ކޮރަޕްޝަނާއި ނާޖާއިޒު ފައިދާގެ އުއްމީދުގައި އެއްވެސް ބޭފުޅަކު ސަރުކާރުގެ މަގާމަށް އުއްމީދު ނުކުރެއްވުމަށް އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ގޮވާލައްވައިފިއެވެ.

އަލީ ޒާހިރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އާ ސަރުކާރުގައި ކޮރަޕްޝަނަށް އޮންނާނީ "ޒީރޯ ޓޮލެރެންސް" ކަމަށެވެ. އަދި އެކަން އެގޮތަށް ގެންދިޔުމަށް އެންމެން އެކުގައި އަތުކުރި އޮޅާލުމަށް ވެސް އަލީ ޒާހިރު ވަނީ ގޮވާލާފައެވެ.

މިދިޔަ ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަންނަ ހޮނިހިރު ދުވަހު ހުވާ ކުރައްވާއިރު އާ ސަރުކާރު އެކުލަވާލުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.

އިދިކޮޅު ކޯލިޝަނަކާއެކު އިބޫ އިންތިހާބު ކާމިޔާބުކުރެއްވިއިރު، އެމަނިކުފާނު ވަނީ ކެމްޕެއިންގެ ތެރޭގައި ކޮރަޕްޝަން ހުއްޓުވުމަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވައުދުވެފައެވެ. އެގޮތުން ކޮރަޕްޝަން ހާމަކުރާ ފަރާތްތަކަށް ރައްކާތެރިކަން ލިބިދޭ ޤާނޫނެއް ކަމަށްވާ "ވިސްލް ބްލޯ ޕްރޮޓެކްޝަން އެކްޓް" ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާނެކަމަށް އިބޫ ވިދާޅުވެފައެވެ.

"ދަޢުލަތް ޝާމިލްވެގެން ހިންގޭ ބޮޑެތި ކޮރަޕްޝަން ހުއްޓުވުމުން ދައުލަތުގެ އާމްދަނީ އިތުރު ވެގެންދޭ. މަޤާމުގެ ނުފޫޒާއި ބާރު ބޭނުންކޮށްގެން ނުހައްޤުން މުއްސަނދިވުން ފަދަ ކަންކަން މިވަނީ އާންމުވެފައި. މިކަން ބެލި ހައްލު ލިބެން އެބަޖެހޭ" އިބޫ ވިދާޅުވެފައިވެއެވެ.

މީގެއިތުރުން އިބޫ ވަނީ ކޮރަޕްޝަން ހާމަކުރާ ފަރާތްތަކަށް ޤާނޫނީ ރައްކާތެރިކަން ލިބިދޭން ޖެހޭކަމަށްވެސް ވިދާޅުވެފައެވެ

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. 2018 ކާފަބޭ

    އެގޮތުގެތެރެއިންލާފައައިކަމަށްބުނާ ސަރުކާރަކަށް ދެންއިތުރަށް އަންނަންޖެހޭބަޔަކުތިބޭނެބާ؟

  2. އަލީ

    މިއީ ކޮންކަހަލަ ވާހަކަ ދައްކާ އިބޫއެއްތަ! ބަލަގަ ގާސިމުބޭގެ އަތުގައި ރައްޔިތުން ކިހާ ފައިސާއެއްވޭތޯ؟ އިބޫޖެހޭނެ މިފައިސާވެސް އަތުލަން އަދި އެންޑީޕީގެ ވެރިކަމުގައި މިނިސްޓަރުން ކޭ ފައިސާވެސް އަތުލަންޖެހޭނެ އޮޑިޓްރިޕޯޓްގައި ފެންނަން ހުންނާނެ!ރައްޔިތުން ގުބޯހައްދަން ފާޑުފާޑުގެ ވާހަކަ ނުދައްކާތީ އިބޫ ހަދާންކުރާތި