މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސްގެ ގޮތުގައި މުޙައްމަދު ނަޝީދު އަދި އަދާލަތު ޕާޓީގެ ރައީސްގެ ގޮތުގައި ޝައިޚް އިމްރާން އަބްދުﷲ ބަލައިގަންނަން، އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބަލައިގެންފިއެވެ.

އީސީގެ މެންބަރު އަދި ތަރުޖަމާނު އަޙުމަދު އަކުރަމް، ރާއްޖޭގެ އޮންލައިން ނޫހެއްކަމުގައިވާ "ވަން އޮންލައިން" އަށް ދިން ބަސްދީގަތުމެއްގައި ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުން ކޮށްފައިވާ ޙުކުމާއި ޕެރޯލް ޤާނޫނަށް ބަލާއިރު އެފަރާތްތައް، ޕާޓީގައި އަދާކުރައްވަމުން ގެންދެވި މަޤާމުތަކުން ވަކިވާނޭ ޖާގައެއް ނެތްކަމުގައެވެ. އެގޮތުން، އެޤާނޫނުތަކަށް ބަލާއިރު ޕާޓީގެ މަޤާމުން ވަކިވާނީ ހުކުމް ތަންފީޛު ކުރަމުންދާ މުއްދަތުގައިކަން އެނގެން އޮންނަ ކަމުގައެވެ.

މީގެއިތުރުންވެސް، އަކުރަމް ވިދާޅުވެފައިވަނީ އެމްޑީޕީ އިން ފޮނުއްވާފައިވާ ލިޔެކިޔުންތަކަށް ބަލާއިރު އަންނަ އަހަރުގެ އޯގަސްޓު މަހުގެ ނިޔަލަށް ޕާޓީގެ ރައީސްކަމުގައި ނަޝީދު ހުންނަވާނެކަމަށެވެ. ހަމައެހެންމެ، އަދާލަތު ޕާޓީން ފޮނުއްވާފައިވާ ލިޔުންތަކަށް ބަލާއިރު އެޕާޓީގެ ރައީސްކަމުގައި 2019 ވަނަ އަހަރުގެ ނިޔަލަށް އިމްރާން ހުންނަވާނެއެވެ.

ޕާޓީގެ ރައީސްކަމުގައި ނަޝީދަށާއި އިމްރާން ހުންނެވޭނެކަމާމެދު އީސީ އަށް ވަރަށް ގިނަ ފަރާތްތަކުން ސުވާލު ކުރިމަތި ކުރަމުންދިޔަކަމަށް، އެކޮމިޝަނުން މީގެކުރިން ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. އާ ެެ އީ

    މަރުހަބާ

  2. ފަތޯ

    ތީމާކުރިންވެސް އެގޭނަތީޖާއެއް

  3. ނަޝީދު

    މިހާރު ފަޓާސްބަރިއެއް ނެތް...

  4. އަބުލޯ

    މިހާރު ތިޔަ މީހުން ފޮނުވާ ކޮންމެ އެއްޗެއް ވެސް އޯކޭވާނެ

  5. ޖަހާންގީރު

    ކޮރަޕްޓް ހަބާ

  6. ޢާސިދާ

    ޢޯގަދަކަން ތިޔަހަރަ ގަވަިދުތައްދޯ

  7. ޑިމޮކްރަޓިސްޓް

    ބަލަ މި ނަޝީދަކީ މީނަގެ މައްސަލަ ބަލަން ކިހާދުވަހަކަށް ދޫކޮށްފަހުރި މީހެއްތަ؟ 5 އަހަރަށްތަ؟ ސްޕްރީމްކޯޓުގެ ޒިންމާއަކީ ހަމައެކަނި ސިޔާސީމީހުން ގައުމުތެރެޔަށް ދޫކުރުންތަ؟ އޮންނަ އުސޫލުން ކަންކަންބެލުމަށް އަމުރުކުރަނީ ނޫނި ބަލަނީ ކޮން ބައެއް؟ މިވެސް ގައުމެއްތަ މިހާރު؟ އިންސާފުކޮބާ؟

  8. އޯހް

    ދިވެހިން ރޯމާދުވާލު ލޮނާ ޖަހައިގެން ކާއިރުވެސް ހަމަ ސަނާ ކިޔަންވީދޯ މިހާރު...

  9. ހަލަވެލި

    މި5އަހަރު ކައިވެނި ވަރި ސައްހަ ވާނެބާ

    • ފާއިޒު

      މިހާރު ހުކުމްތައް ފައިބަމުންދިޔަ ދާގޮތަށް ބަލާއިރު، ޔާމީނުގެ ވެރިކަމުގައި ކޮށްފައިވާ ކައިވެންޏެއް ރޫޅައިލުމަށް އެ ކައިވެނި ވެފައިވާ އަންހެނާގެ ކުރީގެ ބިޓަކު ހުށައަޅާއިރަށް އެކައިވެނި ރޫޅައިލުމަށް ފަނޑިޔާރުން ޙުކުމް ކުރާނެ.

  10. ާާާާމިރުސީ

    ޤާނޫނަކަށް ޤަވާއިދަކަށް ބެލުމެއް ނެތް މިއަދުގެ ހަމައަކީ އަޣުލަބިއްޔަތު ހޯދިކަމަށް ބުނާމީހުންނާ ހޯދައިދިން ކަމަށް ބުނާމީހުން ގެ ހިތްހަމަޖެހޭނެ ގޮތަކަށް ކަންކަން ކުރުން.
    ފަނޑިޔާރުންނާއި މުއައްސަސާ ތަކުގެ ވެރިންގެ ހަދާނުގައި ހުންނަނީ "ކަލާނގެ ސަފުން ބަދަލުނުކުރައްވަތެ ޤައުމެއްގެ ޙާލަތު،. ނުވާނަމަ ޤައުމުގައި ބަދަލު ކުރުމުގެ ޚިޔާލާތު"
    ނަމަވެސް، މަައްސަލަ އަކީ ޤައުމެއްގައި އުފެދިގެން އަންނަ ކޮންމެ ޚިޔާލެއް ރަނގަޅު ނުވެދާނެ ކަމަށް ނުވިސްނޭކަން.
    ހިތާމައަކީ ބަނީ އިސްރާއީލުން ފަދަ މީހުންނަށް ދިމާވި ހާދިސާތައް ނުވިސްނޭކަން. އެކަން ކަން ފަހުމުނުވާކަން.
    ބިރުވެތިވަނީ ﷲގެ ކޯފާއާއި ޢަޛާބު ދެކެ ޖެހިލުން ނުވާތީ.

  11. އާޒާދުބެ

    ތި އިމްރާނަކީ ފައިސާއަށް ވިކި ހުހސްވެފައި ހުންނެވި ބޭފުޅެއް. ކުރުކޮށް ދަންނަވާނަމަ ތީ ކޮރަޕްޝަންގެ ބާނީ

  12. އަލީ

    ބަލާބަލަ މިފެންނަ މަންޒަރު ނަޝީދުއަށް ނުގޮވާ އެއްވެސް އެއްޗެއްނެތް! މިހާރު އެއިނީ ނަޝީދުގެ ކައިރީގައި! މިފަދަ މުނާފިޤުންނަށް މިގައުމުގެ ކަންޓްރޯލް ދީފިނަމަ ދެންވާނެގޮތް ވިސްނަވާ!