކުރިމަތި ނުލެވޭ ގޮތަށް 2015 ވަނަ އަހަރު ޤާނޫނު އަސާސީ އަށް އިސްލާޙް ގެނައީ ޕީޕީއެމް/އެމްޑީއޭގެ ކޯލިޝަންގެ މެމްބަރުންނާއި ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީގެ ބައެއް މެމްބަރުންގެ ތާއީދާ އެކުއެވެ. ގާސިމް ވެސް ވަނީ އެއިސްލާހަށް ވޯޓް ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. މޫސާ ހަލީލް

    ތިކަން ކުރަން މިހާރު މާލަސްވެސް ވެއްޖެ އެރިރުންނޫ ވެރިކަމަށް އައުމަށް ތެޅިފޮޅެން ފަށާނީ

  2. ނަޖްވާ

    މީ މިހާުރުގެ ކޯލިޝަން ސަރުކާރު ފަނި ކުރަންވެގެން ކުރާ ކަމެއް ކަމަށް ބެލެވެނީ! މީނަ މާ ތާހިރު ވާނެ އޮޑި ބަންނަން އުޅުނިއްޔާ، ކޮންމެހެނަކަުން ޤާނޫނު އަސާސީ އިސްލާހް ކުރަން ނޫޅެ، އޮޑި ތަކުގެ ފެންވަރު ރަނގަޅު ކުރަން މޮޅެތި ވަޑިން އިންތިހާ އަށް އަހަރުމެން ބޭނުންވޭ!

  3. Anonymous

    ކެރިކުޅަދާނަކަންލިބިގެންވާ ކޮންމެމީހަކުވެސް 65 އަހަރުވުމުން ވަޒީފާއިން ވަކިކުރާ އުސޫލުވެސް ބަދަލުކުރަން ހުށަހަޅަންވާނެ

  4. މަރޭ

    ގާނުނު އަސާނީއަކީ އެއިރެއްގަ ބަރު އޮންނަ ބަޔަކަށް ހިތުހުރި ގޮތެް ހެދޭ އެއްޗެސް ކަން ކުރިން ނުދަންނަން.

    • ހާމާނު

      އަލުން އިސްކަންދަރުސްކޫލަށް ވަދޭ.

  5. ސިކްސް އޭ

    ވަރަށްފައްކާ ވެރިކަމަށް ކޮންމެބޭފުޅަކުވެސް އާދެވޭ ގޮތަށް ގާނޫނު ފާސްވެފައި އޮންނަށްވާނީ އެއީ ވަކިބަޔަކު ކުރެވޭގޮތަށް އޮންނަ ކަމެއްނޫން.ދުޅަހެޔޮ ޞިއްޙަތެއް ހުރެފަ ރައްޔަތުންގެ ތާޢީދު ބޭނުންވާނީ

    • ވިސްނާލާ

      މިހާރުތިބި ސިޔާސީ ލީޑަރުންގެތެރެއިން ސިހައްތު ސަލާމަތުންހުރީ ރޔާމީންއެކަނި. ދެންމިތިބީ ހުސްބަލި ލީޑަރުން.. ހިތުގެބަލި. ވެއްޓޭބަލި މައިބަދައިބަލި. ލޮލުގެބަލި. ކިޑުނީބަލި. އެހެންވީމަ މިމީހުންގެ އުމުރު ބަދަލުކުރިޔަސް ވެރިކަންނުކުރެވޭނެ.

  6. އެއްަކަލަ މީހާ

    ތިޔަހެރި ރިސްފަތު ސޭޓް ދުވަހަކުވެސް ނުވާނެ ތިކަމެއް ބޮޑުމުޖުރިމެއް ތީވަގެއް ތީރައްތިތުންގެ ލޭބޯ ޑުރެކިލާއެއް

  7. އަފީ

    އަމިއްލަހާލާގެންހިގާނުގަނިވިގެންއުޅޅޭއިރުވެސް

    ވެރިކަމާގެންދައްޔޫދުކާގެންއުޅޭމިތިބަމަރުމުސްކުޅިން

    ދަރިންދިނީމާކާގެންއަޅުކަންކޮއްލާގެންގޭގަހުރީމަނިމުނީނު؟ ބުރުމާގާސިމައްރަގަޅައްވާހަކަންނޭގޭމީހެއް

    މަޖިލިހުގެގޮޑީގެކަރާމަތްގެއްލުވާލަންވެގެންއެތަނައް

    ލާފައިންފުޅިމަދުއުގުރިޔެތްބާ؟

    ވަރައްލަދުހަޔާތްކުޑަމީހެއްބިރުމާއަކީ؟

    މުޅިގައުމުހަލާކުގެތެރެއައްވައްޓާލާގައުމުފަސާދަކުރާ

    ދެމީހުންނަކީ މައުމޫނާގާސިމާދެމީހުން

    މިގައުމައްގެއްލުމާހަލާކަކީމައުމޫނާގާސިމު

    މިގައުމަކިތައްމެކުޑަގެއްލުމެލިބުނަސްއެކަމުގެޒިއްމާ

    ނަގަންޖެހޭނީ ގާސިމާ މައުމޫނުއާދެމީހު

    ގިޔާމަތްމަހުޝަރުދުވަހުންވެސްމިދެދުސްމަނުންނައް

    މަށެއްމާފެއްނުކުރާނަންދުވަކުވެސްދެމީހުއްނަކައް

    މިގައުމައްހިޔޮއެދޭއެއްސްދިވެހިދަރިޔަކުމިދެހާއިނުން

    ނަކައްމާފުނުކުރާނެކަންހަމަޔަގީން؟؟

    އެހެރަބުރުމާއެހެރަތެޅޭވައްތަރެއް ހާދަހާރުޅިއެއްއާދެޔޭ؟؟؟

    މ

  8. ސަބުރޯ

    ތި މަޖުލިސް މެންބަރުން ނަކީ ކުޅިވަރު ކުޅޭ ބައެއް.ރައްޔިތުންނަށް ވާ އެއްވެސް ފައިދާ އެއް ނެތް.އެހެން ގައުމު ތަކުގައި މެންބަރުންބަލަނީ ރއްޔިތުން ތަރަށް ގީ ކުރުމަށް ، ފަސޭހާގަ ދިރި އުޅެވޭނެ ގޮތް ހޮދާދިނުމަށް.

  9. ރާއްޖެ

    ތިޔައީ މިވަގުތަށް ވަރަށް މުހިއްމުފިޔަވަޅެކެވެ
    ތާއީދުކުރަމެވެ.

  10. Anonymous

    ހެހެހެ އަސްލު ތިގާނޫނު ބަދަލުކުރަން އުޅެނީ ރ.ޔާމީނު ތަސްދީގުކޮށްފައިވާ ގާނޫނެއްވީމަ އެމަނިކުފާނަށް ޖެއްސުންކުރުމަށާއި މައުމޫނުއާއި ގާސިމުސޭޓުގެ އަމިއްލަ އދުންބޮޑުކަމުން، ނަމަވެސް ތި ގާނޫނު ތިގޮތަށް ބަދަލުކުރު މުން ރ.ޔާމީނަށް ފައިދާވާނެ ފުރުޞަތުވެސް ކުޑައެއްނުވާނެ، ސަބަބަކީ މުސްކުޅިވާދުވހުވެސް އެމަނިކުފާނަށްވެސް ވެރިކަމަށް ކުރިމަތި ލެއްވި ކާމިޔާބުވާނެ ދުވަހެއްވެސް އަތުވެދާނެ ދޮތެ؟؟ އީސީގެ މަގާމުގައި ތިބޭނީވެސް އަބަދު ޢައްދާރު ޚާއިނުންކަމަށްވެސް ނުދެކެމާ؟؟

  11. ސަރަގު

    ރައީސްކަމަށްް ގާސިމް ފޫގަޅާނެ ކަމެއްނެތް އަދިވެސްް ތިއުޅެނީ މުސާރަކޮޅު ނުދީ. މީމަހުގެ ތޭރަވަނަދުވަސް. އަދިވެސް ރައީސްކަންނުކުރެވިގެން ތިއުޅެނީ. މުއްޒަފުން ގެއާއިލާތައް ނުކާނުބޮއި. މަނިކުފާނު ލަދުގަނޭތޯ

  12. ސަޅި

    ރައީސްކަމަށްް ގާސިމް ފޫގަޅާނެ ކަމެއްނެތް އަދިވެސްް ތިއުޅެނީ މުސާރަކޮޅު ނުދީ. މީމަހުގެ ތޭރަވަނަދުވަސް. އަދިވެސް ރައީސްކަންނުކުރެވިގެން ތިއުޅެނީ. މުއްޒަފުން ގެއާއިލާތައް ނުކާނުބޮއި. މަނިކުފާނު ލަދުގަނޭތޯ

  13. ބުރުމާކަށި

    މަ އަބަދުވެސް މިކިޔަނީ ގާ ނޫނަކީ އެއްވެސް އަގެއްހުރި އެއްޗެއްނޫނޭ. ބޭނުން މީހަކު ބޭނުން އިރަކު ބޭނުން ގޮތަކަށް ތަޅާކުނޑިކުރަން އޮންނައެއްޗެކޭ.

  14. އަލީ

    ތިޔައީ ވަރަށް ރަގަލުކަމެއް އަވަސްކުރޭ ދެން 30 އަހަރު ނުވަނީސް ވެރިކަމަކުން ނުފައިބާނެ ކަށްވަޅަށްވެސްދާނީ ރައްޔިތުންގެ ވެރިކަމުގައި ތިޔަދެބުޗިންވީ ގައުމުންވެސް ބޭރުކުރަންވީ! ފަލާހަށް ސާބަސް އެކަކު ވެރިކަމުގައި އަނެކަކުވައްޓާލަން ފަހަތުން ދުވާނީ ދެވެރިންގޮސް ހުއްޓޭނީ ގުރައިދުއަށް

  15. ދެދުތެދު

    ޤަސިމު ގެ ބައި ގޯލް ވަރަށް ގިނަ ވާނެއެވެ.
    ކިތަށްމެ ނުލަފާލަސް ވެރިކަން ކުރަން އެއްމެ ޤާބިލް ލީޑަރަކީ ޔާމީނެވެ.

  16. ދެދުތެދު

    ޤަސިމު ގެ ބައި ގޯލް ވަރަށް ގިނަ ވާނެއެވެ.
    ކިތަށްމެ ނުލަފާލަސް ވެރިކަން ކުރަން އެއްމެ ޤާބިލް ލީޑަރަ9ކީ ޔާމީނެވެ.