މާލޭގައި ހުންނަ ރަނާއި ޖަވާހިރު ވިއްކާ ފިހާރައެއްގެ ބިއްލޫރިގަނޑުގައި ގަލަކުން ޖަހާ، ތިން ކުއްޖަކު ވެގެން އެފިހާރަ ފަޅާލައިފިއެވެ.

މީސް މީޑިއާގައި އާންމުވެފައިވާ ސީސީޓީވީ ފުޓޭޖްތަކުން ފެންނަ ގޮތުގައި ފިހާރަ ފަޅާލީ 12 ވަރަކަށް އަހަރުގެ ތިން ކުދިން ވެގެންނެވެ. އެކުދިން ފިހާރަ އިން އެއްވެސް އެއްޗެއް ނަގާ މަންޒަރެއް ވީޑިއޯ އަކުން ނުފެނެއެވެ.

މިއަމަލު ހިންގި ތިން ކުދިންގެ ތެރެއިން އެއް ކުއްޖަކު ހުރީ މޫނު ނިވާކޮށްގެންނެވެ. ނަމަވެސް އަނެއް ދެކުދިން ތިބެނީ މޫނު ނިވާނުކޮށެވެ.

ތިން ކުދިން ފިހާރަ ފަޅާލާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ މެންދަމު 02:30 ހާއިރު އެވެ.

ފިހާރަ ފަޅާލުމުގައި ބައިވެރިވެރިވި ތިން ކުދިންގެ ތެރެއިން އެއް ކުއްޖަކު މިހާރު ހައްޔަރު ކޮށްފައިވާ ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. މަރީ

    މީކޮންތާކު ހުންނަ ފިހާރައެއް؟

    • އަހަރެން

      އެ ފިހާރަ ހުންނާނީ މާފަންނު ޕިއްޒާ ބޯނާ ހުންނަ ގޯޅިގަނޑުތެރޭގަ...ރަން ރިހީގެ މަސައްކަތް ކުރާ ފިހާރައެއް އެއީ..

  2. ޢަހަންމާ

    ސުޕްރީމް ކޯޓު އެބުނަނީ ކުތް ކުރިޔަސް އޯކޭޔޭ ތިމަންނަ މެނަށް ޓިޕްސް ވައްޓާލާށޭ. ސޯ. މިގައުމު ފަނާކުރަނީ މިގައުމުގެ ސަދޫމް ކޯޓު ތަކުން. ޢަދި މައުމޫނާއި ޤާސިމް. ޥެރިކަމުގެ ދަހިވެތިކަމުގަ މުޅި ގައުމު ފުނޑާލަނީ.

  3. Anonymous

    ތިޔަހަރި ފައްކާވަނީ މިހާރުން މިހާރަށް އެތިންކުދިން ދޫކޮށްލުމަށް ސްޕުރީމްކޯޓުން އަމުރުނެރެދިނުމަށް ގޮވާލަން

  4. Anonymous

    ތިޔަހަރި ފައްކާވަނީ މިހާރުން މިހާރަށް އެތިންކުދިން ދޫކޮށްލުމަށް ސްޕުރީމްކޯޓުން އަމުރުނެރެދިނުމަށް ގޮވާލަން ހަމައެކަނި ސިޔާސީ ވުމަކުންނޫން އަމުރުނެރޭނީ

  5. ހުސޭނުބޭ

    މަ މިހުރީ ކުޑަކުދިންގެ ހައްޤުތަކުގެ ދިފާޢުގައި! އެވަރިހަމަ ރަނާ ޖަވާހިރު އެކުދިން ވަގަށްނެގިޔަސް! އެކުދިންނާ ދިމާލަށް އެއްޗެކޭ ނުބުނެވޭވެ! އެއީ ބުލީކުރުން! އެކުދިންގެ ފޮޓޯއެއް އާންމުނުކުރެވޭނެ! ހައްޤުތައް ގެއްލޭތީ!

  6. ސަކީނާ

    ވާއު... އަދިވެސް މާލެ އަޅާތި ރާއްޖެ އެއކޮށް ގެނެސް. މޮޔަވެދާނެ. ކޮބާތަ މައިންބަފައިން.

  7. ލޮލް

    ކޫލްވާންވެގެން. އެކުދިންނަކަށް ނޭނގެ ނަރަކަ ކިހާ ހޮޓްކަމެއް.

  8. ހަޖަމް

    ތިކުދިންގެ ބެލެނިވެރިން ޖެންޑާ މިނިސްޓްރީއަށް ގެންގޮސް އެކުދިންގެ ބެލެނިވެރިކަން ނަގަންވީ!!!!

  9. ޖައުފަރު

    ކުޑަކުދީން ނެއް ނޫން ބޮޑެތި ޝައިޠާނުން އެއީ

  10. ާއޯކޭ

    ކުޑަކުދިން ތިބޭނީ ގޭގަ