ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙުމަދު މަހުލޫފު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ސޮއިކުރައްވައިފިއެވެ.

އިދިކޮޅު ހަރަކާތްތަކުގައި ވަރަށް ބޮޑަށް ހަރަކާތްތެރިވަމުންދާ އަދި ރައީސް އަބްދުﷲ ޔާމީނަށާއި މިހާރުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވާ މަހުލޫފު އެމްޑީޕީ އަށް ސޮއިކުރައްވާފައިވާކަން ހާމަކުރައްވާފައިވަނީ މިރޭ އޭނާ ކުރެއްވި ޓްވީޓެއްގައެވެ.

މަހުލޫފު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އޭނާއަކީ މިހާރު ރަސްމީކޮށް "ކުލަ ޔެލޯ" ގެ މީހެއްކަމަށެވެ. އަދި، މުންތަޚަބް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ކުރީގެ ރައީސް މުޙައްމަދު ނަޝީދާއެކު މަސައްކަތްޕުޅު ކުރައްވަން ވަރަށް ބޮޑަށް ޝައުގުވެރިވާކަމަށްވެސް ވިދާޅުވެފައިވެއެވެ.

"އަހަރެން ރަސްމީކޮށް ކުލަ ޔެލޯ. މުންތަޚަބް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ރައީސް މުޙައްމަދު ނަޝީދާއެކު މަސައްކަތް ކުރަން ވަރަށް ބޭނުން. އެމްޑީޕީގެ އާއިލާގެ ތެރޭގައިވާން ވަރަށް އުފާވޭ." މަހުލޫފުގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

މަހުލޫފަކީ މީގެކުރިން ޕީޕީއެމްގެ މެންބަރެކެވެ. ޕީޕީއެމްގައި ހުންނެވި ދުވަސްވަރު އަދި ކުރިން ޑީއާރްޕީގައި މަސައްކަތް ކުރެއްވި ދުވަސްވަރު، މަހުލޫފަކީ ރައީސް ނަޝީދާއި އެމްޑީޕީ އަދި އެޕާޓީގެ އިސް ފަރާތްތަކަށާއި މެންބަރުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި ހުންނެވި ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

 1. މަސްވެިރިޔާ

  ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖުލިސް މެންބަރުންގެ މުސާރަ ކުޑަކޮށް 183 ރަށުން ކޮންމެރަށަކުން މެންބަރަކު ހޯދޭގޮތަށް ޤާނޫނު އިސްލާހުކޮށް ތިރިގެއާއި މަތިގެ އޮންނަގޮތަށް ހަދަންވީ.. ކޮންމެ މެންބަރެއްގެ މުސާރަ 35،000 ރ ހަދަންޖެހޭ. މަހުލޫފުމެން އެއްތަށިންކާފަ އެރިހަގަޑުން މަސްހުސްވީމަ އަނެއް ހޮޓަލްގެ އަޖުމަ ބަލާލަނީ. އަދި މިހާރު 3 ފަށްވަނީ އަދި ގޮނޑީގެ މުއްދަތުވެސް ހަމަވަނީތާ.

  • މާލޭސޮރު

   އުހު! ތިގޮތެއްވެސް ކަމަކުނުދޭ! ރަގަޅު ގޮތަކީ ކޮންމެ ރައްޔިތަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ހެދުން!

 2. އަފީފު

  ތީ ބޮޑު މުނާފިގެއް

  • ދޮނާ

   ތިވެސް

 3. މިލިޓަރީ

  އަހަރެން ހީކުރީ މަހުލޫފަކީ ތެދުވެރިއެއްކަމަ.

 4. އަލީ

  ތިކުރީ ކޮސް ކަމެއް

 5. ާAhmed

  ކަލޯ އުބަށްޖެހީ ދޯ! ކަޑުކޮސް ކިޔަނީ ކަޑުގައި
  ކޮޅަށްޖެހިފައި ހުންނަ ކަންނެލި ގޮހޮރަކަށްނޫން. އެއީ ބޯ ގަޅި ވީމަ ކިޔާ އެއްޗެއް. ޙާދަ ހެވެޔޭ.

 6. ސައްޕޭ

  މަރުަބާ މާހްލޫފް....

 7. ސައްޕޭ

  މަރުަބާ މާހްލޫފް، ވަރަށް އުފާވެއްޖެ، ނަޒޫ ވެސް ޔެލޯ ކުރޭ...

 8. ހޯހޯ

  ރޮޒޭނާ ވަރަށް ސަލާމްބުނި މަހުލޫފަށް

 9. ދުރުމީ

  ޓީވީޝޯވއެއްގަ ބުނިންދޯ ތިމަންނަ އެމްޑީޕީއަށް ސޮއިކުރާނީ މައުމޫން ސޮއި ކުރީމަ ފަހަތުން ދެވަނަ މީހަކަށޭ. ޢެހެންވީމ މިފަހަރު ދިމާއިދިކޮޅުތާ މިވީ. ދެން މީނަގެ ފަހަތުން މައުމޫން ސޮއި ކުރާނީ. ޢަނެއްހެން މީ ސަޕްރައިޒެއްވެސް ނޫން. ސޮއި ނުކުރިޔަސް މިފާޑަށް ތެޅޭތާ ކޮންޒަމާނެއް.

 10. ޢަލީ ހަމީދު

  ތިޔަ އެމްޑީޕީގެ ޒަމާންދިޔައީ..މުޅި ޕާރޓީ ރީލޯރޑް ވާނެ..

 11. ކެޔޮޅު

  މަހުލޫފުމެން އެތިބީ ފެއިލް ވެފަ ރަނގަޅުވާނީ ގޭގަ މަޑުކޮއްލިއްޔާ

 12. ޢަލީ

  އޭރު ފާޑު ކީ އަކީ ސިޔާސީ ގޮތަކުން ނޫން. އޭރުވެސް ހިތަށް އަރާ ދޭތެރެއަކުން އެމް ޑީ ޕީ އާއި ގުޅެން. އެއްދުވަސްވަރަކު ސިހުރެކޭ ކިޔައިގެން އުޅުނީވެސް އެހެން ހިތަށް އަރާވަރުން. އަސްލުވާގޮތަކީ ކުޑއިރުއްސުރެ ތަންގަނޑު ކުއްޖެއްވީމާ އީވާ އާއި ހަނގާކުރެވި ލޯބިވެވިފައި ވަނީ

 13. ފާއިޒު

  އެމް ޑީ ޕީ ގަ ހުއްޓާ ހީނުކުރާ ކަހަލަ ގޮތަކަށް އިބޫއަށް ރައީސްކަން ލިބުނީތީ އެ ފަދަ ފުރުސަތަކަށް ކުރިޔާލާ ތައްޔާރުވުން ބާ

 14. ދުރޭ

  ކޮބާކަލޯ ބުނީމުތަ ތިމަންނަލައްވާ އެމް.ޑީ.ޕީ.އަށް ސޮއިކުރުވަންޖެހޭނީ ނޭނައްތާލާފައޭ. ތީހާދަގޮތެއް ނެތް މީހެކޭ، އަހަންނަށް ކަމުނުދޭ ކުނިކަހާ ފިހިގަނޑަކަށްވެސް، އެންމެންވެސް ވިސްނާތި، އަބަދުވެސް ހިހޫތަނުން ކައިއުޅޭމީހެއް ތިޔައީ. އެހެންވީމަ އެކަހަލަގެ އަނގަނާރުވާނީ، ކަލޯގެ ސިޔާސީ ކެރިއަރު މިހާރުތި ނިމުނީ ވަރަށްސަލާމް

 15. ފަނާ

  ޕާޓީވެސް ފަނާވާނެ. ބޮޑު ރީލޯޑު. ދެން ނޯންނާނެ އެހެންގޮތެއްވެސް. ސޮއިކޮށްގެން މެންބަރުކަންވެސް ވަޒިފާވެސް ލިބޭނީ

 16. ފަނާ

  ޕާޓީވެސް ފަނާވާނެ. ބޮޑު ރީލޯޑު. ދެން ނޯންނާނެ އެހެންގޮތެއްވެސް. ސޮއިކޮށްގެން މެންބަރުކަންވެސް ވަޒިފާވެސް ލިބޭނީ. މާބޮޑާމީހެއް. ދެން މީނަމީ ކާކު އެމްޑީޕީއަކުންވެސް ބަލައެއްނުގަންނާނެ ހެޔޮހިތަކުން.

 17. މެންދަން

  އޭ ކުދިންނޭ މަހްލޫފުގެ ހާލުބަލާލާކަށް ނުދަމުތަ، އޭނަ މިހާރުއޮތީ ކޯމާއެއްގައި، ހޭއަރާނެ ކަމުގެ އުއްމީދެއްވެސް ނެތްކަމަށް ޑޮކްޓަރުން ބުނަނީ، އަވަހަށްދޭބަލަ ބައްދަލުކޮށްލަން، އޭނާކޯމާއަށް ދިޔައީވެސް އެންމެނަށް އަންގާފައި، ލަދުން ބޯހަލާކުދޯ. އަދިވެސް ........

 18. ސަޓޯ ތުރާކުނު

  ރީލޯރޑު މަހުލޫފު.... ރީލޯރޑު ކޮއްލީދޯ.... މީތި ލަދެއްވެސް ނުގަނޭ.... އައްޗީ...

 19. ހުސޭނުބޭ

  ކަރަޕްޝަނުގެ ގޮތުގައި ފައިސާތަކެއް ލިބެން ނެތް ދިމާކަށް ތި ސޮރެއްނުދާނެ! ގޯތި 10 ބުރިޔަށް ނަގާނެ ފައިސާ ނުދިނިއްޔާ މިފަހަރު އިބޫ ކަށިހަފާ ކާނެ! ޔާމީނުވެސް މީނާއަށް ގޯސްވީ ގޯތި 10 ބުރިޔަށް ނަގަން ސަރުކާރުން ފައިސާ ނުދިނުމުން!

 20. ހިޔާލު

  ލަޑަޔާވާނީ ލަޑަޔާ... ގޮތެއް ފޮތެއް ނެތިގެން ހަޔާކުޑަމީހުންނާގުޅޭނީވެސް އެކަހަލަގެމީހުން..؟

 21. ށަމ2

  އަމިއްލަ ނަފްސު ތިވިއްކާލީ. ގޮނޑީގެ ދަހިވެތިކަމުގައި.

 22. ޅިޔަނު

  ކަލޯތިޔައެރުނީ ތަހުތަށް