ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައްޔިތުންގެ މަޖިލީހުން މެމްބަރަކު ކަނޑައެޅުމުގެ މައްސަލަ މާދަމާގެ ޖަލްސާ އަށް އެޖެންޑާކޮށްފިއެވެ.

މަޖިލީހުން ޖޭއެސްސީ އަށް ކަނޑައަޅާފައިވާ ހުންނެވި މެމްބަރު ކަމަށްވާ، ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ މިއަދު ވަނީ މަގާމުން ވަކިކޮށްފައެވެ.

ޖޭއެސްސީގެ މެންބަރު ކަމުން ރިޒާ ވަކިކުރުމަށް ހުށަހަޅާފައިވަނީ އެމްޑީޕީ އަށް ނިސްބަތްވެ ވަޑައިގަންނަވާ ވައިކަރަދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އެވެ. ރިޒާ މަގާމުން ވަކި ކުރަން ފާސްވީ 42 މެމްބަރުންގެ ވޯޓާއެކުއެވެ.

ޖޭއެސްސީގެ މެމްބަރު ކަމަށް އައްޔަން ކުރާއިރު މަޖިލީހުގެ މެޖޯރިޓީ މިހާރު އޮތީ އިދިކޮޅު ފަރާތްތަކުގެ އަތުގައެވެ.

ޖޭއެސްސީގައި 10 މެމްބަރުން ތިއްބައެވެ. އޭގެތެރޭގައި ހިމެނެނީ މަޖިލީހުގެ ރައީސާއި މަޖިލީހުން ކަނޑައަޅާ މެމްބަރަކާއި އާންމުންގެ ތެރެއިން އެ ކޮމިޝަނަށް ކަނޑައަޅާ މެމްބަރަކާއި، ރައީސުލްޖުމްހޫރިއްޔާގެ މެމްބަރަކާއި ބަންޑާރަ ނައިބާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސްގެ އިތުރުން ވަކީލުންގެ ތެރެއިން އިންތިޚާބުކުރާ މެމްބަރަކާއި ތިން މަރުހަލާގެ ކޯޓުތަކުގެ ތިން ފަނޑިޔާރެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަބްދުﷲ

    ޖޭއެސްސީގައި 10 މެމްބަރުން ތިއްބަވާއިރު، އޭގެތެރޭގައި މިދަންނަވާ ދާއިރާތަކުން މެންބަރުން ބައިވެރިވާއިރު، އެއީ ވަކިފަރާތަކަށް ބުރަނުވާ ގޮތަށް ބިނާކޮށްފައިވާ ކޮމިޝަނެއްތޯ ސުވާލުއުފެދެއެވެ.

    01 މަޖިލީހުގެ ރައީސް
    02 މަޖިލީހުން ކަނޑައަޅާ މެމްބަރަކު
    03 އާންމުންގެ ތެރެއިން ކަނޑައަޅާ މެމްބަރަކު
    04 ރައީސުލްޖުމްހޫރިއްޔާގެ މެމްބަރަކު
    05 ބަންޑާރަ ނައިބް
    06 ސިވިލް ސާވިސް ކޮމިޝަންގެ ރައީސް
    07 ވަކީލުންގެ ތެރެއިން އިންތިޚާބުކުރާ މެމްބަރަކު
    08 ސުޕުރީމުކޯޓުގެ ފަނޑިޔާރެއް
    09 ހައިކޯޓުގެ ފަނޑިޔާރެއް
    01 ދަށު ކޯޓުތަކުގެ ފަނޑިޔާރެއް

  2. ތަކުރު ބެއްޔާ

    ޖޭ އެސް ސި އަށް މެމްބަރަކު ކަނޑައެޅުމައް މާދަމާ މާ ލަސް!1 ވެލިޒިނީ ހަމަ މިހާރު ގެނގޮސް ގޮނޑީގައި ބައިންދާ!!!! ފުލް ސޮޓޮޕް!!!