ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެމްބަރެއްގެ ގޮތުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި އިންނަވާ މެމްބަރު ކަމުން ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ ވަކި ކުރަން ރައްޔިތުން މަޖިލީހުން ފާސްކޮށްފިއެވެ.

ޖޭއެސްސީގެ މެންބަރު ކަމުން ރިޒާ ވަކިކުރުމަށް ހުށަހަޅާފައިވަނީ އެމްޑީޕީ އަށް ނިސްބަތްވެ ވަޑައިގަންނަވާ ވައިކަރަދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އެވެ. ރިޒާ މަގާމުން ވަކި ކުރަން ފާސްވީ 42 މެމްބަރުންގެ ވޯޓާއެކުއެވެ.

ރިޒާ މަގާމުން ވަކިކޮށްފައިވާއިރު، މަޖިލީހުގައި މިއަދު ވާހަކަދައްކަމުން ރިޒާ ވިދާޅުވީ އޭނާ ޖޭއެސްސީން ވަކިކުރަން ބޭނުންވަނީ ފަނޑިޔާރުންނާއި ފަނޑިޔާރު ގެތަކަށް ނުފޫޒު ފޯރުވާ، ލާދީނީ ފިކުރުތަކަށް ފުރުސަތު ހޯދުމަށް ކަމަށެވެ. އަދި އޭނާ މަގާމުން ވަކިކުރަން ހުށަހެޅިއިރު އޭނާގެ މަސައްކަތުގެ ދާއިރާގައި ހިމެނޭ ކަންކަމުގެ ތެރެއިން އެއްވެސް މައްސަލައެއްގެ މައުލޫމާތު ސާފުކުރަން މަޖިލީހުން އެދިވަޑައިގެންފައި ނުވާ ކަމަށްވެސް ވިދާޅުވި އެވެ.

"މި މަޖިލީހުން އަޅުގަނޑު ޖޭއެސްސީގެ މެންބަރު ކަމަށް އައްޔަންކުރި ދުވަހުން ފެށިގެން މިއަދާ ހަަމައަށް ޖޭއެސްސީގެ މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާނީ ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން. އަޅުގަނޑު ޖޭއެސްސީގައި އިނދެ ބެލި އެއްވެސް މައްސަލައެއްގައި ފިޔަވަޅު އެޅި އެއްވެސް ފަނޑިޔާރަކު، ފިޔަވަޅު އެޅިގޮތަކުން އެއްވެސް ޝަކުވާއެއް މިހާތަނަށް އުފުއްލަވާފައެއް ނުވޭ." ރިޒާ ވިދާޅުވިއެވެ.

ޖޭއެސްސީގެ މެންބަރު ކަމަށް ރިޒާ އައްޔަންކުރަން މަޖިލީހުން ރުހުން ދިނީ 2014 ވަނަ އަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހު އެވެ. ރިޒާ މިމަގާމަށް އައްޔަންކުރައްވާ މަގާމުގެ ފަތްކޮޅު ދެެއްވީ 2014 ވަނަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަހިމަދު

    ތީ ވަރަށްރަނަގަޅުކަމެއް ތީނަތީ ވަރަށްކަންތަށް ބޮޑު މީހެއް ގުރާ ދޫގެ ެންމެން ބޯކާލައިގެން އުޅޭ ތުއްދޮންބެ ތީ ވަރަށް ކޮރަޕްޓް މީހެއްތީ ތީނާ ތިތަނުން ވަކިކުރުމަކީ ތީ ކުރެ ވުނު އެންމެ ފުރަތަމަ ރަނގަޅުކަންތަށް

  2. ރަޝީދު

    އިތުބާރު ނެތްކަމުގެ ވޯޓް ނެގުން މީވަަރަށް ޖޯކްކޮށް އޮންނަ ކަމެއް. ފުރަތަމަ މައްސަލަ ހުށަހެޅީމަ، ވަކިކުރާ މީހާއަށް ނޯޓިސް ދީފަ، ބަހުސް ފެށުނީމަ އެބޭފުޅަކަށް ޖަވާބު ދޭން މިދެނީ 30 މިނިޓް ނުވަތަ 15 މިނިޓްގެ ވަގުތުކޮޅެއް. ދެން އެބޭފުޅާ ޖަވާބުދާރީވެ ނިމުނީމަ މިނަގަނީ ވޯޓް. މީގަ ހެއްވާ ކަމަކީ ޖަވާބުދާރިވާއިރު އެބޭފުޅާ ދެއްކިވާހަކަތަކަކީ ދޮގުތޯ ތެދުތޯ ބެލުމެއް ނެތި އެއްވެސް ދިރާސާކުރުމެއްނެތި ޓަސްލާފައި މިނަގަނީ ވޯޓް. ދެން ކީއްކުރަންތޯ ޖަވާބުދާރީވާންޖެހެނި؟

  3. އެދުރު

    الحمد لله

  4. ޙާލުގެދުލުން

    ހުރިހާ މަޖިލިސް މެމްބަރުން ވަނީ ރިޝްވަތުން ތަޣައްޔަރުވެފައި، ހުސްކޮރަޕްޓް ބައިގަނޑެއް.