ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ސޮއިކުރައްވައިފިއެވެ.

ނާޒިމް ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވީ މިއަދު ހަވީރު ކުނޫޒުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ނާޒިމް ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވި ފޯމާއި ހަވާލުވެވަޑައިގެންނެވީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމެވެ.

މީގެކުރިން ޕީޕީއެމްގައި ވެސް ހުންނެވި ނާޒިމް ޖޭޕީ އަށް ސޮއިކުރެއްވިއިރު ބޭސްފަރުވާ އަކަށްފަހު އޭނާ ރާއްޖެ ވަޑައިގެންފައިވަނީ ރޭގެ ވަގުތެއްގައެވެ.

ނާޒިމްގެ ކޮޓަރިން ފިސްތޯލައެއް ފެނުނު މައްސަލައިގައި އިއްވާފައިވާ 11 އަހަރުގެ ޖަލު ޙުކުމް ތަންފީޒު ކުރުން ފަސް ކުރަން ސުޕްރީމް ކޯޓުން ވަނީ މިމަހުގެ 04 ވަނަ ދުވަހު އަމުރު ކޮށްފައެވެ.

ނާޒިމް ދިރިއުޅޭ ކޮޓަރިން ފިސްތޯލައެއް ފެނުުނު މައްސަލާގައި ނުރައްކާތެރި ހަތިޔާރު އެތެރެކޮށް ގެންގުޅުމުގެ ކުށުގައި 2015 ވަނަ އަހަރުގެ މެއި މަހުގެ 27 ވަނަ ދުވަހު 11 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ވަނީ ތާއީދުކޮށްފައެވެ. އަދި އެ މައްސަލަ ނާޒިމްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުންވަނީ 2016 ވަނަ އަހަރުގެ ޖޫންމަހުގެ 26 ވަނަ ދުވަހު އެ މައްސަލަ ބަލައިނުގަތުމަށް ނިންމަވައިފައެވެ.

ނަމަވެސް ސުޕްރީމް ކޯޓުން ނިންމި އެ ނިންމުން މުރާޖައާ ކޮށްދިނުމަށް އެދި ނާޒިމްގެ ފަރާތުން ހުށަހެޅި މައްސަލާގައި ސުޕްރީމް ކޯޓުން މިހާރު ވަނީ އެ މައްސަލަ ބަލައިގަތުމާ މެދު ގޮތެއް ނިންމުމަށް އިޖްރާއީ އަޑުއެހުމެއް ބޭއްވުމަށް ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ސަލީމު

  ފިސްތޯލަ މައްސަލާގަޢަދީބު ގެ އަތެއްވާކަމަށްވަނީ

 2. ދޮންބެ

  މިނިސްޓަރ ކަން ޔަގީން ވީ

 3. ޒެކު ހަސަން

  ކޮބާހީވޭ ކަމެއް ހެން

 4. Miadhu

  މަހުޖަނު ދިން ރިސްވަތުގެ އަގު

 5. ސަލްފް

  ތޔަ ޕާޓީއަށް ކިޔަންވީނު "ދިވެހިރާއްޖޭގެ ބާޣީންގެ ޕާޓީ"؟މިހެން މި ބުނީ އެމްޑީޕީން ނަންކިޔާ ގިނަ ބާޣީން ނިސްބަތްވަނީ ތިޔަ ޕާޓީއަށްކަމަށްވާތީއެވެ.

 6. ޢަފްލާ

  ޢިބޫގެ ވެރިކަން ވައްޓާލަން ތައްޔާރު ވުމުގެ ކޮޅުމަތި

 7. ޟއި

  ޢިބޫ ގެ ވެރިކަންހަލާަކު ކުރާނި އަންނި